ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނން ކުރިއަށް ދިޔައިރު ހުޅުމާލޭގައި ޖަހާފައިވާ ދަގަނޑު ހޮޅިތައް ދޯންޏަކަށް އަރުވައިގެން ހުޅުމާލެއިން ބޭރު ކުރަން އުޅުނު މައްސަލާގައި އެޗްޑީސީގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ހައްޔަރުކޮށްފައިވަނީ އެޗްޑީސީގެ އެސިސްޓެންޓު މެނޭޖަރަކާއި އެސިސްޓެންޓު ސުޕަވައިޒަރެކެވެ. އެދެ މުވައްޒަފުން ހައްޔަރުކޮށްފައިވަނީ 400 އަށްވުރެއް ގިނަ ދަނގަޑު ހޮޅި ކުންފުންޏަށް ވަގަށް ބޭރު ކުރަން އުޅުމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ފޯނަށް ޖަވާބުދާރީ ނުވުމުގެ ސަބަބުން މިކަމާއި ބެހޭގޮތުން ފުލުހުންގެ ބަހެއްވަނީ ނުލިބަފައެވެ.

އެޗްޑީސީގެ ދެ މުވައްޒަފަން ހައްޔަރުކޮށްފައިވާއިރު އިއްޔެ ފުލުހުން ވަނީ ކެމްޕޭން އަށް ބޭނުންކުރި ހޮޅިތަށް ގަވައިދާއި ހިލާފަށް ހުޅުމާލެއިން ބޭރުކުރަން މަސައްކަތް ކުރަމުން ދަނިކޮށް އެކަން ހުށްޓުވާފައެވެ.

އެޗްޑީސީގެ ތެރެއިން ނަހަމަ ގޮތުގައި އެތަށް މިލިއަން ރުފިޔާއެއް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންއަށް ހަރަދުކޮށްފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތުހުމަތުކުރަމުންދާ މި ދަނޑިވަޅުގައި އެތަނުގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލިސާން

    އެޗްޑީސީ އިން ދަގަނޑުހޮޅި ނެގީ ހޮޅިއަކަށް ދުވާލަކަށް ދެރުފިޔާރޭޓުން ކުއްޔަށް! ދެން ތިޔަ ތަކެތި ވަގަށް ބޭރުކުރަން އުޅުމަކީ ކުށެއް!

  2. ޓީޓީފާރޫ

    ތިޔަ ތަން ދުވަސްދިޔައީ އެއުޅޭ ރީދޫ މުއްލާ ފެމެލީގެ އަރޫޝާއަށް ވަޒީފާ ދިން ފަހުން އޭނާއަކީ ރީދޫ މީހުންނަށް ތިޔަތަނުގެ ސިއްރުތަށް ގެންދާ މުނާފިޤެއް

  3. ޑިމޮކްރަޓިސްޓް

    އެޗްޑީސީ އާ ޔާމީނު ކެމްޕެއިންގެ ދިދަދަމަންޖެހި ހޮޅިޔާ ކޮންކަމެއް؟ އެ ހޮޅިއަކީ އެޗްޑީސީންގަނެފަހުރި އެއްޗެއްތަ؟ އަޖައިބެއްނުމީ؟