ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ރާއްޖެ ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެފަދަ ފުރުސަތެ އެމަނިކުފާނަށް ނުދެއްވާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން، ހަސަން ލަތީފު ވިދާޅުވި ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ރައްދު ދެއްވައިފިއެވެ.

އެގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޚަލީލް ވަނީ ރައީސް ޔާމީނަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރޫހާނީ ލީޑަރު މުޙައްމަދު ނަޝީދު ފަދަ ޑިނޑިއެއް ކަމަށް ހީކުރައްވަނީތޯ، ހަސަން ލަތީފާއި ސުވާލުކުރައްވާފައެވެ.

"ރައީސް ޔާމީނަކީ ނަޝީދު ކަހަލަ ފިނޑިއެއް ކަމަށް ހީކުރައްވަނީތޯ؟" ޚަލީލްގެ ޓްވީޓުގައި ވެއެވެ.

ހަސަން ލަތީފު މިއަދު ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފިއްލަވައިގެން ވަޑައިނުގެންނެވޭނެ ކަމަށް އިބޫ ވިދާޅުވި ކަމަށެވެ. އަދި ބޮޑެތި ހިޔާނާތުގެ ތުހުމަތުތައް ރައީސް ޔާމީންގެ މައްޗަށް ކުރެވެމުންދާ އިރު އެމަނިކުފާނާ ގުޅޭ ބައެއް މައްސަލަތައް އެމްޑީޕީން ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ނިމިދިޔަ ރާއްޖޭގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާއިރު، އިންތިޚާބުގެ ނަތީޖާއިން އިދިކޮޅު ކެންޑިޑޭޓް އިބޫ، ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދެވުމާއި އެކު ރާއްޖެއިން ފުރާވަޑައިގެން ފިއްލަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އަޑު ފަތުރަމުންނެވެ.

ނަމަވެސް މިއަދު ޤައުމާއި މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްތަކުގައި ރާއްޖޭގެ ރައްޔިތުންނާއި އެކު ހުންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އަދިވެސް ހުންނަވާނީ ޤައުމަށް ހެޔޮއެދޭ، ޤައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފިއްލަވަން އުޅުއްވާކަމަށް ބުނެ މީސްމީޑިއާގައި އެކި ވާހަކަތައް ދައުރުވަމުން ދިއުމާއި ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީނަކީ ޤައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫންކަމުގައެވެ. އަދި އެމަނިކުފާނު ފިއްލަވަން އުޅުއްވާކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގައި ވެސް އެޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޙާލުގެ ދުލުން

  ފިލާނީ ލާ ދީނީ ކުދިންކޮޅު.

 2. Miadhu

  ޚަލީލު ކަލޭ ބިރުގަނޭ ހަސަންލަތީފަކީ ހިތުން 6 މީހުން އައިންޗޯ ބަހުން މެޓާ

 3. ތިމަންނަ

  މިސޮރަކީ ބޮޑުވެފަ ހުއްޓަސް ތަސައްރަފުފުދޭ ސޮރެއް ނޫން...

 4. ފާތުން

  ހަސަނަށް ހީވަނީ މިގައުމުގައި ތިބީ ހުސް ނަޝީދޭ

 5. މާމަ

  ހަސަނާ މޮޔަވިޔަސް ތީ ބޮޑުވަރު. ފިލާ ކުދިން ތިބީވެސް އެމްޑީޕީގައި. ވައްކަންކުރި މީހުންވެސް ތިބީ އެމްޑީޕީގައި. ގައުމު ދަރުވާލި ބައިގަނޑުވެސް އޮތީ އެމްޑީޕީގައި. ނަޝީދު ވެރިކަމުން އިސްތިއުފާދެއްވި އިރު، 29 ބިލިއަން ރުފިޔާއިން ދައުލަތް ދައރުވާލާފައޮތީ. ކަލޭ ދައްކާވާހަކަ ރައްޔިތުން ގަބޫލެއް ނުކުރާނެ.

 6. ގެރި

  ޖަރީމާ ހިންގާފައި ފިލަން ގޮސް ތިބި މީހުން އެތިބީ އަދިވެސް ގައުމުން ބޭރުގައި. ހަސަނަށް ފެނޭތަ.

 7. އަނގަ

  ހަސަނުގެ އަނގައޭ ކިޔާބަަ. އެންމެނަކީ ފިލި ނަޝީދެއް ނޫން. މީ ލައްކަ ވާހަކަ

 8. ހަސަން

  ފިލަން ދިޔަ މީހާ އަދިވެސް ރާއްޖެ ނާދޭ. ހަމަ އައީ ޖަލަށް

 9. ކެޔޮޅު

  ރައީސް ނަޞީދަކީ ހީރޯއެއް ޖަލުގަ ނުބެހެއްޓުނީ.. ޖަލުގަ ނޯންނަންވެގެން ހަމަޖެހިލައިގެން އުޅެލަން ނަށްޓާލީ ޕީޕީއެން ބޮޑެތިން ގެންނަން މަސައްކަތް ކޮއްކޮްއް ނުގެނެވުނު މާޕުރެސާބޮޑޭ ކިޔަމުން އެކަމަކު އެހެންމީހުން ކިހިނެޔްހަދާނީ ކާކު ބޭނުންވާނީ ޖަލުގަ އޮންނަްން

 10. އަލީ

  ހަސަން ލަތީފު އެ އުޅެނީ ނަފުސާނީގޮތުން ރައްޔިތުންގެ ވިސްނުމާކުޅެން/ ކޮންމެވެސް އޭނަގެ މަޅިގައި ނުޖެހޭތި

 11. ލާންސް

  ހަސަން ލަތިފަކީ ހަމަބުއްދިފިލާފާ ވާ އަނެއް ދިވެހިރާއްޖޭގެ މީހެއް މިގައުމާބީރައްޓެހިމީހެއް

 12. ވަހީސު

  މި ތުނޑުހަސަނާއި ޖެހި އިބޫ އިސްތިއުފާދޭނެ. ބަލަން ތިބޭތި