އިދިކޮޅު ލީޑަރަކަށް ރައީސް ޔާމީން ހުންނެވުމަކީ އާ ސަރުކާރު ޖެހިލުން ވާނެ ކަމެއް ކަމުގައި ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބީއާއަށް މެޑަމް ފާތިމަތު އިބްރާހިމް ކުރެއްވި ނުރަސްމީ ދަތުރުފުޅައް ފަހު ރާއްޖެވަޑައި ގަތުމުން އެ ކަމަނާއަށް މަރުހަބާ ދެންނެވުމަށް އެއް ނަންބަރު ފާލަން ދޮށުގައި ޖަމީލް އުސްމާން މީޑިއާތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީން ހުންނެވުމަކީ އިދިކޮޅުގައި މިއަދު ތިއްބެވި ބޭފުޅުން ޖެހިލުންވާނެކަމެއް ކަމަށެވެ.

ޖަމީލް އުސްމާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން އާއި ގުޅުވައިގެން ފިއްލަވާ ވާހަކަ މި ދައްކަނީ އިދިކޮޅު ބޭފުޅުން އެމަނިކުފާނު ދެކެ ޖެހިލުންވާތީ ކަމަށެވެ.

"އިދިކޮޅުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންވަންޏާ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ވެސް އެމަނިކުފާނު ހަރަކާތްތެރި ވާނެ. ރައީސް ޔާމީނަކީ ވަތަނީ ލީޑަރެއް, އެއީ ޤައުމު ދޫކުރައްވައި ފިއްލަވާނެ ބޭފުޅެއް ނޫން. މިއީ އައު ޤާނޫނޫ އަސީސީގެ ދަށުން ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސް" ޖަމީލް އުސްމާން ވިދާޅުވިއެވެ.

ރައީސް ޔާމީނު ޤައުމު ދޫކުރައްވައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ބުނެ އިއްޔެ އާއި ރެއާއި މިއަދުވެސް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ މީސް މީޑިއާގައި އަޑުއުފުލަމުންނެވެ.

ރައީސް ޔާމީން ފިއްލަވަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ރޭ ފުލުހުންނަށް ވެސް މައްސަލައެއް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކަލޯ ވެރ

    ގެރި ކޯލިޝަން

  2. ޔަމް ޔަމް

    ދެން ގޮްތް ދޫކޮށްލާފަ އިދިކޮޅުގަ ހުންނަށްވީނު. އެއިރުންތާ އިނގޭނީ ތި ޖެހިލުންވާ ވަރުވެސް.

  3. ވގ

    އެންމެޖެހިލިންވަނީ ު ޖަމީީލް ތަ

  4. ވަތަނީ

    ރ ޔާމީން އިދިކޮޅުލީޑަރެއްގެ ގޮތުން އަދާ
    ކުރައްވާނެ ދައުރު ރއީސް ކަމުގެ ދައުރަށްވުރެ
    ގައުމަށާއި ރައްޔިތުންނަށް ފައިދާ ބޮޑުވާނެއެވެ
    ސަބަބަކީ މުދާ ބެހުމުގެ މަރުހަލާ ފެށުމާއިއެކު
    ކ ކޯލިޝަން ބަނޑުވަތައްވެއްޓި މޮހައިގެން
    ދިއުމުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށް
    ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ފާލުން
    ީނެއްޓިގެންދާ ކަންކަން ހަމަމަގަށް އަޅުވަން
    ވަރުގަދަ އިދިކޮޅު ލީޑަރަކު ހުންނަންޖެހެއެވެ
    އެބޭފުޅަކީ ރ ޔާމީނެވެ ރ ޔާމީންގެ ދައުރު
    އަދިކިރިޔާ މި ފެށެނީ އެވެ އަޅުގަނޑު މެން
    މިތިބީ ރ ޔާމީނާއި އެކުގައެވެ.

  5. ޢަފްލާ

    ރ ޔާމީން އަކީ ފިއްލަވާނެ ބޭފުޅެއްނޫން އެކަމަކު ވެރިކަން ވެއްޓުނު ދުވަހު ލައިލާވެސް ފިއްލެވި އެކަން ެެންމެން ދަންނާނެ ހުސް ގޮހޮރާހުރެ ވަހަކަ ދައްކާއިރު ަތަޅުދަނޑި ފަތި ވަގައްނެގިޔަސް ތީބޮޑުވަރު

  6. އަލްޖިބްރާ

    ތިޔަ ޔާމީނު ނުކުރާނަމޭ ބުނި ކޮންމެ ކަމެއް ވަނީ ކޮށްފަ ! ހިފާ ހައްޔަރު ކޮށްފަ ޖަލަށްލީމަ ރަގަޅުވާނެ ! އިދިކޮޅުގައި ހުއްޓަސް އެހެންމީހުނަށް ޖެއްސުން ކުރުން ނޫންކަމެއް ތިޔަ ޖަނަވާރު ނުކުރާނެ !

    • Anonymous

      ޖަނަވާރުން އުޅެނީ އަނެއްދިވެހިރާއްޖެގަ. މިހާރު ގޮތަށް ބުނާނަމަ ޖަޒީރާ ރާއްޖޭގަ.

    • Anonymous

      އލޖބރ އަކީ ހުދުފޮށާ އަޅާއިގެން ހުރި މީހެއް. ކަލޭގެ ހަފުށް އިނގޭ މީހެއް މަށަކީ. އަނގަ ނުތަޅާ މައިތިރި ވެގެން ހުރޭ.

  7. ޢަބްދުﷲ

    ކޯލިޝަންގެ ސަރުކާރެއްގައި ކޯލިޝަންގެ ތެރެއިން އަންނަ ފާޑުކިޔުންތަކަށް ނުބަލައި އެހެން ފަރާތަކުން އަންނަ ފާޑުކިޔުމަކަށް ނުބަލާނެއެވެ. އެހެނީ، ސަރުކާރު ޖެހިލުންވާނީ، ސަރުކާރުގެ ތެރެއިން ސަރުކާރަށް ފާޑުކިޔުމުންނެވެ. ޙަޤީޤަތުގައިވެސް ފާޑުކިޔުމަކީ، ރަނގަޅު ގޮތް ބުނެދީ އަންގައި ދިނުމެވެ. އެއީ މުޖުތަމަޢުގެ ހުރިހާ އެންމެން އަދާކުރަންޖެހިފައި އޮންނަ ފަރުދީ ޒިންމާއެއް އަދާކުރުމުގެ ގޮތުން ކުރަން އޮންނަ ކަމެކެވެ. ވީމާ، އެކަންނުކޮށް ދޫކޮށް ނުލެވޭނެއެވެ. ޔަޢުނީ، ފާޑުކިޔުމުގެ ދޮރު ބަންދު ނުކުރެވޭނެއެވެ. މިރާއްޖޭގައި ނޫސްވެރިނަށް ރަނގަޅު މިނިވަންކަމެއް ލިބިފައިނުވާ ކަމަށް އެބުނަނީ، ފާޑުކިޔުންތަކަށް، ނުވަތަ ނޫސްވެރިންނަށް މިނިވަންކަމާއެކު އެކަން ކުރުމުގެ ރަނގަޅު ފުރުޞަތުތައް ސަރުކާރުން ތަނަވަސްކޮށް ދެއްވާފައި ނޯންނާތީއެވެ.

  8. ޖަމަލު އުސްމިން

    ކަލޭ ހުރެގެންވެސް އަހަރުން ޖެހިލުން ނުވާނެ..
    ވަގުން ބާގާއިގެ މީހުން ފެނިފަ ޖެހިލުމެއް ނުވާނެ

  9. ރައްޔިތުން

    އެއީ ޖެހިލުންވާ ވަރުގެ މީހެއްތަ

  10. އައްޔަ

    އުސްމާން މެންނައް އެނގޭއެކައްޗެއް ވެސް ނެތް . ތިހެންކިޔަކިޔާ ތިއްބާ ވެރިކަންވެސް ދިޔައީ ވަޗަސް