އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)ގެ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީނަށް ފިއްލަވައިގެން ވަޑައިނުގެންނެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފިއްލަވައިގެން ވަޑައިނުގެންނެވޭނެ ކަމަށް އިބޫ ވިދާޅުވި ކަމަށެވެ.

"ރައީސް ޔާމީން އަށް ފިއްލެވުމުގެ ފުރުސަތު ނުދެނޭ ކަމަށް އިބޫ ވިދާޅުވި އަޑު އަޅުގަނޑު އަޑުއެހިން. ބޮޑެތި ހިޔާނާތުގެ ތުހުމަތުތައް ރައީސް ޔާމީންގެ މައްޗަށް ކުރެވެމުންދާ އިރު އެމަނިކުފާނާ ގުޅޭ ބައެއް މައްސަލަތައް އެމްޑީޕީން ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައި. އަޅުގަނޑު ދިވެހި ފުލުހުންނަށް ދަންނަވަން އިޖުރާއަތްތައް ފުރިހަމަކޮށްގެން މިހާރުވެސް ފުލުހުންނަށް ރައީސް ޔާމީން ހައްޔަރުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ފުލުހުންނަށް މިހާރު ވެސް ރައީސް ޔާމީން ހައްޔަރު ކުރެވޭނެ ކަމަށާއި އަދި އެ މައްސަލަތައް ތަހުގީގު ވެސް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ހަސަން ލަތީފު ވަނީ ރައީސް ޔާމީން އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެއްކޮށް ނިންމާލައްވަނީ ކަމަށާއި ސިޔާސީ ވާހަކަ ދުވަހަކު ވެސް އެމަނިކުފާނަށް ނުދެއްކޭ ވަރަށް ފަހަތަށް ޖައްސާލާނެ ކަމަށް ވިދާޅުވެފައެވެ.

"ބޮޑެތި ވައްކަންތަކާއި ބޮޑެތި ހިޔާނާތްތަކެއް ވެފައިވާއިރު ރައީސް ޔާމީން އެ ހުންނެވީ އެކަނިވެފައި. ރައީސް ޔާމީން ފަހަތަށް ޖައްސާލާނަން ދުވަހެއް ކޮޅުންވެސް ސިޔާސީ ވާހަކަ ދައްކަން ކެރިވަޑައިނުގަންނަވާ ވަރަށް" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ވަނީ ވަރަށް ބޮޑެތި ވައްކަންތަކެއް ކޮށްފައި ކަމަށާއި ވަރަށް ބޮޑެތި ހިޔާނާތްތަކެއް ވެފައި ކަމަަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދިވެހިން

    ރައީސް ޔާމީން ނޫޅޭ ބިރަކުން ފިލާކަށް. ފިލިޔަސް ފިލާނީ ތިބައިގަނޑުގެ މީހުން

  2. ދިސްވޭއޭ

    ތީގައި ރައީސް އަށް މީހުން ދަސްނުވީ އެއީ ތިޔާ ބުނާ ޒުވާނުންނޭ އެމެންނަކީ އަތުން ފައިން މަސައްކަތެއް ނުކޮށް ސަރުކާރުގެ ފައިސާ ގައި އެންޖޯއި ކުރަން އުޅޭ ބަޔަކަށް ވާތީވެ އެމެން ނަކީ ވަރަށް އަވަހަށް ފައިސާ އަށް ވިކިގެން ދާނެ ބަޔެކެވެ. މިރާއްޖޭގެ ސިޔާސީ ދާއިރާގައި ތިބި ބޮޑެތި މީހުންނަށް ދަސް ނުވެގެން އުޅޭ އެއްޗަކީ މިއީ އެވެ. މިހާރު ވެސް އިދިކޮޅު ކޯލިޝަންގެ އެއްވުން ތަކަށް އެދަނީ އެއްވެސް މަސައްކަތެއް ކާންބޯން ނުކުރާ ގިނަ ޒުވާނުންނޭ މީއޭ ދަސްނުވާ އެއްޗަކީ ސިޔާސީ ބޮޑުންނަށް މަމެންނަށް މިދަސްވެއޭ ވަރަށް ރީއްޗަށް ދެން ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުންނަށް ތިޔާ ތިބޭ މީހުންނާއި އަދި މިނިވަން މުވައްސަސާ ތަކުގައި ތިބޭ މީހުން ނަކީ ވެސް ހަަމަ ސްޓޭޓަސް އެއްގެ ބޭނުމުގައި އެކަނި ކިޔަވާ ފައި ތިބި މީހުންނޭ ވިޔަފާރި ވެރިންނަށް ވަރަށް ފަސޭހައިން ގަނެލެވޭނެއޭ އެތަނެއް ގެ ކައުންސިލް އެއްކޮށް އެއީއޭ މިނޭގޭ ތަންކޮޅަކީ މީ މަމެން ދަންނަ ކަމެކޭ.

  3. ދޮންދުބުރިމާ

    ހަސަން ބުނަންތަ ވާހަކައެއް މިހާރު ތިޔަކުޅެނީ ލެޔާ
    ކިހިނެއް އެގެނީ ހަސަން މާދަމާ ވަންދެން ދުނިޔޭގަ ހުންނާނެ ކަމެއް

  4. Anonymous

    މި ލަތީފަކީ ހާދަ ހަޔާތްކުޑަ މީހެއް. މިކަލޭގެ ހުރަގެއަށް ލާނެ މީހެއްނެތްތަ؟

  5. ކުޑަ

    ކުޑަ ކުޑަ ލަތީފާ، ޔާމީން ސިޔާސީ މީހުން އަށް ފިލަން ފުރުސަތު ދިން ގޮތަށް ދޭން ހަމަ ޖެހޭނީ

  6. އާލު

    ސަމާލުކަމަށް!
    އެމްޑީޕީއަކީ ފޭކް ވީޑިޔޯތަކާއި ފޭކު ޑޮކިޔުމަންޓްތައް ހަދަން މޮޅު ބައެކެވެ.ޔަޤީންވާކަމަކީ ވެރިކަމާއި ހަވާލުވެފައި އެފަދަ ލިޔެކިޔުންތައް ހަދާ ނެރޭނެއެވެ.ތިޔައީ 800 މިލިއަން ޑޮލަރުގެ ޑޮކިޔުމެންޓްތައް ހެދި މީހުންތާއެވެ. ދައުލަތް އިދިކޮޅު ކޯލީޝަނާއި ހަވާލުކުރާއިރު ހަޒާނާގައި ހުރިވަރު ރައީސް ޔާމީން ރައްޔިތުންނަށް ވިދާޅުވާނެއެވެ. އެހެންނޫނީ ހަވާލުވެފައި ބައިތުލްމާލުގައި އެންމެެ ލޯލާރިއެއް ވެސް ނެތޭ ޔާމީން ދިޔައީ ހުރިހާއެއްޗެއް ކާލައިގެންނޭ ވެސް ބުނެދާނެއެވެ.

  7. މުހައްމަދު

    މިކަލަ ޖަނަވާރުން ގޮވާއިގެން ހިންހޭނީ ސަރިކާރެއްވެސްނޫން.
    ވޯޓަށް މަކަރުހަދާފާ ރައްޔިތުން ލޮލުގާ އަނދުމް އަޅުވަންނޫޅޭ.

  8. Anonymous

    ހެހެހެ އަންނި އޮތީ އާކުޅިއެއް ދައްކާފަ. ޖަލައްލީމަ މައިބަދައައް ތަދުވަނީއޭ.ބުނީމަ ބޭރައް ފޮނުވާނެ ދެން ނައިސް ހުރީމަ.ނިމުނީނު. ޖަލުގެ ގައިދީންނައް ބޭސްފަރުވާކުރަން ބޭރައްނުފޮނުވައިގެން އެންމެ ބާރައް ހަޅެއްލެވީ ހަސަނު. އެހެންވީމާ ބޭރައް ފޮނުވަންޖެހޭނީ . މީ ޔަގީން.ކަމެއް

  9. ޖަޒީރާ

    ހަސަނާ ބުނަން ރަނގަޅު ވާހަކައެއް ޔާމީނު ނުހޮވުނަސް މިވީ 5 އަހަރު ދުވަސް ތެރޭ ރާއްޖެއައް ވަރައް ގިނަ ކުރިއެރުން ގެނަސްދީފި އެކަންތައް ައަަހަަރެެމެެންް ބަލާގަންނައް އެހެންވީމާ ޔާމީނާ ކުޅެން ހިތައްވެސް ނާރުވާ އަހަރެމެން ބޭނުންހާ އެއްޗެއް ހަދާތަން ބަލާކައް ނުތިބޭނައް

  10. ޖައުފަރު

    މީދެން ކާކުތަ ސްޓޭޑިއަމް ހިޔަޅު އުތަ

  11. އަބޯ

    ކޮބާތަ މާލޭގަ އިންދުމަށް ގަތް 3600 ފެންފޯއްރުއް . ފީވަކުންގަތީ 100 ރުއް ނޫންތަ ؟ ބާކީ ކޮބާ . ކިހާވަރެއްވީމަ ވައްކަމަކަށް ވާނީ ؟ ސުނާމީ ހިޔާތަކުގެ ފައިސާއިން ނެގި 60 މިލިއަންރުފިޔާ ކޮބާ ؟ ވީގޮތް ބުނެދޭނެ މީހަކުނެތްތަ ؟ ވީމާ ގުދޯގުދޯ ނުގޮވާ.

  12. ޔޫތުމިނިސްޓަރީކާލި ހަސަންޓޭ

    ދާންވީމަ ދާނެ. ޢަންނަންވީމަ އަންނާނެ. ޓިނުހަސަނަކާ ބެހޭކަމެއްނޫން.

  13. ބޮޑު ދެލޯ

    ތި ހަސަން ލަތީފު ކާލިކަމަށް އިތުރު ތަޙްޤީޤަކާއި ނުލައި އޮޑިޓް ރިޕޯތުން ދައްކާ 900 މިލިއަން ރުފިޔާއާއި ދޭތެރޭ ހަދާނެގޮތެއް ބުނެ ދީބަލަ! ކަނޑު ކޮހާ!!!

  14. ފައިނު މީހާ.

    ރައީސް ޔާމީނުގެ ހަނދާންތަކެއް ދެން މިޤައުމަކުން ފުހެއެއް ނުލެވޭނެ. މިފަހަރުގެ އިންތިޚާބުގާވެސް އެކަކަށް އެންމެ ގިނަ ވޯޓް ލިބިލެއްވީވެސް ރައީސް ޔާމީނަށް.!

  15. ޫޑޫރީ

    ޙަސަނާ ކަލޭ ތީ ކާކު މާފެންމައްޗަށް އަރައިގެން ތިއުޅެނީ

  16. ޑޫމް

    ކަލޭ ތިޔަހެން ފެލި ފެލި ހުއްޓާ ދާންބެޔނުމިއްޔާ ފުރާގެން ދާނީ ދެން ލަލަލާ

  17. ހުސެންބޭ

    މީ ހަމަ ރަނގަޅަށް ހޭބަލިވެގެން އުޅޭމީހެއް، ޔާމީނުއަށްވުރެވެސް މިމީހުން ކަމަކާބިރުން ތެޅި ފޮޅޭހެން އެބަހީވޭ، ހީވަނީ މަރަށް ތެޅިފޮޅެނީހެން، ޔާމީނު ކަނޑުފއްތަން އެކިގޮތްގޮތުން މިމީހުން މަސައްކަތް ކުރަމުން އެބަދޭ، ﷲގެ ރަހުމަތުން ތިކަމެއްނުވާނެ، މިގައުމުގެ ގިނަ ރަށްޔިތުން އެބަތިބި ޔާމީނުއާ އެއްކޮށް، މާބޮޑަށް ފުއްޕަން ނޫޅޭ، ނިޢުމަތެއް ލިބުނީމަ ބޮޑާވެ ކިބުރުވެރިވެގަންނަނަމަ މާތްﷲ އިރާދަކުރައްވައިފި ނަމަ އެކަމެއް ދައްކަވާފަ ބައްލަވައިގަން ސިކުންތު ކޮޅެއްވެސް ނުވާނެ. މާތްﷲ މިބައިމީހުންގެ ނުބައި ރޭވުން ނާކާމިޔާބު ކުރައްވާށި، އާމީން.

  18. ރެކިފުތާ

    ކޮބާ ބާރުގަދަ ބޭރުގެ ގައުމުތަކާ ލެޑިގަތުމުގެ ނަތީޖާ މިފެންނަނީ. ރާއްޖޭގެ އެތެރޭގެ ކަންކަމާ ނުބެހެވޭނޭކިޔާ މިއަދު ތިފެނުނީ އެކަމުގެ ނަތީޖާ. ދިވެހިރާއްޖޭގައި ވެރިކަން ކުރި އެއްވެސް ރައީސްއަކު ބޭރުގެ ގައުމުތަކާ ލެޑިއެއްނުގަނެ. މިފަދަ ޑިކްޓޭޓަރުންގެ ނިމުންވެސް ވަރަށް ހިތިވާނެ. ޢަފްރާޝީމް ގެ މަރު އަދި އެމަރާގުޅުންހުރި 7 މީހުންގެ މަރު. ތެލުގެ ވަގުވިޔަފާރި.

  19. ބޮންދު

    ޔާމީނެެއްނޫން ސިޔާސީ މީހުން ފިލަން ފުރުސަތު ދިނީ. އެމީހުން ހިމާޔަތްކުރީ ދުނިޔޭގެ ގައުމުތަކުން. އަބަދުވެސް އަނިޔާވެރި ވެރިންނާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ތެދުވަަނެ. ތަންދޮރު ނޭގޭ ޖަހިލުން ނަށް އޮޅުވާލަނީ ބޭރުގައުމަތަކުން ތިމަންނަމެން ގެ ދާހިލީކަންކަމުގެ ތެރެއަށް ވަންނަނީއޭކިޔާ. މިއަދު ޑިކްޓޭޓަރުން ހިމާޔަތްކުރާނެ ގައުމެއް ނޯންނާނެ. ޢެހެންވެ ޔާމިނަށް ފަލާގެންވެސް ނުދެވޭނެ. ތީ ޖާހިލު މީހުން ގިނަ ޕާޓީއެއް ނުވިސްނޭނެ.