ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރާއްޖެ އިން ބޭރަށް ވަޑައިގެން ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދޮގު ކުރައްވައިފި އެވެ.

މުއާޒު މިރޭ ވިދާޅުވީ ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި ތުހުމަތުތަކެއް ކުރެވޭ ނަމަ އެ ކަންކަން ބެލުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް އެ މަނިކުފާނާ މެދު ކުރެވޭ ތުހުމަތުތަކަށް އެއްބާރުލުން ދެއްވި ދެއްތޯ. އަށް ސަތޭކަ މިލިއަން ޑޮލަރުގެ ތެލުގެ މައްސަލައިގައި މަޖިލީހުގައި ވެސް ޖަވާބުދާރީވެ ވަޑައިގެންނެވި ދެއްތޯ،" މުއާޒު ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެ މަނިކުފާނުގެ އަބުރު ކަތިލެއްވުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.

ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމަށް ބުނެ، އެމަނިކުފާނު ހުއްޓުވުމަށް އެދި އިދިކޮޅު ކޯލިޝަނުން ވަނީ މިރޭ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ، ފުލުހުންނަށް މައްސަލަ ހުށަހެޅީ ރައީސް ޔާމީންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުން އެމަނިކުފާނު ޤައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާތީ އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުމަށް ކަމަށެވެ.

ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުން ވެސް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ފިއްލަވަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ. ނަމަވެސް މާދަމާ ހެނދުނު މެޑަމް ފާތުން ރާއްޖެ ވަޑައިގަންނަވައެވެ.

ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑު ގަދަވެފައި މިވަނީ ރައީސް ޔާމީން މިއަދު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މާޖިދު

  ކަލޯ އޭ މިހިރަ ގަމާރާ . އަހަރެމެން ހަވަރު މިގޮތަށް ތިއްބާ ވަގުންނަކަށް ފިލައިގެން ދާނެ ހަމަ އެއްވެސް ތަނެއްނޯންނާނެ. އަދި ބުނަން ރާއްޖޭގެ ހަމަ އެއްވެސް ބަދަރަކުން ވައިގެމަގަކުން އަދި ކަނޑުމަގުން ވިޔަސް ތިޔަ ވަގުންގެ ބައިގަޑު ދާންހިތަށްވެސް ނަރުވާތި. ނުވަނެ އެކަމެއް އަދި ވިޔަކަ ނުވެސް ދޭނަން. މިބުނީނު ނުދޭނަމޭ. މީ އެމްޑީޕީއެއް އެހެން އއްޗެއްނޫން. މީ ދިވެހި ހަވަރު . އަހަރެމެން ނުކުމެގެން މިފަހަރު ވޯޓް ވެސް އެއޮތީ ކާމިޔާބުކޮށްފަ. މާދަމަ އިންތިޚާބު ބާތިލު ކުރިޔަސް ދެން އަލުްނބައްވާ އިންތިޚާބުވެސް ކާމިޔާބުކޮށް ތިއާލާތްވަރު ގިތްގަޅުވާލާނަން. އިންތިކާބު ނުބާއްވާ ވެރިކަން ކުރަން އުޅެފިއްޔާ މުޅިތަން އަގަޑުބަގަޑުކޮށް ތިޔަ ހުރިހާ ވަގުންގެ ޖަނާޒާ ނެރޭނަން. އޭރުން ތިޔަވަގުންގެ މުޅިޢާއިލާ ގެ ޖަނާާ ނެރޭނީ. ކެރެންޏާ ނިކަން އެގޮތަށް ކަންތައްކޮށްބަލަ

  • އަނެއްކާވެސް

   ތީ ދިވެހި ހަވަރުންނެއްނޫން. ހަމަ މޑޕ ޗިޕު ޖެހީމަ ފެލެން ނިކުންނަ ކޯލާ ދަޅު ކުދިންކޮޅު. ކަލޭމެން ބޭޒާރުވަނީ މޑޕ ފަހަތުން ކަފަ ޖަހައިގެން ނިކުތީމަ. މިރާއްޖެ ދުށް އެންމެ ބޮޑު ވަގުންނާއި ޣައްދާރުންގެ ފަހަތުގައި ތިބެ އެހެންމީހުންކުރި ވައްކަމުގެ ވާހަކަ ދައްކަން ލަދުނުގަންނަކަމީވެސް މިބުނިބަހުގެ ތެދުކަން ހާމަވާނެކަމެއް.

  • ރަނގަބީލު

   ކަލޭ ހީކުރާ ގޮތް ދޯ.ﷲ ތިޔަ ވެރިކަން އަވަހަށް ގެންދަވާފާންދޭ.އާމީން

  • މަ

   ޔާމީން ދާންބޭނުންތާކަށް ބޭނުން ވަގުތަކު ދެވޭނެ، ދާނެ، އެއީ ރާއްޖޭގެ ރައީސް، މިހިރަ ގަމާރާ،،،

  • ހަވަރު

   ކަލޭ ހަވަރަށް ވީގޮތް ބުނެލަދީބަލަ. ޢެއީ އިނދިކޮޅުގައި ތިބި ވަގުންނެއް ނޫނޭ ފިލާކަށް. އަބަދުވެސް ތިމާ މެންކުރާ ކަންތައް އެހެންމީހުންގެ ބޮލުގައި އަޅުވާ އައުވާނުންތީ

  • ހހހ

   ތިޔަ ބުނާ މީހުންގެ ގޮނޑި ކޮއްކޮ އާއި އޭނާގެ ބައިވެރިން ފިލާ ތިބޭނީ.

 2. މުއާވިޔަތު

  ދޮގުހަދައިގެން ރާއްޖެއިން ބޭރަށް ފިލަންދާ މީހުންނަށް ހިވާނެ އެހެން މީހުން ވެސް ފިލާނޭ. ވައްކަންކޮށް ގައުމު ދަވާލި މީހުންނަށް ހީވާނެ އެހެން މީހުން ވެސް އެހެންނޭ ވެރިކަން ކޮށްފަ ހުންނާނީ. މި ބީތާއިންނަށް ނޭނގޭ ކަމަކީ ވައްކަންކުރާ ސަރުކާރެއްގެ 5 އަހަރުގައި ގައުމުގެ ރިޒާރވާއި ޖީޑީޕީ ދެގުނަ މައްޗަކަށް ނުޖެހޭނެކަން. ޑޮލަރު ލިބުން ފަސޭހައެއް ނުވާނެކަން. ތަރައްގީގެ ދުވެލި 10 ގުނަ ހަލުވި ނުވާނެކަން.

 3. ާމަންޖެ

  100% ޔާމީނު ނުފިލާނެ! މުއާ މިރޭ މަގޭ ގަރާރު ދެންފަހެ ތަގުދީރު ކިޔާފޮތުގާ އޑޕ ސަރުކާރުގަ ޖަލައްލާ މީހުންގެ ލިސްޓު
  ނަންބަރު އެކެއް ގާސިމު
  ނަންބަރު ދޭއް ރިޔާޒު
  ނަންބަރު ތިނެއް ޖަމީލު
  މިވަގުތައްނިންމާލި

 4. ކެރަފާ ނަޝީދު

  މޑޕ ގަ އުޅޭނީ ތިކަހަލަ ދެބަންދިހާރުން.

 5. ކެޔޮޅު

  ކޮމެންޓް ލިޔުނީމަ ނުޖަހަންޔާ އެބައި ނުބޭންދީމަ މާ ތާހިރުވާނެ.. ކަލޭމެންނާ ހިޔާލު ތަފާތު މީހުން ތިބޭނެކަން ނޭންގެންޔާ ތިކަން ނުކުރިއްޔާ މާ ތާހިރެ ވާނެ ކަންނޭގެ

 6. ސެންޗޯ

  ކަލޭ ދެންދައްކާ ވާހަކަ ކާކު ގަބޫލުކުރަނީ . މަމެން ޕީޕީ ވެސް ގަބޫލުނުކުރަން

 7. ސީސީސީސީ

  ތިކަހަލަ ބޯގޯސް ތަރުޖަމާނުންނާހުރެ ޔާމީނަށް ހުރިހާވެސް ގެއްލުމެއްލިބުނީ ؟ އަދި ބުނެފިއެއްނު ﷲ ގަންދީ ހުވައޭ އެކެއްގަޖެހި ފާހަގަ ދޭކަށް ބަދަލުވިއޭ ؟ ކާކު އެހެންބުނީ

 8. ޢަބްދުﷲ

  ވެރިކަމުގައި ހުންނެވުމުން، ލިބިފައިވާ ނުތަނަވަސްކަން ފިލައިގެންދާނީ، ޖަލުގައި ހުންނެވުމުން ލިބޭ ހަމްދަރުދީގެ ސަބަބުންނެވެ. އެހެންކަމަށްވާނަމަ، ސިޔާސީ މައިދާނުން ފިލަން ބޭނުންނުވާނަމަ، ވެރިކަމުގައި ހުންނެވުމަށްފަހު، ދެން އެމީހަކު ހުންނަށް ބޭނުންވާނީ، ޖަލުގައެވެ. އާސަރުކާރާއި ބާސަރުކާރުގެ ތަފާތު އެނގޭނީ، އާސަރުކާރު ޙަރަކާތްތެރިވާން ފެށުމުންނެވެ. ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަތައް ފޯރުކޮށްދެވޭ މިންވަރަކުންނެވެ. މިހާރުވެސް އެ އުޅުއްވަނީ، ހިޔާ 2018 ހުއްޓުވާލުމަށެވެ. އަދި ގޯތި ދިނުންވެސް ހުއްޓުވާލުމަށެވެ. އެހެންނަމަވެސް.، ހުޅުމާލޭ ސިނާޢީ ސަރަޙައްދެއް އުފައްދައި އެސަރަޙައްދުން އެތައްހާސް އަކަފޫޓެއްގެ ގޯތި އެތައްހާސް މީހުންނަށް ދޫކޮށްފައިވާއިރު، ރައްޔިތު މީހާ މިއުޅެނީ، ޖިފުޓި ގަނޑެއް ޖަހާލައިގެން އުޅޭނެ ބިންކޮޅެއް ނުލިބިގެންނެވެ. އެކަމަކު، ހުޅުމާލެއަކީ، ހުސްބިން ބޮޑުތަނެކެވެ. އެބިމުގައި ރައްޔިތުން ވަޒަންވެރި ކުރެވޭނީ ފްލެޓް އަޅައި ދީގެންކަމަށް ބުނާއިރު، ފްލެޓް އަޅައި ދެވޭވަރުގެ ޤާބިލުކަމެއް، ތަނަވަސްކަމެއް، ނެތެވެ.