ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެ ދޫކުރައްވާ ފިއްލަވަން އުޅުއްވާތީ ކަމަށް ބުނެ، އެކަން މައްސަލައެއްގެ ގޮތުގައި ހުށަހަޅައި އެމަނިކުފާނު ހުއްޓުވުމަށް އެދި އިދިކޮޅު ކޯލިޝަނުގެ ބައެއް އިސް ފަރާތްތައް ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހިނގައްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މި މައްސަލަ ހުށަހެޅުމަށް ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ވަދެފައި ވަނީ ދާދިދެންމެއަކުއެވެ. އެފަރާތްތަކުގެ ތެރެއިން އެންމެ އިސްކޮށް ހުންނެވީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން، ހަސަން ލަތީފެވެ.

އެފަރާތްތަކުން ބުނެފައި ވަނީ، ފުލުހުންގެ އިދާރާއަށް ދިޔައީ ރައީސް ޔާމީންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުން އެމަނިކުފާނު ޤައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާތީ އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުމަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ފުލުހުންގެ މައި އިދާރާއަށް ގޮސްފައި މިވަނީ، ރާއްޖޭގައި ނިމިދިޔަ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ރައީސް ޔާމިންގެ މައްޗަށް ކުރި ހޯއްދެވުމާއި އެކު އެމަނިކުފާނު ރާއްޖެ ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ބައެއް އިދިކޮޅު އެކްޓިވިސްޓުން މީސްމީޑިއާގައި ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ނަމަވެސް މިއަދު ޤައުމާއި މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްތަކުގައި ރާއްޖޭގެ ރައްޔިތުންނާއި އެކު ހުންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އަދިވެސް ހުންނަވާނީ ޤައުމަށް ހެޔޮއެދޭ، ޤައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފިއްލަވަން އުޅުއްވާކަމަށް ބުނެ މީސްމީޑިއާގައި އެކި ވާހަކަތައް ދައުރުވަމުން ދިއުމާއި ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީނަކީ ޤައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫންކަމުގައެވެ. އަދި އެމަނިކުފާނު ފިއްލަވަން އުޅުއްވާކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގައި ވެސް އެޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އާންމު އާދުމީ

    ނޮވެމްބަރު މަހު 17 އާ ހަމައަށް ހުންނަ ރައީސަކު ފިލަނީއޭ ކިޔާފަ ފުލުހުންނަކަށްވެސް ނުހުއްޓުވޭނެ. މޮޔަވެގެންވެސް ތަންކޮޅެއް ބޮޑުވަރު.

    • ޙައްގުބަސް

      ކަލޯ މިމީހުން އަދިވެސް ޖެހިލުންވޭ ރައިސް ޔާމީން ދެކެ! އެމަނިކުފާނަކީ މިރާއްޖޭގައި ހުރި ޙަގީގީ ސިޔާސީ ލީޑަރަކީ!! އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމި މިރާއްޖޭގައި މަޑުކުރައްވާ ސިޔާސީ ކަންކަމާއިގެން ކުރިއަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވާތީ މިއުޅެނީ ފާޑަކަށް ބިރުދައްކައިގެން އެމަނިކުފާނު މިރާއްޖެ ދޫކޮށްފަ ދާތޯ!! އިދިކޮޅު ކޯޅޭޝަންގައި ހުރި އިސްކޮޅުންވެސް އެންމެ ކުރު އަދި ރީނދޫ ޓައި އަޅައިގެން ތިމާވަރު މީހަކު ނެތްކަމަށް ހެދިގެން އުޅޭ މީހަކު ހަމަ ތެޅި ބާލަނީ!! ތިމާއަށް މިކުރެވެނީ ކޮންކަމެއްކަންވެސް މިސޮހޮލަކަށް ނޭނގޭ!! ބަލަ ރައިސް ޔާމީނަކީ ފިނޑިއެއްހެން ފިލައިގެން ރައްކާވާނެ މީހެއްނޫން!! ބޮނޑިބަތޭ އާއި ތޮއްޑޫ ކަރަލަކާ ބުރުމާއެއްފަދަ ބޭފުޅެއްނޫން ރައިސް ޔާމީނަކީ!! މިމީހުން ފިލާތިބެފަ ބޫންބޫން ލައްވާފަ ރާއްޖެއައިސް ބޮނޑިބަތޭވެސް މިހާރު އަނގަ ފުޅާކޮށްގެން މިއުޅެނީ!! ބޮނޑިބަތޭއަށް ނިކަން ރަގަނޅު ލަގާއެއް ލިބޭނެ!! މީނާމީ ހޮވުނަސް ޙަވާލުނުކުރާނަމޭ ބުނި މީހާއެއްނު!! އަހަރެމެން ހަނދާން އެބަހުރި!! ތިހުރިހާ ބާޣީން މަތިން!! ހުވާކޮށް ނިމުނީމަ ހަތަރުކުޅި ބޮނޑިބަތޭމެންގެ ކުރިއަށް ކުޅެލާނަން!!!

  2. ކީކޭ

    ކީއްވެގެން ތެޅިއަރުވާ އާލާތް ވަރުތަކެއްތަ؟ މައިތިރިވެގެން ތިބެބަލަ ވަގު ވޯޓުން ވެރިކަން ހޯދައިން..

  3. ކެޔޮޅު

    ރައީސް ޔާމީނަކީ ނަސީދުކަހަލަ ބޭފުޅެއްނޫން ލަދުކޮބާތަ ހަސަން ލަތީފް ނަސީދުގެ ޖަލު ހުކުމެ އިތުރު އޭނާއައް އަދިކުރަން ޖެހޭނެ ޖަލުން ދޮގުހަދާފަ ފިލިހުކުންވެސް އެއީ 4 އަހަރުގެ ޖަލުކުމެއް އައްޗީޑި ރީއްޗެއްނޫންދޯ؟؟؟

  4. ސަނާ

    ވެރިކަންދިނަސްގޯސް އަޅެދެން ކީކޭކިޔާނީ

  5. ޢަބްދުﷲ

    އިބޫއަށް ވޯޓްދެއްވާފައިވާ ހުރިހާ އެންމެންނަކީވެސް ރައީސް ޔާމީނު ހައްޔަރުކުރުމަށް ބާރުދޭ މީހުންކަމަށް ނުބެލޭނެއެވެ.

  6. ކެޔޮޅު

    ވަގުތުގަ ކީއްވެތަ ލިޔާއެއްޗެހި ޖަހަން ނުކެރެނީ؟

  7. ފަތްމިނި

    ރައީސް ފިއްލަވަން ނުއުޅުއްވާ، މިމީހުން މަރަށް ތެޅެނީހެން ހީވަނީ.

  8. ނުރަބޯ

    ގާނޫނީ ގޮތުން ބަލާއިރު ކުރެވޭނެ ކަމެއްނޫން އަނެއްކާ އެއީ ޑިމޮކްރަސީ ގެ ޗެންޕިއަނުންގެ ޓެގް ޖަހައިގެން އުޅޭބަޔަކު ކުރަން ރީތި ކަމެއްވެސް ނޫން. ސަބަބަކީ ޕީޕީއެމް ދެންވާނީ މައި އިދިކޮޅު ޕާޓީ އަށް ކަމަށްވާއިރު އެޕާޓީ އުވާލާ ނައްތާ ލުމުން އެހިސާބުން ޑިމޮކްރަސީ މަރުވީއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އަށް ވެރިކަން ލިބުނީމާ ވެސް އޭނާ އެގައުމުގެ އިދިކޮޅު ޕާޓީ އުވާލާކަށް ނޫޅެއެވެ. އެހެންކަމުން ޕީޕީއެމް އުވާލުމަކީ އެމްޑީޕީގެ ޚުދުމުޚުތާރު ކަން އަދިވެސް ނުނިމޭކަން އަންގައިދޭ ޢަމަލެކެވެ.

  9. ސީތަލަ ހަންނާނު

    ނަތީޖާ ގަބޫލުކޮއްފަ، ފަހުން ކޯޓައް، ދެކޮޅުނުޖެހޭ، ނުފިލާނެ، ފަހުން ފިލާނެ،

    • ސާބަސް

      ޚުދު މޑޕ އިން ބުނި އިލެކްޝަނުގެ ކަންތައްތައް ދިޔައީ ރަނގަޅަކަށް ނޫނޭ. ދެން ހަނދާންވަނީ ތިމަންނަ އެކްޓިވިސްޓެއްގެ ގޮތުގަ ހުންނާނީއޭ، ވެރިކަން ބޭނުމެއްނޫނޭ ބުނިމީހާ ގައުމު ވިއްކައިގެންވިޔަސް ވެރިކަމާހެދި މޮޔަވާތަން ފެންނަ މަންޒަރު.

  10. ނޫހު

    އެއީކީނޫން ވެގެން އުޅޭގޮތަކީ އަންނި.ޖަލައްލީމަ އެކަމާ އެތިބެނީ ދުންބުރާފަ އެހެންވެ ބޭނުންވަނީ ޔާމިންވެސް ޖަލށްލާން ހީނުކުރާތި މީ ހަމައެކަނި ކަލޭމެންގެ ގައުމެއްކަމަށް ގައުމުފަސާދަކޮށްގެން ގައުމުގާ ވެރިކަން ކުރަން ނޫޅޭތި ފެބުރުއަރީ 7 މަތިންހަނދާންކުރާތި މާބަލާބޮޑުވަންޏާ އެދުވަސް ވަރަށް ގާތް

  11. Anonymous

    ފިލާނެ ޔާމީނަކީ ދައްކާވާހަކަޢާއި އެއްގޮތަށް އަމަލުފުބަހައްޓަވާ މީހެއްނޫން ހިފާ ހައްޔަރު ކުރަންވީ އަވަހަށް

  12. އަހުމަދު687

    ރައީސް ޔާމީން ހަށިކޮޅަށް ބަޑިޖަހާ މަރާލަން އުޅެފި! އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ބޮމެއް ގޮއްވާލައިގެން ވަރާލަން އުޅެފި! އަދި ޑރ އަފްރާޝީމް މެރީ އެމަނިކުފާނޭ ކިޔައިގެން ހަވަރައްދޭން އުޅެފި! ރިލްވާނާއި ޔަމީނު ރަޝީދު މެރީ އެމަނިކުފާނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލައިފި! ދެން މިކިޔަނީ ވައްކަމޭ! އެކަމު މިވެރިކަމުގަ ނޫނީ ދައުލަތުން ވައްކަން ކުރި މީހުންނަށް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ގޮތެއްގައި އަދަބެއް ނުދެވޭ! އެމްޑީޕީއަށް އިނގޭ ރައީސް ޔާމީން ކުށެއްނުކުރައްވާކަން އަދި އިބޫ ވެރިކަމާ ހަވާލުވާ ހިސާބުން ރައްޔިތުންނަށް އެމްޑީޕީން ހެދި ދޮގުތަށް ފަޅާއަރާނެ! އެހެންވެ ރައީސް ޔާމީން އަވަހާރަ ކޮއްލާނެ ގޮތެއް ހޯދަނީ! ސިއްކަގޭ ޚާއިނުން ދިވެހި ޤައުމަކަށް ހެވެއް ނޭދޭނެ!

  13. ޑީޑީ

    މި ތެޅެނީ ނޮވެމްބަރު 1ގަ ޔަހޫދީކަލޭގެ އަންނާތި އެކަމަށް ފޫމިގަޅަނީ ހަމަ އައީ ޖަލަށް އއކަލޭގެ ޖަލށް ނުލާފިއްޔާމުން ދެންމިގައުމުގާ ފުލުހުންނަކަށް ޖަލަށް ލެވޭނެ އިތުރު މީހަކު ނުހުންނާނެ ވަރަށް ވާހަކަ ޓެރަރިސއޓެއއ އެއީ

  14. ޙާލުގެ ދުލުން

    މީ މިބައިގަނޑުގެ ގޮތްކުޑަކަން ހުރި މިންވަރަކީ އަދި މިއުޅެނީ ހުވައި ނުކުރެވިގެން. ކޮންމެފަދަ ކަމެއްވެސް މިބައިގަނޑު ކޮށްފާނެ. ޔާﷲ މިބައިގަނޑުގެ ސުންޕާކަމުން މި ޤައުމު ސަލާމަތް ކުރައްވާށި! އާމީން.

  15. ރހހ

    އިންތިހާބު އޮޅުވާލަން އެތައްކަމެއް ކޮއްފައިވާކަން އީސީގެ ފަރާތުން ވަކާލާތު ކުރި ވަކީލުން ސްޕްރީމް ކޯޓުގަ އެއްބަސްވެފަވާތީ ކޯޓުންގޮތެއް ނިމްމުމުގެ ކުރިންވެސް ފުލުހުން އިސްނަގައިގެން އެމީހުންގެ މައްސަލަ ބަލާދިނުން އެދެން.

  16. ހުސޭނުބޭ

    ކީކޭ ކިޔާފައި ފިލަންވީ! ކުޑަމިނުން އިންސާފާއި ހަމައާއި ލަމައަކުން ހައްޔަރުވެސް ނުކުރެވޭނެ! ހަދާން އެބަހުރިތަ؟ 3 އަހަރުގެ ވެރިކަުގައި ރައީސް ޔާމީނު ބޮލުގައި ތުހުމަތުތަކެއް އަޅުވައިގެން އުދަގޫކުރަން ފެށުމުން ރައީސް ޔާމީން އަމިއްލަފުޅަށް ފުލުސްއޮފީހަށް ވަޑައިގެން ބަޔާންދެއްވީ! ތިހެން ބުނާ މީހުން 3 އަހަރުގެ ވެރިކަުގައި ތިމާމެން ކުރި ވައްކަންތަކުގެ ބަޔާން ދޭންވީނު!

  17. ފަރ

    ރައީސް ޔާމީން ހައްޔަރު ކުރުމުގެ ކުރިން ކަލޭގެ 4 ކަށި މަތި ހައް ޔަރުކި ރަން ޖެހޭ

  18. ޫުޔާނު ބުރުޖުސަޅި

    ހަޖަމް ނުވި ތަރައްގީ

  19. އައިޝާ

    ހަސަނާ ކަލެޔަށް ކޮން ކަމެއް ތަކުރެވޭނީ ޔާނު ދާންވީމަ ދާނެ އަންނަންވީމަ އަންނާނެކ ކަލޯ ހަމަތެޅިތެޅި ހުންނަޖެހޭނީ

  20. ނެތީމޭ

    ރާއްޖޭގެ ކޮންމެ މީހަކަށް ދަތުރު ކުރުމުގެ މިނިވަން ކަން އޮންނާނެ ތަމެން ތިޔާ އުޅެނީ ވެރިކަމާއި ހެދި ހޭދެބައިވުމުގެ ސަބަބުން ވޯޓް އިން މަކަރު ހަދައިގެން ވެރިކަމަށް އަންނަން އުޅެން ހަދައިގެން ބުއްދިފިލާ ގޮސްފައޭ މަމެން ބުނަން ނެތީމު ދޯ.

  21. މުހައްމަދު

    ޔޫތުމިނިސްޓްރީ ދަވާލި ބޮޑުވަގު.

  22. އޮނަވިހި

    ﷲއިރާދަފުޅާ މިންވަރުފުޅާލައިގެން އަންނަ ނޮވެމްބަރމަހު 17 ވަނަދުވަހު ހުވާކުރައްވާނީ ރައީސް ޔާމީން ދެން ކީއްކުރަންތޯ ފިއްލަވަންވީ

  23. ޖަޒީރާ

    ޔާމީނަާާ ކުޅެންނޫޅޭ އެއީ ތިބައިގަނޑުގެ ރޫހާނީ ޓެރަރިސްޓެއްނޫނޭ ފިލާގެން އުޅޭކައް

  24. އަލީ

    ވަރަށް އެއްގޮތް! ހަސަނަށް ހީވާނީ ފުޅަށްބޭރުން ދާނަމަ ކެއުގަު ކަޑާލާފާހެން! މިހިރަ ނުލަފާ ޖައްބާރު ހަސަނާ ފިލަން ދުވި މީހުން މިހާ އަހަށް ހަދާނެތުނީ ތިޔަހުރީ ހަދާންނެތޭ ބަލިޖެހިފައިތަ!

  25. ޜިފާ

    ހަޖަމް ކުރަނަ އެމްޑީޕީ ކުދިން ދަސް ކުރޭ، މިޤައުމުގެ ތަރައްޤީ ކުރީ ނަޝީދެއް ނޫން،ބްރިޖް މަތިން ދަތުރުކުާ އެމްޑޯޕީ ކުދިން ކޮޅަށް ބުނެލަން އޮތީ ބްރިޖްގަ ދަތުރުކުޜާއިރު ޔާނު މަތިން ވަރައް މިސްވާނެޔޭ ،،،ހަޖަމްކުރުން އެއީ ދެން އޮތް ކަމެކޭ،،،،،

  26. ބޮޑު ދެލޯ

    ފިލުމުގެ ބޭނުމެއްނެތް! ޖަލައްލައިފިއްޔާ ބޭރަށްދާނެ ގޮތް، އަންނިއާއި ޤާސިމް ވަނީ ދަސްކޮށް ދީފަ@!!!!ވަރަށްފސޭހަ!!?

  27. ބޮޑުމީހަ

    މިޙަސަން ލަތީފަކީ ނިމިގެންމިދާ 5 އަހަރު ދުވަހު މިރާއްޖޭގައި ރައިސްކުރި މީހަކަމަށް މީހަކު ނުވަތަ ބަޔަކު ދެކޭނެކަމަށް ހީކޮށްގެން އިޅޭކަހަލަ
    ޙަސަނާ ނިކަން އޮތިއްޔަ ބުދީބަލަ : ރައީސުލް ޖުމުހޫރިއްޔާ ބޭނުންފުޅު ވާ ހަލަތްތަކުގައި އެމަކިފާނުގެ މަޤާމުގެ ހައިސިއްޔަތުން ގައުމުން ފުރުން މަނާކުރަވޭނެ އެއްވެސް ޤާނޫނެއް ރާއްޖޭގެ ޤާނޫނު އަސާސީގައި އެބައޮތްތަ؟
    ސިފައިންނާއި ޕޮލިހުންނަށް ގޮވަލަން: ޙަސަންލަތީފު ފުލުހުންގެ އިދާރާއަށް ވަނީ އެތަނުގައި ޣައިރުޤާނޫނީ ޢަމަލުތަކެއް ހިންގަންކަމަށް ތުހުމަތުކުރެވޭތީ މީނާ ހިފަ ހައްޔަރު ކުރުމަށް ފުލުހުންނާއި ސިފައިންނަށް އަދި ދައުލަތުގެ ކަމާބެހޭ ފަރަތްތަކަށް ގޮވާލަން

  28. އިބްރާހިމް

    އިދިކޮޅުން އާދޭސްކުރަނީ ރައީސް ޔާމީނު ބޭރަށް ފުރާވަޑައިގަތުމަށް. އަދި ބޭނުން އަދަދަކަށް ފައިސާއާއި ސަލާމަތާއި ރައްކާތެރިކަންވެސް ރާއްޖޭން ބޭރުން ހަމަޖައްސައިދޭނެކަމަށް. ކީއްވެގެންތޯ؟ އެވެރިންނަށް ދިވެހި ދައުލަތް ފަސޭހަކަމާއިއެކު ހުސްކޮށްލެވޭނީ ތަންދޮރު އެނގޭ މީހުން ރާއްޖޭން ބޭރުކުރުމުންނެވެ. ރައީސް ޔާމީނު ރާއްޖޭގައި ހުންނަވައިފިނަމަ އިދިކޮޅުން ހަދާ ހުރިހައި ގޯހެއް ރައްޔިތުންގެ ސަމާލުކަމަށް ގެންނާނެކަމީ އެނގިފާޅުވާނެކަމެކެވެ.

  29. މިއަދު

    ކޯސަންމީހުން އަދި ކީކުރަން އެމްޑީޕީ މީހުން ކިތަންމެ ވަރަކަށް ތެޅުނަސް މިފަހަރު މިއޮތީ ވޯޓު އޮޅުވާލާ ރަޢިއްޔަތު މީހާއާއި ހަމަޔަށް ކަރުދާސް އައީ ވޯޓު އޮޅުވާލުމަށްފަހު
    ބައިމީހުންނަށް ވޯޓު ގިނަވީ ރާއްޖޭގެ ގިނަ ރަޢިއްޔަތުން ނަމްބަރ 2 ގައި ހެޔޮފާހަގަ ޖައިގެން ނޫންކަން އެހެރީ ފެންނަން ޝަރީފުގެ ބުރަމަސައްކަތުން ވިއަސް ވޯޓު އޮޅުވާލެވިއްޖެ އެކަމުގެ ވޭނާއި ތަކުލީފް ޝަރީފު އުފުލަން ނުޖެހޭނެކަމަށް ހީނުކުރާތި ނަހައްގު ގޮތުގައި ލިބުނު ފައިސާގަނޑުގެ ހިތްހަމަ ޖެހުމަށްވުގެ ފަހުން ކުރަންވާ ހިތާމަ މަބޮޑު ވާނެ

  30. ހޭލާ

    މި ހަސަން ލަތީފަކީ ލަދުޙަޔާތުގެ ކަންފުޅެއްވެސް ހުރިމީހެއްނޫން. ޢިރާދަކުރެއްވިއްޔާ މިކަލޭގެ ކިބައިން އަވަސް ގޮތެއްގައި އަޅަމެންގެ ޤައުމު ސަލާމަތް ކުރައްވާނެ.