ދިވެހި ރައްޔިތަކު ގެންގުޅޭ މޮބައިލް ފޯނު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަހްޤީގަށް ދެވެން ނެތުމަކީ ޤާނޫނީ ކުށެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން މިހެން ކަނޑައެޅީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ފުލުހުންގެ ތަހްޤީގަށް ފޯނު ނުދިން މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު ޝަރީއަތް ނިންމައި އެ ހުކުމް ބާތިލުކޮށް މެންދުރުފަހު އިއްވި ހުކުމުގައެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ މީހަކު ފޯނެއް ގެންގުޅުމަކީ އޭގެ ޒާތުގައި ކުށެއް ނޫން ކަމަށާއި، އަމިއްލަ ފޯނުގެ ބޭނުންކޮށްގެން އަނެކުންނާއި ޒާތީ މުއާސަލާތްތައް ކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ވެފައިވާއިރު، މޮބައިލް ފޯނުން އަނެކުންނާކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ހައްގެއްކަން ގާނޫނު އަސާސީއިން އެނގެން އޮންނަ ކަމަށެވެ.
މަޢުމޫނުގެ މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ، މީހަކު ގެންގުޅޭ ފޯނެއް ގެއްލިގެން ނުވަތަ ފެންނަން ނެތިގެން ނުވަތަ އެނޫން ވެސް ސަބަބެއް މެދުވެރިވެގެން ތަހްޤީގަށް ފޯނު ދެވެންނެތުމަކީ، ހަމައެކަނި އެސަބަބަށްޓަކައި ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރަށް ރިއާޔަތްކޮށް ކުށެއްކަމުގައި ނުބެލެވޭނެ ކަމަށެވެ. ހުކުމުގައި މިހެން ބުނެފައިވަނީ މައްސަލައެއްގައި އެމީހަކާއި ދެކޮޅަށް ހުރިހެކި އެމީހަކު އަމިއްލައަށް ދެއްކުން މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކުރާ އަސާސްއަށް ޤާނޫނީ މަބްދައުއަށް ރިއާޔަތް ކުރައްވަމުންނެވެ.
މި މައްސަލައިގައި ހުކުމުގައި ބުނެފައިވަނީ މީހެއްގެ ފޯނު ތަހްޤީގަށް ދެވެން ނެތުމަކީ އެ ފޯނުގައި މައްސަލައާ ގުޅުންހުރި ހެކި ހުރިކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށާއި، ހަމައެކަނި އެކަމަށް ބަލައި ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ.
ހައިކޯޓުން މިހެން ކަނޑައެޅުއްވިއިރު، ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ (ހ)ގެ ދެވަނަ މާއްދާގައި ބުނެފައިވަނީ ޝަރީއަތަށް ހުށަހެޅިދާނެ ހެއްކެއް ކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި މާއްދީ ހެކި ނެތިކޮށްލުމާއި، ބަދަލުކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނެ ގޮތް ހެދުމާއި، ދޮގު ހެކި ބެހެއްޓުމާއި، ދޮގު މައުލޫމާތު ދިނުން ކަމަށެވެ.
މޮބައިލް ފޯނު ދެވެން ނެތުމަކީ ކުށެއް ނޫންކަމަށް ހައިކޯޓުން ކަނޑައެޅުއްވިއިރު، މޮބައިލް ފޯނެއް ނުދިންކަމަށްބުނެ ކުށް ސާބިތު ކުރުމުގެ ކުރިން އެ ނުދީގެން ބުނަކީ ކޮން ފޯނެއްކަން މި މައްސަލައިގައި ދައުލަތަށް ބުނެދެވިފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މަޢޫމޫނު ފޯނު ނުދިންކަމަށްބުނެ ސާބިތުކޮށްފައިވާ އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ހުކުމް ބާތިލްކޮށްފައިވާއިރު، އެ ހުކުމުން ހިފަހައްޓާފައިވާ ދީނީ ނަސޭހަތް ދިނުމާއި، ވަކާލާތު ކުރުމުގެ ހުއްފަވެސް ދިނުމަށް ހުކުމުގައި އަންގާފައިވެއެވެ.
ދެން އެހެންވީރު ހުރިހާ ޖަރީމާއެއް ހިންގަންވީ ފޯނުބޭނުންކޮއްގެން. ފޯނުނުދިނަސް ކިޔޭނެއެކައްޗެއްވެސް ނޯންނާނެ. އެއީ ހެކި ފޮރުވުން ކަމަކަށްނުވެ. ހާދަ ސަޅިޔޭ އިންސާފް
އަޅެ ނިކަމެއްޗަކު އަތުގައި އޮތް ފޯނު ތަޙްޤީޤަށް ނުދިނިއްޔާ ތި ޙުކުމް އަންނާނީ ކިހިނެއްތަ؟
ވާހް! ނުފޫޒުނެތް ޖަސްޓިސް
ނުފިތޭ ......................
އޯކޭ. ދެން މަށެއްވެސް ނުދޭނަން ފޯނެއް.
ހައިކޯޓުން ކުއްވެރިންނަށް ތިޔަކޮށްޓަވައި ދެއްވީ ކުއްކުރުމުގައި އާމަގެއް!
މީގެ ނަތީޖާ ހިތިވާނެ. ވަރަށް ގިނަ މުޖުރިމުންނަށް ލިބުނު އުފާވެރި ހަބަރެއް. ކީއްކުރާނީ. ގައުމަށް ވުރެއް މުހިންމު މީހުން ވިއްޔާ.