ރައީސް އަބްދުﷲ ޔާމީންގެ ގަޓެއް ހުރިއްޔާ މިނިވަން ތަހުގީގަކާ ކުރިމަތިލެއްވުމަށް އެމަނިކުފާނުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނުދެކޭ ވަރުގެ ކޮރަޕްޝަނާއި، މުޅި ގައުމުގެ ގިނަ ބަޔަކަށް އަނިޔާ އާއި ދައުލަތް ބަނގުރޫޓްކޮށް، މަޖިލީސް އަދި ކޯޓުތަކަށް އަރައިގަނެ ބޮޑެތި ޖަރީމާތައް ރައީސް ޔާމީން ހިންގެވި ކަމަށެވެ.

"ޤައުމު ދޫކުރައްވައި ތިޔަ ފުރާވަޑައިގަންނަވަން އުޅުއްވަނީ ކީއްކުރަންތޯ؟ ގަޓް ކޮށް، މިނިވަން ތަހުގީގަކާ ކުރިމަތިލައްވާ" ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީން ގައުމު ދޫކޮށް ފިއްލަވަން މަސައްކަތްޕުޅު ކުރައްވަމުން އަންނަކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެގޮތުން ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)ގެ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީނަށް ފިއްލަވައިގެން ވަޑައިނުގެންނެވޭނެ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.

ހަސަން ލަތީފު ވިދާޅުވީ ފުލުހުންނަށް މިހާރު ވެސް ރައީސް ޔާމީން ހައްޔަރު ކުރެވޭނެ ކަމަށާއި އަދި އެ މައްސަލަތައް ތަހުގީގު ވެސް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ހަސަން ލަތީފު ވަނީ ރައީސް ޔާމީން އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެއްކޮށް ނިންމާލައްވަނީ ކަމަށާއި ސިޔާސީ ވާހަކަ ދުވަހަކު ވެސް އެމަނިކުފާނަށް ނުދެއްކޭ ވަރަށް ފަހަތަށް ޖައްސާލާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސްޕައިޑަމޭން

  ޖަމީލު ތިހެން ބުނާއިރު، ގަޓު ހުރެގެން ކޮންކަމެއްތަ ކުރެވުނީ ؟ ޙަމަ ދިޔައީ ދޯ ރާއްޖެ ދޫކޮށް ފިލަންވެގެން

 2. މުހައްމަދު

  ކަލޭތީމާގަޓެއްހުރި މީހެއްތަ؟މިއޮތްހާދުވަހުފިލާ އޮވެފާ އައިސް މާއަނގައަރުވަނީ..
  މޭޑޭގާ ވެތިކަންލިނޭނެކަމަށް ހުރިހާ ނުބައެއްހެދީ ކަލޭ..

 3. ސިއްތި

  ތިޔަހެން ކިޔާއިރު އަހަރުމެންގެ ރައީސް ޔާމީނު ޖަހާލާފަ އެރޭނެ ހަމަ އެކަކުވެސް ތީގެތެރެއަކު ނެތް. ދައްކާނެ ވާހަކަ ހުސްވީދޯ ފިލާނެއޭ ތަހުޤީޤާ ކުރިމތިލާށޭ ތިކިޔަނީ. ތީއެއްނު ފިލާރައްކާވިމީހަކީ. ލަދުކޮބާ.

 4. މެޑަމް

  ޔާމީނަކީ އެއްވެސް ގަޓެއް ހުރިމީހެއް ނޫން

 5. ސިޔާސީ

  ގަޓު ހުރީމަތޯ މިއޮއް ހުރިހާ ދުވަހު ބިރުން ފިލާ އޮތީ؟؟؟

 6. އަލީ

  އެއްކަލަ ބޮޑިބަތް ޖަމީލު! ގަޓްހުރީމައިދޯ ޖަމީލު ފިލާއޮވެފައި ތިޔައައީ/ ސައިޒަށްވުރެ ބޮޑުވާހަކަ ދައްކާ ވެރިއެއް!