2008 ވަނަ އަހަރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކުގައާއި އެކި މައްސަލަތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަހުޤީޤު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އިއްޔެ ނައްތާލާފައި ވާނެ ކަމަށެވެ.

"އިއްޔެ ނައްތާލާފައިވަނީ 2008 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި، ތަޙުޤީޤު ނިންމާފައިވާ 810 މައްސަލައެއްގައި ހިމެނޭ 3588 ރަބަރު ޕެކެޓާއި 222 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 8 ދަޅުގެ އިތުރުން ބްލެޓް ސައިޒުގެ 22 ރަބަރު ޕެކެޓާއި 44 ބޭސް ގުޅައާއި 13 ބިޑިއާއި އެހެނިހެން 2143 އައިޓަމެކެވެ. އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ޖުމްލަ 6675.2566 ގްރާމްގެ ހެރޮއިން އާއި ޖުމްލަ 219.2935 ގްރާމުގެ ކެނަބިސްއެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

ފުލުހުން ވިދާޅުވީ ދޫނިދޫގައި މިތަކެތި ނައްތާލައިފައިވަނީ މަސްތުވާތަކެއްޗާއިބެހޭ މައްސަލަތަކުގައި ހެކީގެގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެގޮތުގެ ޤަވާއިދުގެ ދަށު ޕްރޮސިކިއުޓަރ ޖެނެރަލް އެކުލާވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މިހައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާނުލެވި ގިނަ އަހަރުތަކެއް ވެގެން ދިޔައީ ކީއްވެ ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ވަރަށް ރަނގަޅުނިންމުމެއް ބަސްނާހާ ކުދިންކޮޅު އައުމުގެކުރިން ތިބާވަތުގެއެއްޗެއްހުރިއްޔާ ނަށްތާލުމަކީ ވަރަށް މުހިންމުކަމެއް

  2. ނަސީދު

    ޙިނިއަންނަނީ މިމީހުންކުރާ ކަންތަކުން ދިއަހަރު ވީއިރު އެންމެ ތާންގިބުރިޔެއްވެސް ނުފުރޭ ކޮބައިތޯ ބޮނޑު ފޮޅަދޫ ފަޅުތެރެއިން ނެގި އެއްޓްނު މަސްތުވާތަކެތި

  3. ކަލޭގެމަލިކާ

    ހާދަ މަދުންނޭ.. ފުލުހުން ހޯދާ މަސްތުވާތަކެތީގެ ގިނަ އަދަދެއް މަގުމައްޗައް ތިލަ ވޭ އަބަދުވެސް...ތި އަދައުތަކަ ދޭތެރޭ ސުވާލު އުފެދޭ..