އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ މިއަދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މަޖިލީހުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކެވެ. މި ބައްދަލުވުމުގައި ޓްރާންސިޝަން ކޮމިޓީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޓީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުމާއި ގުޅޭގޮތުން ހަސަން ލަތީފް ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިގެން ދިޔައީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމާ ގުޅޭ ކަންކަމުގެ މައްޗަށް ކަމަށެވެ.

އިބޫ ރައިސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އެމަނިކުފާނުގެ ބޭނުންފުޅުވެއެވެ. އެހެންވެ އެ ރަސްމިއްޔާތު ބޭއްވުމަށް ގަލޮޅު ދަނޑު ހަމަޖައްސާފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބައެއް ގައުމުތަކުގެ އިސްވެރިންނަށްވެސް މިހާރު ވަނީ ދައުވަތު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުރަބޯ

    މަކަރާ ޙީލަތްހަދައިގެން ހޯދާ ވެރިކަމުގައި ހުވާކުރަން ޖެހޭތަ؟

  2. ކެޔޮޅު

    އައި ލަވްޔޫ ހަޖަމު ވެބަލަ ތިމީހުން

  3. މޮޔައިންގެ ސިޓީ އައްޑޫ ސިޓީ

    އައްޑޫ ސިޓީ ވިއްކާލާށެވެ. އަދި އެ ސިޓީގެ ރައްޔަތުންވެސް އަޅުންގެ ގޮތުގައި ޗައިނާޔައް ވިއްކާލާށެވެ.އެއީ އެއްވެސް ބޭނުމެއްނެތް ބޭކާރު ސިޓީއެކެވެ. ވަރައްވެދުން!

  4. ޢަބްދުﷲ

    އެއީ ކާކުކަން ނޭނގޭ އާދައިގެ ދެރަނިކަމެތި މީކަހަކަށްވެސް އިޖުތިމާޢީ ނަޒަރަކުން ބަލައި، ރަނގަޅު ބަހެއް ބުނެވިދާނެއެވެ. އަދި ރަނގަޅު ކަމެއްވެސް ކުރެވިދާނެއެވެ. މިގޮތުން އައްޑޫ ސިޓީއަކީ، އެއްވެސް ބޭނުމެއްނެތް ބޭކާރު ސިޓީއެއްކަމަށް އެބުނަނީ، ސަރުކާރުން އައްޑޫސިޓީއަށް ތަރައްޤީ ގެނަސް ދެއްވުމަށްޓަކައި ކަންތައްތައް ނުކުރައްވާތީއެވެ.

  5. ޢަބްދުﷲ

    5 އަހަރުގެ ދައުރެއްގައި އަދާނުކުރެވޭ ވަރަށް ދަރަނި ނަގައި ނަހަމަގޮތުގައި ފައިސާ އިސްރާފުކޮށް ބޭނުންކުރުމުން ލިބޭގެއްލުންތަކާއި ކުރިމަތިލުމަކީ، އާސަރުކާރަށް އޮތް ވަރަށްބޮޑު ގޮންޖެހުމަކަށްވާނެއެވެ.