ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް އިހްލާސްތެރިކަމާއެކު ކޮށްދިން މަސައްކަތުގެ އަގު ވަޒަންކޮށްދީފައި ނުވާ ކަމަށް ވިދާޅުވެ ވޯޓް އަޮޅުވާލި ކަމަށް ދައްކާ ވާހަކައަށް ރައީސް ޔާމިނުގެ ކެމްޕޭނުގައި ހަރަކާތްތެރިވަމުންދިޔަ ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ވެރިޔާ މުހައްމަދު އަޝްމަލީ ރައްދު ދެއްވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ކުރި މެސެޖުގައި ފިނޭންސް މިންޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަޝްމަލީ ވިދާޅުވީ އިހުލާސްތެރި ކަމާއެކު އިންތިހާއަށް ބުރަކޮށް ސިޔާސީ ގޮތުންނާއި، ސަރުކާރުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އަދި މެޑަމް ފާތުން އަށް މަސައްކަތްކުރުމުގައި އެންމެ ފަހު ވަގުތާއި ޖެހެންދެން ހުންނެވި ނަމަވެސް އެމަސައްކަތުގެ އަގުވަޒަން ކޮށްފައި ނުވާ ކަމަށެވެ.

މެސެޖްގެ ފޮޓޯއަކާއި އެކު މަހުލޫފް ކުރި ޓުވީޓުގައި މަހުލޫފް ވިދާޅުވީ އިންތިހާބުން ބަލިވުމުން އަޝްމަލީ ކޮށްދިން މަސައްކަތުގެ އަގުވަޒަން ނުކޮށް އެންމެ ފަހުން އަޝްމަލީ ވީ 'ގައްދާރަކަށް' ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފަށް ކުރި މެސެޖްގައި އަޝްލަމީ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރު އަދުލީ، ހާލިދު އަދި ރަހުމާ މުޅި އިލެކްޝަންސް ގަޑުބަޑު ކޮށް ދޮގު ހަބަރު ފަތުރަމުން ދަނީ އަބުރު ކަތިލަން ކަމަށެވެ. އަދި އެ ބޭފުޅުންނަކީ އިންސާނުންކަމާއި މެދު އަޝްމަލީ ވަނީ ސުވާލު އުފައްދާފައެވެ.

އަޝްްމަލީ ވިދާޅުވީ މަހުލޫފް ދެއްކެވި ވާހަކަތަކަށް ކަނުލާ އަޑުއެހުނުނަމަ މިއަދު އެފަދަ މައްސަލަތަކާއި ކުރިމަތި ލާން ނުޖެހޭނެ ކަމަށެވެ. އަދި އިބޫއަށް ނިސްބަތްކުރައްވާ އަޝްމަލީ ވިދާޅުވީ އަނެއް މީހާއަށް ކެމްޕޭން ކޮށްދޭން އުޅެވުނު ނަމަ އެމީހުން އެކަން މާ ރަގަނޅަށް ބަލައިގަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނޫރާ

  ކޯއްޗެއްކިޔާކަށް ކަލޭ...ކަލޭ ކުރީ ހުސް އެންޓި ކެމްޕޭނު

 2. އައްޑޫސިޓީ

  ހޯހޯ ތިކަމެއްނުވާނެ މިއޮތްހުރިހާދުވަހު ޔާމިން އަތުން ކައިގެންހުރެފަ މިހާރުހިހޫތަނުން ކާންތިޔަ ތައްޔާރުވަނީ. ހަމަހިލާތިކަމެއް ނުވާނެ.

 3. ސުނީޒާ

  އަދިކިރިޔާދޯ ތިވިސްނުނީ.ޔާމިން ކައިރީ އަޝަލީ ތީ ކާކު؟އޭނަގެ ބޮޑުބޭބެ ކުޑަ އިރުއްސުރެބަލާ ބޮޑުކުރި އަދި އަދި ކިޔަވާދީ 30 އަހަރުގެ ވެރިކަމުގަ ސަރުކާރުގެ އެންމެވަރުގަދަމަގާމް ތައް ދިން އެދުވަސް ތަކުގައި ކުރި ހުރިހާ ގޯސްވކަންތަކުގަ ފަސްއަޅާ ފޮރުވަމުންދިޔަ ރައްޔިތުން ނުހަނު ލޯބިވާ (ޔާމިން ނުވިޔަސް) މައުމޫނު އަބުދުލްވގައްޔޫމް އަދި އެއާއިލާއަށް ކިހިނެއްހާދާލީ؟އުުމުރުންދުވަސްވެ ގައިބާރުދޫވެ މީރުކާނާކައިގެން އާއިލާއެކު ވަގުތު ހޭދަކިރަންވީވަގުތު ގެންގޮސް ބޭއްވީ ޖަލުގަ.އެހެންވީމަ އަޝްމަލީ އަކަށް ބަލާނެތަ؟

 4. ހުސޭނުބޭ

  ތިވަރު ޝަކުވާއެއް ކިއެއްވެ މަޙުލޫފަށް ހުށައެޅީ! ތިއިން ފެންނަނީ މުނާފިގުކަން ނޫނީ ދެން ކޮންއެއްޗެއް!

 5. ދުރުމި

  ތިއީ މާ ރަނގަޅު މީހެއް ނޫން. މިހާރު ރާއްޖޭގަ ގިނައީ މިކަހަލަ ދެފުށްކެހެރިން. ކަލޭމެން މަރުހަދާންކޮށްބަލަ.

 6. ވަޙީދު

  ރ. ޔާމީނަށް މަދުވާ 18،000 ވޯޓު ނުލިބުނީ ކެމްޕޭން ޕްލޭން ކޮށްފައި އޮތްގޮތް ކަޑަކަމުން. 7،500 ރުފިޔާ ރަށަކަށް ކެންޕޭނަށް ދިނީ. ޕީޕީއެމްގެ އިޚްލާސްތެރިން އަމިއްލަ އަތުން ކޮޕީ ދީގެން މީހުން ގެންގުޅުނީ. އަދުލީ މެން ހީކުރަނީ ކެމްޕޭނަކީ ވެސް ވިޔަފާރިއެއް ހެން.