ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗް މަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތައްޔާރުވާން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލިސް އިންތިހާބު މާޗު މަހުގެ ފަހުކޮޅު ބާއްވަން ތައްޔާރީތައް ވަމުންދާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ޕާޓީތަކާ އެކު ކޮށްފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި މާލޭގެ ބައެއް ދާއިރާތަކަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމާ ގުޅޭގޮތުން މާލޭގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި މަޝްވަރާ ކޮށްފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. ދާއިރާތަކަށް އަންނަ ބަދަލުތައް ނޮވެމްބަރު މަހުގެ ކުރީކޮޅު އިއުލާނު ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުންނެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އިތުރު ދެ ދާއިރާއެއް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މަޖިލިސް އިންތިހާބު އަންނަ އަހަރު ބޭއްވުމަށް އީސީ އިން ތައްޔާރުވަމުން އަންނައިރު މިއަހަރުގެ ދެވަނަ ދައުރުގައި ބާއްވާފައިވަނީ 13 ޖަލްސާއެވެ. މަޖިލީހުގެ ތިންވަނަ ދައުރު ފެށިފައިވީ ނަމަވެސް މި ދައުރުގައި އަދި ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވި މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަފްތަރުދާއިރާ

    ކޮބާހޭ އަހަރެމެންގެ އަޑު؟؟

  2. ޥަރަށް ވެދުން

    ތީ ބޭކާރު ތަނެއް. ޢެއްވެސް މސައްކަތެއް ކުރެވނީކީ ނޫން. ބޮޑު މުސާރަ ބަނޑު އަޅައިގެން ނާޗަރަންގީ ކުޅުން ކަމަކަށް އޮންނަނީ