ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ސިއްރުން ހެކިބަސް ނަގަން ނިންމައިފިއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އެގޮތަށް ނިންމެވީ ދައުލަތުން އެގޮތަށް ހުށަހެޅުމުންނެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ހެކިބަސް ނަގަން ފަށާނެ ކަމަށެވެ.

މި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. ދައުލަތުން އެއް ދައުވާއެއް ހަ މީހުންނަށް އުފުލާފައިވާއިރު، ދައުވާ ލިބެނީ ހ.އަންނާރުމާގޭ އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ.އިރާސްމިކްގެ އަޙްމަދު ޒިހާން އިސްމާއީލްއާއި، ގދ.ގައްދޫ ސިންދުބާދުގެ، މުޙައްމަދު ދިފްރާންއާއި، މ.ކުރެދިގެ ހަސަން ޝިފާޒްއާއި، މ.ޠާއިފް އިސްމާއީލް ރަޝީދު އަދި މ.ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ ހަ ފަރާތުން ވަނީ ސިއްރުން ހެކިބަސް ނެގުމަށް އިންކާރު ކޮށްފައެވެ. އަދި އެކަމާ ދެކޮޅަށް އެ ހަ ފަރާތުގެ ވަކީލުން ވަނީ ވަކާލާތު ވެސް ކުރައްވާފައެވެ.

އެގޮތުން މި އަޑުއެހުމުގައި ދިފާއީ ވަކީލުން ވިދާޅުވީ ސިއްރުން ހެކި ބަސް ނެގުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ވަނީ ހެއްކާއި ބެހޭ ގަވާއިދާއި އެއްގޮތަށް ހެކިބަސް ނަގަން ކަމަށެވެ. އެ ގަވާއިދުގައި ސިއްރުން ހެކިބަސް ނެގޭނެ ގޮތެއް ބަޔާން ކޮށްފައިނުވާ ކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ހައްދު ގާއިމުކުރެވޭ މައްސަލަތަކުގެ ޝަރީއަތް ވާންޖެހޭނީ ހުރިހާ "ސުބުހުތައް" ފިލާދާނެ ގޮތަށް ހިންގޭ ޝަރީއަތަކަށް ވާންޖެހޭ ކަމަށާއި ސިއްރުން ހެކިބަސް ނަގައިގެން އަދާވާތްތެރިކަމެއް ނެތްކަން ޔަގީން ނުވާނެ ކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވިއެވެ. ދިފާއީ ވަކީލުން ވަނީ ޝަރީއަތުގެ އެއްވެސް ކަމެއް ސިއްރުން ކުރަން ދެކޮޅު ހަދާ ކަމަށްވެސް ވިދާޅުވެފައެވެ.

ދިފާއީ ވަކީލުންގެ ވާހަކަތަކަށް ރައްދު ދެމުން ދައުލަތުގެ ވަކީލުން ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަލާއިރު ބަޔާންތައް ކޯޓަށް ހުށަހަޅާއިރު ވެސް ޝަރީއަތަށް އެކަނި ލިބޭގޮތަށް ބަޔާންތައް ހުށަހެޅޭ ގޮތަށް އޮތުމުން ދޭހަވަނީ ސިއްރު ހެއްކާއި، ބަޔާންތައް ސިއްރު ކުރުމަކީ ދިވެހިރާއްހޭގެ ޝަރުއީ އަދުލުގެ ނިޒާމް ދަންނަ ކަމެއް ކަމަށެވެ. އަދި އެ ޤާނޫނުގެ ހެކި ރައްކާކުރުމާއި ބެހޭ ބާބު އަދި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ހެކިބަސް ނެގުމާބެހޭ އުޞޫލަށް ބަލާލުމުންވެސް މިއީ އަދުލުގެ ނިޒާމާ ބީރަށްޓެހި ކަމެއް ނޫންކަން ހާމަވާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގައި ސިއްރު ހެކި ބަލައިގަނެ ހެކިބަސް ނެގުމަށް ނިންމާފައިވާއިރު، ދައުވާ ލިބޭ އިސްމާއީލް ރަޝީދުގެ ފަރާތުން 32 ހުށަހެޅުމަށް ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި ހުށަހަޅާފައިވެއެވެ. މި މައްސަލައިގައި ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ 2018 އޮކްޓޯބަރ 23 ވާ އަންގާރަ ދުވަހު މެންފުރުފަހު 13:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނަސްރީނާ

    ސްޕްރީމް ކޯޓުން އިހަށްދުވަހު ނިންމެވީ ތިކަން ނުކުރަން، އަދި މައުމޫނުވެސް ބުންޏެއްނޫން ސިއްރު ހެކިބަސް ނެގުމަކީ ދީނުގައި އޮތްކަމެއްނޫނޭ،

  2. މައުމޫން

    އިސްލާމް ދީނުގައި އޭނާގެ އަނބިމީހާ އާއި، އ. ދަރިން އުފަން ޙާލާ މަގުމަތީގައި އުޅުން ހުއްދަ އޮވޭތޯ؟؟؟؟؟؟

  3. އަޒީ

    ކޮންމެތަނަކުން ބޭނިޔަސް ލަަނޑާވާނީލަޑަޔައް

  4. Anonymous

    ފަ

  5. ހުސެން

    ތިވާ އެއްޗެއް ނޭގުނު. ގާސިމް ބުނިހެން މިވަގުތު ހުރިިހާ މުއައްސަސާއެއްވެސް އިދިކޯޅު ކޯލިސަނައް ވަރައް ޕޮސިޓިވްކޮއް އޮތީ އެހެންވީމަ ކަންނޭގެ ވަކިބޔެއްގެ މައްސަލަތުގަ ސިރުން ހެކިނެގީމަ ދީން ހުއްދަވެފަ އަނެއްބަޔަކައް ނޯންނަ އެއްޗެކައްވެފަ ބައެއް ހުކުމްތައް ކުށަކައް ނުވެގެން ބާތިލްވެފަ އަނެއް ކުއްތައް އިޖްރާތް ފުރިހަމަ ނުވެގެން ބާތިލް މިވަނީ. ޔާމިން ވިދާލުވީ ރަގަޅައް، ބޮޑު ކެކުރިއައް ވަކިގޮތެއް ކުޑަކެކުރިއައް އެހެންގޮތެއް. މިހެން ނުވަންޔާ ހަމަ ވިސްނަވިސްނާ ދިވެހިންނައް ކަމުދަނީ ކޯޗެއް ކަމެއްނޭގުނު. އެކަމު ގޮވަނީ އަނިޔާވެރިކަމޭ އިންސާފެއްނެތޭ!!! މީ އިސްތިހާރަކައް ގޮވާ ގޮވެއްޔެއްތަ؟

    • ނޫރާ

      އެއީ އެމީހުންގެ ކެމްޕޭން ޝިޢާރު

  6. ސާބަސް

    ޔާމިން ރަޝީދުނޫން މީހަކު މިގައުމުގަ ނުމަރާތަ؟ މިވާގޮތަކީ ހުރިހާ ލާދީނީ ބައިގަނޑު އެމީހުންގެ ބޯއިއަށް ވީގޮތް ހޯދައިގެންނޫނީ އެހެން ބޯއިތައް ހޯދަން އުނދަގޫވަނީ. ހަނދާންވަނީ ބަންގާޅުގަ އެމީހުން ކުޅެމުންއައި ކުޅުންގަނޑު ނިމިގެން އައިގޮތުގެ މަތިން. މިބުނީ ލައްކަ ވާހަކަ.

  7. މުޑުދާރު

    ސިއްރު ހެކިބަހެއް ނުނެގޭނެ. ކުއްތާއެއް މަރުވެގެނެއް

    • ޑީޑީ ޖޖޖޖ

      ކަިކަެ ބުނާނީ.މުލްިސުން ދޯ

  8. ާްއައިމިން

    ތެދެއް. ލާދީނީ މީހުން މެރީމާ ސިއްރު ހެކިބަސް ނަގާނެ. ތިނޫނަސް އެތައް ބަޔަކު މިގައުމުން މަރާލި. އެކަހަލަ މީހުންގެ ހައްގޭ ކިޔައިންގެން ދުވާނެ ބައެއް މީހުން

  9. ިކަންނެލި އޮޑި

    ހުކުމްތަކުގެ ސަމުގާ އެނބުރޭނީ ސޭޓާ ދިމާއަށް. ސޭޓު ހުރި ދިމާލަކަށް ހުކުމުގެ އޮއިވަރު އޮންނާނީ. މި ބުނާ އެެއްޗެއް އެންމެނަށް އެނގޭނެ.

  10. ޢައިޝަތު

    މައުމޫން މިކަމަށް ދެއްވާ ފަތުވާ އަކީކޮބައިބާ!