ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކުރުމާ އެކު އެމަނިކުފާނު މިނިވަން ވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުން މައުމޫން ޖަލަށްލާން ހުކުމް ކޮށްފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށެވެ.

މި މައްސަލައިގައި ކުރީގެ ރައީސް މަޢޫމޫނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އަދި ކުރީގެ ފަނޑިރާރު ޢަލީ ހަމީދުގެ މައްޗަށް ޢަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއިރު، މަޢޫމޫންގެ ދީނީ ނަސޭހަތް ދިނުމާއި، ވަކާލާތު ކުރުމުގެ ހުއްދަވެސް ހިފެހެއްޓިއެވެ. ނަމަވެސް މެ ހުކުމްގައި މަޢޫމޫނާ ގުޅުންހުރި ބައިތައް ހައިކޯޓުން ބާތިލު ކުރުމަށް އެ ހުއްދަތައް އަލުން އަނބުރާ މަޢުމޫނަށް ލިބިގެންދާނެއެވެ.

މި މައްސަލައިގައި ހުކުމް އިއްވުމަށް ބެއްވި ޝަރީއަތުގައި، މި މައްސަލައިގައި ފާހަގަވެފައިވާ ކަންކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން މައްސަލަ ބެއްލެވި ބެންޗުގެ އިސް ރިޔާސަތުގައި ހުންނެވި ޢަލީ ސަމީރު ވިދާޅުވީ، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ޅ) ގެ އިތުރުން 53 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ޤާނޫނީ ވަކީލުންގެ އެހީތެރިކަމުގެ ހައްޤުތަކަށް ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވާ ގޮތުން އުނިކަން އައިސްފައިވާ ކަމަށެވެ. އަދި އެކަމަށް ހައިކޯޓުގައި ދައުލަތުންވެސް އިއުތިރާފް ވެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު ޝަރީއަތުގެ އެންމެ މުހިންމު މަރުޚަލާ ކަމަށްވާ ހެކިން ހާމަ ކުރުމާއި، ހެކިބަސް ނެގުމުގެ މަރުޚަލާ ކުރިއަށް ގެނދެވީވެސް މަޢުމޫންގެ ވަކީލަކާ ނުލައި ކަމަށާއި، އެކަމަށް ދީފައިވަނީ އެކަށީގެންވާ ވަގުތު ކަމަށް ޤަބޫލު ނުކުރެވޭ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ. އަދި މިކަންކަން ހިނގާދިޔައީ މި ނޫން ގޮތަކަށް ކަމަށް ހައިކޯޓުގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހުކުމުގައި ހައި ކޯޓުން ބުނެފައިވަނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާ އަދި ކުށެއްގެ ތުހުމަތުކޮށް ދައުވާ ކުރާ މީހާގެ މައްޗަށް ކުށް ސާބިތުކޮށްދިނުމަކީ ދައުވާ އުފުލާ ފަރާތުގެ ޒިންމާއެއް ކަމަށާއި، ދައުވާ ލިބޭ ފަރާތުން ކުށެއް ނުކުރާކަން ސާބިތުކޮށްދިނުމަށް އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ކުށެއް ސާބިތުވާކަމަށް ކަނޑައެޅޭނީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކޮށްދެވޭނަމަ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މަޢޫމޫންގެ މައްޗަށް ފޯން ނުދިން ކަމަށްވުނެ ހުކުމް ކޮށްފައިވާއިރު ދައުވާފަރާތުން ބުނެފައިވަނީ ކޮން ފޯނެއް ކަންވެސް ސާބިތުކޮށްދީފައި ނުވާ ކަމަށް ބުނެފައިވެއެވެ. އަދި މީހަކު ފޯނެއް ގެންގުޅުމަކީ ކުށެއް ނޫން ކަމަށާއި، ފޯނު ގެއްލިގެން ނުވަތަ ނުފެނިގެން ފުލުހުންގެ ތަހްޤީގަށް ފޯނު ނުދިނުމަކީ ކުށެއް ސާބިތުވާނެ ކަމެއް ނޫން ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ. އަދި ހަމައެއާއެކު ފޯނުގައި ހެއްހެއް ހުރިކަމަށް ބުނެ ހުކުމް އިއްވިއިރު، ފޯނުގައި ހެކި ހުރިކަމަށް ބުރަވެވުނު ސަބަބުތައް ބަޔާންކޮށްފައި ނުވާކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މަޢުމޫން ފޯނު ފުލުހުންނަށް ނުދިން މައްސަލައިގައި ކްރިމިނަލް ކޯޓުގައި ސިއްރު ހެކިން ހެކިބަސް ދީފައިވެއެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސިއްރު ހެކިބަސް ނެގޭނީ ވަރަށް އިސްތިސްނާ ޚާލަތްތަކުގައި ކަމަށާއި، އެފަދަ ހާލަތްތަކުގައިވެސް ސިއްރުން ހެކިބަސް ނަގަންޖެހޭނީ އެ ހެކިވެރިންގެ ނަޒާހާތްތެރިކަން ސާބިތު ކުރުމަށްފަހު ކަމަށް ބުނެފައިވެއެވެ. އަދި ކަރިމިނަލް ކޯޓުގައި މަޢުމޫނާ ދެކޮޅަށް ސިއްރުން ހެކިބަސްދިން "ސިއްރު ހެކި-4" ގެ ނަޒާހަތްތެރިކަމާ މެދެ ސުވާލު އުފެދޭ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މަޢުމޫންގެ މައްޗަށް އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅިކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކުރިއިރު، މަޢުމޫން ކަފާލާތު ދަށުން މިނިވަންކޮށްފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހައިކޯޓުންނެވެ. މި ހުކުމުގައިވާ މަޢުމޫނާ ގުޅުންހުރި ބައިތައް ބާތިލުކުރި ނަމަވެސް، ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އަދި ކުރީގެ ފަނޑިރާރު ޢަލީ ހަމީދުއާ ގުޅުންހުރި ބައިތައް މި ހުކުމުން ބާތިލުކޮށްފައި ނުވާކަން ފާހަގަކޮށްލެއެވެ.

މި މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ރައީސް މައުމޫނަށް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފެށެ އެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ތިމަންނަ

  ދޫކޮށްލީތަ ނުވަތަ ދޫކޮށްލުވީތަ...

 2. ކޭޑީ

  ދެނެއް އެކަކުވެސް ކުއްވެރިއެއް ނުވަާނެ.

 3. ދިވެހީން

  ބޮޑުންނަށް މޮޅުގޮތް، ދެރަ ނިކަމެތި މީހާއަށް ދެރަގޮތް! ހަމަ ތިގޮތަށް ޖަލުގައި ޖައްވަށް ފަޒާއަށް ބަޑިޖަހައިގެން މަރުވި މީހުނަށްވެސް އިންސާފު ހޯދާ ދިނުމަށް ގޮވާލަން.

 4. މުހައްމާ

  ޜައީސް މައުމޫނު ގެ ހުކުމް ސްޕްރީމް ކޯޓްން ބާތިލު ކުރެއްވި ކަމައްޓާ ﷲ އަށް ހަމްދާއި ޝުކުރު ކުރަން އެއްވެސް މީހަކު ހީނުކުރާތި ތިމަންނަގެ ވެރިކަމުގަ ތިމަންނަ ހިތަށް އެރިގޮތަކަށް ކަންތައްކުރެވޭނެކަމަށް ﷲ ސުބުހާނަހޫ ވަތާލާ ވޮޑިގެންވާކަން ހިތަށް ނީރާތީ އެހެން އުޅެނީ މިހާރު އެއްޗެށް ވިސްނޭނެ ކަމަށް ހިކުރަން ވައިބާގަ އެއްޗެތި ކީމީހުންނަށްވެސް މިހާރު ވިސްނޭނެ ކަމަށް އުއްމީދު ކުރަން

  • ނޫރާ

   ކީއްވެހޭ ކޯޓްތަކުން ހުސް ސިޔާސީ މީހުން ދޫކުރަނީ..ކޮންކަހަލަ އިންސާފެއްތޯމިއީ؟

  • ބޭބެ

   ހަގީގަތަކީ މައުމޫނު ވަނީ ކުަށްކޮށްފަ!! މައުމޫނު ފޯނު ނުދީ މުޅިން އޮޅުވާލީ!! މައުމޫނަކަސް އެހެން މީހަކަސް މިދިނިޔޭގައި ބޭނުންހާ ގޮތަކަށް އުޅެވިދާނެ!! ޖަވާބުދާރީ ފުރިހަމަޔަށް ވާންޖެހޭ ދުވަސް އަންނަނީ މަރުވުަށްފަހު!!

 5. މާހިރު

  ޢެހެންވީމާ ދެން އިލެކްސަންވެސް ރަނގަޅުވީކަމަށް ވަރަށް އަވަހައް ހުކުމް ކޮށްފާނެ އެކަމަކު މިއޮށްހާ ދުވަހު އެފަކީރުވެސް ޖަލުގަ އޭތި ކަޑަދޯ ޔާމީނު ބަލިވީމަ ކޯޓްތައްވެސް އަންނިކައިރިއަށް އެއްގޮލާވެސް ސަލާމަތްވިޔަ ނުދޭތި ދުވަސްކޮޅަކަށް ގޮޅި ތަޖުރިބާ ދައްކާލަންވާނެ

 6. ބީރުބޮލުވަޒީރު

  ވަޔަށް ޖައްވަށް ފަޒާޔަށް މިރޭ ވާނެ ބަޑިޖަހަން ކޭތައެއްވެސް މިރޭ ހިފާނެކަމަށް ފަލަކީ ހިސާބުން ދައްކާ

 7. Anonymous

  ދެން އިނގޭނެ މައުމޫނު ހަމަ އަސްލުވެސް ގައުމުދެކެ ލޯބިވޭތޯ ނޫނީ ގައުމުގެ ރައުސުލްމާލުތައް ވިއްކާއިރު ހިމޭނުން ހުރޭތޯ.

 8. ކޮރަޕްޝަން

  ހުރިހާ ކުއްވެރިންގެ ފޯނުގެއްލެނީ މީ ކީއްވެގެންވާ ކަމެއްބާ. ކުއްވެރިން ދޫކުރުމުން ބަޔަކު އުފާކުރޭއެބަ

 9. ރެއިންބޯ

  ރަނގަޅު ހުކުމެއް، ދެން ޕޮލިހުން ބުނެގެން އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެ، އެއް ދުވަހަކު އަޅުގަނޑު ކައިރީގަ ޕޮލިހަކު ބުނީ އައި ޑީ ކާޑު ދައްކާށޭ އެއްވެސް ކުށެއް ކޮށްގެނެއްނޫން. ޢަޅުގަނޑުގެ ދަރިޔަކު ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން އަޅުގަނޑު ހުރީ ހޮސްޕިޓަލްގަ ދަރިފުޅު ކައިރީގަ. ކީއްކުރަންތޯ ކާޑު ދައްކަންވީ ސުވާލުކޮށްލުމުން ވަރަށް ރުޅިއައިއްސަ ޕޮލިސްމީހާ ބުނީ ޕޮލިހުން ބުނެފިއްޔާ ކާޑުވެސް ފޯނުވެސް ޖެހޭނީ ދޭށޭ، ގަދަކަމުނ އަތުލުމުގެ ބާރުވެސް ޕޮލިހުންނަށް ލިބިގެބް ވެޔޭ ، މިހާރު އޮޅިއްޖެ.

 10. ވިސާމް

  މައުމޫނަކީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ވެސް ބޮޑުކެކުރި ކުދިކެކުރީގެ އުޞޫލު ގެންގުޅުނު މީހެއް. އެދުވަސްވަރު ރައްޔިތުންނަށް އިންސާފުވެސް ލިބެމުންދިޔައީ ކެކުރި އުޞޫލަށްް. 30 އަހަރު ވެރިކަމުގެ ތެރޭގަ އުޅެވުނީމާ، ޢުމުރުގެ ބާކީ އޮތްބައިގަވެސް އެތާތެރޭ އުޅެން ބޭނުންވާވަރުން ރައީސަކީ ތިމަންނާ ނޫންކަން ހަނދާން ނެތެނީ. އެހެން އުޅެން ހަދައިގެން ކޮއްކޮވެސް އެއްފަރާތްކުރީ. ދެން އޮތީ ކިނބޫގެ ސަރުކާރެއްގައި މައުމޫނު އޮތީ ކޮން ކެޓަގަރީއެއްބާ؟ އުއްމީދުކުރަން ވަރަށް އަވަހަށް ކޯލިޝަން ސަރުކާރުންވެސް ބޭރުކޮށްލާ އެއްލާލާނެ ދުވަހަކަށް.

 11. އަޙްމަދް

  ހުރި ހިތާމައެއްގެ ބޮޑުކަމޭ!؟
  ވަރަށް ދެރަވެއްޖެ!
  އެކަމަކުވެސް އަދި އުއްމީދު ކުރަން މިކަލޭގެ ދިގުމުއްދަތަކަށް ޖަލައް ލާނެކަމަށް.

 12. އަޙްމަދް

  ދީނުގެ ޙުކުމް ތަކަށް ގުނަވަން ތަކުން ފުރިހަމައަށް ޢަމަލު ނުކުރާ މީހަކު ދޭނެ ދީނީ ނަސޭހަތެއް އޮއްނާނެތޯ!؟
  މިސާލަކަށް ޖަމާޢަތުގައި މިސްކިތް ތަކުގައިހެދޭ ޖާމާޢަތުގެ ނަމާދުތަށް ފަދަ ބޮޑެތި ވާޖިބު ތަކެވެ.

 13. ބޯހަލާކު

  މި ގައުމުމު މަތިން ފޫހިވެއްޖެ