2015 ވަނަ އަހަރު ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު، މުލީއާގޭ ކައިރީގައި ގޮވާ އެއްޗެއް ބޭއްވި މައްސަލައިގައި ޓެރެރިޒަމްގެ ކުށް ސާބިތުވެ ޙުކުމްކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން އެކެއްގެ ޙުކުމް، މިއަދު ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ކޯޓުން މިއަދު ބާތިލުކޮށްފައި ވަނީ ޙުކުމްކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ، މ. ހީރޯ، މުޙައްމަދު އުބައިދު އިބްރާހީމްގެ މައްޗަށް އިއްވާފައިވާ 17 އަހަރު ދުވަހުގެ ޖަލު ޙުކުމެވެ. އެ ޙުކުމް ބާތިލުކޮށްފައި ވަނީ އެ މައްސަލަ އުބައިދުގެ ފަރާތުން އިސްތިއުނާފު ކުރުމުންނެވެ.
މިއަދު ހައިކޯޓުން އިއްވި ޙުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި ފުލުހުން ހުށަހަޅާފައިވާ ހެކި ބަހަށް ބަލާއިރު އުބައިދު ދިރިއުޅޭ ގެ ބަލައި ފާސްކުރިނަމަވެސް އެގޭގެ އެއްވެސް ތަނަކުން މައްސަލައާއި ގުޅޭ ހެއްކެއް ފެނިފައި ނުވާކަމަށެވެ. އަދި މުލީއާގޭ ކައިރިން ނަގާފައިވާ ސީސީޓީވީ ފުޓޭޖަކުންވެސް އެދުވަހު އުބައިދު ފެނިފައި ނުވާ ކަމަށާއި، އުބައިދުގެ ގޭގައި ބޮން ހެދިނަމަވެސް، އޭނާ އެވަގުތު ގޭގައި ނޫޅޭކަން އެނގެން އޮންނަ ކަމަށް މިއަދުގެ ޙުކުމުގައި ބުނެފައި ވެއެވެ.
މި މައްސަލައިގެ ދަޢުވާ ލިބޭ ދެމީހަކު ވަނީ، ބޮން ހެދީ އެދެމީހުން ކަމަށް ކޯޓުގައި އިއުތިރާފްވެފައެވެ. ޙުކުމުން މިއަދު ސަލާމަތްވި އުބައިދުގެ ގޭގައި އެމީހުން އެ ބޮން ހެދި ނަމަވެސް، އޭނާއަށް އެކަން އެއްވެސް ވަރަކަށް ނޭނގޭކަމާއި އޭނާގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި ނުވާކަން އެމީހުން ބުނެފައިވާ ކަމަށް ވެސް ޙުކުމުގައި ބުނެފައި ވެއެވެ.
ޙުކުމުގައި އިތުރަށް ބުނެފައި ވަނީ، މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހުށަހަޅާ ޤަރީނާތަކެއް ކަމަށް ބަލަންވާނީ، އެކުށުގެ ޢަނަލުގައި އެމީހަކު ސީދާ ބައިވެރިވިކަން އެނގޭ ޤަރީނާތައް ކަމަށްވީނަމަވެސް، ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެކިވެރިއެއްގެ ހެކިބަހަކުން އަދި ޤަރީނާއަކުންވެސް އުބައިދު ޓެރެރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވިކަމެއް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ދަށު ކޯޓުން އޭނާއަށް އިއްވާފައިވާ ޙުކުމުގެ ބަޔަށް ބަދަލު ގެންނަން ނިންމައި އެބައި ބާތިލުކުރުމަށް ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން މިއަދު ވަނީ ޙުކުމްކޮށްފައެވެ.
މި މައްސަލައިގައި އުބައިދުގެ އިތުރުން ޙުކުމް އިއްވާފައިވަނީ، ހ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހު އާއި ތ. ތިމަރަފުށީ ވިލާ، ޒިހާން އަހުމަދު އަދި ހ. މިޓާޒް، ތަލްއަތު މުޙައްމަދަށެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އައިއީޑީ (އިންޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް) އެއް މުލިއާގޭ ކައިރީގައި އޮންނަ ނޫރާނި ގޯޅީގައި ޕާކުކޮށްފައިއޮތް ޕިކަޕެއްގެ ބެޓަރީ މަތީގައި ބޭއްވި މައްސަލައިގައެވެ. މި މައްސަލައާއި ގުޅިގެން ބޭއްވި ޝަރީޢަތުގައި އެމީހުން ބުނެފައިވަނީ އެއީ ގޮވާއެއްޗެއް ނޫން ކަމުގައި އާއި އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށެވެ.
މަހިތަށް އަރަނީ މިހުކުމަތައް ކުރި ގާޒީން ކުއްވެރި ނުވާނެ ބާއޭ!!
ދެން ކިނބޫ ވެރިކަމަށް އައިމަ މިގައުމުގަ އެއްވެސް ކުއްވެރިއެއް ނުހުންނާނެ އެންމެން ދޫކޮށްފަ ބަހައްޓާ ޙައްގު ވެރިން ތިދޫކުރަނީ ކޯޓް ތަކަށް އަތްބާނާ މީހުން މިހާރު ފެނޭދޯ ވަގު ވޯޓުން އިންތިޙާބް ކާމިޔާބް ކޮއްގެން މުޖުރިމުންވެސް ދޫކޮއްލާ ބޮޑު ކިނބޫ