އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އައްޑޫން 19 އަހަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދުގެ ވަގުތެއްގައި މަސްތުވާކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ޒުވާނާ ހައްޔަރުކޮށްފައި ވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިއަދުގެ 16:44 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އޭނާ ބަލައި ފާސްކުރި އިރު މަސްތުވާއެއްޗެއް ހުރި ބޮޑު 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ނުބުނެއެވެ.

ކިލޯއެއްހާ މަސްތުވާތަކެތި ގެންގުޅުނުކަން ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.