ހެކި ނައްތާލާ މީހުންނަށް ލިބޭ އަދަބު ބޮޑުކުރަން ޖެހޭ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކަރޮޕްޝަން އަށަގެންފައިވާ ވަރަށް ބަލާއިރު ކޮރޮޕްޝަނަށްވުރެ، ކަރޮޕްޝަން ސާބިތުކުރުމަށް ބޭނުންވާ ހެކި ނައްތާލާ މީހާއަށް ދޭ އަދަބު ބޮޑު ކުރަން ޖެހޭ ކަމަށެވެ.

"އިނގިރޭސި ވިލާތުގައި ވައްކަން ގިނަވެގެންގޮސް ވައްކަން ކުރާ މީހުންނަށް ލިބޭ އަދަބަށްވުރެ ވަގު މުދާ ގަނެ ވިއްކާ މީހުންގެ އަދަބު ބޮޑު ކުރުމުން ވައްކަން މަދުވެގެންދިޔަ" މާރިއާ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވީ ރައީސް ޔާމީން ހިންގަވާފައިވާ ބައެއް ކަރޮޕްޝޗަން ތަކާއި ގުޅޭ ލިޔެކިއުންތަކާއި ނައްތާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ ދައުލަތުގެ މުއައްސަސާތަކަށް އެކަން ހުއްޓުވައި ދިނުމަށްވެސް އެދިފައި ވަނިކޮށެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޔާމީން އާއި މިސަރުކާރުގެ އިސްވެރިންގެ މައްޗަށް ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއްގައި ތުހުމަތު ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ ފަހުގެ ތާރީޚެއްގައި ފެންމަތިވި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ އެވެ. އެތަނުގެ އޮޑިޓް ރިޕޯޓް ބުނާގޮތުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ ވަނީ އަމިއްލަ ފަރާތްތަކުގެ އެކައުންޓަތަކަށް ޖަމާކޮށްފަ އެވެ.

އަދި ދާދި ފަހުން ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް 22 މިލިއަން ރުފިޔާ ރިޔާސީ އިންތިހާބުގެ ތެރޭގައި ޖަމާކުރި މައްސަލައެއް އެމްއެމްއޭއިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެ މައްސަލަ އަނބުރާ ނަގާފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވި ނަމަވެސް އެމްއެމްއޭއިން އެކަން ވަނީ ދޮގުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން މިސަރުކާރަށް ކޮރަޕްޝަން އާއި ހިޔާނާތުގެ ބޮޑެތި ތުހުމަތު ތަކެއް ކުރަމުން ދާއިރު ރައީސް ޔާމިންގެ ސަރުކާރުން ކޮށްފަހުރި ވައްކަމާ ކޮރަޕްޝަންގެ މައްސަލަތަށް އިދުކޮޅު އިއްތިހާދުގެ ވެރިކަމުގެ ފުރަތަމަ ދެއަހަރު ތެރޭ ބަލާނެކަމަށް އިތިހާބީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލީ

    ތިޔައީ ޗެއަރ ހަސަންލަތީފު ރައީސް ޔާމީނު ފިއްލަވަން އުޅޭކަމަށް ބުނެ ހެދި ދޮގުކަހަލަ ބޮޑު ދޮގެއް! /ނަމަވެސް ގާނޫނު އަސާސީގެ ހުރުމަތް ކަޑައި އެ ފޮތުގެ މައްޗަށް ފައިން އަރާ މީހުންގެ އަދަބުވެސް ބޮޑުކުރަން ގާނޫނު އަސާސީގެ މައްޗަށް ފައިންއެރި މަންޒަރަކީ ރާއްޖޭގެ އެންމެންނަށް ފެންނަގޮތައް ޓިޥީއިން ލައިވްކުރި މަންޒަރެއް! ތިޔަބުނާކަހަލަ ބުހުތާން ދޮގުވާހަކައެއްނޫން މިކަމާ މާރިޔާ ބުނަނީ ކީކޭތޯ!

  2. ސޯޕް ލައިޓް ބްރަދަރ

    ތިޔައަދަބު އެންމެފުރަތަމަ ދޭންޖެހޭނީ އެމް.ޑީ.ޕީ މީހުންނަށް.

  3. ޢަސީލާ

    ވީއިރު އިލެކްޝަނުގައިހުރި ހެކިތައް ނަތާލި މީހުންނައް އެންމެފުރަތަމަ އަދަބުދޭނީ ދެއްތޯ؟

  4. Anonymous

    ޙަގީގަތަށް ބުނަންޏާ ހެކިނަތްތާލާތޯ ބަލަންޖެހޭކަމާއި އެކަމާބެހޭގޮތުމް ތިހާހުށިޔާރުވެ ވާހަކަ ދައްކަން އިގޭނީވެސް ހެކިނަތްތާލުމުގެ މަސައްކަތް ކޮށްފައިވާ ބަޔަކަށްކަން

  5. ދަޅް

    މާރިޔައްތަ ހަދާންކޮށްލަބަަލަ މާރިއްޔައްތަ އެކަމުގެ ހެކި ނައްތާލަން ކުރި މަސައްކަތް އެންމެފަހުން ރާއްޖެއައީއެއްނުދޯ

  6. ކަރާ

    އިގެރޭސިވިލާތުގެ ކޮރަޕްޝަންގެ ކަންކަން މާރީއަށް އެނގެލެއް ބޮޑުވާނެތާ އެތާނގައި އުޅުނީ އަމިއްލަ ޖެޓުގަވިއްޔަ؟ ރިހާކުރުފުޅިވެސް ގެއަށް ބަލާދަނީ ޖެތުގަަިވއްޔަ؟ ދެން ކިހާވަރަކަށް އެނގޭނެ؟ އިތުރަށް ވާހަކަދައްކާނެކަމެއްނެތެއްނު

  7. Anonymous

    އަދަބު ބޮޑުކުރޭ އިރާދަކުރެއްވިއްޔާ ދޮޅުއަހަރުގެ މަންޖެމެންގެ ސަރުކާރު ނޮމުނީމާ ފެންނާނެ ހެކި ނައްތާވަރު. ޙަނދާން ކުރާތި

  8. އިންސާފު

    ތި މާރިޔާ ހީވަނީ ބޮޑު ފުރޭތައެއްހެން

  9. ރުޒާނާ ޗޮއްޕަޓު

    ހާދަ ވަރަކަށް ރަމޫލާ ދައްތަ ދަވާދު ކާއްތައިގެން ތިހިރީ. ވަރަށް ރީއްޗޭ. ޒުވާނޭ. އަނގަގަނޑު ދިމަދިމާއަށް ދަމާ ވަރުން ބޮލަށް ތުރާ ވަނީ. އޭއޭ މީމީ އޫއޫ ކިޔަމުން ވާހަކަ ދައްކާތީވެސް ބޮލާ ނުކުޅަދާނަވާވަރުވޭ

  10. ޖަޒީރާ

    އެފްޑީއައި ލާރިތައް ކައިގެން ތިބި މުުުުުުުުުުުުުުޖުރިމުންނައް މަރުގެ އަދަބު ދޭންޖެހޭ

  11. އަފްލާ

    މާރިޔާ ދައިތަ ﷲގެ އިސްމު ފުޅަށް ފައިންއެރި އިރު ައަދަބް ދޭކަށް ނުޖެހޭތަ؟އެއް ހުކުމެއް ހިނގާނީ

  12. މޮޔަ މާރިޔާ

    މާރިޔާ މޮޔަފުޅުވީތޯ. ހެކި ފޮރުވަން މަސައްކަތްކޮއްގެން ޖަލުހުކުމް އިއްވި މައުމޫން އަބުދުﷲ ސައީދު ހަސަން ސައީދު ރިޔާޒް މެންފަދަ ބޭފުޅުން ޖަލުން މިނިވަން ކުރަން ގޮވާލާ އަދި ބައެއް ބޭފުޅުން މިނިވަން ވުމުން އެކަމާ އުފާފާޅުކުރީ މާރިޔާމެން. މިބޭބޭފުޅުންގެ ފޯނު ކުއްލިއަކުން ގެއްލޭގޮތް ވަނީ މީ ހަމަ އިއްތިފާގެއްތޯ؟ ފޯނު ތަހްގީގައް ނުދިނުމަކީ ހެކި ފޮރުވުން ނޫން ދެން ކޮންކަމެއްތޯ؟

  13. ހެކި

    ފޯނު ތަހްގީގައްނުދީ ހިފެހެއްޓުމަކީ ނުވަތަ ގެއްލިއްޖެއޭ ބުނެ ނުދޭން ބޮޑާހޭކުމަކީ ހެކިނައްތާލުން ނޫން ދެން އިތުރު ކޮން ކަމެއް. މިހާރަކަށްއައިސް ބޮޑެތި މުޖްރިމުން ޓެރަރިސްޓުންގެ ކިބައިން ވަރަށް ފެންނަ މަންޒަރެއްމީ. މާރިޔާމެން މިމީހުން ދޫކޮއްލަން ގޮވާލާ، ދޫކޮއްލުމުން އުފާފާޅުކުރިއިރު ތިކަމެއް ނޭންގުނުތަ؟