ގައުމު ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވެފައިވަނީ ރާއްޖެ ދޫކުރައްވައި ފިއްލެވީ ކަމަށް ބުނެ މީސް މީޑިޔާގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޓީމްގައި ހިމެނުމަކީ ފަހުރުވެރިވާ ކަމެއް ކަމަށާއި އަދި ގައުމަށް ކޮށްދެއްވުނު ހިދުމަތްތަކާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. ފިނޑިއެއްހެން ގައުމު ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ގައުމަށް ހިދުމަތް ކުރުންމަތީ ދެމި ހުންނަވާނެ ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.

"ގައުމު ދެކެ ލޯބިވޭ. ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ގައުމަށް ހިދުމަތް ކުރުންމަތީ ދެމި ހުންނާނަން" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ އިއްޔެގެ ވަގުތެއްގައި ލަންކާ އަށް ވަޑައިގެންފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިނީ ލަންކާއަށް ވަޑައިގެންނެވީ އާއިލީ ކަމެއްގައެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ފެށިފައިވާއިރު ޝައިނީ އަކީ ރައީސް ޔާމީންގެ ސަރުކާރު ދިފާއުކުރެއްވުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވި މިނިސްޓަރެކެވެ. މީގެއިތުރުން ޝައިނީ އަކީ ރައީސް ޔާމީން އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލްގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސާރު

    ގައުމުދޫކޮށް ފިލި އާލާތުން ދޯ މިހާރު އިނގިރޭސި ވިލާތުން އެއަންނަނީ

    ލާދީނީފިކުރުގެ ސޮރުން ތައްދޯފިލާގެން އެއުޅުނީ މިޔޮއްހާދުވަހު

  2. މަރީ

    ސާބަހޭ ޝައިނީ. ތިހެން ތިބޭނީ ދިވެހި ދަރިން.

  3. ޗައިނީސް

    އާދެ.. ގައުމު ދޫކޮއް ދެވުނަދީގެންވެސް ނުވާނެ.. ކުރިއައް އޮތީ ގިނަ ދުވަސްތަކެއްގެ ދިގު ޝަރީއަތްތަކެއް..

  4. ވަރަށް ފޫހި

    ޢެކަމަކު ޤައުމަށް ވަޑަގަންނަވާނެ ދުވަހެއް ވިދާޅެއް ނުވަމު ދޯ އެވެ؟

  5. ޢަބްދުﷲ

    ފުށްފުށަށް ފުރޮޅައި ތަންތަން ބަލައި ފާސްކޮށް، އޮޑިޓްކޮށް ހެދުމުން، އެއްވެސް ކަމެއް ފައިސާގެ މައްސަލައެއް، ފަޅާއަރައިފިނަމަ، ޝަރީޢަތާއި ޤާނޫނުގެ ކުރިމައްޗަށް ޙާޟިރުކުރެވޭނެ ކަމަށް ބެލެވެއެވެ. އެފަދަކަމެއް ފަޅާނާރާނަމަ، ޑޮކްޓަރު ޝައިނީ ފަދަ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅަކަށް ބޭޢިއްޒަތް ނުކުރެވޭނެއެވެ.