ރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ދީފައިވާ ބަޔާންތަކުގައި ސޮއިކޮށްފިއެވެ.

އެނގިފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ވަކާލާތު ކުރެއްވި ހުރިހާ ވަކީލުންވެސް އިއްޔެ ވަނީ ބަޔާންތަކުގައި ސޮއިކުރައްވާފައެވެ.

ސުޕްރީމް ކޯޓަށް ވައްދާފައިވާ އިންތިޚާބާއި ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަންގާރަ ދުވަހު ނިންމާލާފައިވާއިރު، ދެން އޮތީ މައްސަލަ އާއި ގުޅޭގޮތުން ޙުކުމް އިއްވުމެވެ. އެހެން ނަމަވެސް ޙުކުމް އިއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އިއުލާނެއް ނުކުރެއެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ޖުމްލަ ތިން އަޑު އެހުމެއް ބާއްވާފައިވާއިރު، އެންމެ ފަހު އަޑުއެހުން ފައްޓަވަމުން ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކި ބަލައިނުގަތުމަށް ނިންމަވާފައެވެ.

އިންތިޚާބާއި ގުޅޭ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގައި އިންތިޚާބާ ގުޅުންހުރި މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވާއިރު، މި މައްސަލައިގެ ހުކުމަށް މުޅި ދިވެހި ޤައުމު ދަނީ އިންތިޒާރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަނނިމަސް

  ދެންކުރާނެ އިންތިޒާރެއް ނެތް. މިހާރުނިންމުމަކީ ކޮބާކަން ގާތްގަނޑަކަށް އެނގޭނު؟ ނުކުރާގޮތައް. ޏުބާއްވާގޮތައް... ހެޕީ؟؟

 2. ސާބަސް

  ދެން ހުކުމް ލަސް ވަނީ ކީއްވެބާ؟ ކިޔާ އަޑު އިވޭ ބޮޑުގޯނި ދޭފަޅިއަކަށޭ އޮތީ.

 3. ޙައްގުބަސް

  މުޅި ސިސްޓަމް އެއްކޮށް ކޮރަޕްޓްވެފަ މިއޮތީ!! ރަގަނޅު އެއްތަނެއްވެސް ނެތް!! އެންމެ އާދައިގެ މީހާއިން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި ވިއްސާރަ ކޯޓްތަކާއި މިނިވަން މުއައްސަސާތަކާއި ވިޔަފާރި ވެރިންވެސް ކޮރަޕްޓްވެފަ!! ހަމަ އަގު ލިބޭއިރަށް ކޮންމެ ބަޔަކުވެސް ރަބާ ސްޓޭމްޕް ޖަހާލާ!! ބައެއް ކުށްވެރިން ޓްރާސްޕޭރެންސީ ދޮންނަ ކުނޑި ޖަހާލާފައި ހަމަ ދޮވެ ސާފު ހުދު ގޮތިކޮޅެއްހެން އެހަދާލަނީ!! އަނެއް ބަޔަކު ކާންބޯން ކުރާ ހަމަ އެކަނި މަސާއްކަތަކީ ސަރުކާރުގެ ވަޒީފާ އަދާކޮށްގެން ލިބޭ ފައިސާކޮޅު ކަމަށްވާތީ މަގާމުގެ ނުވަތަ ވަޒީފާގެ ބިރައްޓަކައި ކޮޅު ބަދަލުކޮށް މިމަޖުބޫރީޙާލަތުގައި ތިބެގެން ރޯ ބުހުތާނު ދޮގުވެސް ހަދަނީ!! އަންނަން އުޅޭ ވެރިކަމުގެ ކޮއިލުގެ ދުރު މީހަކު ބުންޏަސް ބުނާހާކަމެއް އުސޫލުން ބޭރުން މިދުވަސްވަރު މުއައްސަސާތަކުން ކުރަމުންދަނީ!! ކުރިން ހެޔޮ ރަގަނޅު އަދި ބަރާބަރު ހުރިހާކަމެއް މުޅިން އަނެއްކޮޅަށް ބަދަލުވީ!! މިއީ ދުނިގެ ދައްކާ ޙަގީގަތް!! ދެން އަހަރު ދެއަހަރެއްފަހުން އަނެއްކާވެސް ކޮޅުކޮޅު މައްޗަށް ހަޅޭލަވަމުން ވައްކަމޭ، އަނިޔާއޭ، ކޮރަޕްޝަނޭ، ގައުމު އިނދަޖެހެނީޔޭ ތަރައްގީއެއް ނުކުރެވެޔޭ، ސިއްޙީ ނިޒާމު އިނދަ ޖެހިއްޖެޔޭ، ދަރަނިވެރި ވެއްޖެޔޭ، ބޭރުގެ ނުފޫޒު ވަދެ ގައުމު އަޅުވެތިކޮށްފިޔޭ، އަވަށްޓެރި ގައުމަކަށް ހަރުމުދާ ވިއްކާ ހުސްކޮށްފިޔޭ، ފައިބާށޭ ގޮވާއަޑު މިގައުމުގައި ގުގުމާލާނެ!! ހަމަ ޙަގީގަތުގައިވެސް ފަސްއެނބުރި ގައުމުގެ ޙާލަތަށް ނަޒަރު ހިންގާލާއިރު ކަރުނައަޅާ ރޯ މީހުން ގިނަވާނެ!! އޭރު ގޮވާނެ ރައިސް ޔާމީނަކީ ސްޕަ ހީރޯއެކޭ!! ނަމަވެސް ވަގުތު އޮންނާނީ ފާއިތުވެގެންގޮސްފަ!! ކާރިގައުމުން އޮންނާނީ ހިންދެމި ނުލާވަރަށް ރާއްޖޭގެ “ކަރަށް” ފައިންއަރާފަ!! ވިސްނާ ބަޔަކަށް ނިކަން ރީތިކޮށް ޢިބުރަތް ޙާސިލުވާނެ!!

 4. އަފްލާ

  ޢިސްލާމީ ޝަރީޢަތަކީ ބޭރުފުށުން ހިނގާ އެއްޗެއް މިގައުމުގަ ކިތައްމީހުން މަރާތަ މީގެ ތެރެއިން މައްސަލަ ސާބިތުވަނީ ކިތައްމީހުންގެ މައްޗައް އޭގެ މާނައަކީ ބަޔަކު ވޯޓުން ވައްކަން ނުކުރެއެކޭ ނޫން ޝަރީއަތައް ސާބިތު ނުވިޔަސް ސާބިތުވާނެ އެހެން ދުވަހެއްވާކަން ދަަންނަންޖެހޭނެ ކޯޓުން ގިނަފަހަރައް މައްލަލަތައް ނިންމަނީ ޑިމޮކް ރަސީގަ ކަން އޮނނަ ގޮތައް އެހެންވެ އެއްވެސް މީހަކައް އިންސާފް ނުލިބެނީ ކިތައްމެ ބޮޑު ހެއްކެއް ހުށަހެޅިޔަސް ފުރަތަމަ ފަނޑިޔާރުންވެސް ބަލަނީ ޑިމޮކްރަސީއާ އެއްގޮތައް މިކަން ކުރެވޭތޯ އިސްލާމް ދީނުގަ ހުކުމްތައް އޮންނަ ގޮތެއް އެކަކުވެސް ބަލާކަށް ބޭނުމެއް ނުވޭ މީ ހަގީގަތަކީ