ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް އެކަން ހުއްޓުވާފައިވާ ކަމަށާއި، އެއްވެސް ޤައުމަކަށް އެމަނިކުފާނު ދަތުރުކުރާ ފްލައިޓަކަށް ނުވަދެވޭނެކަން އަންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން އަސްކަރީ ޖެޓުތަކެއްގެ ފޮޓޯ ޢާންމުކުރައްވަމުން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ރައީސް ޔާމިން ދަތުރުފުޅު ކުރައްވާ ފްލައިޓަކަށް ވަނުމުގެ ހުއްދަ ނެތުމުން އެމަނިކުފާނަށް ރާއްޖެއިން ފުރާވަޑައިގަނެވޭނެ ގޮތެއް ނުވި ކަމަށެވެ. އަދި އެކަން ކުރެއްވީ އޭނާ ކަމަށް މުސްތަފާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ރައީސް ޔާމީން ފުރުން ހުއްޓުވައިފިން. ރައީސް ޔާމީން ގޮވައިގެން އެއްވެސް ޤައުމެއްގެ އެއާސްޕޭސް ތެރެއަށް ނުވަދެވޭނެ ކަމަށް އަންގާފައިވާތީ ފުރޭނެ ގޮތެއް ނުވި. ހަބަރުދާރު ބަޗަން ނޫޅޭތި.." މުސްތަފާގެ ޓްވީޓުގައި ވެއެވެ.

މުސްތަފާ މިގޮތަށް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބަށްފަހު ރައީސް ރާއްޖެ ދޫކުރައްވާ ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ އިދިކޮޅުފަރާތްތަކުން އަޑު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. މުސްތަފާ އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ރައީސް ނ. މާފަރު އެއާޕޯޓުން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ފިއްލަވަން އުޅުއްވާ ކަމަށް ބުނެ އަޑުފަތުރަމުން ދިއުމާއި ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވީ، ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި ތުހުމަތުތަކެއް ކުރެވޭ ނަމަ އެ ކަންކަން ބެލުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެ މަނިކުފާނުގެ އަބުރު ކަތިލެއްވުމަށް ކުރާ މަސައްކަތްތަކެއް ކަމަށް މުއާޒް ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމަށް ބުނެ، އެމަނިކުފާނު ހުއްޓުވުމަށް އެދި އިދިކޮޅު ކޯލިޝަނުން ވަނީ ރޭ ފުލުހަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ، ފުލުހުންނަށް މައްސަލަ ހުށަހެޅީ ރައީސް ޔާމީންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުން އެމަނިކުފާނު ޤައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާތީ އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުމަށް ކަމަށެވެ.

ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުން ވެސް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ފިއްލަވަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ. ނަމަވެސް މިއަދު ހެނދުނު މެޑަމް ފާތުން ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑު ގަދަވެފައި މިވަނީ ރައީސް ޔާމީން އިއްޔެ ޤައުމާއި މުޚާތަބުކޮށް ވާހަކަފުޅު ދެއްކެވުމުންނެވެ. އިއްޔެ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުގައި ރާއްޖޭގެ ރައްޔިތުންނާއި އެކު ހުންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އަދިވެސް ހުންނަވާނީ ޤައުމަށް ހެޔޮއެދޭ، ޤައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

 1. އަހުމަދު

  މިހިރަ ބީތާ މަޖިލިހަށް ވެއްދީ ކާކުތަ. ކަލޭ ތީ ކަލޭގެ ނަފުސުވެސް ހުއްޓުވޭ ވަރު މީހެއްނޫން.

 2. އިންސާފު

  ޙަ ހަ ހަ ހަ.. ހާދަ ބޮޑު ޖޯކެއްތީ

 3. ނަސީމް

  ކިހިނެއްވަފާދަރުވީ؟ގައުމުގެ ބައިތުލްމާލުން އެތަކެއްމިލިޔަންރުފިޔާ ކައަިރީގައި އުޅުނު މީހުން ދިރުވާލީމަވެސް ރާޒުވާ ކުޅިބަޔެއްހެން އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްލާ އެކަމާ އެއްޗެކޭ ބުނީހެއްވިއްޔާ ނުހައްގުން ހެކިނެތިއްޔާ ހެކި އުފައްދައިގެންވެސް ޖަލަށްލާ ގައުމުގެ ހުރިހާ މިނިވަން މުވައްސަސާ ތަކާއި ޝަރުއީ ކޯޓްތަކުގައި ބަގުޑި ބައްދައިގެންއޮވެ ފަސްއަހަރު ދުއްވާލީމަވެސް ވަފާދާރު؟ދެން ޓާޓާ....

  • ޔާން

   މިހާތަނަށް އަތުޖެހުނު އެއްޗެއް ނުކައިހުރި ސަރުކާރެއއ ނެތް.މިދަރުކާރާ އެހެންސަރުކާރު ތަކުގެ ތަފާތަކީ ކައިފަ ރައްޔިތުންނަށްވެސް ކާންދިނުން.އެހެން ސަރުކާރުތަކުން ދިޔައީ އެމީހުންގެ ޖީބުތައްފުރާލައިގެން.ރައްޔިތުންނަށް ލިބުނު އެއްޗެއްއްނެތް

 4. އާދަނު

  ގަދަ ކަލޭ

 5. ޙައްގުބަސް

  މީ ހާދަ ފައްކާ މީހެކޭ!! ތިމަރައަށް އުފަންވެފައި ހުރި މޮޔައެއް!! މަނީމަނީ އޯކޭއޯކޭ!! ދެފުއްކެހެރި!! ރައިސް ޔާމީން ގައުމު ދޫކޮށް މިހާރު ދާން ބޭނުންވިޔަސް ދެވޭނެ!! މޮޔަގަނޑު!!

 6. ތިމަތަބޯ

  ހިތުން ވަރަށް ބާރުގަދަ ބޮޑާކަން އިންތިހާ އަށް ގޮސްފައިވާ ގޮލައެއް ތިއީ....

  މަބޮޑޭ ....

 7. ޢަބްދުﷲ

  މއ.ކާމިނީގެ ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމަކީ، މިއަދުވެސް އަދި މާދަމާވެސް މިރާއްޖޭގެ ޖުމުހޫރިއްޔާގެ އެންމެމަތީ ވެރިކަމުގެ އެންމެހާ ބާރުތައް ކޮންޓްރޯލްކޮށް ބެލެހެއްޓެވުން މަތިކޮށްފައިވާ ޤާނޫނީ އެންމެ އިސްފަރާތެވެ. 2018 ނޮވެމްބަރުމަހުގެ 11 ވަނަދުވާއި ހަމައަށް ނުވަތަ 17 ވަނަދުވަހާއި ހަމައަށް މިރާއްޖޭގެ ޖުމުހޫރިއްޔާގެ އެންމެމަތީ ވެރިކަމުގެ އެންމެހާ ބާރުތައް އެމަނިކުފާނުގެ އަތްޕުޅުގައި އޮންނާނެއެވެ. އެހެންކަމަށްވާނަމަ، މިމުއްދަތުގެ ތެރޭގައި އެމަނިކުފާނުގެ މައްޗަށް އެއްވެސްކަމެއްގައި ތުހުމަތު ކުރެވިއްޖެނަމަ، އަދި އެއީ ކިތަންމެ ބޮޑު މައްސަލައަށް ވީނަމަވެސް ޢަމަލުކުރެވޭނީ، ޤާނޫނުއަސާސީގެ ދަށުން އެކަން ކުރުމަށް ރޭވިފައިވާ ހަމަތަކުގެ މަތިން އެމަނިކުފާނު އަދާކުރައްވާ މަޤާމުގެ ޙައިސިއްޔަތުންނެވެ. އެހެންނަމަވެސް، 2018 ނޮވެމްބަރުމަހުގެ 11 ވަނަދުވަހުގެ ފަހުން، ނުވަތަ 17 ވަނަދުވަހުގެ ފަހުން، މއ.ކާމިނީގެ ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމުގެ އަމިއްލަފުޅު ޙައިސިއްޔަތުން ފުލުހުންގެ އޮފީހުގައި ޖަވާބުދާރީވާން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރަން އޮންނަ ޙާލަތަކީ، މުޅިން ތަފާތު ޙާލަތެކެވެ. މިއީ މިރާއްޖޭގެ އެންމެން ދަންނަ ކަންކަމެވެ. ރައީސުލްޖުމުހޫރިއްޔާއާބެހޭ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލަކީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުޞޫލެވެ. ޔަޢުނީ، ފުލުހުންގެ އެންމެމަތީ ވެރިޔާގެ މައްސަލައެއް ބަލައި ދިނުމުގެ އިޚްތިސާސް ފުލުހުންގެ އޮފީހަށް ލިބިގެންނުވާއިރު، އެކަން ކުރުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައިވާއިރު، ތިޔަބުނަނީ ފުލުހުންގެ އޮފީހުގެ ވާހަކަތޯ ސުވާލުއުފެދެއެވެ.

 8. އާދަނު

  ލަވައެއްގަ ކިޔާތީ އެހިން އަދާވާތްތެރިވިޔަސް ވާންވާނީ ހިތައް ކުޅަދާނަ މިންވަރަކުންނޭ...ހަސަދަވެރިވެގެން ގޮސް މުސްތަފާ ތިހިރަ ހަލާކުވަނީ.....

 9. ޟަރު

  ޓިލާ އޯކޭތަ؟

 10. ބަނާނަ މޭން

  ގަދަގަދަ މުސްތަފާބެ ގަދަ

 11. މަންމަނު

  މި މުސްތަފާ ކައިރީއަހާލަބަ މީނާއަށް އިންޑިޔާ ސިނގަރޕޫރ ބެންކޮކަށް އެރޭތޯ؟

 12. ދިވެހިމީހާ

  މަޝައްވެސް ލާރި ކޮޅެއްދޭންއެބަހުރި

 13. ސީމާ

  ހަލްކް ނުފުއްޕައްޗޭ

 14. Anonymous

  ?????????????????????މަ ހީހީ ހަލާކު.

 15. ޖޯޖޯ

  ހިތުން ވަރަށް ބާރުގަދަ ބޮޑާކަން އިންތިހާ އަށް ގޮސްފައިވާ ގޮލައެއް ތިއީ.... ކާކުތީ

 16. Anonymous

  މުސްތަފާ ތިހުންނަވަނީ އަބަދު ހިނދު ކޮޅުގަ ތޯ؟

 17. ޓުވިޓީ

  މިދެން ކާކު ޔާމީން ހިފާއްޓަން.ލޮލް

 18. ތަކުރުފާނު.

  ގުރާދޫ އަށް ފޮނުވަން ވެފަ ހުރި މީހެއް.

 19. އިހޫ

  އެއްޗެއް އެނގިގެން އުޅޭ މީހެއްވެސް ނޫނޭ މީ އަދި އަނގަ ހުޅުވާފަ ވާހަކަ މިދައްކަނީ ހަމަ ހުރެގެން..!!

 20. ތިމަރޭ

  ކަލޯ އަހަރުންގެ ބާރުހުރިކަން މިއަންގާލަނީ

 21. މިރުސް

  މުސްތަފާ ކަލޯމޮޔަވެފައި ތިހުރީ

 22. Anonymous

  މުސްތަފާ ގުރައިދުއަށްތަ ގެންދަނީ. ނޫނީ އާސަންދައިން ހިލޭ ބޭސްކުރަން އައިޖީ އެމް އެޗްގެ ނަފްސާނީ ޑރ އަކަށްތަ ދައްކަނީ؟

 23. ހަލްކް

  ހަލްކު އުޅޭފިލްމުތަކުގަ އާއްމުކޮށް ދައްކާނީ، ނުކުރެވޭ ޒާތުގެ ކަންތައްތައް ކުރާތަން ، ކިތައްމެ ހާލްކު އާއި ވައްތަރުވިޔަސް ، ތިމަރަފުށީ ހަލްކު އަކަށް ތިހިތަށް އަރާޒާތުގެ އެއްކަމެއްނުކުރެވޭނެ........ ސާފުވެއްެޖެ... ތިމަންނަމީ ހަލްކޯ...... ލުލް

 24. Anonymous

  ބަލަ މިޔަޔާ. ގައުމުތަކުގެ ވެރިކަން ކޮށްފަ ތިބޭ މީހުންނަށް އެހެން ގައުމުތަކުން ޝަރަފާއެކު ރިސީވް ކުރަންޖެހޭކަމެއް ތިބޮޑު މޮޔަ ކޮރު އިބިލީހަށް ނޭނގުނީތީ މަޖްލީހުގައި އުޅެފަ ހުރިއޭ ބުނާތީވެސް ލަދުގަނޭ

 25. ކަމަނަ

  ދެން އަޅެ ފިލާބަލަ ތި ޔާމީނު.

  • ނޫގަލަން

   ބަލަގަ ރައީސް ޔާމީނެއް ނުފިލާނެ! އިދިކޯޅޭމެންގެ ގަޓެއް ހުރިއްޔާ ނިކަން ޤާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު ހިފާ ހައްޔަރު ކޮށްބަލަ!....

   އެކަމަކު ނަމަނަމަ ޢަބްﷲ ގާޒީ ހައްޔަރު ކުރިހެން ހައްޔަރު ނުކުރާތި!!! ޚަބަރުދާރު!!
   ހަމަ ހައްޔަރު ކުރީ ކޯޅޭ - ސަން ސަރުކާރު ވައްޓާލީ...!! މިއީ ވަރަށް ވާހަކަ.

 26. ޢީސީ

  މި ކާކުތަ މާ ކަންތަބޮޑުވެގެން މިތެޅެނި

 27. ޙަސަނު

  މި މުޞްޠަފާއަކީ މީ މުޅިދުނިޔޭގެވެރިމީހާދޯ؟އެގޭކަމަކީ ތިމަރަފުށްޓަށްވެސް ރައީސް ބޭނުންފުޅިއްޔާ ވަޑައިގެންނެވޭނެކަން.ވ ސަލާމް.

 28. ޓްރަމްޕެޓް

  ޓްރަމްޕާ މިގޮަލައާ ވަރަށް އެއްގޮތް ކަރެކްޓާގެ ގޮތުން

 29. ތިމަރަ ހަރު

  މީ ހަމަ ފައްކާ މޮޔަ އެއް...ކަލޯ މިދުނިޔޭގެ ވަގުތު ކޮޅަކީ ވ.ކުޑަ ވަގުތު ކޮޅެއް ...މީހުންގެ ހެޔޮބަހެއް ނަމަވެސް ލިބޭ ތޯ ބަލަމާ......ދޯ....

 30. އަބްދުއްލާ

  މުސްތަފާ މޮޅުވާހަކަ ނުދައްކާ އެއްވެސް ކަމެއް ނުކުރެވޭ .ކަސްޓަމްސް ކޮބާ ؟

 31. ވިސާމާ

  މީހުންގެމަސްކެއުންނޫން ކަމެއްނުކުރޭ މިއެއްނޫން އުޅެންއޮތް ދުނިޔެއަކީ

 32. ހައްގު ބަސް

  އޯކޭ މައްސަލައެއް ނެތް އެކަމަކު ސުވާލެއް އެބަ އޮތް މުސްތޮފާ ކޮން ބަހަކުންތޯ ބޭރުގެ ގައުމުތަކާ މުއާމަލާތް ކުރަނީ؟ ތިމަރަފުށީ ބަހުންތޯ؟ ނުވަތަ ދިވެހި ޅެން ބައިތުންތޯ؟ މި ބުނަނީ ކީކޭކަން އިނގޭވަރު މީހުނަށް އިނގޭނެ. ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭންގިގެން އުޅޭ މީހަކު ކިހިނެތް ކޮން ގޮތަކުން ކޮން ހައިސިއްޔަތަކުން ބޭރު ގައުމުތަކާ ވާހަކަ ދައްކަނީ؟ މި ކޮމެންޓާއެކު މުސްތޮފާ ޓްވީޓެއް ކުރާނެ ވަގުތަކަށް އިންތިޒާރު ކުރަން

 33. އަތިރީގެ އައިމިނަ.

  މުސްތޮފާ މެން ދެންއުޅޭގޮތްވެސް ބަލަން މިތިބީ އިރާދަކުރެއްވިއްޔާ.

 34. ދިވެހަ ތައްޔިތެއް

  މުސްތަފާ ދަަަަަަަގެޗއް އަރުވާލި އިރު ، އެރަށުު މީހުން ބޮލަށް ސަވާރު ވެގެން ކަލޭގެ ފީވެފައިވާ ބާ ލަކުޑި އެމީހުން ބޮލަށް ޖެހި ހަނދާނެ ނެތްތާ ؟؟؟؟؟؟

 35. ޗިއްލޫ

  އަޅެ މިކަހަލުގެ ސިކުނޑީގެ އުނިކަން ހުންނަ މީހުން މަޖިލީހަށް ހޮވާރއްޔިތުންވެސް ހިތައްއަރާނެ މެންބަރަކުހޮވާފަޔޭ މިތިބީ!!!!!!!!!

 36. ލަކްސްމީ

  ކުޅިސަމާ ބަލަން ދިވެހިން ތިބޭތި! އަދި މިކަލޭގެ އަނެއްފުށަށްޖެހޭތަން އަންނާނެ!

 37. ޖާޑް

  މިސޮރު މިހާވަރަށް ވެރިކަމަށް ބޫތްގަނެފަހުރީމާ މައިތިރިވާނީ ތިމަރަގަނޑަކުން ބޮލުގަޖެހުނީމާ

 38. މޮޔަ ގރ

  ކަލޭ އަތުގައި އޮތް ބަރުހަތިޔާރު ހިފައި ގެން އާދޭ ޔާމީނު ކައިރި އަށް،އޭގައި ހުންނާނެ ވަރު،ހހހހހހ

 39. މޖ

  ޙަބަރު ހުސްވީތަ ހަމަ މީހަކު ޓްވީޓް އެއްކޮއްލާ އިރަށް ހަބަރަކަށް ހަދަން،

 40. Miadhu

  ތިމަރަ ފުށިން ބަލާނުގަނެފަހުރި މީހަކަށް ސަރުކާރަކުން ކީކުރަން ދުނިޔޭގެ ގައުމަކުން ކުރެވޭނެ ކަމެއް އޮންނާނެތަ

 41. އަހުމަދު

  ތިމަރަ މުސްތަފާއަށް ބުނެލަންބޭނުން ކަލޭތީކާކުތަމީހުންނަށް ވައްކަންދެމުން ތިއެނބުރެނީ ކަލޯމުސްތަފާ ކަލޭތިޔަހުރީ ރައްޔުތުންގެ ފައިސާއިން ވައްކަންނުކޮއްތޯ

 42. محمد

  ޚަބަރުތަކުގެ ތެދު ދޮގު ނުބަލާ ޚަބަރުފަތުރާ މީޑިއާ ތަކާއި ދޮގު ޚަބަރުދޭ މީހުންނާ މެދު ފިޔަވަޅުއަޅަން ބުރޯޑް ކޮމިޝަނަށް ގޮވާލަން.

 43. ލަފާ

  ރ ޔާމީން ފިލާވާހަކައާއި ކޮރަޕްސަންގެ ވާހަކަ
  ދައްކާ ފަރާތްތްތަކުގެ ކޮރަޕްޓްކަން މާބޮޑެވެ
  އެކަން ފޮރުވުމަށްޓަކާ ރ ޔާމީންގެ ވާހަކަ ދެއްކުމަކުން ނުފުދެއެވެ ކޮރަޕްޓް މެންބަރުން
  ގެޝަރީޢަތް އިބޫގެ ވެރިކަމުގައި ގަވައިދުން
  ކުރިއަށް ދާނެއެވެ އިބޫ އަކީ ނިވާފަތްގަޑެއް
  ކަމަށް ނުދެކޭށެވެ.

 44. ބަޓަން

  އޮޅިގެން ނުބައި ބަޓަނަކަށް ތި އޮބާ ލެވުނީ

 45. މިލިޓަރީ

  މީނަ މީހާރު ހަމަތޯބަލަން ޖެހޭ.

 46. ކެރަފާ

  ރައީސް ޔާމީނު ވަރެއްނެތް ކައިފަވެސް ރައޔަތުންނަށް ކާންދިން އެމްޑީޕީ މަހައްދާންވީނުދޯ.

 47. ޖަމަލޭ

  ވިޔަފާރިވެރިން މަޖިލީހަށް ނުވައްދާންވީ މިހެންވެ. އަލިފެއް ބާއެއް ނޭނގޭ މީހުން އަސްލު ލާންވީ ދޯ ؟

 48. ކުޑަބޭބެ

  ފާޑުފާޑުގެ ފޮޓޯލާފަ ޓްވީޓް ކުރާމީހާއަށް ނޭންގޭނެ މިފިތާލެވެނީ ފެހި ބަޓަނައް ކަމެއް ރަތް ބަޓަނައް ކަމެއްވެސް،،އެންމެ ފަހުން ގޮސް ޕާޓީން ވަކިކުރާހިސާބައް ދިޔައިމަ ބުނާނެ އޮޅިގެންނޭ،،،އެވަރުގެ ބުރާންޗެއްތީ...