ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަށް ހުށަހަޅާފައިވާ ސިއްރު ހެކިންގެ ބަޔާންތައް ލީކު ވެއްޖެއެވެ.
ސިއްރު ހެކިންގެ ބަޔާންތައް ލީކުވެފައިމިވަނީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގައި ސިއްރު ތިން ހެކިންގެ ހެކިބަސް ނުނަގަން އިއްޔެ ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށެވެ.
އިންތިހާބު ބާތިލުކުރުމުގެ މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުން ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅަން ނިންމި ފަރާތްތަކަކީ އިންތިޚާބު އޮޅުވާލުމަށްޓަކައި ބޭނުންކުރިކަމަށް ބުނާ އަނގޮޓިތައް، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ބެލުމުގެ ދަށުން، ރާއްޖެ އެތެރެކުރި ކަމާއި، އެ އަނގޮޓީތައް ބޭނުންކުރުމަށް އެކި ތަންތަނަށް ފޮނުވިކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިންނެވެ.
އެ އަނގޮޓިތަކުގެ ފޮޓޯއާއި، އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އެ އަނގޮޓި އަޅައިގެން ހަރަކާތްތެރިވާ މަންޒަރު ދައްކުވައިވައިދޭ ސާފު ފޮޓޯތަކެއްވެސް މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ހުށަހަޅާފައެވެ.
ސިއްރު ހެކީންގެ ބަޔާންތައް ލީކުވެފައިވާއިރު، މި ތަކެތި ލީކުވެފައިވަނީ ކިހިނެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމާލާފައިވާއިރު މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އޮންނާނެ ދުވަހެއް ސުޕްރީމް ކޯޓުން ހާމަކުރައްވާފައެއް ނުވެއެވެ.
ދެން ކީކޭބުނާނީ.. ސަރުކާރުގެ ސިއްރެއް، ބާރެއް، އަމިއްލަކަމެއް ނެތް.. ހުރިހާކަމެއް ހާޔަށް ހުޅުވިފަ.. ވެރިންނާ، މުވައްޒަފުންގެ ޒިންމާ އިހުލާސްތެރިކަމާއެކީ އަދާނުކުރެވޭ މީހުން ވަޒީފާއިން ވަކިކޮށް ބޭރުކުރަންޖެހޭ..
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
ހަމަ ތީވާން ވީގޮތް އަދިވެސް އޮރިޔާން ވޭތޯބަޅަންވީއެއްނޫން ރައިޔަތުންގެ ބަސް ވަރަށްސާފް ދެއްތޯ
ހުރިހާ ރައްޔިތުންނެއް ނޫން.
ސިއްރިޔާތުގައި މީހާކު އެއްޗެއް ބުނިކަމުގައިވިޔަސް އެފަދަ ވިޔާނުދާ ތާކުންތާކު ނުޖެހޭ، ރޯގޯސް، ބޯގޯސް، ބުނުމެއްގެ މައްޗަށް ނުވަތަ އެއީ ކާކު ކޮން ކަމެއްގެ މައްޗަށް ދޭ ކޮން ހެކިބަހެއްކަން ރަނގަޅަށް ވޒަންކުރަން ނޭނގޭގޮތުގައި ހެކިބަސް އަދާކުރެވޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނޯންނާނެއެވެ. އެހެންނަމަވެސް، މިރާއްޖޭގައި އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތި ޔަޢުނީ، ޙާދިޘާ ހިނގަން މެދުވެރިވެފައިވާ ސަބަބުތަކާއި ޙާދިޘާ ހިނގާފައިވާ ގޮތަކާއި ޙާދިޘާގެ ނަތީޖާ ތަފްޞީލީ ގޮތެއްގައި ރަނގަޅަށް ކިޔައިދީ ބުނެދޭން ޢުޒުރުވެރިވާ ފަދަ ޙާލަތެއްގައި އިވުނުވާހައެއް އިވުނުގޮތަކަށް ދުލުކުރިން ސިއްރު ސިއްރުން ބުނެލުމުން އެއީ ސިއްރު ހެކިބަހެއް ކަމަށް ބަލައިގަނެ، ބާޠިލުގޮތުގައި، ނަހީގެ މަގުގައި، ކޯޓްތަކުން ޢަމަލުކޮށްފައި އެބަހުއްޓެވެ. އެހެންނަމަވެސް މިބާވަތުގެ ކަންކަމަކީ، ނިޔަތް ރަނގަޅު ފަނޑިޔާރަށް ވަރަށް ވަރުގަދަ ދިފާޢެއް އޮންނަ ކަންކަމެވެ. އެހެނީ، ޙަދީސްފުޅު ކުރައްވާފައިވަނީ، لقوله عليه الصلاة والسلام: ((الحاكم إذا اجتهد فأصاب فله أجران وإن أخطأ فله أجر)) މިފަދައިންނެވެ.
ބުރޯ މާއެނގިގެން ނޫޅެބަލަ! އެމީހަކު ލޭބަލްވެ އެމީހާއަށް ތްރެޓަކަށް ވެދާނެތީ އެހެން އެކަންކުރަނީ! މާދަމާ ހެކިބަސްދޭމީހާ ކޮށާލާނީ! އޭގެ ފަހުގަ އެކަންކުރިމީހާ ހައްޔަރު ކުރެވޭނީ! އޭރު ފާޅުގަ ހެކިބަސްދިންމީހާ ދުނިޔެއިން ދިޔައީ! ނުވިސްނެންޏާ ކޮމެންޓްނުކޮށް މަޑުން އިނދެބަލަ!
ކުޑަދުވަސްކޮޅަކަށްވިއަސް ރާއްޖޭގައި މިލިޓަރީ ވެރިކަމެއް ކުރަން ވެއްޖެ މިނިވަންކަމާއި އަޅުވެތިކަން ދުލުންކިޔަސް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެން ނޫނީ އެކަން ދަސްނުވާނެ މިއީ މިއަދު ދުލުން ނުބުނެ ޤަލަމުން ނުލިއުނަސް އެތަށް ދިވެހިންނެއް ބޭނުންވެފައިވާކަމެއްކަމަށް މަށަށް ޤަބޫލު ކުރެވޭ
ނުފެނޭތޯ ނުފެނޭތޯ ދެން ފިއްތާލާ..އަނިޔާވެރިކަން ނިމުނީ..........
އަނިޔާވެރިކަން ދެންއޮތީ ކުރިޔަށް.
ރާއްޖޭގެ ރައީސް ކަމަށް އަންނަން ޖެހޭނީ ވޯޓްގައި މަކަރާއި ހީލަތް ހަދައިގެން ވޯޓް އިން ހޮވޭ މީހެއް ކަމަށް ދައްކާ މީހެއް ނޫނޭ ރާއްޖޭގެ ރައީސް ކަމަށް އަންނަން ޖެހޭނީ ސީދާ ނައިންޓީ ޑިގްރީ ތެދަށް ރައްޔިތުން ހޮވާފައިވާ ރައީސް އެއް ކޮރަޕްޓް ވޯޓް ކަރުދާހުގައި މަކަރާއި ހީލަތް ހަދައިގެން އަނގޮޓި ތަކެއް ބޭނުން ކޮށްގެން ފޭކް ވޯޓް ތަކެއް ލައިގެން ހޮވާ ނަހަލާލު ވޯޓް އިން ހޮވޭ ރައީސް އަކު ނޫނޭ އެފަދަ ރައީސް އަކު ރާއްޖޭގެ މިނިވަން ކަން ވެސް ވިއްކާލަން ޖެހިލުން ނުވާނެ ކަން މީ މަމެންނަށް ޔަގީންވެ ކަށަވަރު ކަމެކޭ ކަން މިހެން ހުރުމުން މިފަދަ ކަންކަމާއި މެދު ސްޕްރީމް ކޯޓުން ވިސްނަން ޖެހޭނެއެވެ.
އަނިޔާ ވެރިކަން ނިމުނީކަމަސް ނުބައްލަވާ ލޮބުވެތި ރައްޔިތުންނޭ! ޤައުމުގައި އެންމެ ބޮޑު އަނިޔާ ވެރިކަން މި ފެށެނީ. ޜައްޔިތުން ކޯލިޝަނަށް ވެރިކަން ދިން ކަމަކަށް ނުބެލެވޭ. ޒިންމާދާރު ބައެއް މުއައްސަސާތަކުން ޤައުމަށް ޣައްދާރުވީ
ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި މިހާރު ވޯޓްލާފައިވާ ގޮތް އެއީ ރައްޔިތުންގެ ތެރޭން %96 މީހުން މިހާރު ގަބޫލުކުރޭ އެއީ ފޭކް ވޯޓް ލައިގެން ރައީސް އަކު ހޮވަން މޭކް އަޕް ކޮށްފައިވާ އިންތިޚާބެއް ކަން އެކަން އިނގޭނެ އިބޫ އިންތިޚާބުގެ ކުރިން ދިން ޔަގީން ކަމާއި މިހާރު އިންޓަރނެޓް ގައި ދައުރު ވަމުންދާ ވޯޓްގެ ނަތީޖާ ބަދަލު ކުރާ އަނގޮޓި އާއި މިކަންކަމުން ކަން މިހެން ހުރުމުން މީ ވިސްނަން ޖެހޭނެ ކަމެއް އެންމެ މަތީ ކޯޓުން ވަރަށް ރަނގަޅަށް ނުވިސްނާ ހުކުމް ނުކުރާނެ ކަމަށް މަމެން މިދެކެނީ މިރާއްޖޭގެ ސްޕްރީމް ކޯޓުން ވިސްނަވާނެ ކަމަށް މަމެން މިދެކެނީ ގައުމުގެ ސަލާމަތާއި ގައުމުގެ ރައްކަލަށް ޓަކައި 2008 ގައި އެމެން ވަގުވޯޓް ލައިގެން ރައީސް އަކުހޮވާ އެރައީސް އަކު ކުރިކަމަކީ އިންޑިއާ އަށް ރާއްޖެ ވިއްކާލުމޭ އަދި ވެސް އެކަމުން މިއުޅެނީ އަރައިނުގަނެވިގެންނޭ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކިތަންމެ ބޮޑު އޮފަރ އެއް އައިނަމަވެސް ރައްޔިތުންނަށް ޝައްކު ނުކުރެވޭ ހާމަ ކަން ބޮޑު ރިޔާސީ އިންތިޚާބެއް ބާއްވަން ޖާގަ ދެއްވާނެ ކަމަށް މަމެން މިދެކެނީ.
- އީސީ އިން މީގެ ކުރިން ބުނަމުން ދިޔައި އެމް 7 އިން ޗާޕްކުރި ވޯޓު ކަރުދާހުގަ 5 ސެކިއުރިޓީ ފީޗައް އިންނާނެ ކަމައް
_ ކޯޓުގަ އީސީގެ ވަކީލުން ބުނަނީ ނޫނެކޭ އިންނާނީ އެންމެ ސެކިއުރިޓީ ފީޗަރްއެއްކަމައް
- ވޯޓު ކަރުދާސް ކޮޅުގަ ފަންޑުކޮއް ވެންނަން އިންކަމައް ފާހަގަވި ކަޅުރިބަން ފަށަކީ ސެކިއުރިޓީ ފީޗާއެއްނޫން ކަމައް އީސީ ވަކީލުން ބުނާއިރު އެއީ ކޮއްޗެއްކަމެއް ބުނެދޭން ނޭގުނު
-މުޅި އިންތިހާބު ބާތިލް ވާނީ ވަކި އަދަދަކައް ވޯޓު އޮޅުވާލިކަމައް ފާހަގަވީމަ ކަމައް އީސީ ވަކީލުން ބުނާއިރު އޮޅުވާލި ވަރު ޔަގީން ކުރަން ވޯޓް ކަރުދާސްތައް އެހެންބަޔަކު ލައްވާ ޗެކްކުރުމައް އީސީ ދެކޮޅު
_ އެކަމު ކޯޓުން ބޭރައް ނުކުމެ މިކިޔަނީ ވާހަކައިގަ މަދީ އުދުހޭ ހުދުމުސަޅެއްކަމައް. އެހެންވީމަ އީސީ ވަކީލުން އެބައެއްބަސްވެ ވޯޓު އޮޅުވާލިކަމައް އެކަމަކު ސާބިތު ހެކިހާމަ ވެދާނެތީ އެމީހުން އެއްބަހެއްނުވެ ވޯޓުކަރުދާސް ކޮޅުތައް ޗެކްކޮއްގެން އެއަދަދު ބަލާކައް.
ކިތަންމެ އަޑުގަދަވެފަ ކިތަންމެ ރުއްގިނަވެފަ މީޑިޔާގެ ބާރު ކިތަންމެ ވަރަކައް އެމީހުންނައް އޮތަސް މިޔައް ވޯޓު އޮޅުވާލުން ނޫން ދެން ކިޔާނެ އިތުރު އެއްޗެއްނެއް
ސަރީފް މެން ސިޓީއުރަބެހި "އިގްނޯ" އޯޑިޔޯ ބަލައިނުގަނަ ބަޔަކު އުޅޭ ގައުމެއްގަ އަދި ތިހެން ލިޔެކިއުންތަކެއް ލީކުކޮއްލިޔަސް ބަލައިގަންނަ ބަަޔަކުނެއް. މިޔައްކިޔަނީ އިންސާފާ ހަމަހަމަކަމާ އޯގާތެރި ދިރިއުޅުން. އަޑުގަދަވެފަ ރުއްގިނަވީމަ ވަކިބަޔަކާ ގުޅިގެން އަންނަކަންތައް ފަހުމްވާން އުންދަގޫވާނެ.
މަމެން އުއްމީދު ކުރަމޭ ސްޕްރީމް ކޯޓުން ގައުމީ މަސްލަހަތު އިސްކޮށްފައި ދެން މިހާރު ސްޕްރީމް ކޯޓުގައި އޮތް ހުކުމް ކުރައްވާނޭ ކަމަށް މިރާއްޖޭގެ ރައީސް އަކަށް އަންނަން ޖެހޭނީ ފޭކް ވޯޓް ލައިގެން އަނގޮޓި ވަގު ވޯޓް އިން ހޮވާ ރައީސް އެއް ނޫނޭ އެއިރުން އެފަދަ ރައީސް އަކު ރާއްޖޭގެ މިނިވަން ކަން އަވަށްޓެރި ބޮޑު ގައުމަކަށް ވިއްކާލަން ފަސް ވެސް ނުޖެހޭނެއޭ އެކަން ދަންނަން ޖެހޭނެއޭ ސްޕްރީމް ކޯޓުން ގައުމުގެ އިގްތިސާދު ފުނޑެނީ ސެޕްޓެމްބަރު 23 އަށް ފަހު މިކަން ދަންނަން ޖެހޭނެ ސްޕްރީމް ކޯޓުން...
ހަޤީޤަތުގައި ކޮންމެ މީހަކު ކުރިޔަސް މިއީ ވަރަށް ދެރަ ކަންކަން. މުވައްޒަފުން ވަޒީފާއަށް ހަރާންކޯރުވެގެންދިއުން މިފެންނަނީ. މިކަންކުރި މީހަކު އެކަން ކުރުން އެއީ އޭނާގެ މޮޅުކަމާ، ކުޅަދާނަކަމެއް ނޫން. އެއީ އެމީހެއްގެ ނާޤާބިލުކަމާ، ގޮތެއްފޮތެއް ނެތްކަން.
ރާއްޖޭގެ 1 ލައްކަ ތިރީސް ހާސް މީހުން އިބޫ އަށް ވޯޓް ދިން ކަން ޔަގީންވެ ކަށަވަރު ކުރެވި އެއީ އޭނާ އަށް ލިބުނު ހަލާލު ވޯޓް ކަމަށް ޔަގީން ކަމާއި އެކު ބުނެވޭނީ އެއީ މިހާރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އެދިލައްވާފައިވާ ގޮތަށް އެވޯޓްގެ ކަންކަން ދިޔަ ގޮތް ޕޮލިހުންނާއި އަދި ސިފައިން މެދުވެރިކޮށް އިންވެސްޓިގޭޓް ކޮށް ހަދާ އެކަން ކަށަވަރު ކުރުމުންނެވެ. ފުލުހުން އެކަން ތަހްގީގް ކޮށްފިނަމަ އޭގައި މަކަރު ހަދާފައި ހުރި ނަމަ އިނގޭނެ ކަން ޔަގީން ކަށަވަރު..
މަށަކަށް ނުފެނޭ ތިބުނާ ރަނގަޅު ވެރިއެެއް ކޮންމެމީހަކުވެސް ވެރިކަމައް އެރުނީމަ ރައްޔަތުމީހާ އަޅަކައް ހަދާ ބޭނުން ކޮންމެ މީހަކު ޖަލައްލާ މަންޒަރު ފެންނަނީ ކައިރީގަ އުޅޭ މީހުންނައް ބައިތުލްމާލުން ބައި އަޅާ ދިވެހި ރައްޔިތުންގެ ލޭބޯލާ ބޭނުންގޮތެއް ހަދާލަނީ!
ޢަމާނާތް ތެރިން ކިޔާނާތްތެރި ވެފައި ކިޔާނާތް ތެރިން އަމާނާތް ތެރިކަމަށް ހަދައި މުޅިގައުގެ ހަރުދަނާ އިލްމުވެރިންނާއި ގާބިލް ތައުލީމީ ހިންގުންތެރިން ނާގާބިލް ބަޔަކަށްޙަދާ މުޅިގައުމު ރިށްވަތަުގެ ހާއްޔަކަށް ހެދީ ކޮން ބަޔެއްކަން އިންސާފަށް ވިސްނާ ބަޔަކަށް އެގޭނެ އެވެ. ޜައީސް ޔާމީން އަކީ މިގައުމު ތަރައަގީގެ ބާނީ ކޮންމެ އެއްޗެކޭ ކިޔަސް ކޮއްފައި ވާކަމެއް ނުކުރާަ ކަމަކަށް ނުހެދޭނެ
ޢަމާނާތް ތެރިން ކިޔާނާތްތެރި ވެފައި ކިޔާނާތް ތެރިން އަމާނާތް ތެރިކަމަށް ހަދައި މުޅިގައުގެ ހަރުދަނާ އިލްމުވެރިންނާއި ގާބިލް ތައުލީމީ ހިންގުންތެރިން ނާގާބިލް ބަޔަކަށްޙަދާ މުޅިގައުމު ރިށްވަތަުގެ ހާއްޔަކަށް ހެދީ ކޮން ބަޔެއްކަން އިންސާފަށް ވިސްނާ ބަޔަކަށް އެގޭނެ އެވެ. ޜައީސް ޔާމީން އަކީ މިގައުމު ތަރައަގީގެ ބާނީ ކޮންމެ އެއްޗެކޭ ކިޔަސް ކޮއްފައި ވާކަމެއް ނުކުރާަ ކަމަކަށް ނުހެދޭނެ