އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ހުވާކުރެއްވުމުގެ ކުރިން ރައީސް އަބްދުﷲ ޔާމީން ޤައުމު ދޫކުރައްވައި ފުރާވަޑައިގަންނަވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިއަދު ޓްވީޓެއްގައި ވިދާޅުވީ އިބޫ ހުވާ ކުރެއްވުމުގެ ކުރިން ރައީސް އަބްދުﷲ ޔާމީން ޤައުމު ދޫކުރައްވައި ފުރާވަޑައިގަންނަވާނެ ކަމަށާއި ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމަށެވެ.
"ސުވާލަކީ ރައްޔިތުންނަށް އަނިޔާކޮށް ވައްކަން ކޮށް އަދި އަރިހުގައި ތިބި އެންމެން މަގުމަތި ކޮއްލާފައި ދާއިރު ހިފަހައްޓާނީ ކިހިނެެތްތޯ" މަހުލޫފު ވިދާޅުވިއެވެ.
https://twitter.com/AhmedMahloof/status/1052471171105546241?s=19
މަހުލޫފު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ރައީސް ޔާމީން ފިއްލަވަން އުޅުވާކަމަށް ތުހުމަތު ކުރައްވަމުންނެވެ. އެގޮތުން ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)ގެ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީނަށް ފިއްލަވައިގެން ވަޑައިނުގެންނެވޭނެ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.
ހަސަން ލަތީފު ވިދާޅުވީ ފުލުހުންނަށް މިހާރު ވެސް ރައީސް ޔާމީން ހައްޔަރު ކުރެވޭނެ ކަމަށާއި އަދި އެ މައްސަލަތައް ތަހުގީގު ވެސް ކުރެވޭނެ ކަމަށެވެ.
ރައީސް ޔާމީނު ޤައުމު ދޫކުރައްވައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ބުނެ އިއްޔެ އާއި ރެއާއި މިއަދުވެސް ބައެއް ފަރާތްތަކުން އަންނަނީ މީސް މީޑީޔާގައި އަޑު ފަތުރަމުންނެވެ.
ފުރަންވީ ހަމަ
މަހުލޫފު ގަބޫލުކުރާ ކަލާންގެވެސް ފުރީ އަދިވެސް ނާދެ.
ރާއްޖޭގެ ފިރުއައުނު މަކުނުލޫފް
އައްނި ކަހަލަ ފިނޑިއެއް ނޫން ޔާމީނަކީ. ބޭހަށޭ ކިޔާފަ ގޮސް ފިލާ އެއޮށް ނަނީ.
ގައުމީ ވަންތަ ރައިސް އަދި މިފަހުގެ ތާރީޚެއްގައި ގައުމު ދުށް އެންމެ ކުޅަދާނެ ގާބިލް ރައިސް އާދެ ރައިސް ޔާމީން ގައުމުން ފިލައިގެން ނުދާނެ!! ކަލޭމެން ތިއުޅެނީ ޔާމީން މިގައުމުގައި ހިރެދާނެތީވެސް ޖެހިލުންވެގެން!! އެކަމަކު ރައިސް ޔާމީން އެންމެ ފަހު ނޭވާ އާއި ހަމަޔަށްވެސް ހުންނާނީ މިގައުމުގައި ރައްޔިތުންނަށް ވެވެން އޮތް ޚިދުމަތެއް ކޮށްދެއްވުމުގައި!! ބިރު ދެއްކިދާނެ!! އެކަމަކު ފިނޑިއެއްހެން ފިލައިގެން ނުދާނެ!!
ކަލޭ ކައިރީބުނެގެންދޯ ހުރިހާކަމެއް ރައީސް ޔާމީން ކުރަށްވަނީ. ގަދަ ކަލޭ!!
ކަލޭ ކައިރި ބުނެގެން ދޯ ރައީސް ޔާމީން ހުރިހާ ކަމެއްވެސް ކުރަށްވަނީ!
ބަދަލު ހިފުމުގެ ރޫޙުގައި މައްސަލަތައް ބަލައި ތަޙްޤީޤުތައް ހިންގައި ހައްޔަރު ކުރުންތައް ގިނަކޮށް، ޤައުމު ހަލަބޮލި ކުރުމަށް އެދި ގޮވުމަކީ، އާސަރުކާރަށް ކުރިމަތިވާނެ ވަރަށްބޮޑު މައްސަލަ އަކަށްވާނެއެވެ. އެހެނީ، އިޖުތިމާޢީ ތަރައްޤީއާއި އިޤްތިސާދީޙާލަތަށް ނުބަލައި އެއްވެސް ޤައުމެއްގައި އެކަންކަން ނުކުރެވޭނެއެވެ. ޔަޢުނީ، ސިޔާދަތީ ބާރުތައް ދެމިއޮތުމަށް ހުރަސްއެޅޭނަމަ، މައްސަލަތައް ބަލައި ތަޙްޤީޤުތައް ހިންގައި ވެރިކަމުގެ ބާރުތައް ބޭނުންކޮށް ހައްޔަރު ކުރުންތައް ގިނަކުރެވޭނެއެވެ.
މިއީ ވަރަށް މޮޅު ގޮލައެއް...
އަޅެ އެސޮރު ކައިރީ އަހާބަލަ ދުނިޔެ ހުސްވާނީ ކޮންދުވަހަކުންތޯ؟؟؟
މިހިރަ ދޮގު އިފުރީތައާ! ރާއްޖޭންރަށް ފިލައިގެން ދިޔައީ ކޮންބައެއްކަން ހަދާންވެސް ނެތުނީދޯ! މަޚުލޫފަކީ ދޮގުހަދަމުންގޮސް ދޮގުވެރިއަކަށް ވެފައިހުރި ދާ ކޮންމެތަނެއް ފަސާދަކުރާނެ! މީނަގެ ދަރިންވެސް މިވަރަށް ދޮގުހަދަން ދަސްކުރާނެ!
ދުނިޔެ ނިމުމުގެ ކުރިން މަހުލޫގު މަރުވާނެ......