އަދިވެސް ހުންނަވާނީ ޤައުމަށް ވަފާތެރި ރައްޔިތެއްގެ ގޮތުގައި، އެތައް ހާސް ރައްޔިތުންނާއެކު ސިޔާސީ މަސައްކަތުގައި ކުރިއަށް ދިއުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދު ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ދާދި ދެންމެޔަކު ޤައުމާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ޤައުމީ ޚިދުމަތުން ރަސްމީ ޚިދުމަތުން އަޅުގަނޑު ނުކުމެގެން ދާއިރުވެސް ދެންވެސް އަޅުގަނޑު ހުންނާނީ ޤައުމަށް ހެޔޮ އެދޭ، ޤައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އެތައް ހާސް ރައްޔިތުންނާއެކީ ކުރިއަށް ދިއުމަށް." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ޤައުމާ މުޚާޠަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ އަމާންކަމާއި، ރައްޔިތުންގެ ހަމަޖެހުމާ ބޭރުގެ ނުފޫޒުތަކުން ދިވެހި ރައްޔިތުން ސަލާމަތްކޮށްފައި ތިބުންފަދަ ކަންކަމުގައި މާތް ﷲ އާ ވަކީލުކުރާކަމުގައެވެ.

"ފަސް އަހަރުގެ ދައުރެއް ނިންމާފައި ދާއިރު އަޅުގަނޑު މި ދެންނެވިކަހަލަ ބޮޑެތި ކަންކަން ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ އަމާންކަމާއި، ރައްޔިތުންގެ ހަމަޖެހުމާ ބޭރުގެ ނުފޫޒުތަކުން ދިވެހި ރައްޔިތުން ސަލާމަތްކޮށްފައި ތިބުމަށް، މި ރާއްޖެ ސަލާމަތްވެ އޮތުން ކަހަލަ މުހިއްމު ހުރިހާ ކަމެއް އަޅުގަނޑު ވަކީލު ކުރަނީ މާތް ﷲ އަށް." - ރައީސް މިއަދު ވިދާޅުވިއެވެ.

ހަމައެހެންމެ، ރައްޔިތުންގެ ތެރެއިން ހަވާސާވެފައި ތިބި އެތައް ބަޔަކަށް އެހީތެރިވެ، އެފަރާތްތަކުގައި ޙައްޤުތައް ހޯދައިދިނުމަށް، އުސޫލުތައް ކަނޑައަޅައިގެން، މި ފަސް އަހަރު ތެރޭގައި މަސައްކަތް ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ކުރާ ޝަކުވާއެއް، އަޅުގަނޑު ހިންގާ ކަމެއް، އަޅުގަނޑު އުފުލާ ޝަކުވާއެއް އުފުލަކީ އަބަދުވެސް ރައްޔިތުންގެ އެތައް ހާސް ބައެއްގެ ހައްގު ހޯދައިދިނުމަށް. ރައްޔިތުންގެ އެތައް ހާސް ބަޔަކު ނިކަމެތިވެގެން ދާތީ، ނޫނީ ރައޔްިތުންގެ އެތައް ހާސް ބަޔަކަށް އަޅާ ނުލެވި ދާތީ. އެރައްޔިތުންނަށް އަޅާލުމަށްޓަކައި އަޅުގަނޑުގެ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅާފައި ހުންނާނީ. އެހެންވެގެން މިއަދު ހަވާސާ ވެފައި ހުރި ގިންތިތައް އެހާ ބޮޑަށް ހަވާސާވެފައިވާތަން އަޅުގަނޑުމެންނަށް ފާހަގަ ނުކުރެވެނީ އެހެންވެގެން." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސްވަނީ އެތައް ކަމަކާ ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ. އެގޮތުން، އިންސާފުން ކަންކަން ކުރުމަށް ޖާގަ ދީފައިވަނީ ކިހާ މިންވަރަކަށްތޯ، ރައްޔިތުންގެ ކިބައިން ސުވާލު އުފައްދަވާފައިވެއެވެ.

"ދެން އުފެދޭ އެންމެ މުޙިއްމު ސުވާލަކީ، އެންމެ މުޙިއްމު މިންގަނޑަކީ ރައްޔިތުންގެ ތެރޭގައި އަދުލް އިންސާފު ޤާއިމުކުރުމަށް މި ރައީސް މަސައްކަތް ކޮށްފައި ހުރީ ކިހިނެއްތޯ. އިންސާފުވެރިކަމާއެކީ ކަންކަން ކުރަން ކޯޓުތަކަށް ދޫކޮށްލިތޯ. ނޫނީ އާބިޓްރަލީ ކުރީގެ ސަރުކާރުތަކުގައި ކަންތައް ކޮށްފައި ހުރިގޮތަށް މީހުން ނަގާ ހައްޔަރުކުރިތޯ. ނުވަތަ މި ރައީސް ކަންކަން ކޮށްފައި ހުރީ ޤާނޫނުގެ ތެރެއިން ޖާގަ ހޯދައިގެން ކޯޓުތައް މެދުވެރިކޮށްތޯ. އިންސާފު ޤާއިމްކުރުމުގައި ރައީސް ހަމަހަމަކަމަށް ލޯބިކުރިތޯ. ސުލްހަވެރިކަމަށް ރައީސް ލޯބިކުރިތޯ، ދިވެހިވަންތަ ސިފަތައް ރައްޔިތުންގެ ކިބައިގައި އަށަގަންނަވަން ރައީސް ލޯބިކުރިތޯ. އެކަންކަމަށް ޖާގަ ދިންތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކަންކަން ކުރާއިރު، އެކަންކަމުގެ ތެރެއިން ޤައުމުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަންކަމާމެދު އަބަދުވެސް ފާރަވެރިވެ ތިބެން ޖެހޭކަމުގައެވެ.

"ކަންކަން ނިންމުން، ވިޔަފާރީގެ އުސޫލުން ކަންކަން ނިންމުންވެސް، ކުންފުންޏެއްގެ ކަންކަން ނިންމުންވެސް ނޫނިއްޔާ ކަސްޓަމްސް ހިންގިކަމުގައިވިޔަސް، ޕޯޓްސް އޮތޯރިޓީ ހިންގިކަމުގައިވިޔަސް މިނޫން ތަނެއް ހިންގިކަމުގައިވިޔަސް އެތަންތަނުގެ ތެރެއިން ޤައުމުގެ ސަލާމަތަށް ނުރައްކަލެއް އަތުވެދާނެ ކަންކަމަށް އަބަދުވެސް ފާރަވެރިވާން ޖެހޭ." ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ޤައުމާ މުހާތަބު ކުރައްވަމުން، އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގެ މުހިއްމު ބައެއް ކަންކަމަށް އަލިއަޅުވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފާޠިމަ

    ކަލޭވަފާތެރިވާނެތަ ލަދުކޮބާ

  2. ިްއައްބެ

    ބަލިގަބޫލު ކުރީތޯ އަނެއްކާވެސް...ހެހެހެހެ

  3. މޮޔަމީހާ

    ގެއަށްދޭ ދެން، ތިހިރީ ވަޒީފާއިން ވަކިކޮށްފައި.

    • Anonymous

      ޔޫކޭ އަށް ފިލަންވީތަ.

  4. ޙަބަރުނު

    ގައުމަށް ވަފާތެރިވުމޭ ކިޔާފަ އަނގަ ހުޅުވުމުގެ ކުރިން ދައުލަތުން ގެއްލުނު 1.2 ބިލިއަން ރުފިޔާއާ ތިބޭފުޅާގެ އެކައުންޓަށް ވަތްލާތިތަށް ދައުލަތާ ހަވާލުކުރޭ...ތިއީ އިހުލާސްތެރިއެއްނަމަ މުސްކުޅި ބޭބެ ޖަލަކަށް ނުލީސް

    • ކާސިންފުޅުބެ

      އިހުލާސްތެރި ވީމަ މުސްކުޅިބޭބެ ޖަލަށްލީ ، ތިހެން ތިބުނަ ރީދޫ އުރަހަ ކަންނެލިތައް ސަރުކާރުގަ އިސް މަގާމުގަތިބެ އެ ކަންނެލިތަކުގެ ޢާއިލާތަކުން މުޅި ގައުމު ހުސްކޮށްލިއަސް ޢައިލާ ވީމަ ހުރިހާ ކުށަކުން ބަރީއަވާނޭ އެހެން ތި ބުނެވެނީ ތީ ތި ނުލިބިގެން އުޅޭ އިންސާފަކީ، ޔާމީނަކީ އަމިއްލަދަރި ޖަލައް ލާން ޖެހުނަސް ލާނެ އިންސާފުވެރި ރައީސެއް. ދެން ލަލަލާ . ކޮމްމެ ކަމަކަށްވެސް ނިމުމެއް ވޭ އެހެން ވީމަ ނުހައްގުންވެސް ވެރިކަން ބަދަލުވީ އެއީ ނުހައްގުންވެސް އެއީ އައްލާހުގެ ނިޔާ ވީމާ މޑޕ ގެ ވެރިކަން ނިމޭތަންވެސް ދިރިތިބީނަށް ފެންނާނެކަން މީ ޔަގީން ކަމެއް.

  5. ނަޖްވާ

    ސައުދީން މިހާރުވަނީ ޚާއްސަ ޖެޓެއް ފުރާފަ ކަމަށް ވަނީ! ކޮންމެވެސް އިބްރާހިންދީ ކިޔާ މީހެއް ގުޅައިގެން ހަމަ ޖެއްސިއްޔޭ ކިޔަނީ އިނގޭ!

  6. އަލްޖިބްރާ

    ކަލޭ މިޤައުމަކަށް ވަފާތެރިއެއް ނުވާނެ ! އެހެންވެއްޖެނަމަ ، ބުޅާ ތެތްމަހެއްވެސް ނުކާނެ !

    • Anonymous

      ވަފާތެރިވާ މީހުން ބަލާނަމޭ. މިހާރުވެސް ވޯޓު ވަގެއް ވެރިކަމަށް ސަވާރުނުވެވިގެން އެތެޅިފޮޅެނީ

  7. މާނީ

    5 އަހަރު ހިންގި ބޮޑެތި ޖަރީމާތަކުގެ ސަބަބުން އުމުރުގެ ބާކީ ބައި އެއްކޮށް ޖަލުގައި ހުންނަން ޖެހޭނެކަމަށް ލަފާކުރެވެނީ އަދި ތިފަދަ އަނިޔާވެރި ޚުދުމުޚްތާރު ދެވަނަ ޔާމީނަކު މިޤައުމުގައި އުފެދުނަ ނުދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އާ ސަރުކާރުން ކުރާނެކަމަށް އުންމީދުކުރަން އިންޝާﷲ

    • Anonymous

      މީނަ މި ދުޢާ ކުރަނީ އިންޝާ ﷲ މި ގައުމުގަ ލާދީނީ ބައިގަނޑު ވެރިކަން ކުރާނަމަ އޯ.

  8. ޔާމީން

    އަހަރެން ރައީސް ޔާމީނަށް ސަޕޯޓުކުރަން.. ދެންވެސް ހުންނާނީ ޔާމީނާ އެކު.. ކިތަންމެ ކަޑަޔަސް އޯކޭ

  9. Anonymous

    މިތަނުގަ ހާދަ ލަދު ހަޔާތް ކުޑަ މީހުން ކޮމެންޓް ކުރެޔޭ. ކަލޭމެންނަށް ބުނެލަން އޮތީ ތިނަޝީދު އަމިއްލައަށް އިސްތިއުފާ ދީފަ ހުޅު ޖެހިހެން މުޅި ގައުމުގަ ހުޅެއް ނުޖަހާ ނޫންހޭ. ބޭރު ދުނިޔޭގަ މުޅި ގައުމު ބަދުނާމު ނުކުރޭ ނޫންހޭ. ވީ ސެލިއުޓް ޔޫ ސަރ.

  10. ޢަބްދުﷲ

    މަނިކުފާނުގެ ލީގަލް ޓީމުގެ ޤާނޫނީ ލަފާފުޅަކީ، 1 ފެބުރުއަރީގައި ސުޕުރީމު ކޯޓުން ނެރުއްވި އަމުރު ބަލައިގަނެ އެއަމުރު ތަންފީޒު ކުރުމުގެ މައްޗަށް ދެއްވި ޤާނޫނީ ލަފާފުޅެއްނަމަ، މަނިކުފާނު ހުންނަވާނީ، ޤައުމަށް ވަފާތެރި ރައްޔިތެއްގެ ސޫރާގައި ސޫރަކުރެވިފައެވެ. އެހެނީ، ބުނެވިދިޔަ ސުޕުރީމު ކޯޓުގެ އަމުރަކީ، މަނިކުފާނަށް، މަނިކުފާނުގެ ހައިބަތަށް، އަދި މަނިކުފާނަށް ލިބިދޭ ޤާނޫނީ ބާރުތަކަށް އެއްވެސް އުނިކަމެެއް، ގެއްލުމެއް އޮތް އަމުރެއްނޫނެވެ. ޔަޢުނީ، އެއަމުރުގައި ސިޔާސީ ހައްޔަރީން ދޫކޮށް އެމީހުންގެ މައްސަލަތައް އަލުން ބަލައި ދިނުމަށް އަންގާފައިވަނީ، ނަޞޭޙަތެއްގެ ގޮތުގައެވެ. އެޑްވައިޒެއްގެ މާނާގައެވެ. 12 މެންބަރުންގެ ގޮޑި ނުގެއްލޭކަމަށް ކަނޑައަޅާފައިވަނީ، ލެޖިސްލޭޓަރުންނަށް ޙުރުމަތްތެރިކޮށް ހިތައި އެމީހުންގެ މަޖިލީހަށް އެމީހުން ވެއްދުމަށް ލަދުއައިބު ފޮރުވުމުގެ ގޮތުންވެސް މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި މުޅިދުނިޔެ އެކަމަށް ގޮވާލަމުންދިޔަ ވަގުތެއްގައެވެ. އެހެންކަމަށްވާނަމަ، ސުޕުރީމު ކޯޓުގެ ފުރާޅުން ޓިނު ނަގައި އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމުގެ ނިޔަތުގައި ޤާނޫނުގައި ބުނެފައިވާ ގޮތް ނޫންގޮތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ހަދާފައިވާއިރު މަނިކުފާނަށް ހެޔޮއެދޭ މީހަކު ހުރިނަމަ، އެމީހަކު މަނިކުފާނުގެ އަރިހުގައި އެވާހަކަނުބުނެ ހުރުމަކީ، ވަރަށްބޮޑުގޯހެކެވެ. އަދި މަނިކުފާނުގެ އަރިހުގައި އެއްވެސް މީހަކު އެފަދަ ނަޞޭޙަތެއް އެޑްވައިޒެއް ދެއްވާފައިވަނިކޮށް މަނިކުފާނުގެ އަމިއްލަ ރައުޔަށް ކަމެއް ކުރައްވާފައިވާނަމަ، މަނިކުފާނު އެއޮތީ ގޯހެއް ހަދާފައެވެ. ދެންއޮތީ ތައުބާވުމާއި މަޢާފަށް އެދުމާއި ގެއްލުމުގެ ބަދަލު ދެއްވުމާއި މިކަންކަމެވެ. ޙަޤީޤަތުގައިވެސް މަނިކުފާނަކީ، ވަރަށް ޢިލްމީ ބޭފުޅެކެވެ. ވަރަށް ޤާބިލުބޭފުޅެކެވެ. ވަރަށް ކުޅަދާނަ ބޭފުޅެކެވެ. މީގެކުރިން މިރާއްޖެ ނުދެކޭފަދަ ވަރުގަދަ ޝަޚުސިއްޔަތެކެވެ.

  11. ބަލަަަަަާާާާ

    ރައީސް ޔާމީން ދެކެ ވަރަށް ލޯބިވޭ!

  12. ގޮތް ދޫކޮށްފިން

    މި ހުރިހާ ދުވަހުވެސް ޔާމީނަށް ސަޕޯޓް ނުކުރަން އަދި ކުރާނަމޭ ހިތަކުވެސް ނެތް. ވޯޓްވެސް ދިނީ އިބޫ ފައިސަލް އަށް. އެކަމަކު އީސީގެ ތެރެއިން ހަޑިތަކެއް ހާވާފަ ހުރިކަން ސާބިތުވުމާއެކު ވިސްނުން މުޅިން ބަދަލުވެއްޖެ. އިދިކޮޅު މީހުން ޔާމީނުގެ ބޮލުގައި އަޅުވާ އެއްވެސް އިލްޒާމެއް ސާބިތު ހެއްކާއެކު ފެންނާކަށް ނެތް. މިހާރު ގަބޫލުކުރެވިއްޖެ އެއްމެން ޔާމީނުގެ ބޮލުގައި އަޅުވަނީ ދޮގު އިލްޒާމުތަކެއް ކަން. އިންތިޚާބުން ރައީސް ބަލިވި ފަހުންވެސް އިދިކޮޅު އެކި މީހުން ގޮވާ އަޑުު އިވޭ ޔާމީނު މީނަ ގަޑިއެއްގައި މީނަ ގައުމަކަށް ނައްޓާލައޭ އެކަމަކު އަދިވެސް ހަމަ އެ ޔާމީނު އެ ހުރީ ރާއްޖޭގައިި