ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖެ ދޫކުރައްވާ ބޭރަށް ފުރާވަޑައިގަންނަވަން މަސައްކަތްޕުޅު ކުރައްވާ ކަމަށާއި، އެގޮތުން އެމަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ. މާފަރުގައި ދާދިފަހުން ހުޅުވާފައިވާ އެއާޕޯޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިގޮތަށް ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މުސްތަފާ ވިދާޅުވީ ރައީސް ޔާމީން ރާއްޖެއިން ފުރާވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވަމުންދާއިރު، ގުޅިފައިވާ ޕާޓީތައް ތިބީ ނިދާފައި ކަމަށެވެ.
"ރައީސް ޔާމީން ފުރާވަޑައިގަތުމުގެ މަސައްކަތް ދަނީ ކުރަމުން. ފުރާވަޑައިގަންނަވަނީ މާފަރު އެއާޕޯޓުން. ގުޅިފައިވާ ޕާޓީތައް ތިބީ ނިދާފަ.." މުސްތަފާ ކުރެއްވި ޓްވީޓުގައި ވެއެވެ.
RYameen furaa vadaigathumuge Masahkai dhany Kuramun furaavadaigannavanee “Maafaru Airport” in. Gulhifaivaa party thah thibee nidhaafa..
— Mohamed Musthafa (@Thimarafushi) October 17, 2018
މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި މުސްތަފާ ވަނީ ރައީސް ޔާމީން ހައްޔަރުކުރުމަށްވެސް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނަށް ފުރާވަޑައިގަތުމުގެ އެއްވެސް ފުރުސަތެއް ނުދެއްވުމަށް މުސްތަފާ ވަނީ އިމިގްރޭޝަނާއި ފުލުހުންގެ އިދާރާއަށް ގޮވާލާފައެވެ.
ރައީސް މާފަރު އެއާޕޯޓުން ފުރާވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް މުސްތަފާ މިއަދު ވިދާޅުވެފައި މިވަނީ، މިއަދު އެމަނިކުފާނު ޤައުމާއި މުޙާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައި ވަނިކޮށް، އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އެމަނިކުފާނަކީ ޤައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވަނީ ވިދާޅުވެފައެވެ.
ޢިދުކޮލުން ބޭނުންވަނީ ރައީސް ޔާމީން ރާއްޖެ ދޫކުރެއްވުމަށް. އެކަމު ޔާމީން އަކީ އަންނި ކަހަލަ ، ޤާސިމް ކަހަލަ ފިނޑި ރަނޑެއްނޫން
އަދި ފެންނާނެ ބުރޯ!
ކަލެއަށް ފެންނާނެ. ނުފިލާނެ. މިއީ އަޅާ ކިޔޭނެވަރު ލީޑަރުންނެއް ނޫން
މާ ބިރުގަންނާނެ
ތިޔެއް އިނގިދާނެ!
އެންވެއްޖިއްޔާ އޮތީ ޖަލު !
މުސްތަފާއަށް ދޯ
އޯކޭއެއްނު
ޖަލުގަ އޮންނަންވިޔަސް ގަންހިންގިޔަސް ހުންނާނީ ރާއްޖޭގަ. މައި ބަދައިގެ އޮޕަރޭސަން ކުރާކައް ނުޖެހޭނެ، ކޯޓުތެރޭ ހުއްޓަ އަނބުރައި ގަނެގެން ނުވެސް ވެއްޓޭނެ. ގުންޑާއިން ފޮނުވައިގެން ގެޔައްގާ އުކިޔަސް ހުންނާނީ ރާއްޖޭގަ. ކުރިޔައް އޮތް ފަސްއަހަރު ޔާމިން ފަހަތުންދުވެދުވެ ތިއްބަ އަނެއް އިންތިހާބު ބޯމަތިވާނެ، ފަހަތުން ނުދުވެ ފަރުވެސް ނުޖެހޭނެ.
ކަލޯ ހުސޭނާ އެކަމަކު ތިޔަބުނާ ވަރުގެ ހިތްވަރެއް ހުރި ސޮރެއްނޫން ޔާމީނަކީ. ކިތަންމެ ފަހަރަކު ވެއްޓިފަ އެބަހުރި
ވެއްޓުމަކީ ހިތްވަރު ނެތުމެއް ނޫން. ކޮންމެ މީހަކުވެސް ވެއްޓޭނެ. އެކަމަކު ހިތްވަރަކީ ވެއްޓުމުން ވެސް ތެދުވެ އަތް ފޮޅާލާފަ ކުރިޔަށް ދިޔުން. .އެ ހިތްވަރު ރައީސް ޔާމީން ވަނީ ކިތަންމެ ފަހަރަކު ދައްކުވައިދީފައި. މިހެންވެ ރައީސް ޔާމީނަށް ތާއީދު ކުރެވެނީ. ރައީސް ދެކެ ވަރަށް ވަރަށް ލޯބިވޭ. ވަރަށް ސަލާމް.
ފިލިޔަސް ޤާނޫނު އަރާ ހަމަކުރާނެ!
ތިމަރަފުށި މުސްތަފާ އެންމެ އިސްކަމެއްދޭންވީ ނިކަމެތިންނަށް ދަރާފައިވާ ދަރަނި އަދާކުރުމަށް މީވަރަށްވާހަކަ
ދިޔައަސް ނުދިޔައަސް ކީއްކުރެވޭނީ ތިމަރަ ވަގައް އެއްކަމެއްވެސް ނުކުރެވޭނެ
މުސްތަފާއަށްވުރެ ބޮޑުވަގެއް މި ގައުމަކު ނުހުންނާނެ! ދޮގުހެދުމުގައިވެސް ހައްދެއްނެތް! ދަރިންބޮޑުކުރީވެސް ވަގުފައިސާ ޚަރަދުކޮށްގެން!
ޔާމީނު އެއީ އަދިވެސް މިގައުމުގެ ރައީސް ރައިސް ބޭނުންފުޅު ވެއްޖެނަމަ މިއަދުވެސް އަދި މާދަންވެސް ފުރޭނެ މުސްތަފާ ޖެހޭނީ ހަމަ ތިމޮޔަ ގޮވަން ހުންނަން
ހާދަހާ އިނގެޔޭދޯ
ހެޔޮ ވާހަކައެއް. ގުޅިފައިވާ ޕާޓީ މީހުން ތިބެނީ ނިދާފަ ބީތާވެފަ
ބަލަގަ މުސްތީ މާފަރު އެއާޕޯޓުން ފުރަިގެން އަދި އާދެވޭނީ އެތެރެއައް ދެން އަނެއްކާ ކީއްކުރަން ދޯ ފިލަންވީ ގޮޅާބޯގެ 30 އަހަރަކާ ގަންޖާބޯގެ 2 އަހަރަކާ ކަޅުކާޅުގެ ދޮޅުއަހަރު ރާްޖެ ނުދެކޭފަދަ ފާގަތިކަމާ ތަރައްގީއާ ކުރިއެރުން ވަގު ޔާމީނުގެ 5 އަހަރުގަ ދިވެހިން ދެކެފި މުސްތޮމެންނައް ހަޖަމު ނުވިޔަސް މީހަގީގައް ? އެހެންވީމާ ވަގު ޔާމީނު ޖަލުގައޮންނައިރުވެސް ދެންތިބި ލީޑަރުންނައްވުރެ ސަޅިވާނެ ދޯ މުސް?
ފިލުން ނޫނީ ޖަލު
ތިބުނާ ޓިުނުވަގު ދުވަހަކުވެސްް ތެދެއް ބުނިތަ
އޭ ތިމަރަ ވަގާ . ކަލޭ ތިއުޅެނީ އަންނި ވަގުގެ ރާފުޅިން ރާބޮއެގެން މަސްތުވެ އެ މަސްތުން ނުފިލާގެން ހޭބަލިވެގެން، އަހަރެމެންގެ ރައީސް ޔާމީން އކީ ތިކަހަލަ ލުއްޗާ އެއް ނޫން، ކަލޭ ދޭަ ފިލއިގެން ވަގައް ރާބޯން.
ކަލޭ ދެކުނިންތަ ރާބޮނިކޮށް؟
އަބުދުއްރަހީމު ދުވަހަކުވެސް ތެދެއް ބުނިތަ!
މަމިހިރީ މުސް ތަފާދކެ ހައިރާންވެފަ ސަރީފު މަޖިލިސް އިންތިޚާބުގަ ހުށަހެޅި ރިސްވަތުގެ މަެްސަލާގަ މުސތޮފާ މޮޔަވެގެން އުޅުނުދިވަސް ދެން މަބުނާނީކީކޭމުސްތަފާއަގަމަޑުން ހުރެބަލަ
ވެރިކަން ކުރެއްވި އިރު "ގަޓު" ހުރެގެން ކުރައްވާފައި ހުރި ކަންތަކަށާއި ހިންގަވާފައި ހުރި ޚިޔާނަތް ތަކަށް ވެރިކަން ނިމުމުން ޖަވާބުދާރީ ވުމުގެ ހިތްވަރުވެސް ހުންނަން ވާނެއެވެ.
ރައީސް ޔާސްމީން ފިލާފާނެތީ މިބައިމީހުން ހާދަހާ ބިރެއް އެބަގަނެއޭ ދޯ. ނުފިލާނެ.އެއީ އެއަށްވުރެ ގަޓް ހުރި ވެރިޔެއް. އަންނި، ގާސިމް ކަހަލަ މީހެއް ނޫން އެއީ. ދޮގުހަދައިގެން ބޭސްފަރުވާއަށޭ ކިޔާފަ ދާކަށް. އެބައިމީހުން ޖަލަށް ލީމަވެސް ހީވަނީ ދެންމެ ދެންމެ ފުރާނަ ގޮސްދާނެ ހެން . ތިޔަ ގާސިމުމެން.
ކިތްނޭ އާދްމީ.. މުސްތަފާ ބޯގެމްބޯ ހުޝްހުވާ