މާލޭގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުން ވަށައިގެން ހުރި ރުއްގަސްތައް ހުއްދަ ނެތި ކަނޑާ، އުފުރާ އަދި ކޮނެގެން ނެގުމާއި ގުޅިގެން އީޕީއޭ އިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭ އިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފައި ވަނީ 191250ރ. އިންނެވެ.

އީޕީއޭ އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ ގަވައިދުގެ ދަށުން އެކުލަވާލާފައިވާ ރުއްގަސް ކެނޑުމާއި އުފުލުމާއި ކޮނެގެން ނެގުމާއި އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމުގެގައި ގެންގުޅެންވީ އުސޫލުގެ ދަށުން ނަގަން ޖެހޭ ހުއްދަ ހައުސިން މިނިސްޓްރީ އިން ނަގާފައި ނުވާ ކަމަށެވެ.

އެހުއްދަ ނެތި ރުއްގަސް ކަނދައިގެންނާއި އުފުރައިގެންނާއި އަދި ކޮނެގެން ނެގުމުގެ މަސައްކަތް ކޮށްފައި ވާތީ ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށް ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވާނީ އަންގާފައި ކަމަށް އީޕީއޭ އިން ނެރުއްވި ބަޔާނުގައި ވެއެވެ.

ސިނަމާލެ ބުރިޖާއި ގުޅޭ މަގުތައް ތަރައްޤީ ކުރުމަށް ހައުސިން މިނިސްޓްރީ އިން ކުރިއަށް ގެންދިޔަ މަޝްރޫޢުގައި ވަނީ މާލޭގެ ވަރަށް ގިނަ ގަސްތައް ކަނޑާފައެވެ. ނަމަވެސް އޭރު ހައުސިން މިނިސްޓްރީ އިން ވިދާޅުވީ މަގު ހަދާ ނިމުމުން ބޮޑުތަކުރުފާނު މަގުގެ އެއް ފަރާތުގައި ގަސް އިންދާނެ ކަމަށެވެ. ގަސް އިންދުމުގެ އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ކުރިއަށް ދިޔަ ކަން އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޔޫޕެ

  ތިރުންގަސްވެސް ހަމަ ކެޑީމިސަރުކާރުން ކީވެތޯއޭ އެއިރުނުހުންޅުވީ ހަމަމިހާޜު ސަރުކާޜު ބަދަލު ވީމާތޯއޭ ފިޔަވަޅު އަޅަވީ އެރުވެސް ފިޔަވަޅު އެޅުނީސް ތީހަމަނައިބެ ރާވައިގެ ހިގަފައި ބޮޑުޒަރީމާެއެ ހައުސިންގު މިނިސްޓަޜީ ޒޫޜިމަނާ ކޮފައިވަނީ ފަންސާސް ހާސްރުފިއާޢި އެކަމަކު އާމުމީހަކު ޒޫރިމަނާ ކުރަޔާ އެއްމިލިޔައް ރުފިޔާ ނައިބެ ހަމަމިހާޜު އިސްތިއުފާދީ

 2. Anonymous

  ސާބަހޭ. ޢަދި ކިރިޔާދޯ އެނގުނީ ހުއްދަ ނުހޯދާކަން. ކަހަފުބަގައިގެ މީހުން ގަދަނިދީގަ ތިބިހެން ތިޔަ ތަނުގެ މީހުންވެސް ތިބީ 3 އަހަރު ވަންދެން ނިދާފަދޯ

 3. ކިންގފިޝަރ

  ތިޔައީ ޖޫރިމަނާ ކުރަންޖެހޭކަމެއްނޫން. އެހެނަސް ފިޔަވަޅު އެޅުން ރަގަޅު ގަވާއިދާ ޚިލާފުވީމަ. ސަބަބަކީ އެމަސައްކަތަކީ އެ ގަސްތައް ނުނަގާ ކުރެވޭނެކަމަކަށް ނުވާތީ.

  • ލަލާ

   އެގްޒެކްޓްލީ ވަޓް އައި ވޯޒް ގޮނަ ސޭ

 4. ޙަފްޞާ / މާލެ

  ޟަރޫރީބޭނުންތަކަށް ކަސްކެނޑީމާ ކުށްވެރިވޭތަ؟ އަދި އަމުދުން އޭގެބަދަލުގައި އެހުރީ ގަސް އިންދާފަ! ގޯތިގެދޮރުއެޅުމަށާ އެޔަރޕޯޓްތައްހެދުމަށާ ، ފްޓްސަލްދަޑުތައްހެދުމަށް ކަނޑާ ގަސްރުކަށް ކިހިނެއް ހަދަނީ؟ ޅ. މަޑިވަރުގައި އެޔަޕޯޓްހެދުމަށް އެރަށުގައިހުރި 700 ރުށް އެވަނީ ކަނޑާފަ! ފުނަ ކާނި ދިއްގާ ހިރުދު މިދިލި ބިޔަގަސްތައް ކެނޑި ޢަދަދުވެސް ނޭގެ! މީހަކު ޙައިރާންވެދާނެ ތިޔަކުރާ ޝަރީޢަތަކުން!!!!! އަދި އަމުދުން ތިޔަ ގަސްތަކަކީ ވަކިފަރާތެއްގެ އޯޑަރެއްވެސްނެތި ސިފައިން އިންދާފަހުރި ގަސްތަކެއް. ގަސްތައް ކެނޑީ މަގުފުޅާކޮށް ތާރުއަޅާ ރީތިކުރުމަށް.

 5. ޒާ

  ބުއްދަ ސަލާމަތުން ތިބި ބަޔަކު އީޕީއޭއަށް ލާން ސަރުކާރަށް ގޮވާލަން. ހޭބަލިވެފައި ތިބީ. އެމީހުން އިންދި ގަހެއްކޮބާ؟ ތިހާ ފޯރި ހުރިއިރު އީޕީއޭއިން ނިކުމެ ގަސް އިންދަބަލަ. މުސާރަ ކާން އެކަނިތަ ތިބީ؟ ގަސް ކަންޑާނީވެސް އިންދާނީވެސް ތަރައްގީ ކުރާނީވެސް ހައުސިން މިނިސްޓްރީން. މާ ސިޔާސީވެގެން އުޅޭބަކަށް ވެގެން ސިނގިރޭޓް ދަމަން ނޫޅެބަލަ.