އިސްތަށިގަނޑު މާ އަވަހަށް ނުރަވުމަކީ އެކަމުގެ ސަބަބުން ތިމާގެ ޒުވާން ސިފަ ގެއްލޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް މިއީ އެއްވެސް ގޮތަކަށް ކޮންޓްރޯލް ކުރެވިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. ހަމަ އެހެންމެ އިސްތަށިގަނޑު ލަހުން ދިގުވާ މައްސަލައަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ޢާންމު ގޮތެއްގައި މި މައްސަލަ ކުރިމަތިވަނީ އިސްތަށިގަނޑާއި ބޮލުގެ ހަންގަޑަނޑު ދުޅަހެޔޮ ނުވުމުންނެވެ.

މި މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން ތަފާތު އެކި އުފެއްދުންތައް ބޭނުންކުރި ނަމަވެސް، އެކަމުން މާ އެދެވޭ ނަތީޖާއެއް ނުނިކުންނައިރު، ގިނަފަހަރަށް އެފަދަ އުފެއްދުންތައް ވެގެންދަނީ ގެއްލުންހުރި ބޭކާރު ތަކެއްޗަށެވެ. އެހެންކަމުން މިފަދަ ހާލަތެއް މެދުވެރިވުމުން ބޭނުންކުރުން އެންމެ އެކަށީގެންވަނީ، ޤުދުރަތީ ބާވަތްތައް ހިމަނައިގެން އުފައްދާފައި ހުންނަ އުފެއްދުންތަކެވެ.

ދާދިފަހުން ރާއްޖެއަށް ތަޢާރަފްކުރި ޖެނެޓް ބްރޭންޑުގެ "އިންޑިގޯ ހާބް އޮއިލް" އާއި "ޑޭންޑްރަފް ކްލިއަރ ޝޭމްޕޫ" އަކީ، އިސްވެ ފާހަނގަކުރެވުނު މައްސަލަތަކަށް މިވަގުތު ރާއްޖެއިން ލިބޭ އެންމެ އިތުބާރުހުރި އުފެއްދުމެވެ. މިއީ ބޮލުގައި ހަންފޮޅި އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑަށް ގެއްލުން ލިބިފައިވާނަމަ އެކަމުން ސަލާމަތްކޮށްދީ އިސްތަށިގަނޑު ދުޅަހެޔޮވެ އަވަހަށް ދިގުކުރަން ބޭނުންވާ ފަރާތްތަކަށްވެސް އޮތް ޙައްލެވެ.

ހަމަ އެކަނި ފަތްޕިލާވެލި އަދި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުން ތަކަކީ، އިސްތަށިގަނޑުގެ ރައްކާތެރިކުރުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ އުފެއްދުން ތަކެކެވެ. މި ތެލާއި ޝޭމްޕޫގައި ހިމެނޭ ގުދުރަތީ ފައިދާކުރަނިވި މާއްދާތަކުގެ ސަބަބުން، މާ އަވަހަށް އިސްތަށިގަނޑު ނުރަވުން ދުރުކޮށްދީ ތާޒާކަން ދަމަހައްޓައިދެއެވެ. ހުރިހައި ވައްތަރެއްގެ އިސްތަށިގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ މި އުފެއްދުންތައް ބޭނުން ކުރުމުން ޒުވާން ސިފަ ދަމަހައްޓައި ދެނީ މި ސަބަބަށްޓަކައެވެ.

ޢާންމުކޮށް އިސްތަށިގަނޑު ދިގުވުން ލަސްވެ އިސްތަށިގަނޑު ނުރަވާ މިންވަރު ދަށްކުރުމަށް އުފައްދާފައި ހުންނަ ތަކެއްޗާއި ޚިލާފަށް ޖެނެޓް ބްރޭންޑުގެ "އިންޑިގޯ ހާބް އޮއިލް" އާއި "ޑޭންޑްރަފް ކްލިއަރ ޝޭމްޕޫ" އަކީ، ހުރިހާ ފަރާތްތަކާއި ވެސް ގުޅޭގޮތަށް އުފައްދާފައިވާ، ކެމިކަލްގެ އެއްވެސް އަސަރެއް ނުހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ފައިދާކުރަނިވި ދެ އުފެއްދުމެވެ. ހަމަ އެހެންމެ އިސްތަށިގަނޑުގެ އޮމާންކަމާއި ފަށުވިކަން އިތުރުކޮށްދީ، އިސްތަށިގަނޑު "ގަދަ" ކުރުމަށް މި އުފެއްދުންތައް ވަރަށް ބޮޑު އެހީއަކަށް ވެއެވެ.

"އިންޑިގޯ ހާބް އޮއިލް" އާއި "ޑޭންޑްރަފް ކްލިއަރ ޝޭމްޕޫ"ގެ އެންމެ ޚާއްސަ ސިފައަކީ، އޭގައި ހިމެނާ ފައިދާކުރަނިވި މާއްދާތަކުގެ ސަބަބުން، ހަލާކުވެފައި ހުންނަ އިސްތަށިގަނޑު އަލުން އާކޮށްދޭ ކަމެވެ. ހަމަ އެހެންމެ އިސްތަށިގަނޑުގައި އަށަގެންފައި ހުންނަ ޖަރާސީމު ނައްތާލައި ބޮލުގައި ހަންފޮޅުމަށް މެދުވެރިވާ ބައިތަކުން އިސްތަށިގަނޑު ރައްކާތެރިކޮށްދެއެވެ.

ތަޖުރިބާކާރުން ލަފާދޭ ގޮތުގައި "އިންޑިގޯ ހާބް އޮއިލް"، ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު އަދި "ޑޭންޑްރަފް ކްލިއަރ ޝޭމްޕޫ" ބޭނުންކޮށްގެން ހަފްތާއަކު މަދުވެގެން ދެފަހަރު ބޯ ދޮވުމަކީ، އެންމެ އެދެވިގެންވާ ގޮތެވެ. އާދަކޮށް މިގޮތުގެ މަތިން މި ތަކެތި ބޭނުންކުރާނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ "އިންޑިގޯ ހާބް އޮއިލް" އާއި "ޑޭންޑްރަފް ކްލިއަރ ޝޭމްޕޫ" ގެ ބޮޑު ފުޅި (300 އެމްއެލް)، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުންނާނެއެވެ. މި ޕްރޮޑަކްޓްތައް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. ޖެނެޓްގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.

ލިބޭ ޕޭޖާއި ގުޅުމުން، ޖެނެޓްގެ ޕްރޮޑަކްޓުތައް މާލޭގައި ކޮންމެ ސަރަޙައްދަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭއިރު، ހުޅުމާލޭ ސަމަރ ސްޕޯޓްސް (ލޮޓް ނަމްބަރު: 11165، ބޮކަރުމާ ހިނގުން) ފިހާރައިނާއި އައްޑޫ ސިޓި ހިތަދޫ، އާގަލާ މާޓު އަދި އެރަށު ހުއްބީ ފިހާރަ އާއި އައްޑޫ ސިޓީ ފޭދޫ އީޒީ އެކްސް ފިހާރައިން މި ޕްރޮޑަކްޓުތައް އެއް އަގެއްގައި ލިބެން ހުންނާނެއެވެ. ޖެނެޓް ބްރޭންޑުގެ 24 ޕްރޮޑަކްޓެއް މިހާރު ރާއްޖެއިން ލިބެން ހުންނާނެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔޮ

    އަގު؟

  2. ައަންނިޢަންނި

    ތިއެއް ރާއްޖެ ގެނާތާ އަދި މަހެއް ނުވޭ.. ދޮގު ނުހަދާ