ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއްޔެ ގައުމާއި މުހާތަބު ކުރައްވާ ދެއްވި ހިޠާބަކީ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނުގެ ކޮޅަށް ނިމިގެން ނުދާނެ ކަން ގަބޫލު ކުރައްވައިފި ކަމުގެ ނިޝާނެއް ކަމަށް ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްޕިއެވެ.

އިންޑިއާގެ "އިކޮނަމިކް ޓައިމްސް" ގައި ބުނެފައި ވަނީ "ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކާމިޔާބު ނުވާނެކަމަށް ފެންނާތީ ރައީސް ޔާމީން ބަލި ގަބޫލު ކުރައްވައިފި." ކަމަށެވެ.

"ވޯނިއުސް" ގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ޚިޠާބުން ދޭހަވަނީ އެމަނިކުފާނު ވެރިކަމުގައި ނިންމި އެއްވެސް ނިންމުމަކާއި މެދު ހިތާމަ ނުކުރައްވާ ކަމާއި ނަމަވެސް މިފަހަރު ފަހަތައް ޖެހިވަޑައިގަންނަވަން ތައްޔާރުވަމުންދާ މަންޒަރު ކަމަށެވެ.

ޗައިނާގެ "ޒިންހްއާ" އިން ވެސް ވަނީ ރައީސް ޔާމީންގެ ހިޠާބުގެ ޚަބަރު ގެނެސްދީފައެވެ. އެނޫހުގައި ބުނެފައި ވަނީ ރައީސް ޔާމީން އެދިވަޑައިގަންނަވަނީ އަމިއްލަ އެދުމަށް ވުރެ ގައުމު އިސްކޮށް ގާއުމާއި ހަވާލުވާ އާލީޑާޝިޕުން ވެސް ގައުމުގެ ހަމަޖެހުމަށް އިސްކަން ދެއްވުމަށެވެ.

ރައީސް ޔާމީން އިއްޔެ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މިއީ އެމަނިކުފާނު ރަސްމީ ޚިދުމަތުން ވަކިވުމުގެ ކުރިން ދެއްވާ ބަޔާނެއް ކަމަށް ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ރައީސް އިއްޔެ ވިދާޅުވީ ރައްޔިތުން ނިންމާ ކޮންމެ ކަމެއް ނިންމުމުގައިވެސް ޤައުމުގެ މަސްލަހަތު ރައްކާތެރިކުރުމަށް ސަމާލުކަންދެއްވުމަށާއި، ޤައުމުގެ ސަލާމަތަށް އިސްކަންދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާއި އޮންނަ ގުޅުން ހީނަރުވިޔަނުދިނުމަށް އަބަދުވެސް މި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާފައިވާނެކަން ފާހަގަކުރައްވަމުން ދުނިޔޭގައި ހިނގަމުންދާ ޓެރަރިޒަމްގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ ދައުލަތްތަކާއެކީ ރާއްޖެއިން މަސައްކަތްކުރައްވާފައިވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާއި، ޚާރިޖީކަންކަމަށް ބޭރުގެ ފަރާތްތަކުން ބަސްކިޔުމަކީ އެއްވެސް އިރެއްގައި ދިވެހި ދައުލަތަށް ފަސޭހަކަމަކަށް ވެގެން ނުވާނެކަމަށާއި، މި ސަރުކާރުގެ އަސްލަކަށްބައްލަވާފައިވާނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކުޑަ ޤައުމަކަށް އެންމެ މުހިންމުވާނީ އެ ޤައުމެއްގެ އަމާންކަމާއި، ސަލާމަތްކަން ރައްކާތެރިކަމާއެކު ދެމެހެއްޓުންކަމުގައި ފާހަގަކުރައްވަމުން، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ މިދައުރުގައި އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރައްވާފައިވާނީ ދިވެހި މައުޞޫމް ރައްޔިތުންގެ ޙައްޤުގައިކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޙާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ މަސްލަހަތު ހަވާސާގައި ބާއްވާފައި އަމިއްލަ މަސްލަހަތު އިސްކޮށްފިނަމަ ދުވަހަކުވެސް ދިވެހިރާއްޖެއަށް ކުރިއެރުން ނުލިބޭނެކަމަށާއި، ޤައުމާއިމެދު ކޮންމެކަމެއް ކޮންމެ ގޮތަކަށް ވެގެން ދިއުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ޖާގަނުދެއްވުމަށް ކުރެއްވެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. މާދިހު

    ޢަދި އެއްޗެއް ބުނަން އަވަސް. ތަމެން އެބަޖެހޭ ސިކުނޑީގެ މައިނާރުން ވިސްނާ ފިކުރުކުރަން.

  2. ނިޔާޒް

    ދެން މެޑަމް ފާތުން ރާއްޖެ އައުމާކީ ކޮންކަހަލަ ކަމެއްބާ؟؟

  3. އަހު

    ވަތުތު ނޫހުން ވެސް އުންމީދު ކުރިގޮތެއް ނުވިދޯ؟ ދެންބުނޭ އިބޫ ސޯލިހު ކްރިސްޓިަން ފައަޅިއެއްގެ މެނޭޖަރު ކަމަށް ކުރިމަތިލއަިފިޔޭ؟ ބަލަ ދައްކާ ވާހަކަވެސް މީހުން ގަބޫލުކުރާ ލެވެލްގަ ދައްކަން ދަސްކޮށްބަލަ.

    • ޑީން

      އިބޫ ބުނަން ވީނުން ތިމަންނަ ފައްޅިއެއް ނައަޅާނަމޭ.. އެއްޖިންސުން ކައިވެނި ކުރެވޭނެ ޖާގައެއް މި ގައުމުން ނުދޭނަމޭ.. ވަރަށް ކެރިގެން

      • ނާޑުވާ

        ތިޔަބުނީ ޔާމީން މަރުގެ ހުކުމް ތަންފީޒްކުރާނަމޭ ބުނިގޮތަށްތަ؟ މިތާ ނުޖެހޭ ފައްޅި ނާޅާނަމޭ ނޫނީ އެއްޖިންސުން ކައިވެނި ނުކުރުވާނަމޭ ބުނާކަށް. މިތާނގަ އިސްލާމްދީން ނޫން ދީނެއް ނޯންނާނެ ވަރަށް ސާފު. އިހަށް ދުވަހު މިތާ ވެރިކަން ކުރާމީހަކު ރަސޫލްކަމަށް ދަޢުވާކޮށް ކުފުރުވީމަ ރައްޔިތުން ދިން ޖަވާބު އެއޮތީ ފެންނަން.

        • Anonymous

          އިސްލާމީ ޝަރީޢަތް ގާއިމް ކުރުމާ ފައްޅި އެޅުމާއި އެއީ ކަލޭމެންގެ ހިތުން އެއްވަރު ދެކަންތައްތަ؟ މިހިރީ މިލާދީނީ ބައިގަނޑުގެ ފެންވަރު.

        • އަފީފު

          އެކަމަކު އެންޑީޕީ އަކީ ކުރިސްޓިއަން ޖަމާއަތްތަކާ ގާތްގުޅުމެއް އޮންނަ ބައެއް

        • ނަސްރީނާ

          ކަލޯ ނާޑުވަލާ، މަރުގެ ޙުކުމް ތަންފީޒް ކުރާ ހިސާބަށް އެއްވެސް މައްސަލައެއް އަދި ނިމިފައިނެތް، ޙުކުމެއް އޮވެގެންނޫންތަ ޙުކުމެއް ތަންފީޒް ކުރެވޭނީ ގަމާރުވިޔަސް ތީބޮޑުވަރު

  4. ޙަފްޞާ / މާލެ

    ކޯޓުން ނިންމާ ޢަދުލުވެރި ނިންމުމާދެކޮޅަކަށް ރައީސް ޔާމީންވެސް އެމަނިކުފާނުގެ ސަޕޯޓަރުންވެސް ނުތެދުވާނެއެވެ. ކޯޓުން ކޮންމެ ގޮތަކަށް ނިންމިޔަސް ރިޔާސީ އިންތިޚާބުގެ ވޯޓުވަނީ ކަރުދާސްޗާޕުންފެށިގެން ވޯޓުގުނުމާހަމަޔަށްވެސް އޮޅުވާލާފައެވެ. ގިނަ ރަށްރަށަށް އިބޫކުރި ދަތުރުގައި ބޭއްވި ޖަލްސާތަކަށް އެރަށުންމީހުން ނުގޮސްގެން ރަށްރަށުންމީހުންގެނެސްގެންވެސް 200 ހަމަނުވާރަށްރަށެއް މަދެއްނޫނެވެ. އެކަމކު އެރަށްރަށުގެ ވޯޓުން އިބޫ މެޖޯރިޓީ ނަގާފައޮތުން އެއީ ވޯޓު އޮޅުވާލިކަމުގެ ރީތި މިސާލެވެ. އިބޫގެވެރިކަން ޤާއިމުވިޔަސް އެ ވެރިކަން ރޫޅި ވީދިގެންދާކަށް އިން ޝާ އަﷲ ގިނަދުވަހެއް ނުނަގާނެއެވެ. ހެވެއް ދެމިއޮންނާނީ ހެވަކުން އުފެދުނު އެއްޗެއްގައެވެ. ވޯޓު އޮޅުވައިނުލިނަމަ ރައީސް ޔާމީން ދަށްވެގެން 57 ޕަސެންޓް ވޯޓް ނެންގެވީހެވެ.

  5. ޞަލާޙް

    ރައީސް ޔާމީންވަރުގެ ޚިދުމަތްތެރި ވެރިޔެއް ދިވެހި ތާރީޚް ދެކިފައެއްނުވޭ! އަދި ނުވެސް ފެންނާނެ! ރައީސް ޔާމީނާ ދެކޮޅަށް ނުކުތްމީހުން އަދި ހިތާމަކުރާނެ!

    • ގައުމު

      އި ްޝާ ﷲ

  6. ޔަގީނޭ

    ރާއްޖޭގައި މިހާރު ލައިގެން އުޅެނީ އެއީ ދެފުށް ފެންނަ އިންސާފުވެރި ރިޔާސީ އިންތިޚާބެއް ކަމަށް މަމެން ނުދެކެމެވެ. ރާއްޖޭގައި މިހާރު ލައިގެން އުޅެނީ އެއީ ވޯޓް ކަރުދާސް ތަކުގައި ވަރަށް ބޮޑެތި ފްރޯޑް ކޭސް ތަކެއް ހިނގަމުން އަންނަ އަދި އޭގެ ސަބަބުން ނަތީޖާ އަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ނަތީޖާ އެއް ކަމަށްވެފައި އަދި މިހާރު އިލެކްޝަންސް ކަމިޝަންގައި ތިބި މެމްބަރުން ނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭތީވެ އެއިންތިޚާބު އެއީ ރައްޔިތުންގެ ވޯޓްގެ ނަތީޖާނޫން ކަން މަމެން ކަށަވަރު ކޮށްދޭނަމޭ.

    • ޒިޔާދު

      ބޯހަލާކު،ވޯޓްލާ ނިމިގެން ބަލިގަބޫލުކުރި އިރު ތީގެން އެއްވެސް ކަމެއް ނޭގޭތޯ. ފިލްމުގެ ނަމަކަށް ވެއްޓުނު ވޯޓް ކިޔުން ރަގަޅު ވާނެ.

  7. ސީސީސީސީ

    އަންހެނުން ބަސްކިޔަންވީމާ ވާނެގޮތް ޔާމީނު އަށްވެސް މިފަހަރުތިވީ ؟

    • ކާފަގެ އައިޝާ

      ނޫން އެހެނެއްނޫންވީ، ވަގުންގެ މަޅީގައި ޖެހުނީ، ރައީސްކަމަށް ވަޑައިގަތީއްސުރެ އަރިހުގައި ބޮޑެތިބިޔަ ވަގުންތިބި، މީގެ އިތުރުން ކަހީނުން ލައްވައި ހެއްދި ސިހުރު ހާހޫރުވެސް ގިނައީ

  8. ކުރަމޭ

    ފަސްޓް ލޭޑީ ފާތުން ރާއްޖެ ވަޑައިގެންފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ސްޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލަ ރައީސް ހުށައަޅުއްވާފައިވާ ގޮތުގެ މަތިން ޕޮލިހުން މެދުވެރިކޮށް އިންވެސްޓިގޭޓް ކުރައްވަން ސްޕްރީމް ކޯޓުން ހުކުމެއް ނެރެދެއްވާނެ ކަމަށް ރައްޔިތުން ވޯޓް ލައިގެން ހޮވާ މީހަކު ވާން ޖެހޭނީ ވަރަށް ބޮޑަށް ދެފުށް ފެންނަ އެއްވެސް ޝައްކު ކަމެއް ނެތް އިންތިޚާބަކަށް ކަން ޖެހޭނެ ކަށަވަރު ކުރަން މަމެން އުއްމީދު ކުރަން..

  9. ޑެލްބޯއި

    އެއީ ކާމިޔާބު ވާނެ ކަމުގެ ނިޝާނެއް. އެހެން ނޫނިއްޔާ އެހިތާބު ދިނުމުގެ ބޭނުމެއްނެތް. ޔާމީނުގެ ބޮޑީ ލެންގުއޭޖުން އެނގެނީ އަދި ކުރިއަށް އޮތީ ހަނގުރާމަކަން.

  10. Anonymous

    ރޫހާނީ ލީޑަރު ސައުދީއައް ދާން ބިރުން އެތަނަކައް.ނުދޭ ސަބަބެއްކަމައް ވަނީ އެމިބައް ގޮސްފިއްޔާ އުމުރާއެއް ކުރަން ޖެހިދާނެތީ. އޭނާ ވަރައް ބިރުގަންނާނެ މިސްކިތެއް ފެނިދާނެތީ

  11. އަފީ

    ރައީސް ޔާމިނަކީ މިގައުމު ދުށް އެންމެ ފުންނާބު އުސް ހީވާގި ކެރޭ ބުރަދަންހުރި ކަންކަން ކުރަން ދަންނަ މި ދެކޭ ތަރައްށްގީގެ ހަގީގީ ބާނީ. ރައީސް ޔާމީނަށް އަޅުގަނޑު ސެލިއުޓް ކުރަން. މިގައުމަށް އަބަދުވެސް ރައީސް ޔަމީން ދެއްށްވާނީ އިސްކަން. އިސްލާމްދީން ހިމާޔަތް ކުރުމުގައި އަބަދުވެސް މަސައްކަތް ކުރަށްވަނީ ސާބިތުކަމާއެކު ފަހަތަށް ނުޖެހި. ތަންތަން ރޯކުރުމާ، މާރާމާރީ ހިންގަން ނުގޮވުމަށް ރައީސް އަބަދުވެސް އިލްތިމާސްކުރައްވާ. މީ ފިސާރަ ރައީސެއް. ނަމުނާ ދައްކާ ރައީސެއް.

  12. އަލީ

    ސްޕްރީން ކޯޓުން ކޮންމެ ގޮތަކަށް ހުކުމްކޮށް ދެވަނަ އިންތިޚާބަކަށް ދިޔަޔަސް ރައީސް ޔާމީނުގެ ދައުރުނިމުނީއޭ ، އިތުރު 5 އަހަރު ވެރިކަމުގައި ހުރެވޭނީ ހަމަ ވޯޓް ލާގެންދޯ

    • Anonymous

      ވޯޓު ތަކެއް އޮޅުވާލާފަ ތިހެން ބުނެވޭނެ ޖާގައެއް ނެތް. ފުރަތަމަ ވޯޓް އޮޅުވާލަން ޖެހުނީ ކަލޭމެން ބަލިވާނެކަން ޔަގީންވީމަ

  13. ވަތަނީ

    ރ ޔާމީންގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް
    ހުރިހާ ގޮތަކުންވެސް ފާގަތިކަން ގެނެސްދިން 5 އަހަަރެވެ ކ ކޯލިޝަންގައި ހިމެނޭ އިސް ފަރާތް
    ތަކަކީ އަދި އެމީންނަށް ވާގިވެރިވާ ފަރާތްތަކަކީ
    އަމިއްލަމަސްލަހަތު އިސްކޮށް ވަތަނީ ރޫހް
    ގަސތުގައި ހަނދާން ނައްތާލާފައިވާ ބައެކެވެ
    އެކަހަލަ ބަޔަކަށް ވެރިކަމުގެ ބާރުތައް ހަވާލް
    ކުރުމަށް ވޯޓްދީފައިވާ ގިނަމީހުންނަކީ ހަޤީޤަތް
    އޮޅިފައި ނުވަތަ އޮޅުވާލެވިފައިވާ ބައެކެވެ
    އެކަމަކު އެހަޤީޤަތް ސާފުވާނީ އިބޫގެވެރިކަމުގެ
    މަދު ދުވަސް ކޮޅެއްގެ ތެތޭގައެވެ އަދި ވަގުތުވެސް ފާއިތުވާ ފަހުންނެވެ ވަރަށް ވެސް
    ހިތާމަހުރި ކަމެކެވެ ކުރިއަށް އޮތީ ބަނަ ދުވަސް
    ތަކެކެވެ ކޮޅެއްމެދެއް ނޭންގޭ އަޑި ގަނޑެކެވެ

  14. އިބްރާހިމް

    ކޯޓްތަކުގައިތިބީ ރައީސް ޔާމީނު ބުނާގޮތަކަށް ހުކުމްކުރާބައެކޭ އިދިކޮޅުން އަބަދުވެސް ކިޔައެވެ. ގަބޫލު ކުރެވޭތޯއެވެ؟ މިއަދު ރައީސް ޔާމީނު ބޭނުންވެ ވަޑައިގަންނަވާނީ އިންތިޚާބު ބާތިލުކުރާށެވެ. ކިހިނެތްތޯމީވީ. އެނގިގެން ދިޔަ އެއްކަމަކީ ރާއްޖޭގެ ކޯޓްތަށް ރައީސް ޔާމީނުގެ ވެރިކަމުގައި މިނިވަންކަމާއިއެކު ހިނގާފައިވާކަން. ތަހުގީގުކޮށް ކޯޓުން ހުކުމެއްނުޖަހަނީސް ބަންދުކޮށް ޖަލައްލާފައިވާ މީހަކު ނިމިދިޔަ ފަސްއަހަރުގައި ފެންނަން ނެތްކަމީ ހަގީގަތެކެވެ. ދިވެހިރައްޔިތުން ވިސްނަވާށެވެ. މިއަދުވެސް އޭޓީއެމުން އެކަންޓުގައި ޑޮލަރުހުރިނަމަ ހަަމަ ކޮންމެމީހަކަށް ދުވާލަކު 1600ޑ ލިބެއެވެ. ރ ނަޝީދުގެ ވެރިކަމުގައި އެކަނުޓްގައި ހުރިޑޮލަރުން 500ޑ ވެސް ވަނީ ނުލިބިފައެވެ.

  15. ޣަފޫރު

    3000 އަގޮޓި އަޅައިގެންތިބި 3000 މީހުން ، ކޮންމެ މީހަކު 10 ކަރުދާސްކޮޅުއޮޅުވައިލިޔަސް އެ އޮޅުވައިލެވުނީ ޔަމީންގެ 30000 ވޯޓެވެ. އެ 30000 ވޯޓު ދެން ޖެހޭނީ އަނެއްކޮޅަށެވެ.

  16. ހުސޭނު

    ވޯޓުވަނީ އޮޅުވާލާފަ އެއީ ސައްކެއް އޮތްކަމެއްނޫން. ޢަދި އެކަންކޮއްފާވަނީ މޑޕ ވަގުންނައް އެންގިގެން އަވައްޓެރި ގައުމެއްގެވެސް އެހީގަ. ކޯޓައް މިކަން ސާބިތުނުކޮއްދެވިގެން ވެސް އުޅެނީ ނުފޫޒުގަދަ ބަޔަކު އެހެކިތައް ފޮރުވައިގެން އުޅޭތީ. ކޯޓުގެ ނިންމުން އަހަރުމެން ބަލައިގަންނާނަން އެކަމުވެސް އެއީ އޮޅުވާނުލާކަމައް ދެކޭތީކީނޫން

  17. ނީބުމަ

    ކޯޓްތަކުގެތެރެއިން ނުވަތަބޭރުން ކާމިޔާބުވިޔަސް ނުވިޔަސް ނިމިދިޔަ ރިޔާސީއިންތިހާބް ވަނީއޮޅުވާލާފަ ޕޕމ އެއް އެމޑޕ އެއްކިޔާނެކަމެއްނެތް. ކޮންމެޕާޓއެއްވިޔަސް އެޕާޓީއެއްގެ އަމިއްލަމަސްލަހަތު ކުރިއަށް ނެރޭނެ ދޮގާމަކަރާހީލަތްވެސް ހަދާނެ. މިއީދިވެހިކޮންމެރައްޔިތަކުވެސް ގަބޫލްކުރާނެހަގީގަތެއް. ޜައްޔިތުން ގެތެރޭގަ ކިތަންމެޚިޔާލުތަފާތު ވިޔަސް އެއްވސްރައްޔިތަކު މިއިމުންބޭރުވެ ސިޔާސީވެގަންނަނީ ވެހޭތަނުންފެންނަގާ މީހުންކަންޔަގީން. މިދިވެހިރާއްޖޭގަ އިބްރާހިމްނާސިރުގެ ވެރިކަމުން ފެށިގެން މިއަދާހަމައަށް ވެރިކަން ކުރެއްވި އެއްވެސް ރައީސްއެއް ގެވެރިކަންނިމި އާދައުރެއް ފެށިގެންދަނީ ނިމިދިޔަވެރިކަމުގައި ހުންނެވި ރައީސްގެ އިސްތަށިފުޅުގަ ވައކަމާ ފޭރުމާ އަނިޔާއާއި ލޫޓުވުމާއި މިހެންގޮސްދުނިޠެގަ ލެއްވިހާކަމެއްގެ ސާބިތުހެކިކޮންމެރައްޔިތަކުހެން ދައްކާދެމުން .މިއީމިއަދުމިގައުމްގަ ސިޔާސީ މީހުން ރައްޔިތުންގެ ތާއީދުހޯދާ ސަމާލްކަންހޯދާ ރައްޔިތުންގެ ސިކުނޑިތަކުގަ ވަކިފިކުރެއް ހަރުލެއްވުމުގެ ބޭނުމުގަ ވިއްކާހަތިޔާރު އަދިއުކުލެއް. މިއަދުއމޑޕ އަށްކާމިޔާބީލުނުކަމުގަވިޔަސް މާޒީއަށް ނަޒަރުހިންވާލާއިރު އެމްޑީޕީ އިސްވެއޮވެ މިރާއްޖޭގެކަންކޮޅުތަކުގަ ސަރުކާރާއި އިދިކޮޅައް ތެދުވެގާނޫނީއިމުގެތެރެއިންކަންކަން ނިންމުމައް އެމްޑީޕީ އަށް ފައސޭހަނުވުމުން އިޚްތިޔާރުކުރީ ރަންގަޅު ކަންކަމެކޭ ނުދެންނެވޭނެ. އެއާޚިލާފައް ޕޕއމ ޕާޓީއެއްގެގޮތުގާ އޮޮވެ ހިންގިކަންކަން ފެނިގެންދިޔައީ ތަންކޮޅެއްތަހުޒީބު ކޮށޭ ދަންނަވާންޖެހޭ. ކުރެވޭތުހުމަތެއްގެ މައްޗައްބުރަވެ މިވެނިއެވެނި ކަމަކީކުރިކަމެކޭ ބުނެހާމަކުރުމަކީ އެއްވެސްރައްޔިތަކު ކޮށްގެްވާނެ ކަމެކޭނުދެންނެވޭނެ . ޢިސްވެދެންނެވިފަދައިން ހަމަހަމަކަމާއި އިންސާފަކީ ފާޅުގަލޮލަށްފެނިއަތުންހިފިގެންމެނުވީ ވަކިޕާޓީއަކުން ކުރިކަމެކޭ ބުނެރައްޔިތުން އެކަކުއަނެކަކާ ދެބަސްވެ މާރާމާރީ ހިންގާ ހުތުރުބަަސްބަހުން ދުލައްއައިހާއެއްޗެއްގޮވާ މިދަރަޖަ އަށް ގޮސްގެންވާނެކަންކަންކަމުގަ ގަބޫލެއްނުކުރަން.

  18. ޢަބްދުﷲ

    އެމަނިކުފާނުގެ ޚިޠާބާއި މައްސަލައާއި ގުޅުވައިގެން ކޯޓުން ބޭރުގައި ދެކެވޭ ވާހަކަތަކަށް ތަރްޙީބު ނުދެވޭނެއެވެ. އެހެންނަމަވެސް، މައްސަލަ ނިމޭގޮތެއްގެ މައްޗަށް ޢަމަލު ކުރުންމަތީ ދެމިތިބުން ހުރިހާ އެންމެންގެ މައްޗަށް ލާޒިމުވާނެއެވެ. ވެރިކަން ބަދަލު ކުރުމުގެ މަރްޙަލާގައި ކުރަމުންގެންދާ އެއްވެސްކަމެއް ހުއްޓާލުމަށް އަންގައި އަމުރު ނުކުރާހައި ހިނދަކު އެކަންކަން ކުރިއަށް ގެންދެވޭނެއެވެ. އެހެނީ، މިހާރު މިއޮތީ ރައްޔިޔުންގެ ނިންމުމެވެ. ދެންއޮންނާނީ، މައްސަލާގެ ނިންމުމެވެ. ރައްޔިތުންގެ ނިންމުން ކަމުނުދާ ކަމަށް ބުނެ މައްސަލަ ޖައްސާނަމަ، މައްސަލާގެ ނިންމުން ބޭނުންވާނެއެވެ. އެޙާލަތުގައި ޢަމަލު ކުރެވޭނީ މައްސަލާގެ ނިންމުމަށެވެ.

  19. އިބޫ

    ރައްޔިތުންގެ ތެރޭ ގިނަ ބަޔަކީ އަމިއްލަ އެދުމުން ފޯވެފަ ތިބި، ޙަޤީޤަތް ފައިދަށުލާ ނަނާ ހުވަފެން ބަލަން ބޭނުންވާ ބައެއް. މިގޮތުން ކޮކަޑިކޭ މީދަލަށް ފެންދީ ތިޔަ ގަދަކުރީ! ވާގޮތް ބަލަން ތިބޭތި. ފަހުން ރޮއި ހޭރި ހަދާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫން. މިފަހަރު ވެރިކަމަށް ހޮވުނީ ކޯޅިޝަނެއް ނޫން.! ދުނިޔޭގެ ހުރިހާ އިސްލާމީ ޤައުމުތައް މުގުރާ ސުންނާފަތި ކުރަމުން ގެންދާ އެމެރިކާއާއި އިނގިރޭސި ވިލާތުގެ ނަޞާރާދީން ފަތުރާ ޖަމާޢަތްތައް. އެމީހުން ކުރިއަށްއޮތް 5 އަހަރު ތެރޭ ރާއްޖޭގައި ފައްޅި އަޅާނެ ވާހަކަ ބުނީމާ، ތިޔަބުނާ އިބޫ+ ފައިޞަލް + ސޭކު އިލްޔާސް + ޅަކޮތަރު އަޔާޒް އަނގަމަޑުން ލައިގެން ތިބިކަމީ މިކަމުގެ ސާފު ހެކި. ރައްޔިތުން ބަލަން ތިބޭ! ތިމާމެން ފޭހި ތިޔަ ތޫނު އިލޮށި އަމިއްލަ ލޯތަކަށް ވަދެގެން ދާއިރު ލައްކަ ތަދުވާނެ! ހެއްލުމަކުން ލިބޭ ގެއްލުމުގެ ޙަޤީޤީ އިޙްސާސް ކުރެވޭނެ! މާތްﷲ ހުރިހާ މުސްލިމު ދިވެހިންނަށް ކެތްތެރިކަން ދެއްވާ، ތެދުމަގު ދައްކަވާށި! އާމީން

  20. ވަހީދު

    ޔާމީން އަދި އެނބުރި އަންނާނެ. ގިނަ ބަޔަކު އެއްވެގެން ރިޔާސީ ނިޒާމެއްގައި ސަރުކާރު ހިންގިފައި އަދި ނެތް.

  21. މާހިރު

    ޕީޕީ ކުދިންކޮޅަށް ބުނެލަން އޮތީ ޔާންޓޭގެ ދައުރެއް ދެންފެންނާނެ ކަމަކަށް އިތުބާރުހުރި ފަލަކީ ނުދައްކައޭ