އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތެރޭގައި، ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގެ މަޝްވަރާތައް ކުރިއަށްދާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް، އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، އަހުމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަހުމަދު ސިއްދީޤު ވިދާޅުވީ، އީސީ ތެރޭގައި ޕީޕީއެމް އުވާލުމުގެ މަޝްވަރާ ކުރަމުންދާކަމުގެ ޚަބަރު ލިބިފައިވާއިރު، ދިވެހި ރައްޔިތުންގެ ތެރެއިން އެ ޕާޓީއާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުން އީސީ އާއި ދެކޮޅަށް އަޑު އުފުލައި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބޭނުން ފުރިހަމަޔަށް ހިފަން ޖެހޭނެ ކަމަށެވެ.

"އީސީ ތެރޭގައި، ޕީޕީއެމް އުވާލަން މަޝްވަރާކުރަމުންދާ ކަމުގެ ޚަބަރު ވަރަށް މުއުތަބަރު ފަރާތަކުން ލިބިއްޖެ. ދިވެހި ރައްޔިތުންގެ ތެރެއިން ޕީޕީއެމް އާއި ރައީސް ޔާމީނަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުން އީސީ އާއި ދެކޮޅަށް އަޑު އުފުލައި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބޭނުން ފުރިހަމައަށް ހިފަން ޖެހޭ،" އަހުމަދު ސިއްދީޤުގެ ޓްވީޓުގައި ވެއެވެ.

އަހުމަދު ސިއްދީޤު މިރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، އީސީން ކުރާ ކަމަކުން ޤައުމުގެ ހަމަޖެހުން ގެއްލޭނަމަ އެކަންކަމުގެ ނަތީޖާގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަން ހަނދުމަފުޅުކޮށް އަރުވާކަމަށް ވިދާޅުވެފައެވެ. އަދި އީސީގެ މެމްބަރުންގެ ނާޤާބިލުކަން ދަނީ ހާމަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އީސީގެ މެމްބަރުން އަމިއްލައަށް އިސްތިއުފާ ނުދެއްވާ މިހާރު ތިއްބެވުމަކީ ލަދުވެތި ކަމެއް،" އަހުމަދު ސިއްދީޤުގެ ޓްވީޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Miadhu

    ޢެސޮރުމެން އެއުޭނީ ގޮތް ހުސްވެގެން ނިކަން ކެރެންޏާ ތިކަން ކޮއްލަބަލަ އަހަރުމެންވެސްމިއީ މިގައުމުގެ ބަޔަކީމު

    • Abdul Latheef

      އެހެންތަ؟ ދެން އަހަރުމެންނަކީ، އެފްރިކާ އިން މިތަނަށް ވަދެގެން އުޅޭ ބައެއްދޯ؟ ބުނަންތަ ވަގުން ވަށްކަން ކުރަނީ ފިލަފިލައިގެން. އެކަމަކު ރޯމާ ދުވާލު ކުރިވަށްކަން ފަޅާ އަރަނފެށީމަ ދެފަޔަށް ހިނި އަރައިގެން ތެޅޭނެ ކަމެއްނެތް.

    • ޙުޡީމު

      ޤަވާއިދުބުނާގޮތުން ވިއްޔާ މިހާރުވެސް އެއޮތީއުވިފަ.އީސީއިން ޖެހެނީ އެކަން ހާމަކޮށްދީފަ އުވުނުކަން އަނގާލަން.

  2. މަމި

    ތިކަން ކުރަން މާޅަސް ވެސް ވެއްޖެ އަވަސް ކުރޭ ޔާމީން އަތުން ޕޕމ އަވަހަށް ނަގާ ތީ ރައިޔަތުން ވަރަށްއެދޭކަމެތް

    • އާރިފު

      ރައްޔިތުންނަކީ މޑޕ މީހުން އެކަނި އެއީ ތިބުނާ ތައްޔިތުންނަކީ ....... ޔާ މާ ތާހިރެއްނު.

  3. ރެކިފުތާ

    ސިއްދީގަކީ ބޯހަމަޖެހޭ މީހެއްތޯ ބަލަން މީނާގެ ޓެސްޓްތަކެއް ހަދަން އެބަޖެހޭ. ޢުވާލަން އެއުޅެނީ ޔާމީނު ފޭރިގަނެފައިވާ ޕީޕީއެމް. އަސްލު ޕީޕީއެމް އޮތީ ރައީސް މައުމޫންގެ އަތްމަތީގައި ސަލާމަތުން. ފޭރުނު ޕީޕީއެމް އުވާލާ ސިއްފަިގުމެން މަގުމަތިކުރަން ބޭނުންވަނީ.

  4. ކާފަދ

    އަދި ގޭމް ނިމުނީއެއްނޫން. ވިލް ބީ ބެކް. ހަވަރު އެއްވެ އުޅޭދުވަސް ކައިރި

  5. ޙާލުގެ ދުލުން

    މާ ތާހިރެއްނޫންތަ އީސީގެ ވޯޓުން ވައްކަން ކުރި މެމްބަރުންތައް ހައްޔަރުކޮށް ދައުވާ ކޮށްފިއްޔާ! ހާދަބޮޑު ޙައްޤަކަށޭ އެއަރައިގަތީ.

  6. ހުސޭނުބޭ

    ވަރެއްގެ އީސީއެއް! މުޅި ޤައުމުގައި ހުޅުޖަހައި އިންޑިޔާ ސިފައިން ރާއްޖެ އައިސް ރާއްޖޭގެ މިނިވަންކަން ނަގާލަން ގޮވާލި މީހުންގެ ޕާޓީ އުވާލާކަށް ނުކެރުނު! ކޮންކަހަލަ ޒާތީ ހަސަދައެއް ފިލުވާލަން ތި އުޅެނީ!

  7. ޢައިރު

    ޣައިރު ގަާނޫނީ ބައިގަނޑާ ގުޅޭކަށް ނެތިން ޕީޕީއެމް ގެ ކުލަ އާއި ލޯގޯ ގެންދޭ އެއްވެސް މިމްބަރަކު ނުދާނެ އެނގިދާނެތާ.

  8. ޙަމްދު

    މިއަދު ރާޓީވީގަ ވެސް އެމްޑީޕީ ނޫން ޕާޓީތައް އުވާލާވާހަކަ ދައްކައިފި. މިބައިގަނޑަށް ވެރިކަން ލިބުމުން ދިވެހިން ނިކަމެތިވާނެވަރު ހިތަށް އަރާ..

  9. މަމީވަގެއް

    މިހާރު މާލަސްވެއްޖެ ތިބުނާ ޕާޓީ އުވާލަން އަވަސްކުރޭ