ދިވެހިރާއްޖޭގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ރައީސްކަން ކުރައްވާފައިވާ، ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ދީނީ ނަސޭހަތް ދިނުމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމަށް ދީފައިވާ ހުއްދަތައް ހިފަހައްޓާފައި އޮތް އޮތުން އުވާލައި، އެ ހުއްދަތަށް އަލުން ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

ކުރީގެ ރައީސް މަޢޫމޫނުގެ ވަކާލާތު ކުރުމުގެ ހުއްދައާއި، ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފަހައްޓާފައިވަނީ އެމަނިކުފާނުގެ މައްޗަށް ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅިކަން ސާބިތުވާކަމަށް ކްރިނިނަލް ކޯޓުން ކަނޑައަޅައި އިއްވި ހުކުމުގައެވެ. ނަމަވެސް އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ މިއަދު ބާތިލު ކޮށްފައެވެ. އެހެންކަމުން އެ ހުއްދަރައް އަލުން ދޭން ޖެހޭނެއެވެ.

މަޢުމޫނުގެ މައްޗަށް ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅިކަން ސާބިތުވާކަމަށް ކްރިނިނަލް ކޯޓުން ކަނޑައަޅައި 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވި މައްސަލަ ބެއްލެވީ ގާޒީ ހަސަން ނަޖީބެވެ. އަދި އެ ހުކުމް ބާތިލު ކުރުމަށް ދިވެހިޜާއްޖޭގެ ހައިކޯޓުން ކަނޑައެޅުއްވި އިސްތިއުނާފު ޝަރީއަތް ބެއްލެވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޢަލީ އާއި ޢަލީ ސަމީރު އަދި ޢަބްދުﷲ ހަމީދުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޢަލީ ސަމީރެވެ.

މަޢުމޫނުގެ މި ހުއްދަތަށް ބާތިލުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ކުށުގެ އަދަބެއްގެ ގޮތުންނެވެ. ނަމަވެސް އެ އަމުރު ހައިކޯޓުން ބާތިލުކޮށްފައިވަނީ އެ ހުއްދަތައް ހިފަހައްޓައިގެން ކްރިމިނަލް ކޯޓުން ހާސިލްކުރަން ބޭނުންވާ މަޤްޞަދު ސާފުވާން ނެތްކަމަށް ބުނެއެވެ. ހައިކޯޓުން ކުރެއްވި ހުކުމުގައި ބުނެފައިވަނީ އެފަދަ އަމުރެއް ނެރޭނަމަ އެ އަމުރަކުން ހާސިލްކުރަން ބޭނުންވާ ކަންތައްތައް އެނގެން އޮންނަން ޖެހޭނެ ކަމަށެވެ.

މަޢުމޫނުގެ ދީނީ ނަސޭހަތް ދިނުމާއި، ވަކާލާތު ކުރުމުގެ ހުއްދަ ބާތިލުކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުއްވި ހުކުމް ހައިކޯޓުން ބާޓިލުކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. ހުއްދަތައް ބާތިލުކުރަންޖެހޭކަމަށް ބުނާ ހުކުމް ބަދަލުކުރަން ހައިކޯޓުން އަމުރުކުރެއްވިއިރު، އެހެނިހެން ކަންތައްތަކެއްވެސް ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން ފޯނު ނުދިނުމަކީ ހަމައެކަނި އޭގެ މައްޗަށް ބަލައި، ކުށް ސާބިތުވާނެ ކަމެއް ނޫން ކަމަށާއި، ކުށެއްގެ ތުހުމަތު ކުރާނަމަ އެކުށެއް ކުރިކަން ސާބިތުކޮށްދިނުމަކީ ދައުވާ އުފުލާ ފަރާތުގެ ޒިންމާއެއް ކަމަށާއި، ދައުވާ ލިބޭ ފަރާތުން ކުށެއް ނުކުރާކަން ސާބިތު ކޮށްދިނުމަށް އެއްވެސް ކަމެއް ކުރަން ނުޖެހޭކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު މަޢުމޫންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން އަދި ގަވާއިދުތަކުން ލިބިދޭ ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ލިބިދީފައިވާ ހައްޤަށް އުނިކަން އަންނަގޮތަށް، ވަކީލުން އައްޔަން ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަކާ ނުލައި ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ކުރީގެ ރައީސް މަޢުމޫނަށް ވަކާލާތު ކުރުމުގެ އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދިނުމަށް ހައިކޯޓުން އަމުރުކުރެއްވިއިރު، ކްރިމިނަލް ކޯޓުން މަޢުމޫންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރުމުން މަޢުމޫން މިހާރު ވަނީ މުޅިން މިނިވަން ވެފައެވެ. ނަމަވެސް މަޢުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއްގެ އިބްތިދާއީ މަރުޚަލާ ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބުދުއްލޯ

    މައުމޫނައް ވަކި ގޮތެއް ނިކަމެތިން ނައް ނިކަމެތިގޮއް ތިއޮތި ވާއިންސާފު ހަމަ ހަމަ ވެފަ

  2. އައްޑޫސިޓީ

    އެންމެ ފުރަތަމަ މައުމޫނު ކާރިންސުވާލު ކޮށްލަންބޭނުންވަނީ އިސްލާމްދީނުގަ އަންހެނާގެ އައުރަކީކޮބާތޯ؟މަނިކުފާނުންގެ އަނބިދަރިން ތިބެނީ އިސްލާމްދީނުގަ އަންހެނާގެއައުރަކަމަށް ކަނޑައަޅާފައޮންނަ އައުރަނިވާކޮށްގެންތޯ. އަހުރުމެންނަށް އެކަން ސާފުކޮށްދީފަ ދީނީނަސޭހަތް ދިނުމަށްނިކުތުމަށް ހަރުއަޑުންގޮވާލަން.

  3. އާންމެއް

    އިސްލާމްދީނުގަ ކަނޑައެޅިގެން ސާބިތުވާ ކަންކަމަށް ފާޅުގަ އިންކާރުކުރާ މީހުންނަށް 'ދީނީ' ނަސޭހަތްދެވެންޏާ ދެން އެވާނީ ކޮން ދީނެއްގެ ނަސޭހަތެއްބާ.. ސިޔާސީ ލީޑަރެއްގެ ގޮތުގަ ހުންނަވާ. ކޮންމެހެން ދެން އަނެއްކާ މޮޔަ ހައްދަން ނޫޅުއްވާ.

  4. Kamaal

    މުޖުރިމިންތައް ދޫކޮށްގެން ލިބޭ ކޮންމެ ގެއްލުމަކައް ކޯޓުން ޒިންމާ ވާންޖެހޭނެ.

  5. ވަހީދު

    ޖާހިލިއްޔަ ޒަމާން އައިސްފައި މިއޮތީ. ބަގާވާތުގެ ބޮޑުން ޖަލުން ނުކުމެއްޖެ.