ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ އަނބިކަނބަލުން، ފާތުމަތު އިބްރާހީމް (މެޑަމް ފާތުން) ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ލިބިއްޖެެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެކަމަނާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަައެވެ.

އެކަމަނާ ސައުދީއަށް ވަޑައިގެންނެވީ އުމްރާ ދަތުރުފުޅަކަށް ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، އެ ދަތުރުފުޅާއި ގުޅޭގޮތުން އެއްވެސް ރަސްމީ ފަރާތެއްގެ ބަހެއް ލިބިފައެއް ނުވެއެވެ.އެހެންވެ ގިނަބަޔަކު ތުހުމަތު ކުރައްވަމުން ދިޔައީ އިންތިޚާބަށް ފަހު އެކަމަނާ "ފިއްލެވީ" ކަމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީން ވެސް ވަރަށް އަވަހަށް ފިއްލަވަން އުޅުއްވާ ކަަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ އަޑު ފަތުރަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދައްކަމުންދާ އެ ވާހަކަތައް ދޮގުކުރައްވާ، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު ވަނީ ރައީސް ޔާމީން އާއި މެޑަމް ފާތުންވެސް ޤައުމު ދޫކުރައްވާ ނުފިއްލަވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ދެވަނަ ދައުރެއް ކާމިޔާބު ކޮށްދެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވީ މެޑަމް ފާތުންއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް އެކަމަނާ އިސްވެ ހުންނަވައިގެން ކުރިޔަށްގެންދެވިއެވެ. އެހެން ނަމަވެސް އިންތިޚާބަށް ފަހު އެކަމަނާ ސިޔާސީ ހަރަކާތަކުން އަދި ފެނިގެން ގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސޯލް

    ހެހެހެ ރައީސް ޔާމިން ފިލަން އުޅެނީ މެޑަމް ރާއްޖެ އަންނަނީ މަގޭ ގާތަށް ހިނިއަންނަނީ އެމް.ޑީ.ޕީ ކުދިން މޮޔަގޮވާތީ

  2. ފާތުން

    ފިއްލެވި ކަމަނާގެ ވާހަކަ އެއްވެސްބަޔަކު ނުދައްކަނީސް ވަގުތު މީހުންނަށް އިލްހާމްވީތޯ..... ވާހަކަ އޮޅުވާލަން މަސައްކަތް ނުކުރޭ ދެން

  3. ލޮލް

    ސާބަހޭ ކަމަނާ. ތީވާ ފިސާރި ކަމަނާއެއް. ގައުމީ ހިދުމަތަށް ސާބަސް. އަދިވެސް އިންތިޒާރުކުރަން

  4. ައަލީ

    ފިއްލަވާ ނިމުނީ. އީ.ސީ.މެންބަރުން ފިއަލަވާ ނިމުނު ގޮތަށް.

  5. ޚަދުހުރު

    ކަދުރު ލިބޭނެ ދޯ

  6. ޖަންބޭ

    ސައުދީއިން ދިނީ ނޫސްވެރިޔާ ކުދިކުރި ކީސްތަ މެޑަމް އަތަށް. ނޮވެމްބަރު 1 ގާ ބޭނުންވެދާނެ ކަމަށް

  7. ޢަބްދުﷲ

    ސިޔާސީ ވެރިން ފަރުދާގެ ފުރަގަހުގައި ކުރައްވާ ކަންކަމަކީ، ރައްޔިތުން އެކަންކަމަށް ފާރަލައި ބެލިކަމުގައިވިޔަސް ވަގުތުން ވަގުތަށް ފަޅާއަރާނެ ކަންކަމެއްނޫނެވެ.

  8. އެޑަމް

    ފޮރުވަން ބޭނުން ވަރަށް ގިނަ ސާމާރު ބޭރަށް ގެންގޮސް ފޮރުވާފަ އެ އަނަންނަނީ

  9. ސަބުލް

    އެމް.ޑީ.ޕީ ކުދިން ދޮގު ހަދަނީ އ.މުއާޒް އަލީ ހެދީ ކޯއްޗެއްބާ؟ﷲ ގަންދީ ހުވާކޮށް. ،ގަމާރުކަން އެވަރުގެ ކަރުދާހެއް އުފެއްދިފައެއް ނެތް މޮޔަޔާ