ރިޔާސީ އިންތިހާބާ ދިމާކޮށް ރާއްޖެ އެތެރެކުރި ކަމަށް ބުނާ އަނގޮޓިތައް ޗެކް ކުރުމަށްފަހު "މިކަން ނިމިއްޖެ ކަމަށް" އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާ ކަމަށް، ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަށް ހުށަހަޅާފައިވާ ސިއްރު ހެކިންގެ ބަޔާންތަކުން ހާމަވެއްޖެއެވެ.

ސިއްރު ހެކީންގެ ބަޔާންތައް ލީކު ވެފައިވާއިރު، ސުޕްރީމް ކޯޓަށް ބަޔާން ދީފައިވާ ސިއްރު ހެއްކަކު ބުނީ ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަދަލުތަށް ގެނައުމަށްޓަކައި "އަނގޮޓިތައް" ބޭނުންކޮށްގެން މަސައްކަތް ކުރެވުނު ކަމަށާއި އޭނާ އަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާއި އެ ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމްގެ އެދުމަށް އަނގޮޓިތައް ގެނެސްދިނުމަށް މަސައްކަތްކުރި މީހެއް ކަމަށެވެ.

އޭނާ ބުނި ގޮތުގައި މިއަހަރުގެ ބޮޑު އީދަށް އުފަން ރަށަށް ދިޔުމަށްފަހު އެނބުރި މާލެ އައިސް އީސީގެ މެމްބަރު އަކްރަމް އާއި ބައްދަލުކުރި ކަމަށާއި 5000 ޑޮލަރު ހަމަޖައްސާފައި ހުރި ވާހަކަ އާއި އެ ފައިސާއާ ހަވާލުވުމަށް އަކްރަމް އެދުނު ކަމަށެވެ. އަދި އެ ފައިސާއާ ހަވާލުވުމަށް މީހަކު ގުޅާނެ ވާހަކަވެސް އަކްރަމް ބުނި ކަމަށް ސިއްރު ހެކި ދިން މީހާ ބުނެފައިވެއެވެ.

އަކްރަމް އެދުނު ގޮތަށް ފައިސާއާ ހަވާލުވުމުން ދެން އެދުނީ އީސީގެ ރައީސް ޝަރީފްއާ ބައްދަލުކުރުމަށް ކަމަށާއި، ޝަރީފް އާއި ބައްދަލުކުރުމުން ދާންވީ ޗައިނާގެ ގުއާންޒޯ އަށް ކަމާއި އެތަނަށް ގޮސް ހޮޓަލަށް ދިޔުމުން ގައިޑެއް އަންނާނެ ވާހަކަވެސް ޝަރީފް ވިދާޅުވި ކަމަށް އޭނާ ބުންޏެވެ. ގައިޑު އައިސް ގަލަމުގެ ތުނޑު ގަންނަންވީ ތަނާއި އަނގޮޓި ގަންނަންވީތަން ބުނެދޭނެ ކަމަށާއި ޗައިނާ އެމްބަސީ އަށް އަވަހަށް ވިސާ ފޯމު ހުށަހެޅުމެއް ވެސް ޝަރީފް އެދުނު ކަމަށް އޭނާ ބުނެފައިވެއެވެ.

ވިސާގެ ކަންކަން ނިމި ސެޕްޓެމްބަރު 8 ވަނަ ދުވަހު ލަންކާ މަގުން ޗައިނާގެ ގުއާންޒޯ އަށް ދިޔަ ކަމަށާއި އެތަނުގައި ހުންނަން ހަމަޖެއްސި ހޮޓަލަށް ދިޔުމުން އީސީގެ ރައީސް ޝަރީފް ވިދާޅުވި ގައިޑާއެކު ގަލަމުގެ ތުނޑު ގަންނަން ފިހާރައަށް ދިޔަ ކަމަށްވެސް ސިއްރު ހެކި ދިން މީހާ ބުނެފައިވެއެވެ. އަދި އެ ފިހާރައިން 3000 އަނގޮޓި ވެސް ގަތް ކަމަށާއި އެރޭ ވަރަށް ދަން ގަޑިއެއްގައި ގައިޑު އޭނާ ދެން ގެންދިޔައީ އިންޖިނޭރެއްގެ ކައިރިއަށް ކަމަށްވެސް އޭނާ ބުންޏެވެ.

"އެތަނުން އަނގޮޓިތައް ތޮރުފާ، ތުނޑުލައްވާ ހުރިހާ ކަމެއް ހަމަޖެއްސި. މި ކަންތައްތަކަށްފަހު މިދިޔަ މަހުގެ 11 ވަނަ ދުވަހު ލަންކާ މަގުން އެނބުރި މާލެ އައިން. އަދި 12 ސެޕްޓެމްބަރުގެ މެންދުރުފަހުގެ ވަގުތެއްގައި ސާމްޕަލް ގެނައުމަށް އަހުމަދު ޝަރީފް އެދޭ ވާހަކަ އަކްރަމް ބުންޏެވެ" ސިއްރު ހެކި ބުންޏެވެ.

އޭނާ ބުނީ އޭގެތެރެއިން އެއް އަނގޮޓި ހިފައިގެން ބާ ޖަމާލުއްދީން އިމާރާތަށް ގޮސް އީސީގެ ރައީސް ޝަރީފް އާއި ހަވާލުކުރުމުން އޭނާގެ ވާތު ކަށި އިނގިލީގައި އަނގޮޓި އަޅާ މޭޒު މަތީ އޮތް ޓިޝޫ ކަރުދާހެއް ނަގާ އެ އަނގޮޓިން ކުރަހާލި ކަމަށާއި އަދި ހިނިގަނޑެއް ޖަހާލުމަށްފަހު "މިކަން ނިމިއްޖެ" ކަމުގައި ޝަރީފް ބުނި ކަމަށެވެ. އަދި ވިދިގެން އަންނަ ދުވަހު ހުރިހާ އަނގޮޓި އެއް ހަވާލުކުރާނެ ކަމަށް ބުނި ކަމަށްވެސް ސިއްރު ހެކި ބުންޏެވެ.

ސިއްރު ހެކި މިގޮތަށް ބުނެފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މި ވާހަކަތައް ދޮގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. މޮޅުމީހާ

  އިންތިހާބު ބާތިލް ކުރަންޖެހޭ

  • މަށަކީވަގެއް

   އިންތިހާބު ބާތިލް ކުރާވަރުގެ ކަމެއް ތިޔަކުނެތް ދެން ލަލަލާ

   • Anonymous

    އޫލަލާ ވޯޓުވަގާ

 2. ޒާ

  ޝަރީފް ހިފާ ހައްޔަރުކޮށް ޖިނާއީ ތަހްގީގެއްވެސް ހިންގަންޖެހޭ.

 3. ދަންނާތި

  މަމެން އުއްމީދު ކުރަމޭ ސްޕްރީމް ކޯޓުން ގައުމީ މަސްލަހަތު އިސްކޮށްފައި ދެން މިހާރު ސްޕްރީމް ކޯޓުގައި އޮތް ހުކުމް ކުރައްވާނޭ ކަމަށް މިރާއްޖޭގެ ރައީސް އަކަށް އަންނަން ޖެހޭނީ ފޭކް ވޯޓް ލައިގެން އަނގޮޓި ވަގު ވޯޓް އިން ހޮވާ ރައީސް އެއް ނޫނޭ އެއިރުން އެފަދަ ރައީސް އަކު ރާއްޖޭގެ މިނިވަން ކަން އަވަށްޓެރި ބޮޑު ގައުމަކަށް ވިއްކާލަން ފަސް ވެސް ނުޖެހޭނެއޭ އެކަން ދަންނަން ޖެހޭނެއޭ ސްޕްރީމް ކޯޓުން ގައުމުގެ އިގްތިސާދު ފުނޑެނީ ސެޕްޓެމްބަރު 23 އަށް ފަހު މިކަން ދަންނަން ޖެހޭނެ ސްޕްރީމް ކޯޓުން...

 4. އަލީ

  ހަސަންރަސީދު އުމުރުން ކިހާވަރެއް. ހާދަ ސަޅި ޖޯކެކޭ ތި ކިޔާދިނީ

 5. ވިއުސް

  އިލެކްޝަންްސް ކަމިޝަންގެ ރައީސްގެ އޯޑިއޯ އެއް ލީކްވެފައި ވުމާއި އަދި އަނގޮޓި ތަކެއް މާލެ ގެނެސް އެ އަނގޮޓި ތަކުން ވޯޓް ކަރުދާސް ތަކަށް ބަދަލު ތަކެއް ގެނައި ކަން އެނގި އަދި އެފަދަ ވީޑިއޯސް ތައް އިންޓަރނެޓް އާއި ވައިބަރ އާއި ވަޓްސް އެޕްގައި ދައުރު ވަމުންދާތީވެ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދަ ހާކިމާގެ ހައިސިއްޔަތުން އެކަން ފުލުހުން މެދުވެރިކޮށް ތަހްގީގް ކުރަން އެދިފައި ވުމުން އެކަން ކުރަން ފުރުސަތު ސްޕްރީމް ކޯޓުން ދިނުން އެއީ ގައުމީ މަސްލަހަތަކީ ސްޕްރީމް ކޯޓުން ސިޔާސީ ޕާރޓީ ތަކުގެ ބޮޑުން ދައްކާވާހަކަ އަށް ބިނާ ކޮށް 1 ލައްކަ 30 ހާސް ވޯޓް ލިބުނޭ އެއީ ރައްޔިތުންގެ ބުނުމޭ ބުންނަސް އެމެން ބުނާ ބުނުން ފިޔަވައި އިތުރު ހެއްކެއް ގަރީނާ އެެއް އެމެންނަށް ނުދެއްކޭނެއޭ ލި ވޯޓް އިން ވައްކަން ކޮށްފައިވާތީވެ އެކަން އެބަޖެހޭ ސީދާ ސްޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުން އެކަން ބަލަން މިދަނޑިވަޅުގައި ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ހަމަ އެކަނި ގައުމުގެ ރައީސް ހޮވަން ވޯޓްލިގޮތް ތަހްގީގް ކުރަން ފުރުސަތު ދެއްވާނެ ކަމަށް މަމެން މިދެކެނީ.

 6. ސަމޯ

  ޕެންޑްރައިވް ގަ ނާޒިމް ފްރޭމްކުރުމަށް ރާވާފަ އިންޑައިލޮގް މާފުރިހަމަ. ޓީއަދިކޯއްޗެއް. 3000 ތުނޑު އެހާދަންގަޑިއެއްގަ އެވާއަވަހަށް.....

 7. ޖަހާންގީރު

  ސުބްޙާނަﷲ ، ޑިމޮކްރަސީއަކީ ބަލާވެރިކަމެއް

 8. ކަށަވަރޭ

  ރާއްޖޭގެ 1 ލައްކަ ތިރީސް ހާސް މީހުން އިބޫ އަށް ވޯޓް ދިން ކަން ޔަގީންވެ ކަށަވަރު ކުރެވި އެއީ އޭނާ އަށް ލިބުނު ހަލާލު ވޯޓް ކަމަށް ޔަގީން ކަމާއި އެކު ބުނެވޭނީ އެއީ މިހާރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އެދިލައްވާފައިވާ ގޮތަށް އެވޯޓްގެ ކަންކަން ދިޔަ ގޮތް ޕޮލިހުންނާއި އަދި ސިފައިން މެދުވެރިކޮށް އިންވެސްޓިގޭޓް ކޮށް ހަދާ އެކަން ކަށަވަރު ކުރުމުންނެވެ. ފުލުހުން އެކަން ތަހްގީގް ކޮށްފިނަމަ އޭގައި މަކަރު ހަދާފައި ހުރި ނަމަ އިނގޭނެ ކަން ޔަގީން ކަށަވަރު..

 9. ކޮށްދީދެން

  ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަކީ އެއްވެސް މިންވަރަކަށް ޝައްކެއް އުފެދޭ ވަރަށް މަކަރާއި ހީލަތް ހަދާފައިވާ ނަތީޖާ އެއް ކަން އިންތިޚާބުގެ ރޭހުގައި ބައިވެރިވި ދެ ކެންޑިޑޭޓުންގެ ތެރޭން އެކަކު ބުނާނަމަ އެކަކު މިއެދެނީ އެކަން ހިނގާ ދިޔަ ގޮތް ފުލުހުން މެދުވެރިކޮށް ސްޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުން ބެލުމަށް ކަން މިހެން ހުރުމުން މިކަން މިގޮތަށް ކުރުމުގައި ނިކުންނާނެ އެއްވެސް ގާނޫނީ މައްސަލަ އެއް މަމެންނަށް ނުފެނޭ ގައުމުގެ ހާކިމާއޭ..

 10. ދިސްވޭއޭ

  މަމެންގެ ފަހު ބަހަކީވެސް އަދި ކުރީ ބަހަކީ ވެސް ސްޕްރީމް ކޯޓަށް މިހާރު ލިބިފައިވާ ރަނުގެ ފުރުސަތަކީ އެއީ ރާއްޖޭގެ ރިޔާސީ އިންތިޚާބަކީ ދެ ފުށް ފެންނަ އިންތިޚާބަކަށް ހެދުން ކޮންމެހެން ސިއްރު ވޯޓަކަށް ހެދުމަށް ވުރެން ދެފުށް ފެންނަ އިންތިޚާބަކަށް ހެދުން އެއީ މީގައި އެންމެ މުހިއްމު ކަމަކީ 96 ހާސް މީހުން އެއެދެނީ މިއިންތިޚާބުގައި ދެފުށް ފެންނަ އުސޫލުން ކަންކަން ކުރަން އެކަން ކޮށްލަދެއްވާނެ ކަމަށް މަމެން އުއްމީދު ކުރަނީ އަބަދުވެސް މަމެން އިތުބާރުކުރަން

 11. ވިއުސް

  ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް މީހަކު ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާނަމަ އެކަމުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކަން ޔަގީން ވާން ޖެހޭނެއޭ ރާއްޖޭގައި އިންތިޚާބު ތަކުގައި ވޯޓްލާންވީ ހައުސިންގް މިނިސްޓްރީން ފްލެޓްސް ތަކަށް އެދި ފޯރމް ލުމުން ދޫކުރާ ސްލިޕް ކޮޅެއް ވޯޓްލާ ކޮންމެ މީހަކަށް ދޭ ގޮތަށޭ އެގޮތަށް މިފަހަރު ސްޕްރީމް ކޯޓުން ގައިޑް ލައިން ވަރުގަދަ ކުރަންވީ އެއިރަށް މިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު މިނިވަންވާނެ ކަމަށް މަމެން..

 12. ޢަބްދުﷲ

  އަގޮޓިގަތުމާ، ތުނޑުލެއްވުމާ، އެތެރެކުރުމާ، މިކަންކަމަކީ، ހިނގާފައިވާ ކަންކަމަށްވީނަމަވެސް، ވޯޓުނެގުމުގެ ތެރޭގަޔާއި ވޯޓްގުނުމުގެ ތެރޭގަޔާއި، ވަގުތީ ނަތީޖާ އިޢުލާނު ކުރުމުގެ ތެރޭގަޔާއި އަދި ދާއިމީ ނަތީޖާ އިޢުލާނު ކުރުމުގެ ތެރޭގައި އޭގެ ބޭނުން ކުރެވޭނެތޯ ސުވާލުއުފެދެއެވެ. ދެންބަލަންޖެހޭނީ، ތިޔަބުނާ މީހެއްގެ ފްލައިޓް ޑީޓެލްސްއެވެ. ޕާސްޕޯޓެވެ. އަދި މީގެއިތުރުން އެތަކެތީގެ ކޭޝް ރިސިޕްޓް އޮތްތޯވެސް ބެލޭނެއެވެ. އެހެންނަމަވެސް، ކޮންމެ ވޯޓްފޮއްޓެއްގެ ކައިރީ މޮނިޓަރުންނާއި އޮބްޒާވަރުންނާއި ޕާޓީތަކުގެ ފަރާތުން މީހުން ބައިވެރިވެ، ޙަރަކާތްތެރި ވެފައިވާއިރު، ކޮންމެ ވޯޓްކަރުދާސް ކޮޅެއް ނަގައި ވަކިވަކިން އެ އެންމެންނަށްވެސް ދައްކަމުން ގެންދިޔައިރު އެއިން އެއްވެސް މީހަކަށް އެއްވެސް ތަނަކުން ނުފެނި ނުއެނގި، ތިޔަބާވަތުގެ ކަމެއް ހިނގާފާނެކަމަށް އިންސާނީ ސަލާމަތް ބުއްދި ޤަބޫލުކުރާނެ ހެއްޔެވެ؟

  • މާނު

   ގޫޑް ޕޮއިންޓް

  • Anonymous

   ތި އެއްވެސް އެނގޭނީ ތަޙްޤީޤު ކުރީމައެއްނު. ކާކު ކުރިން ގަބޫލުކުރާނީ ޝަރީފް ކަމެއް ކޮށްފާނެކަމަށް. އޯޑިއޯ ލީކްވީމައެއްނު ޝައްކުވެސް ކުރެވެނީ

  • Anonymous

   ވ.ރަނގަޅު ވާހަކައެއް

 13. ދެންލަލަލާ

  މީ ދޮގެއްތޯބަލާލެވޭނެ މީނާގެ ޕާސްޕޯރޓް އެކަނި ބަލާލިޔަސް. މިކަންތައްތައް ބަލަންޖެހޭ!! މީއަހަރެމެން އެންމެންގެ ހައްގު. ހަމައެކަނި ވަކިޕާރޓީއެއްގެ ހައްގެއްގެ ވާހަކަ އަބަދުނުދައްކާ............ ޝަރީފް ހައްޔަރުކުރޭ.... އޭރުންމިކަން ނިމޭނީ... މަޔާހޮކި

 14. އިބުރޭ

  ތި ޖަރީމާހިންގަން ރޭވީވެސް ޝަރީފު ލައްވާ ޔާމީނު އެކަމު އަަތައްގޮވީ

  • Anonymous

   އެހެންވެ ދޯ ގާސިމްގެ ކުންފުންޏަކަށް ދިނީ

 15. ސައިލެންޓު ވޯޓާ

  1. ތީނަ ހައްޔަރު ކުރޭ.

  2. ކަސްޓަމްސް ފެއިލް.

  3. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ނެތް.

 16. ބަނާނަ މޭން

  ތިސިއްރުހެއްކޭކިޔައިގެން މީހަކުލައްވާ ކިތަންމެ ދޮގުހެދިޔަސް 11ނޮވެންބަރ2018ގައި ހުވާކުރާނީ އިބޫ ވަރައްސަލާމް

 17. ގައުމު

  ޝަރީފާ އަކްރަމްކުރި ހުރިހާކަމެއްކުރީ ޕީ ޕީ އެމުންޚަރަދުކޮށް ޔާމީން ހޮވުމަށް މިހާމިކަން ކާމިޔާބުނުވުމުން އެމް ޑީ ޕީ ބޮލަށްޖަހަންނޫޅޭ ދެންވޯޓްލާންޖެހިއްޖެނަމަ ޔާމީނަށް ކުރިންލިބުނުވަރަށްވެސްނުލިބޭނެ ވަރަށްސާފް މީހުން ބުލެކްމޭލްކުރަންނޫޅޭ ރައްޔިތުންގެ ނިންމުން ގައްދާރަކާ ވެރިަމެއްހަވާލެއްނުކުރެވޭނެ ތާންބަޔަށް އަޅުކަންކުރާމީހަކާ ވެރިކަމެއްހަވާލެއްނުކުރެވޭނެ މިއީ 100 އިންސައްތަ އިސްލާމް ޤައުމެއް ހަދާންކުރާތި އަހަރުމެންގެ ދީނާ ކުޅެން ޔާމީން ނޫޅޭތި

  • Anonymous

   ހަހަހަހަ. އިސްލާމްދީނާ ކުޅެން ނޫޅޭށޭ؟ ރީނދޫ ހުން ޖެހިފަހުރި ގޮލަޔަކު މި ބުނަނީ؟ ކަލޭމެން ކޮން ދީނެކޭ ގޮވާކަށް

 18. މުއުމިން

  01 މިލިޔަން ދޭންބުނެފިނަމަ ގއ.ކޮލަމާފުށީ ޝުއާއުﷲ ސައީދު ތިވަރުގެ ބަޔާނެއްދީފާނެ.ތީ ހަމަ ވެދާނެ ކަމެއް.ވަރަށް ސަލާމް.

 19. މެޑަމް

  ޢަނގޮޓި ގެނައި ޔާމީނު ބުނެގެން

 20. ވަހީދު

  ބާތިލު ކުރޭ.

 21. ހަސަން

  2019 ވަނަ އަހަރު ސްކޫލްތަކުގެ ދިވެހި ފޮތްތަކުގައި ތިޔަ ޖޯކު ހިމަނަން ފެނޭ. އަދި "ގަޓު ރައީސްގެ 100 ޖޯކު" މިނަމުގައި ކުޑަކުދިންގެ ވާހަކަފޮތެއް ލިޔެ އެފޮތުގައިވެސް ތިޔަ ވާހަކަ ހިމަނަންފެނޭ.

 22. ހައްގު ބަސް

  އަލީ އުުމުރުން ކިހާ ވަރެއް؟ ސޫލާ ސަރުބަތުގެ މަސްތު ކެނޑުނީމާ ޖޯކު ހަޤީގަތަކަށް ވާކަން ޤަބޫލް ކުރެވޭނެޔޭ

 23. ޓިކު

  ޢީސީ ޝަޜީފު މައްސަލަ އޮއްބާލަން ގއ.ނިލަންދޫ އައްބާސް ކިޔާ މީހެން ލައްވާ ސިހުރު ހަދަމުން ދަނީ

 24. ސިއްތި

  ހަސަނާ މާ ރުޅިއަންނަކަމަށް ނުހަދާށެވެ. ވޯޓުވަނީ އޮޅުވާލާފައެވެ.

 25. ހަމްދޫނު

  އީސީގެ ރައީސަކީ ޔާމިނުގެ ޕަޕަޓެއް. އަދި ފެނަކައިގައި ހުއްޓާ އިލެކްޝަނަް ޝަރިފު ވެއްދީ ޔާމީނު. އަދި ވޯޓުފޮށިތަކަށް އޮފިޗަލުން އައްޔަން ކުރީވެސް ޔާމިނު ބުނިގޮތަސް ޝަރީފުގެ އެއްބާރުލުން ދީގެން. އަދި ލީކުވި އޯޑިއޯގައި އެންމެ ފުރަތަމަ އިވުނު ރިކޯޑިންގ ގައި ބުނާ އަޑުއިވޭ މިހާރު ރައީސް ތިކަމާ ނުއުޅުއްވައޭ. އަދި ރަޢީސް މިހާލަތުގައި ކޮންމެފަދަމީހަކުވެސް ގުރުބާން ކޮއްލަފާނެއޭވެސް. މީކޮންވާހަކައެއްކަން ރައީސައް ޖެހޭނެ ބުނެދެން. މިކަމުން ދޭހަވަނީ މިކަމުގައި ރައީސްއާއި ގުޅުމެއްވާކަން. މިހާރު ދައްކާ އަދުކޮޅުގައި އެތަންކޮޅު މަދުވަނީ ކީއްވެގެންތޯވެސް ބަލަން އެބަޖެހޭ. ވީމާ މިއީ ކޮންބަޔަކު ކޮއްގެން އުޅޭކަމެއްކަން ވަރަށް ސާފު.