މާތްﷲ އަށާއި، އިސްލާމްދީނަށް މަލާމާތްކޮށް ވީީޑީއޯތަކާއި، ފޮޓޯތައް ފަތުރަމުންދާ ކަމަށާއި އެފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާތްﷲ ގެ މަތިވެރި ޒާތުފުޅަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި، ރަސޫލު ބޭކަލުންގެ ޝަޚްޞު ހާމަކޮށް ކުޅެފައި ހުންނަ ފިލްމުތަކާއި ވީޑިއޯތަކާއި އޯޑިއޯތަކާއި، ކާޓޫނުތަކާއި، ފޮޓޯތައް ފެތުރުން އާއްމުވެފައިވާ ކަަމަށެވެ. އަދި ރަޙިމުގެ ގުޅުންތަކާއި އާއިލީ ގުޅުންތައް ކެނޑިގެން ހިނގައިދާނެ ފަދަ ޢަމަލުތަކާއި ކަންކަން ކުރުން މި ފަހަކަށް އައިސްވަނީ އާންމުވެފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެފަަދަ ކަންކަމުގެ ސަބަބުން ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތަށް ބުރޫއަރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، އެފަދަ ކަންކަމަށް ހިތްވަރު ދީ ދިވެހިރާއްޖޭގައި މާތްވި އިސްލާމްދީން ނޫން އެހެނިހެން ދީންތަކަށް އަޅުކަން ކުރުމަށް ހިތްވަރުދީ ބާރުއެޅިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި މިފަދަ ޢަމަލުތައް ރާއްޖޭގައި އިތުރުވަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވޭތި މި ފަދަ ޢަމަލުތަކާ ދުރުހެލިވެތިބުމަށް
އެ މިނިސްޓްރީން ވަނީ އިލްތިމަސްކޮށްފައެވެ. މި ކަންކަމަކީ އިސްލާމްދީނުގެ ޢަޤީދާއާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފު ކަންތައްތައްކަންވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

"އަޅުނޑުމެންގެ މުޖްތަމަޢުގެ ފޭރާން ހެޔޮގޮތުގައި ދެހެއްޓުމަށް ޓަކައި ކޮންމެ ދިވެއްސަކުވެސް މި ކަންކަމާ ދުރުހެލިވެ އިސްލާމާމްދީނުގެ މާތް އަޚްލާޤާއި ރިވެތި އަގުތަކުގައި ދެމިތިބުމަށް މި މިނިސްޓްރީން ގޮވައިލަމެވެ". އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަންތަރީސް

    2018 ނޮވެމްބަރުން ފެށިގެން ދިވެހރާއްޖެ ވާނީ އިންޑިއާގެ އަވަށަކަށް. މި އަވަށުގައި ހުންނާނީ ނަރަންދަރެ މުދި ގަބޫލު ކުރާ ގެރިކޮށިތައް.

  2. އާދަނު

    މިނިސްޓަރުގެ ކިބައިން ދީނީ އެއްވެސް ސިފައެއް ނުފެނޭ. ފެނުނީ ސިޔާސީވެގެން ދީން ގުރުބާންކުރި މަންޒަރު. ހައްޖު ކޯޓާއާއި، ޒަކާތުފަންޑާ، މިފަދަ އެތައްކަމެއް ސިޔާސީކޮށް، ލާރިނަގައިގެން ހައްޖުގެ ފުރުޞަތުވިއްކި މަންޒަރު

    • ޖިލޭބީ

      މީހެއްގެ ކިބައިން އިސްލާމީ ސިފަތައް ނުފެނުނޭ ކިޔާފަ އާދަނު ނުޖެހެ ހޯބޯގޮވާކަށް. އާދަނު އުޅުނީމަ ވީނު ދީނާ އެއްގޮތަށް.

  3. ޢަޤީދާ

    ތިޔަ މިނިސްޓްރީ އިން ދިވެހިންގެ އަގީދާ ވަރުގަދަ ކުރުމަށް ދީނީ ނަސޭހަތާއި ދަރުސް ތައް ބޭއްވުން އިތުރު ކުރަން ވެއްޖެ އެއްނު.