ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ވިލާ ކޮލެޖް ވަރުގަދަ ކުރުމަށްޓަކައި އެކި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއި އަދި ވިސްނުން ބޭނުންވާ ކަމަށް ވިލާ ކޮލެޖްގެ ޑީންސް ރިޕްރެޒެންޓޭޓިވް ޑރ.އަހުމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ވިލާ ކޮލެޖްގެ ފެކަލްޓީތަކުގެ އެޑްވައިޒަރީ ކޮމެޓީތައް އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ވިލާކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ބެހޭ ލިޔުން ވަނީ ފެކަލްޓީތަކަށް އައްޔަން ކުރި އެޑްވައިޒަރީ ކޮމެޓީތަކުގެ މެންބަރުންނާއި ހަވާލުކޮށްފައެވެ. އެ ފަރާތްތަކާއި ލިޔުން ހަވާލުކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރު ޑރ.އަޙްމަދު އަންވަރުއެވެ.

ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ވިލާ ކޮލެޖްގައި މިރޭ އިފްތިތާހްކުރެވިގެން ދިޔަ ފެކަލްޓީތަކުގެ އެޑްވައިޒަރީ ކޮމެޓީތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ވިލާ ކޮލެޖްގެ ޑީންސް ރިޕްރެޒެންޓޭޓިވް ޑރ.އަހުމަދު ޝާހިދު ވިދާޅުވީ، ވިލާކޮލެޖްް ބިނާވެގެން ވަނީ ފަސްތަނބެއްގެ މައްޗަށް ކަމަށާއި، އެ ތަނބުތައް ވަރުގަދަ ކުރުމަށްޓަކައި އެކި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއި އަދި ވިސްނުން ބޭނުންވާކަމަށެވެ.

"އެއީ އަޅުގަނޑުމެން ފޯރުކޮށްދޭ ތައުލީމަކީ ކޮލެޓީ ތައުލީމަކަށް ހެދުން އެއީ އެއް ތަނބު. އަނެއް ތަނބުގައި މި ބުނަނީ އަޅުގަނޑުމެން ފޯރުކޮށްދޭ ތައުލީމަކީ އެކި ދާއިރާތަކާއި ގުޅުންހުރި އެ ފަރާތްތަކުގެ ހިޔާލާއެއްކޮށް ފޯރުކޮށްދޭ ހިޔާލަކަށް ހަދަން ޖެހޭނެކަމަށް". ޝާހިދު ވިދާޅުވިއެވެ.

މި ފެކަލްޓްތީތަކުގެ އެޑްވައިޒަރީ ކޮމެޓީތަކުން އެ ފެކަލްޓީތަކުން ހިންގާ ޕްރޮގްރާމްތަކުގެ މުހިންމުކަން މަސައްކަތުގެ ތެރެއަށް ރަސްމީކޮށް ގެނެސްދިނުމަށް ބާރުއަޅައި އެކަމަށް އެހީތެރިވެދޭނެ ބައެއްކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ރެކްޓަރ އަންވަރު ވިދާޅުވީ، ކޮމިޓީތަކުގެ ހިޔާލުތަކާއެކު އެހެން ޤައުމުތަކުގައި ފޯރުކޮށް ދެމުން ގެންދާ ތައުލީމު ވިލާ ކޮލެޖުންވެސް ފޯރުކޮށް ދިނުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މި ފެކަލްޓީތަކުގައި ހިމެނޭ އެޑްވައިޒަރީ ކޮމެޓީތަކުގެ މެންބަރުންގެ ތެރޭގައި ހިމެނޭނީ ރާއްޖެއާ ރާއްޖެއިން ބޭރުގެ ކަމާއި ގުޅުން ހުރި ދާއިރާތަކުގެ ތަޖުރިބާ ކާރު ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިތަން ސަރުކާރަށް ނަގަން ފެނޭ ގާސިމް ފަދަ ގައްދާރަކުބާރުވެރި ކުރުވަން ހެޔޮ ނުވާނެ.

  2. ނަސީމާ ޢަލީ

    އަވަހަށް ޤާސިމުގެ ގުބޯކަން ފިލުވާށެވެ!