ކުނި މެނޭޖުކުރުމަށްޓަކައި ނަގަންޖެހޭ ހުއްދަތައް ނުނަގައި، ޕިކަޕުތަކުގައި ގަވާއިދާ މިންގަނޑުތަކާއި ހިލާފަށް ކުނި އުކާލާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 30 އޮކްޓޯބަރ 2018 އިން ފެށިގެން ހުއްދަ ނުނަގާ ކުނި އުކަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެެވެ.

އީޕީއޭ އިން ބުނީ، އަމިއްލަ ބައެއް ފަރާތްތަކުން، ވިޔަފާރި ކުރާ ތަންތަނުންނާއި އަދި އެހެނިހެންވެސް ގޭބީސީ ތަކުގެ ކުނި، ހޯދަންޖެހޭ ހުއްދަތައް ނުުހޯދާ، ޕިކަޕުގައި ވިޔަފާރި އުސޫލުން އުފުލަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިފަދަ ކަންކަމަކީ ކުނި މެނޭޖު ކުރުމާއި ބެހޭ ގަވާއިދާއި ހިލާފަށް ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އީޕީއޭ އިން ވަނީ އަންގާފައެވެ.

މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށްޓަކައި ކުނި އުކާލުމުގެ ހުއްދަ ދޫކުރެވިފައިވާ ހަމައެކަނި ފަރާތަކީ ވެމްކޯއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢިބޫސޯލިހު

    ކާންލިބޭލާރިމަދުވީދޯ

  2. ޔޫޕެ

    މަހަރެރާވެޒެ މިހާޜުތާއީޕީއޭޔައިގުނީ ގަވާދާހިލާފަ ކުނިއުކާކަރް ހަމަސަރުކާޜު ބަދަލުވީމާ ހުރިހާކަމެވެސް ފެނުނީ ތީޙަމަނައިބެގެހާލަތު ދެއްއަވަހަޒޫރިމަނާކުރަވީނު ތިތާގައި ތިބިދެމީހުންވެސް ބަދަލުކުރަވީނު އެކަކީ ނައިބެ ދެއްހުރީ ޔަޒިދު އިސްތިއުފާދީ

  3. ޢަބްދުﷲ

    ސަރުކާރުން ކަންތައްތަކުގެ ތެރެއަށް ވަދެ ރައްޔިތުމީހާއަށް ލުއެއްދެވޭތޯ ބަލަންޖެހެއެވެ. އެހެނީ، ބްރިޖް ހުރަސްކޮށް ހުޅުމާލެ އަށް ޓެކްސީ ދަތުރެއް ކޮށްދެނީ، ކޮޅަކަށް -/100 ރުފިޔާއަށެވެ. ދެކޮޅަށް -/200 ރުފިޔާއަށެވެ. އެހެންކަމަށްވާނަމަ، ސަރުކާރުގެ ޓެކްސީތަކުގައި ލުއިގޮތަކަށް ހުޅުމާލެއަށް ދަތުރުކުރެވޭނެ ނިޒާމެއް އޮތުން ލާޒިކުރެއެވެ.