އެވިޑް ކޮލެޖުގެ މެއި މަހުގެ އިންޓޭކް އަށް އެޕުލައިކުރާ ކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިރޭ އެވިޑް ކޮލެޖުގައި މެއި މަހުގެ އިންޓޭކް ހުޅުވާލުމަށް ބޭއްވި ބައްދަލުވުމުގައި ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުލެވޭ އެވިޑްކޮލެޖްގެ އައުޓްލެޓްތަކާއި ކޮލެޖްތަކުން އެވިޑް ކޮލެޖުގެ މެއި އިންޓޭކްއަށް އެޕުލައިކުރާ ކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށެވެ.

މިޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ މިއަހަރުގެ މެއި އިންޓޭކްއަށް އެޕްލައިކޮށް 2 މަސްދުވަހަށް ކިޔެވުން ކުރިއަށްގެންދާ ކުދިންގެ މެދުގައި ކަމަށް މުސްތާގު ވިދާޅުވިއެވެ.

އަދި މުސްތާގު ވިދާޅުވީ އުމްރާދަތުރަށް ގުރުއަތުން ހޮވޭ ފަރާތަށް އެދަތުރުގައި ދަތުރުގައި ބައިވެރިނުވެވޭނަމަ އެހެން ފަރާތަކާއި ހަވާލުކުރެވިދާނެ ކަމަށެވެ.

އެވިޑް ކޮލެޖްގެ 17 އައުޓްލެޓްއާއި 6 ކެންޕަސް ހިމެނޭއިރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން ރޭނގަޑު 10 އަކާއި ހަމައަށް ކޯހުގައިި ބައިވެރިވުމުގެ ފޯމް ހުށައެޅޭނެ ކަމަށާއި އޮންލައިންކޮށްވެސް ކޯހަށް އެޕުލައިކުރެވޭނެ ކަމަށް މުސްތާގު ވިދާޅުވިއެވެ.