ރައީސް އަބްދުﷲ ޔާމީން އަކީ ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ރައީސް ޔާމީން ގައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމަށް ބުނެ މީސް މީޑިޔާގައި އަދި އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
މި ވާހަކަތަކާ ގުޅިގެން އަދުރޭ ވިދާޅުވީ ރައީސް ޔާމީން އަކީ ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ އުސޫލުތަކުގެ ތެރެއިން ގައުމާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ގާނޫނީ އިމުން ބޭރަށް ރައީސް ޔާމީން ވަޑައިނުގަންނަވާނެ ކަމަށާއި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށެވެ.
"ދިވެހި ތާރީހު ދުށް އެންމެ ހިދުމަތްތެރި ރައީސަކީ، ރައީސް ޔާމީން. ގާނޫނު ނަގަހައްޓާ ދެމެހެއްޓުމާއެކު އަމިއްލަ ވަންތަ ސިފަތަކެއް ހުރި ގައުމެއް ބިނާ ކުރެއްވުމަށް ދެއްވި އިސްކަން ފާހަގަކުރެވޭ. ގައުމު ދެމި އޮތްހާ ހިނދަކު އެމަނިކުފާނުގެ ހިދުމަތަށް ފަނޑުކަމެއް ނާންނާނެ" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ގައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އެމަނިކުފާނު މިއަދު ވަނީ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އަދިވެސް ހުންނަވާނީ ޤައުމަށް ވަފާތެރި ރައްޔިތެއްގެ ގޮތުގައި، އެތައް ހާސް ރައްޔިތުންނާއެކު ސިޔާސީ މަސައްކަތުގައި ކުރިއަށް ދިޔުމަށް ކަމަށް ވިދާޅުވެފައެވެ.
"ޤައުމީ ޚިދުމަތުން ރަސްމީ ޚިދުމަތުން އަޅުގަނޑު ނުކުމެގެން ދާއިރުވެސް ދެންވެސް އަޅުގަނޑު ހުންނާނީ ޤައުމަށް ހެޔޮ އެދޭ، ޤައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އެތައް ހާސް ރައްޔިތުންނާއެކީ ކުރިއަށް ދިއުމަށް." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ޤައުމާ މުޚާޠަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ އަމާންކަމާއި، ރައްޔިތުންގެ ހަމަޖެހުމާ ބޭރުގެ ނުފޫޒުތަކުން ދިވެހި ރައްޔިތުން ސަލާމަތްކޮށްފައި ތިބުންފަދަ ކަންކަމުގައި މާތް ﷲ އާ ވަކީލުކުރާކަމުގައެވެ.
ރައީސް މިއަދު ޤައުމާ މުހާތަބު ކުރައްވަމުން، އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގެ މުހިއްމު ބައެއް ކަންކަމަށް އަލިއަޅުވާލާފައިވެއެވެ.
ލޮބުވެތި ރައީސް ޔާމީނު މިގައުމު ދޫކޮއް ފަކާއެއް ފިލާގެން ނުދާނެކަން ޔަގީން...
އެމްޑީޕީ މީހުން ބިރުން މިގައުމު ދޫކޮއްފަ ބަޗާނީވެސް
ރައީސް ޔާމީން ފިލައިގެން ގޮސްދާނެތީ މިމީހުން ހާދަހާ ބިރެއް އެބަގަނެޔޭ ދޯ