ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ ލިޔުންތައް ލީކް ކުރުމަކީ ކަންކަމަށް ފާރަވެރިވެ، އެކަންކަމާއި ބެހޭ މައުލޫމާތުތައް ހާމަކުރުމަށް ޖެހިލުންވެ އެފަދަ މައުލޫމާތުތައް ހާމަކުރާ ފަރާތްތައް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެއް ކަމުގައި ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އިން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސިއްރު ބަޔާންތަކެއް ދީފައިވާ މީހުންގެ ބަޔާންތައް މީސް މީޑިއާގައި ލީކް ކޮށްލާފައި ވާތީ އެޕާޓީ އިން ނެރުނު ބަޔާނެއްގައެވެ.
ޕީޕީއެމްގެ ބަޔާނުގައި ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅިގެން ޕީޕީއެމް އަށް ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތްކޮށް އެތައް ހާސް ރައްޔިތުންގެ ޙައްޤުތައް ގެއްލިފައިވާ ކަމަށް ޕީޕީއެމްއަށް އަށް ގަބޫލުރެވިފައި ވާތީ އިންތިޚާބާއި ގުޅޭ އެތައް މައްސަލަތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅާ ބަލަމުން ދާއިރު އެމައްސަލަ އާއި ގުޅިގެން ކޯޓަށް ހުށަހެޅިފައިވާ ލިޔުންތައް މީސް މީޑިއާއަށް ބަޔަކު ލީކް ކުރަމުންދާ ދިއުން ޕީޕީއެމް އިން ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރާކަމަށެވެ.
ލީކްވި ބަޔާންތަކަކީ ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި ޒާތީ މައުލޫމާތުތައް އުނިކޮށްފައި ރައީސް ޔާމީންގެ ވަކީލުން އިލެކްޝަންސް ކޮމިޝަނާއި ސުޕްރީމް ކޯޓު އަދި މައްސަލައަށް ތަދައްހުލްވި ފަރަތްތަކަށް ދީފައިވާ ބަޔާންތައްކަން "ވަގުތު" އަށް ވަނީ ކަށަވަރު ކުރެވިފައެވެ. ނަމަވެސް ބަޔާންތައް ލީކް ކުރީ ކޮން ބައެއް ކަމެއް ކަށަވަރެއް ނުވެއެވެ.
ޕީޕީއެމް އިން ނެރުނު ބަޔާނުގައި ވިދާޅުވީ ސަރުޢީ ނިޒާމަކީ އެއްމަހާ ރައްޔިތުންގެ އިތުބާރު ނުހަނު ބޮޑަށް ލިބެން ޖެހޭ ގައުމެއްގެ ހިންގުމުގެ ނިޒާމުގެ މުހިންމު އެއް ތަނބު ކަމަށް ވީހިނދު ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ ލިޔުންތައް ލީކް ކުރުމުގެ ނާތަހުޒީބީ އަމަލު ކުރަމުންދާ ފަރާތްތައް އެފަދަ އަމަލުތައް ކުރުން މިހާރު މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
"ޑިމޮކްރަސީގެ ހަމަތަކަށް އަމަލު ކުރުމަށް ގޮވާލާ ސިޔާސީ ޕާޓީތަކުން ވަކި ސިޔާސީ މަޤުޞަދެއް ހާސިލް ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގައި ހުރި ލިޔެކިއުންތައް އާންމު ކުރުމުގެ އަމަލުތައް ކުރުމަށް ހިތްވަރުދީ އެކަންކަން ކުރަމުންދާ ދިއުމަކީ ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ކަމުގައި ވެސް މިޕާޓީ އިން ދެކެމެވެ." ބަޔާނުގައި ވެއެވެ.
ބަޔާންތައް ލީކްވުމާއި ގުޅޭ ގޮތުން ޕީޕީއެމް ފިޔަވައި އަދި އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ތިޔަ ބުނާ ކޯޓް ތައް މިނިވަން ވީމަދޮތަ ތިހުރީ ދިވެހިރާއްޖޭގެ ސްޕްރިމްކޯޓްގަ އިދިކޮޅު ޕާޓީތަކުގެ ދިދަ ނަގާފަ އެހެން ވިއްޔާ މަށައް އެތަނުގަ އައިއެސް ގެ ދިދަވެސް ނެެގެންޖެހޭނެ މަށަކީވެސް ދިވެހި ދަރިއެއް، މަނަގަން ބޭނުންވާ ދިދަ އެއީ، އަޅެ ވަގުތުމީހުންވެސް މިކަމަށް ރިޕޯޓެއް ލިޔަނެނަމަދޯ ފޮޓޯޖަހާފަ، ހަޔާތް ކުޑަޔަސް ބޮދުވަރު ދެން ގުންޑާއިންގެ.
ތިބުނި ވާހަކަ ރަނގަޅު. އެކަމަކު މަޢުލޫމާތަށްޓަކާ ބުނެލަން.. އައިއެސްގެ ހާއްސަ ދިދައެއް ނޯންނާނެ. އެ ދިދައަކީ އެމީހުންގެ އެއްޗެއްނޫން. އެމީހުން އެބޭނުންކުރީ މުޖާހިދުން އޭގެ ކުރިންވެސް ބޭނުންކުރާ ދިދަ. އެމީހުންނާ ގުޅުވައިގެން އެދިދައަށް އެމީހުންގެ ނަންދިނީ ހުޅަނގުގެ ޔަހޫދީންނާއި ނަސާރާއިން.
ކަލޯ އިދިކޮޅު ޕާޓީގެ ދިދަ ފެނުނީމަ އެނގޭނެތަ؟ ތިލަފަތެއް ފެންނަ އިރަށް އެއީ އެމް.ޑީ.ޕީ ކަމަށް ތިމާއަށް ހީވަންޏާ ތިހުރީ ވަރަށް ނުރައްކާ ހިސާބަކަށް ގޮސްފަ.. ތިލަފަތަކީ ހަމަހަމަކަމާއި އަދުލް އިންސާފު ރަމްޒުކޮށްދޭ އެއްޗެއް..
ބުރާންޗާ އެއީ ސުޕްރީމް ކޯޓުގެ ދިދަ
ތީގެން ދޭހަވަނީ އެވެރިންވެސް ވިކުނީކަން!!!
ވަރަށް ހެޔޮ ވާހަކަ ކޮޅެއް. ނަމަވެސް އެބަޔާން ތަކުގެ އަލީގައި ގިނަ ކަންތައްތަކެއް ސާފުވޭ އިންސާފުވެރި އިންތިހާބަކަށް ހިޔަނި އެޅިފައިވާ އެތަށް ކަމެއް އެ ބަޔާންތަކުން އެބަފެނޭ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ މިގައުމު ފަނާވެ ކުދިކުދި ކޮއްލާ ހުކުމަކަށް ނުވާނެ ކަމަށް އުއްމީދު ކުރަން. ގައުމުގެ އަމިއްލަވަންތަ ކަމާއި ދީން ހަލާކުގެ ތެރެއަށް ދާވަރުގެ ހުކުމެއް ކޮށްފިނަމަ އެކަމުގެ ފުރިހަމަ ޒިންމާ ސުޕުރީމް ކޯޓް ނަގަން ޖެހޭނެ. حسبنا الله ونعم الوكيل
ތިޔަ ބަޔާންތައް އެންމެ ފުރަތަމަ ހުށަހަޅަން ޖެހުނީ ބަޔަކު ދެއްކި ފޯންކޯލް އެއް ރެކޯޑްކޮށް އެޑިޓްކޮށް އެ ފޯންކޯލްގެ ވާހަކަ މީސްމީޑިއާގަ ފަތުރާ އެތައްބައެއް ނުރައްކަލަށް ހުށަހަޅާފަ ނޫންތޯ؟ ދެން މިހާރު ތި ދައްކަނީ ކޮން މުޑުދާރު ވާހަކައެއް؟
މީ ބޮޑު މައްސަލައެއް މިހެންވިއްޔާ ތިޔަ ކޯޓްތަކައްވުރެ ވިއްސާރަ ކޯޓްވެސް ރަނގަޅު ވާރެޔާ ހިޔާވޭވިއްޔާ.
ޢަހަރެމެން ދުވަހަކުވެސް ދެން ކޯޓުތަކަށް އިތުބާރެއް ނުކުރާނަން.
ކީއްވެތޯ އަބަދު ޕީޕީއެމް އިން މީހުން ނުރައްކަލަށް ހުށައެޅޭފަދަ ޢަމަލުތައް ކުރައްވަނީ؟ އަބަދުވެސް ސިއްރުން ކޮންމެކަމެއް!. އިސްލާމީ މަންހަޖެއްގައި ސިއްރު ޙެކި ނެގުމަކީ ކުށެއް. އެފަދަ ޙާލަތައް މި ޤައުމު ގެންދާތަން މފެންނަން ފެށީ ޕީޕީއެމް އިން ނުވަތަ މިހާރުގެ ސަރުކާރުން އެކިއެކި ފަރުދުންގެ މައްޗަށް އެއްވެސް އަސާސެއްނެތި ހުށައަޅާ ދަޢުވާތަކާއި ގުޅިގެން.މިފަދަ ލާއިންސާނީ ޢަމަލު ހުއްޓުމަކަށް އަންނަންޖެހޭ. އަމިއްލަ މަސްލަޙަތަށްޓަކައި އެހެން މީހުންގެ ގިރުއާން ކިލަނބުކޮށްނުލާ. ތިމާގެ އަމިއްލަ ނަފުސަށްވެސް ވިސްނަވާ.
އެހެންނުވާނެެ އެންމެ ފުރަތަމަ ސިއްރު ހެކިބަސް ނަގަންފެށީ މައުމޫން ވެރިކަމުގެ، މޑޕ ސރުކާރުގަ މާގިނައިން ސިއްރު ހެކިބަސް ނަގާފަވޭ
ތިޔަ ލީކު ކުރާނީވެސް ކަލޭމެންގެ ތެރެއިންނެވެ.
ވަކި މީހެއް ނޭނގޭކަމަށްވާނަމަ ކޯޓުން އެބަޔާންތައް ޙަވާލުކުރި ވަކީލުންނާއިމެދު ފިޔަވަޅު އަޅަންޖެހޭ. ާމިފަދަކަންކަން ހުއްޓުވުމަށް ލިބިދޭ ބާރަކަށްވާނެ
ތިވެސް ޕޕމ އިން ފެއްޓިކަމެއް.. ދޮގުހެކިދޭ މީހުން ހަމަ ބޭޒާރުކުރަންވީ..
މީހުންލައްވާ ބަޔާން ނެގިއިރަކު ތިކަމެއްނއެއިގޭތަ ؟
ތިލީކުކޮށްލީ ޤައުމަށް ޚިޔާނާތްތެރިވާ ބޮޑެތި ޚާއިނުން.
ޝަރުއީ ނިޒާމޭ އެހެން ނިޒާމެކޭ ކިޔާނެ ކަމެއް ނެތް.. މުޅި ނިޒާމު ހަލާކުކޮއްފަ ދެން ވާހަކަ ދައްކާނެކަމެއް ނެތް..
ސިއްރުނަންދެވެނީވެސް ކަމުގެބާވަތާ މުހިއްމުކަމުން ވީމާ ބަޔާންތައް ލީކުވުމަކީ ވަރަށް
ދެރަ ނުރައްކާތެރިކަމެއް ހަގީގަތުގަވެސް ބަޔަކަށްފޫނުބެއްދޭވަރުގެ ނުރައްކަލަށްހުށަހެޅޭނެ
ަމެއް މިއީ އެއްގޮތަކަށްވެސް ކުރެއްވުން ރަގަޅުކަމެއްނޫން މިކަމުގައި ޝާމިލުވާބޭފުޅުން
ހަމަހޭގަ ތިއްބެވިތޯ ބެއްލެވުންރަގަޅު