ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރުގައި ރާއްޖެއާއި އެންމެ ގާތް ގުޅުމެއް ބާއްވަމުން އައި ސައުދީ އަރަބިއްޔާ އާއި ޗައިނާއިން ރަނގަޅު ނިންމުމެއް ނިންމަން ޖެހޭނެ ކަމަށާއި، ރައީސް ޔާމީނަށް އެއިން ޤައުމަކުން ހިމާޔަތް ދީފިނަމަ އޭގެ ސަބަބުން ސިޔާސީ މައްސަލަތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް މޫސާ އަންވަރު ބުނެފިއެވެ.

މިކަން ހާމަކޮށް މޫސާ އަންވަރު މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސައުދީ އާއި ޗައިނާއަށް އޮތީ ރައީސް ޔާމީން ސަލާމަތް ކުރުން ނުވަތަ ރާއްޖޭގެ އިންވެސްޓްމަންޓްތައް ސަލާމަތްކުރުން ކަމަށެވެ. އަދި ރާއްޖޭ ރައްޔިތުންގެ މޮޖޯރިޓީ ގޮވާލަމުން ދަނީ ރައީސް ހައްޔަރު ކުރުމަށް ކަމަށާއި، އެމަނިކުފާނަށް އެއިން ޤައުމަކުން ހިމާޔަތް ދީފިނަމަ އިންވެސްޓްމަންޓުތައް ހުއްޓޭނެކަމަށް އޭނާ ބުނެފައި ވެއެވެ.

"ސައުދީ އަރަބިއްޔާ އާއި ޗައިނާ އިން އިޚްތިޔާރު ކުރަން ޖެހޭނީ އެންމެ ރަނގަޅު ނިންމުން. އެއީ ރައީސް ޔާމީނަށް ހިމާޔަތް ދިނުން ނުވަތަ ރާއްޖޭގައި އެމީހުންގެ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުން. ރާއްޖޭގެ މެޖޯރިޓީ ގޮވާލަމުން ދަނީ ރައީސް ހައްޔަރު ކުރުމަށް. އެފަދަ ކުއްވެރިޔަކަށް ހިމާޔަތްދީފި ނަމަ ދެޤައުމުންވެސް ސިޔާސީ މައްސަލަތަކާއި ކުރިމަތިލާން ޖެހޭނެ،" މޫސާ އަންވަރުގެ ޓްވީޓުގައި ވެއެވެ.

ނިމިދިޔަ ރާއްޖޭގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާއިރު، އިންތިޚާބުގެ ނަތީޖާއިން އިދިކޮޅު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދެވުމާއި އެކު ރާއްޖެއިން ފުރާވަޑައިގެން ޗައިނާ ނުވަތަ ސައުދީއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އަޑު ފަތުރަމުންނެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްތަކުގައި ރާއްޖޭގެ ރައްޔިތުންނާއި އެކު ހުންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އަދިވެސް ހުންނަވާނީ ޤައުމަށް ހެޔޮއެދޭ، ޤައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރާވަޑައިގެން ފިއްލަވަން އުޅުއްވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ މިއަދު ވިދާޅުވީ، އެމަނިކުފާނު ފުރާވަޑައިގަންނަވަން ހަމަޖެހިފައިވަނި ދާދިފަހުން ނ. އަތޮޅުގައި ހުޅުވި މާފަރު އެއާޕޯޓުން ކަމަށެވެ.

ރައީސް ފިއްލަވަން އުޅުއްވާކަމަށް ބުނެ މީސްމީޑިއާގައި އެކި ވާހަކަތައް ދައުރުވަމުން ދިއުމާއި ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީނަކީ ޤައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫންކަމުގައެވެ. އަދި އެމަނިކުފާނު ފިއްލަވަން އުޅުއްވާކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގައި ވެސް އެޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. އަދީބު

    ކަލޭ ހީކުރަނީ އެއީ ކަލޭކަމަށްތަ؟

  2. މޮޔަ

    ހެހެހެ މޮޔަ ކުއްޖާ.

  3. ޅަލަ

    ކަލޭތި ކާކު ދެން އަނގަފުޅާ ކުރަން

  4. އަލި

    ޤައުމުގެ މެޖޯރިޓީ އޮތީ ރައީސް ޔާމިން އާއެކު! ޥޯޓް އޮޅުވާލައިގެން ހޯދި މެޖޯރިޓީއެއް ދެން ތިބުނާގޮތެއް ހަދާބަލަ...........!

  5. ޖަޒީރާ

    މީދެން ކާކު ބުރުމާގެ ބޮކްސާތެރެ އޮއެބަ

  6. ސޯލް

    ހަމަ ހިނި އަންނަނީ. ކަލޭމެން ނޫން މީހަކު ހިމާޔަތް ހޯދުމެއް ނެތްދޯ. ކޮބާ ވީވައުދުގައި ބުނި ހަމަހަމަކަން.

  7. ޙށ

    މައްސޫރުވާންވެގެން ލަލަލާ ކޮންމޫސައެއް ނުދަންނަން

  8. ޙައްގުބަސް

    ބްރޯ މޮޔަނުވެ މަޑުން ހުރެވޭތޯ ބަލާ!! ތިމާގެ ފެންވަރުން ވާހަކަ ދައްކާ!! އިސްކޮޅަށްވުރެން ބޮޑެތި ވާހަކަ ދައްކަން ލަދުވެތިވެ ބަލަ!!

  9. ޒ

    ހިހީ....ބިންދާލުން...މި ސޮރު ދައްކާ (ބިންދާ) ވަހަކަޔަށް އަޅާލާނެ މީހަކު ވެސް ނުވޭތަ

  10. މޫސަ

    ކޮސްބެ. މީދެން ކާކު ތަނަކުހުރި ދެއުޅިއެއްނުވާ ގަމާރެއް. ކޯޓުބޭ. މި މަރުމޯލު ކޯޓަށް ގޮސްގެން ކާމިޔާބު މައްސަލައެއް ދިވެހިތާރީޚުން ފެންނަން ވެސް ނެތް

  11. މޯޑް

    ކަލޯބޯގޮވީތަ ދުނިޔޭގައޮއްއެންބޮޑުއިކޮނަމީއާ ތިބެހިގެންނަނީ ތިޔައީކާކުތަ ރާއްޖޭގައެމީހުންކުރަނީ އިސްތައްޓެއްގެބުޑައްވުރެންވެސްކުދިކަންތައް މޮޔަވެގެންނޫއުލެބަލަ އިނަޑިޔާގެއެންމެބޮޑެތި އިންވެސްޓުތައްކުރަނީ އެގުރިކާގަޔޭ އެއީ ގާޑިޔާހަދާގެން ބޮންބޭޓީވިއްކަނީ އެމީހުންގެސްގެންކަލޯބޮންބޭޓީވިއްކާ

  12. އައްޑޫސިޓީ

    މިއީދެން ކާކުތަ! ޔާމިންފިލިއަސް އެއްކަމެއްވެސް ނުކުރެވޭނެ ޔާމިން ހުންނާނީވެސް މިގައުމުގަ ކިތަންމެޝަރީއަތެއް ކުރިއަސް ހޯދޭނެއެެްޗެއް ނުވެސް ހުންނާނެ ކަލޭމެން ތިހެންފެލިފެލި ތިއްބާ އިބޫވެސް ނަޝީދު ބޭލިވަރަށްވުރެ މާއަވަހައް ބާލާނަން.

  13. Miadhu

    13 އަހަރަށް ޖަލުހުކުމެއް އިއްވާއި ހުރި ރައީސް ނަޝީދުއަށް ޖަލުހުކުމުގައި ހުރި ގާސިމް އިބުރާހިމަށް ހިމާޔަތްދިނީ ކޮންބައެެއް

  14. މޫސާ

    މޫސާ އަންވަރު! ކަލެއަށް ހިނދުކޮޅު އައީތަ؟ ހޭބަލި ނުވޭ!

  15. ސައުދީ

    އޭ މޫސާ .
    އަހަރެމެންނާ ނުކުޅޭތި. މުޅި ދުނިޔެވެސް އަހަރެމެން ދެގައުމު ދެކެ ބިރުގަނޭ.
    އޭ މޫސާ
    އެމެރިކާވެސް ބިރުން ތުރުތުރުއަޅާ މަމެން ތެޔޮ އަގުބޮޑު ކޮއްފާނެތީވެ. ދެން އަދި ކަލޭމެންނައް ވާނީ ކިހާވަރެއް
    މައިތިރިވެ ހުރޭ.

  16. ދދ

    ރ ޔާމީން ނުފިއްލަވާނެ އަދި ރ ޔާމީނަށް
    އަދަބުދޭން ފޫގަޅާމީހުން އެސާހިތަކު ކަފާސްވެ
    ކޯލިޝަން ބަނޑުވަތައްވެއްޓި މޮހައިގެން ދާނެއެވެ
    ތިޔައީ އަމިއްލަ އެދުމާއި އންބޮނޑިބޮޑުރުކުރުމުގެ
    ސައްލާކޯލިޝަނެވެ އާއްމުރައްޔިތަކަށް ތިޔައަކުން
    ލިބޭނެ އެއްވެސް އަރަގެއްނެތެވެ

  17. އަފްރާހް

    މިދެން ކާކު ޗައިނާ އާއި ސައުދީ އަށް އިންޒާރުދޭން. އެކަކަށް އެންމެ ބޮޑު ތާއީދެއް އޮތީ ރައީސް ޔާމީނަށް.

  18. ހުސެން

    ޜ.ޔާމިން ހިމާޔަތް ބޭނުންވެގެން އަނގައިފިއްޔާ ހިމާޔަތްވެސް ލިބޭނެ އިންވެސްޓް މަންޓްތައް ކުރިޔައް ނުދިޔައިމަ ގެއްލުންވާނީ ޗައިނާ އަށާ ސައުދީ އަކައްނޫން. އިންވެސްޓްމެންޓާ އަޅުވާކިޔާފަ ސިޔާސީގޮތުން ޗައިނާ ސައުދީ ކުރަންބޭނުން ކަމެއް ކުރަންބޭނުންކަމެއް ކުރާނެ. ޢެކަމު ރ.ޔާމިން ރާއްޖެ ދޫކޮއް ނުފިލާނެ، ކަލޭމެން ހަދާނެ އެއްޗެއް ހަދަން ރ.ޔާމިން ހުންނާނީ ރާއްޖޭގަ. ހައްޔަރު ކުރީމަ ފަލީހަތްވާނީ ރ.ޔާމިނެއްނޫން އެކަމުން ނުނެއްޓިގެން ކަލޭމެން އުޅޭތަން އަހަރުމެން ދުނިޔެ ލަހައްޓަވާފަ ހުރިއްޔާ ފެންނާނެ

  19. ފރގ

    މޫސާ އިންވަރު. ކަލެޔާ!

  20. ޞައްދާމު

    ކަލޭ އަދި ހުއްޓޭތަން ފެންނާނެ އިން ޝާ އަﷲ! ވަގުތުކޮޅުގެ ބޭނުންހިފާ ބާރަށް ފެލިއަރުވާ!

  21. ؟؟؟؟

    ހިމާޔަތްދިނަސް ނުދިނަސް ކަލޭއަށް ކުރެވޭނެ ކަމެއް ނޯންނާނެ.

  22. ޕަޓާސް

    ތިދެގައުމުގެ ދުވަސް ތިދިޔައީ

  23. ލޮލް

    ހަަހަހާ. މޮޔަ ގޮލައެއް

  24. ހުސޭނުބޭ

    ސާބަހޭ މަދަރިޔާ! ހިތްވަރުގަދަ ފަހުލަވާނެއް ތިއީ! ކަލޭ ބުނާގޮތާ ޚިލާފަށް ކަމެއް ކުރިއްޔާ ސައުދީއަށާއި ޗައިނާއަށް ބޮންއަޅާ އިންވެސްޓްމަންޓްތައް ބަންދުކޮށް ބަނޑަށްޖައްސާލާތި! މިފަހަރު ސަޢުދީއާއި ޗައިނާ ކުޑަކަކޫ މައްޗަށް ތިރިކުރާތި! ހޭއަރުވާލާތި ބުނިގޮތާ ޚިލާފުވިއްޔާ!

  25. ޙޭބަލި

    ހޭބައްޔާ އެ 2ގއުމާ ނުކުޅެވޭނެ މުޅިދުނި ޔެއަށްވެސް ޗައިނާ މުޅި ދުނިޔޭގައޮތް ހަމަ އެކަނި އެހެން ގައމަކށް ބަރޯސާނުވެ އެންމެ ކުރީގަ އޮތް ގައުމު ސައުދީ އެމެރިކާވެސް ޖެހިލުންވާނެ ސައުދީދެކެ ޗައިނާ ސައދީޔަށް މިދެން ކޮންތަނެއް އިންވެސޓްކުރަން އެންމެ 4ލައްކަމީހުން އުޅޭ ދުނިޔޭގެ ޗާޓުން ފެންނަން ނެއް ފަގީރުތަނެއް ތިކަހަލަ.ހޭބަލިވެފަ ތިބޭ ރުޑިންނަކަށް ނޭގޭނެ

  26. ޜިޒާ

    މަވަރު މީހެއް ނެތިގެން ނުތެޅޭ ބުރޯ..
    ސައުދީ އެމްބަސީއަށް ވައްދާފަ ކީމާޔަށް ހަދާކފާނަން....

  27. ކެޔޮޅު

    ކުރާނެ ކަމެއް ނެތިގެން ތިމާވެސް އުޅެ ކަންއަންގާލަނީ. ކަމެއް ނުކޮށް މިކަހަލަ ގޮތަކަށް އެބައުޅޭ ދޯ

  28. މޫސަ

    މީނަ މީކާކު؟ގައުމުތަކަށް އިންޒާރުދޭން، އަނެއްކާ މީނައަށް ނޭގެނީބާ އެދެގައުމުގެ ހައިބަތާ ބާރުވެރިކަން

  29. ވިލިގިލި

    މޫސަައެކޯ؟ ކަލެއަކާ ކޮންބެހޭކަމެއްތަ! ގޮތްކުޑަވިޔަސް ތަންކޮޅެއް ބޮޑު! އޭ!!!! މިހިރަ މޫސާާ ރައީސް ޔާމީން އެއީ ކަލޭކަހަލަ އަނގަޔާ އަތާ ދިމާކުރަން ކުރާނެ މަސައްކަތެއް ނެތިގެން ހޫރޭ ބޭފުޅެއް ނޫނޭ! ހަމަގައިމުވެސް އެދެ ގައުމު ނުދަންނާނެ ކަލެއަކީ އުޅޭމީހެއް ކަމެއްވެސް؟ ރައީސް ޔާމީން ސިފަކުރަން އެގައުމުތަކަށް އެންމެފަސޭހަ އެއްޕްރޮޖެކްޓަކީ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ދަމާލާފައި ވާ ބްރިޖްގެ ވާހަކައިން. ކަލެޔޯ!!!

  30. އަލީ12

    މަށައްހީވަނީ މީނަ ގާސިމް ލައްވާ އެ ދެޤައުމަށް ބަވާލާނީހެން...ފަހަރުގަ މީނަ ގާސިމް ބަވާލީމަ ހޭރޭހެން އެ ދެޤައުމުވެސް ހޭރޭނެ ކަމަށް ހީވަނީ ތޯއްޗެއް..
    ބޯހަލާކު..

  31. ހަބަރު

    މީދެން ކާކު؟

  32. ކުކުޅު

    ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ނެތް މީހަކު ތިހެން ބުނާ އެއްޗަކުން ހާހެއް ނުވާނެ.ކަލޭތީ ކާކުތަ

  33. ރޮންދާ ރިޔާޒް

    ކަލޭ ތިހެންކޮއްލާ ޓްވީޓަކަށް ޖެހިލުންވާނެ ޤައުމެއް މިދުނިޔެމަތީ އޮންނާނެކަމަށް ޤަބޫލެއް ނުކުރަން، ކޮން ބާރެއް އޮތީތީ ކަލޭ ދުނިޔޭގެ ބާރުގަދަ ޤައުމުތަކަށް އިންޒާރު ތިދެނީ، ފީ އިލޮއްޓެއްގެ ބާރުވެސް ހުރިމީހެއްނޫންތިއީ، އަދި ބުނަން މިޤައުމުގެ މެޖޯރިޓީ ލީޑަރަކީ ރައީސް ޔާމީން ހިސާބު ޖަހަން ދަސްކުރީމަ މިކަން އެގޭނެ

  34. އަލީ

    މޫސާ އަންވަރަކީ ސައުދީއާ ޗައިނާއަށް ގޮތްކިޔޭނެފަދަ މީހެއްތޯ! ޗައިނާއަކީ އިގުތިސާދީ ބާރެއް، ސައުދީއަރަބިޔާއަކީވެސް އިގުތިސާދީ ބާރެއް

  35. ސޯޕް ލައިޓް ބްރަދަރ

    ކަމެއްލިބުނަކަސް ތިމާގެސައިޒައްނުބަލާ ފުއްޕާނެކަމެއްނެތް!

  36. މޫސާ އަންވަގު

    ބުނަން ސައިޒް އަޕް ކޮއްލާއިރު ތިސަފުން ކަލޭ ހުންނާނީ ބޭރުވެފަ ނޫނީ ސަފުގެ އެންމެފަހަތުގަ، ހިޔަންޏަށް މުޑިނުނަގާ ސައިޒްގަހުރޭ

  37. މުރަނަބެ

    މިވަރުގެ މީހުން މިއުޅެނީ

  38. މަހާ ރެހެންދި

    ވޯޓް އޮޅުވާލީކީ ނޫން ޕީޕީޕީ އަށް ވޯޓް އޮޅުނީ ޖައްސަން އުޅުނުހާ ގޭމް ފެއިލް ވީ އަތައް ގޮވީ ފިލަން އުޅުނީ ނުފިލުނީ ހެހެހެ މާ ބޮޑާވީމަ ވީ ގޮތް އެއޮތީ ވޯޓުން ތަޅާލާާފަ. ދެން ލަލަލާ

  39. ވަހީދު

    މޮޔަ ނުގޮވާ މަޑުން ހުރޭ، ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ޗައިނާއިން އެކުރަނީ. އެއިން ކަމަކާއި ބެހެން ހަދައިފިއްޔާ މަނިކުފާނު ވާނީ ނެތް މީހަކަށް. ޗައިނާ ސައުދީ ތަންތަނުގެ ސައިޒު ތިބޭފުޅާއަށް އިހްސާސް ނުވަނީ ކަންނޭނގެ.