ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަޝްމަލީ ވެސް ރައީސް ޔާމީނަށް ޣައްދާރުވެއްޖެ ކަމަށް މިހާރު ނިންމައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ އަޝްމަލީއަކީ އޭނާގެ ދާއިރާއަށް ނިސްބަތްވާ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ. މަހުލޫފް ވިދާޅުވީ އަޝްމަލީ އަށް އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ނަސޭހަތްދީފައިވާނެ ކަމަށެވެ. ނަމަވެސް އެނަސޭހަތް ގަބޫލު ނުކުރެވުނީތީ މިއަދު އަޝްމަލީ އެކަމާ ދެރަވެ ހިތާމަ ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑަށް މެސެޖުކޮށްފަ އަޝްމަލީ ބުނަނީ ތިމަންނަ އެބަދެރަވަމޭ މަހޭގެ ބަސް އަޑުނޭހުނީމަ, އިޚްލާސްތެރިކަމާއެކު ރައީސް ޔާމީން އަރިހު މަސައްކަތް ކުރުމުން ތިމަންނާވެސް ޣައްދާރުވެއްޖެ ކަމަށް ނިންމައިފި ކަމަށް އަޝްމަލީ މިއަދު ފޯނު ކުރައްވައި އަޅުގަނޑު ކައިރީ ވިދާޅުވި" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ރައީސް ޔާމީންގެ އަމިއްލަ ކަންތައްތައް ހާސިލު ނުކުރެވޭނަމަ އެއީ ކިތަންމެ ގާތް މީހެއްކަމުގައިވިޔަސް އެމީހަކާ ގުޅުން ކަނޑާލާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅުފަރާތްތަކުން ދިޔައީ އިންތިހާބު އޮޅުވާލުމަށް ދިވެހި ދައުލަތުގެ އިލެކްޓްރޯނިކް ވިއުގަ ބަލަހައްޓަމުން ގެންދާ އޮފީސް، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ މުހައްމަދު އަޝްމަލީ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުގެ ސާވާއާއި އަޝްމަލީ ކުޅެމުންދާ ކަމުގެ ތުހުމަތުވެސް އިދިކޮޅު ފަރާތްތަކުން ކޮށްފައިވެއެވެ.

އިންތިހާބުގައި ވޯޓް އޮޅުވާލި ކަމަށް އިލެކްޝަން ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވޭއިރު ރިޔާސީ އންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހުށަހުއްވި ސިއްރު ހެކިންގެ ހެކިބަސް ނަގަންޖެހޭފަދަ ހާލަތެއް މެދުވެރިފައި ނުވާކަމަށްބުނެ ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، މައްސަލައިގެ އަޑުއެހުންތއް ނިންމާލާފައިވާއިރު، ހުކުމް އިއްވާނެ ވަކި ދުވަހެއް އެ ކޯޓުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝީން

    މީ ފިތުނަ ބޯޓު ރާއްޖޭގަ ހުރި.

  2. ޅަތީފާ

    ޢާން މީނަގެ ބަސް އަހަންވީ އެންމެންވެސް

  3. ޅަތީފާ

    މީނަހިތުން މީނަވަރުގެ މީހަކު މިދުނިޔޭގަވެސް ނެތް ހާދަމައްޗަކަށޭދޯ މީނަ އަރައިގެން މި އުޅެނީ ފޮނިވިޔަސް ތަންފުކެއް ބޮޑުވަރު ތީ

  4. ޗުސްޗުސް

    ދާނަމޭ ދާނަމޭ ގޯޅިން ގޯޅިން ލައިފަ މިރޭ ދާނަމޭ ކިޔާލަ ކިޔާލަ ހުންނަ ސޮރުދޯ މިއީ. ޗުސް ޗުސް..

  5. ޢަބްދުﷲ

    އިންތިޚާބުގެ މައްސަލަ ކޯޓަށް ވައްދާ ވާހަކަ އެންމެ ފުރަތަމަ ބުނީ މަހްލޫފެވެ. އޭރު އެއްވެސް މީހަކު އެވާހަކަ ޤަބޫލުނުކުރެއެވެ.