އަންނަ އަހަރު ރާއްޖޭގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖަނަވަރީ 13 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އަންނަ އަހަރުގެ އަކަޑަމިކް ކަލަންޑަރު މިއަދު އާންމު ކުރައްވާފައެވެ. އެކަލަންޑަރުގައި ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރު ޓީޗަރުން ވަޒީފާ އަށް ނިކުންނަވަން ޖެހޭނީ ޖަނަވަރީ 08 ވަނަ ދުވަހު އެވެ. ސްކޫލްތަކުގެ ކިޔެވުން ފެށޭނީ ޖަނަވަރީ 13 ވާ އާދީއްތަ ދުވަހު އެވެ.

މާޗް 10 އިން 14 އަށް އޮންނާނީ ފުރަތަމަ ޓާމްގެ މިޑްޓާމް ޗުއްޓީއެވެ. މިޑްޓާމް ޗުއްޓީ އާއި ހަފްތާ ބަންދު ނިމި އަލުން ކިޔެވުން ފަށާނީ މާޗް 17 ގައެވެ. މެއި 30 ވަނަ ދުވަހު ފުރަތަމަ ޓާމްގެ ރިޕޯޓް ފޮތް ދިނުމަށް ފަހު ސްކޫލްތަކުގެ ޗުއްޓީ ފެށޭނެއެވެ. ދެން ކިޔެވުން ފެށޭނީ ޖޫން 09 ވަނަ ދުވަހު އެވެ.

30 ސެޕްޓެމްބަރ އިން ފެށިގެން 07 ސެޕްޓެމްބަރގެ ނިޔަލަށް އޮންނާނީ ދެވަނަ ޓާމްގެ މިޑް ޗުއްޓީއެވެ.

ދެވަނަ ޓާމް ނިމި އަހަރުގެ ބޮޑު ޗުއްޓީ ފަށާނީ 21 ގައެވެ. 2020 ވަނަ އަހަރު ސްކޫލްތައް ހުޅުވާނީ ޖަނަވަރީ 12 ގައެވެ.

މިހާރު ސްކޫލްތަކުން ތައްޔާރުވަމުން ދަނީ މިއަހަރުގެ އެންމެ ފަހު އިމްތިހާނަށެވެ. އިމްތިހާން ނިމި މިއަހަރު ސްކޫލް ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށޭނީ ނޮވެމްބަރ 22 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ

    ހަމަ ނުޖެހޭ ލިޔުމެއް. 30 ސެޕްޓެމްބަރުން 7 ސެޕްޓެންބަރަށް... ބޯ ހަލާކު... އަނގޮޓި ކަމެއްބާ

  2. ސީތަލަ ހަންނާނު

    30 ސެޕްޓެމްބަރ އިން ފެށިގެން 07 ސެޕްޓެމްބަރ ، މިކިހިނެއް ވާކަމެއް،