ރިޔާސީ އިންތިޚާބު ނިމުނު ނަމަވެސް ސިޔާސީ ތޫފާނުގެ ވައި އޮބިގެން ދިޔަ މަންޒަރެއް ނުފެނުނެވެ. ރިޔާސީ އިންތިޚާބަށް ފަހު، އިންތިޚާބުގައި ދެވަނަ ހޯއްދެވި ރައީސް ޔާމީނާއި، އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަވަނީ އިންތިޚާބުގެ ނަތީޖާ އާއި ގުޅޭ ގޮތުން ވަރަށް ބޮޑެތި ސުވާލުތަކެއް އުފައްދަމުންނެވެ. އެސުވާލުތަކަށް ބާރުލިބޭ ކޮންމެވެސް ވަރެއްގެ ހެކިތަކެއް ނުވަތަ ގަރީނާތަކެއް އެފަރާތްތަކުން ދަނީ ދައްކަމުންނެވެ.

މިހާރު ކުރަން ޖެހިފައި މިއޮތް ސުވާލަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން އުފައްދަމުން ގެންދާ ސުވާލުތަކަށް ޖަވާބެއް ނުދީ ކުރިއަށް ދާންވީ ހެއްޔެވެ؟ ނުވަތަ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން އުފައްދާ ސުވާލުތަކަށް ހަޤީޤީ ޖަވާބެއް ދިނުމަށް ފަހު ކުރިއަށް ދާންވީ ހެއްޔެވެ؟

އާންމު އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓްތަކުގައި ވޯޓް ލުމުގެ ޙައްޤަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫނު އަަސާސީގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިގެންވާ އަސާސީ ޙައްޤެކެވެ.

ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިމަބްދައަކީ މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ "އަލްއިޤްތިރާޢުލް ޢާންމު" ނުވަތަ "ޔުނިވަރސަލް ސަފްރިޖް" ގެ މަބްދައުކަން އެނގެން އޮވެއެވެ. މި މަބްދައުގެ އެންމެެ މުޙިއްމު އެއް ހައިޘިއްޔަތަކީ ވޯޓް ދިނުމުގައި ހަމަހަމަކަން އޮތުމާއި ވޯޓް ދިނުމުގެ ޝަރުޠު ހަމަވާ "ކޮންމެ މީހަކަށް އެއް ވޯޓް" ލެވުމުގެ އުސޫލު އޮތުމެވެ.

އެހެންކަމުން ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ އެތައް ހާސް ބައެއްގެ ފަރާތުން ހުށަހަޅާ ޝަކުވާތަކެއްގެ އަސްލެއް އޮތްތޯ ބެލުމަކީ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމް ވެގެންވާ ކަމެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދީފައިވާ އެކިއެކި އިންތިޚާބުތަކާއި ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ، ބިރުވެރިކަމެއް، ބިރުދެއްކުމެއްނެތި، ކޮރަޕްޝަނާއި ނުރަނގަޅު ނުފޫޒުން އެއްކިބާވެ އަމާން ކަމާއެކު ވޯޓުލުމުގެ އަސާސީ ޙައްޤު ބޭނުންކުރެވޭނެ މަގު ދިވެހިރައްޔިތުންނަށް ފަހިކޮށްދިނުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަންކަން ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއިން އެނގެން އެބައޮތެވެ.

ވޯޓުތަކުގެ ކަންތައް ހިނގަނީ އިންޞާފުވެރިކަމާއެކު ބިރުވެރިކަމެއް، ބިރު ދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނަގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު، ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމަޔަށް އަދާކުރެވޭ ގޮތަށްކަން، ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތެއްކަމަށް ވީނަމަވެސް އެމަސްއޫލިއްޔަތު އަދާކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އިހްމާލް ވެފައިވާ ކަމަށް އެތައް ހާސް ރައްޔިތުންނެއް ތުހުމަތު ކުރާނަމަ އެތުހުމަށް ޖަވާބެއް ހޯދައި ދިނުމަކީ ޤާނޫނު އަސާސީ އިންނާއި ޤާނޫނުތަކުން އުފައްދާފައި ހުރި މުއައްސަސާތަކުގެ މައްޗަށް ލާޒިމް ވެގެންވާ ކަމެކެވެ.

ދައުލަތުގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައިވާ އުޞޫލުގެ ބޭރުން، ދައުލަތުގެ އެންމެ އިސްވެރިޔާ އިންތިޚާބުކުރުމުގެ ފުރުޞަތު އޮވެއްޖެނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތުގެ އެންމެ އިސްވެރިޔާ ހޮވުމަށް ރައްޔިތުންނަށް ޤާނޫނުއަސާސީ އިން ލިބިދީފައިވާ އަސާސީ ޙައްޤަށް ހުރަސްއެޅި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ފަދައިން އިންތިޚާބުވެފައިނުވާ، ޤާނޫނީ ހައިސިއްޔަތެއްނެތް ފަރާތަކަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޒިންމާތައް މަތިކުރެވިގެން ދިއުމެވެ. މިފަދަ ކަންކަމަކީ މުޅި ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ހަލާކުވެގެން ހިނގައިދާނެ ކަންކަންކަމެވެ.

މިނިވަންކަމާއެކު އިޚްތިޔާރުކުރާ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގެ އަސާސީ ޙައްޤަށް ހުރަސްއެޅޭފަދަ ކަމަކާމެދު އުފެދޭ ޚިލާފުތައް ނުވަތަ ޚުޞޫމަތްތައް ބަލައި ފައިޞަލާކުރުވަނިވި ނިހާއީ ނިންމުން ނިންމުމުގެ އިޚްތިޞާޞް ދުސްތޫރީގޮތުން މަތިކުރެވިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮންނާތީ މިހާރު މިއޮތީ ސުޕްރީމް ކޯޓުން މިކަމުގައި ގޮތެއް ނިންމަން ޖެހިފައެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލް ކުރަން ޖުމްހޫރީ ޕާޓީ އިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެމައްސަލަ ބެއްލެވުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޤުލަބިއްޔަތުން އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް އަމުރު ކުރެއްވިއެވެ. ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލް ކުރެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ ވެސް ހާޒިރުގައި ފުލުހުން ތައްޔާރު ކުރެއްވި "ރިޔާސީ އިންތިޚާބުގެެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހިމެނޭކަމަށް ހުށަހެޅުނު މައްސަލައިގައި އަޅާކިޔުނު ލިސްޓުތަކުން ފާހަގަކުރެވިފައިވާ ކަންކަން ބަޔާންކުރާ ރިޕޯޓް" އަށެވެ.

މިފަހަރު 2013 ގައި ޖުމްހޫރީ ޕާޓީ އިން ކުރި ތުހުމަތުތަކަށް ވުރެ މާވަރުގަދަ ތުހުމަތުތަކެއް ރައީސް ޔާމީންގެ ފަރާތުން ކުރަމުން ދާއިރު މިތުހުމަތުތައް ފުލުހުންގެ އިދާރާ އިން ތަޙްޤީޤުކޮށް، އެތުހުމަތުތަކުގައި ބުރަދަނެއް ހުރިތޯ ސުޕްރީމް ކޯޓުން ބައްލަވަން ޖެހެއެވެ. ގޯސްކޮށް ކަމެއް ހިނގާފައި ނެތް ނަމަ، ހުރިހާ ސުވާލަކަށް ވެސް ޖަވާބު ލިބިގެން ދިޔައީއެވެ. އަދިވެސް މިދައްކަނީ ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ އަކު އިންތިޙާބު ކުރާ ވާހަކައެވެ. ގަދަބާރުން ހުދުމުހުތާރު ކަމާއި އެކު ވެރިޔަކު ވެރިކަން ކުރަން ފުރުސަތު ދޭ ވާހަކައެއް ނުދައްކައެވެ.

ޤާނޫނު އަސާސީ އިން ހިމާޔަތް ކޮށްދެނީ ހަމައެކަނި އަޑުގަދަ މީހާގެ ޙައްޤެއް ނޫނެވެ. މިދިވެހި ފަސްގަނޑަށް އުފަން، ދިވެހި ރައްޔިތެއްގެ ޙައްޤު އޮތް ހަމަ ކޮންމެ މީހެއްގެ ޙައްޤު ޤާނޫނު އަސާސީ އިން ހިމާޔަތް ކޮށްދެއެވެ. ރައްޔިތުންނަށް އެޙައްޤުތައް ކަށަވަރުވާކަން ޔަގީން ކުރުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ޒިންމާއެކެވެ. އޭގެތެރޭގައި ސުޕްރީމް ކޯޓު ވެސް ހިމެނެއެވެ.

ވޯޓްގެ ޙައްޤު ވެސް އެންމެނަށް ލިބެނީ އެއް ވަރަކަށެވެ. އެހެންކަމުން އެންމެންގެ ސުވާލުތަކަށް ވެސް ޖަވާބު ހޯދެން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މަރިޔަމް

    ވަކި ކޮޅަކަށް ޖެހުނަސް ތީބޮޑުވަރު.

    • ޙައްގުބަސް

      މިގައުމުގައި އެެއްވެސް ބަޔަކަށް ރަގަނޅު ގޮތުގައި އިންސާފު ލިބޭނެ ކަމަކަށްވެސް އަދި ހޯދައިދެވޭނެ ކަމަކަށްވެސް ނުދެކެން!! އެއަށްވުރެން ބޮޑަށް މިގައުމުގެ ހުރިހާ މުއައްސަސާއެއްހެން މިވަނީ ނުފޫޒުތަކެއްގެ ތެރެއަށް ގެނބި ހުސްވެ އަދި ކޮރަޕްޝަންގެ ނުބައި ވަކިތަކުން ސަލާމަތްނުވެވޭ ހިސާބުގައި! ކިހިނެތް އިންސާފު ހޯދާނީ!! އިންސާފަކީ ބަދަލުވާއިރަށް ބަދަލުވާ އެއްޗަކަށް މިވަނީ ވެފަ!! ކޮރަޕްޝަނާ ނުފޫޒު އަދި ވަޒީފާގެ ބިރުވެރިކަން ނަޫން އެހެންކަމެއްނެތް!!

  2. ވޯރޑްސް

    މަމެން ޕިންކީން ސްޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ގާތުން ރޮއި އާދޭސް ކޮށްފައި މިއެދެނީ މިފަހަރު ރިޔާސީ އިންތިޚާބުގެ ނަތީޖާ އަކީ އެއީ މޭކް އަޕް ކޮށްފަިއވާ ވަރަށް ނުބައި ގޮތަށް އިންޑިއާ އާއި ގުޅިގެން ވޯޓް އިން ވައްކަން ކޮށްގެން އިދިކޮޅު އެމްޑީޕީގެ އިބޫ ހޮވުނީ ކަމަށް ނިންމައިގެން އުޅޭ އިންތިޚާބެކޭ މީގައި އެންމެ މުހިއްމު ވަގުންގެ ރޯލް ކުޅުނީ އެއީ އިލެކްޝަންސް ކަމިޝަންގެ 5 މެމްބަރުންނޭ އެމެންވައްތަރީ ބޮޑަށް ފަސްމާމުލު ފަސްވަގުންނާއި އޭ އެއީ އޭ ސީދާ މިހާރު ފެންނާން އޮތް 96 ހާސް މީހުންގެ ބުނުމަކީ ކަން މިހެން ހުރުމުން ސްޕްރީމް ކޯޓުގެ 5 ޖަޖުން ކިތަންމެ ވަރަށް ބޭރުގެ ނުފޫޒު އައި ނަމަވެސް އަދި ކަޓްގެ ގޮތުގައި ކިތަންމެ ފައިސާ އެއް ދިން ނަމަވެސް އެއަށް ނުލެނބި މިގައުމުގެ މިނިވަން ކަން ދެމެހެއްޓުމަށް ޓަކައި މިފަހަރު ރިޔާސީ އިންތިޚާބުގެ ކަންކަން ހިންގާފައިވާ ގޮތް އިންވެސްޓިގޭޓް ކުރަން ފުރުސަތު ދެއްވާނެ ކަމަށޭ މަމެން މިދެކެނީ ދިސް ލައިފް އިޒް ސްޕާރކްލިންގް ކޮޒް އޮފް ޔޫ ދިސް ލައިފް އިޒް ފްލޯލެސް ކޮޒް އޮފް ޔޫ ޕްލީޒް ޑޯންޓް ލީވް އަސް އެން ޕްލީޒް ޑޯންޓް ލެފްޓް އަސް ބިހައިން އޯލް އައި ކޭން ސޭ އިޒް ދެޓް އައި އޭމް އެކްސްޕެކްޓިންގް ފޯރ ޔުއަރ ސްވީޓް ޑިސިޝަން ދީސް އާރ ދަ ވޯރޑްސް އައި ހެލްޑް ބެކް...

  3. ނަވާޒު

    ބޮޑުތަނުން ބަލިވީމަ ލިބުނުޖަވާބު ކުޑަތަ

    • ހަމަހޭ

      ހަމަހޭ ހުރެބަލަ.އޮޅިވާލިއޭ މި ކިޔަނީ.ބޮޑު ތަނުން އޮޅުވާލިޔޭ

  4. ޙިޔާލު

    ހައްގު ހޯދާ ދެފައި ދޭތެރެއިން

  5. ލުކްލުކް

    ރާއްޖޭގެ ހިސްޓްރީ ބުކް ޕޭޖް އިން މުހިއްމު ސޮފްހާ އެއް ލިޔަން މިއުޅެނީ މިމަހު އެގޮތުން ރާއްޖޭގެ 96 ހާސް ރައްޔިތުން ޑައިރެކްޓް ކޮށް ސްޕްރީމް ކޯޓުގައި ރޮއި އާދޭސް ކުރަމުން ދަނީ މިފަހަރު ރިޔާސީ އިންތިޚާބުގައި ވޯޓް އޮޅުވާލާފައިވާ ކަމަށް ޝައްކު ކުރެވޭތީވެ ސްޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުން އެކަން ޕޮލިހުން ނާއި ގުޅިގެން ކޮށް ދެއްވުމަށް އެކަން ކުރަން އެދުނީ ވެސް ރާއްޖޭގެ ހާކިމާ އޭ މިކަން މިއަދު ނުކޮށްފިނަމަ ރާއްޖެ ބަދަލުވާނީ އަފްއާނިސްތާނަށޭ ބަލާތި އަފްއާނިސްތާން ވެސް ބޮއްސުން ލައިގެން ދިޔައީ އިންޑިއާ އަޑީގައި އޮވެގެން އެގައުމުގެ އިލެކްޝަންސް ކަމިޝަން އަށް ރިޝްވަތުގެ ފައިސާ ދީގެން ވަގު ވޯޓް އިން ރައީސް އަކު ހޮވުމުންނޭ މިކަން ކަން ސްޕްރީމް ކޯޓުގައި ތިއްބެވި 5 ފަނޑިޔާރުން ބައްލަވާނެ ކަމަށް މަމެން މިދެކެނީ ތިޔާ 5 ފަނޑިޔާރު ނަށް ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރު ކަން ދިނީ ވެސް މަމެން ނޫންތޭ.

  6. ދުވަސްދާނެއޭ

    ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި 10 ރިޔާސީ އިންތިޚާބު ކަޑައްތު ވަން ދެން އެކަން ކުރަން ޖެހޭނީ ސްޕްރީމް ކޯޓުގެ ގައިޑް ލައިނެއް އޮވެގެންނޭ ސަބަބަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކަމިޝަން އާއި ގުޅިގެން އިންޑިއާ އިން ވަރަށް ބޮޑަށް ވޯޓް ކަރުދާސް ތަކާއި ކުޅުމާއި އިންތިޚާބުގައި އިންޑިއާ އިން ހަދާ މަކަރު ރާއްޖޭގައި ވެސް ހަދަން ދަސް ކޮށްދެމުން ދާ ކަމުގެ އަޑު ތައް ފެތުރިފައިވާތީވެ މިކަން އިންވެސްޓިގޭޓް ނުކޮށް މިއަދު ދޫކޮށްލައިފިނަމަ ދިޔާދޯ.

  7. އާޒިމާ

    ސުޕްރީމު ކޯޓުން މިމައްސަލައަށް ފަރުވާލިބިގެންދާނެ! އެކޮއަކަށް ނޭންގޭނެ ސުޕުރީމު ކޯޓުން ކަންކުރަންވީގޮތެއް!

  8. ރައްދު

    އެންމެންގެ ހައްގު ކަށަވަރުކުރަން ޖެހެއެވެ
    އަޑުގަދަމީހާއަށް ނުހައްގުން ފުރުސަތު ދެވިގެން ނުވާނެއެވެ އަދުލުއިނސާފުގެ ކުރިމަތީގައި
    އަޑުގަދަމީ އާއިމަޑުމައިތިރިމީހާ ހަމަހަމައެވެ އަޑުގަދަ މީހާގެ ކޮޅާށް އިތުރު އެއްޗެއްނެތެވެ.

  9. ދިސްވޭއޭ

    ރާއްޖެ އިގްތިސާދީ ގޮތުންނާއި އަދި އިޖްތިމާއީ ގޮތުން ކުރިއަރައިގަނެގެން ގޮސް ލަންކާ އަދި އިންޑިއާ ގެ އިގްތިސާދު ފަހަނައަޅާ ދާން އިންޑިއާ އިން ވެސް ބޭނުމެއް ނޫން އަދި ލަންކާ ވެސް ބޭނުމެއް ނޫން ކަން މިހެން ހުރުމުން މިގައުމުގެ ރިޔާސީ އިންތިޚާބުގެ ތެރެެއަށް އެ ދެގައުމުން ވަދެގެން ސްޕެޝަލީ އިންޑިއާ އިން އިދިކޮޅު ފަރާތް ތަކާއި ގުޅިގެން ވަދެ އިލެކްޝަންސް ކަމިޝަން ގެ ބޮޑުންނާއި ގުޅިގެން ރައްޔިތުންލާ ވޯޓް ކަރުދާސް ކޮޅުގައި އެމެންލާ ވޯޓް އިން ވައްކަން ކޮށްގެން ރާއްޖޭގެ ރައީސް ކަމަށް އެމެންގެ ގޮނޑި ކޮއްކޮ ސަރުކާރު ގެންނަން އެއްގޮތަކަށް ވެސް އެފުރުސަތު އިދިކޮޅު ފަރާތް ތަކުން ސްޕްރީމް ކޯޓުގެ ޖަޖުން ނަށް ކިތަންމެ ބޮޑު އޮފަރ އެއް ދިން ނަމަވެސް އެކަން އެގޮތަށް ކޮށް ގެން ނުވާނެއޭ ގައުމުގެ މިނިވަން ކަން ގެއްލޭނެއޭ މިފަހަރު ސްޕްރީމް ކޯޓުން މިކަން އިންވެސްޓިގޭޓް ކުރަން ފުރުސަތު ނުދެއްވައިފިނަމަ 1 ހަފްތާ ތެރޭ އިންވެސްޓިގޭޝަން ނިމޭނެއޭ ދެން އެއަށް ފަހު ގައި ސްޕްރީމް ކޯޓުން އިންތިޚާބާއި މެދު ގޮތެއް އިންވެސްޓިގޭޝަން އަށް ބަލާ ނިންމުމުން ރަނގަޅުވާނެއޭ އެއީއޭ އެކަން ކުރަން ޖެހޭނެ ގޮތަކީ..

  10. އިންޑިއާއިން

    ވ ރަނގަޅު ވާހަކައެއް

  11. Anonymous
  12. ސަޢުދު

    ބޮނޑިބަތް ކެއްކި ބަޔަކަށް އިނގޭނީ ކޯއްޗެއް އަޅައިގެންކަން ކެއްކީ. ދެން ކައްކާފަ ހިތިރަހަ ލައިގެން ބަޔަކު ނުކޭމަ ބުނާނެކަމެއްނެތް ޝަރީފާ ދުން ގަންނަވާލިއްޔޭ..

  13. އޮޅުވާލިވޯޓް

    މަށަކީ ވެސް ދިވެހިދަރިއެއް މަގޭޙައްގަށް އުނިކަމެއް އަންނަގޮތަށް ސްޕްރިމްކޯޓް ވިއަސް ވިއްސާރަ ކޯޓެއް ވިއަސް ނިންމުމަކީ މަގޭޙައްގަށް އަރާގަނެވުނީކަން ހަދާންކޮށް އިންސާފުން ތިކަން ނިންމެވުންއެދެން

  14. ޜިޒާ

    ކޯލިޝަންއަށް 35000 ވޯޓު ލިބި ބޮޑުތަނުން މޮޅުވެފައިވާ ކަމަށްވާނަމަ ކީއްވެގެންތޯ އިންތިޚާބު ބާތިލްކޮށް ދެވަނަ އިންތިޚާބަކަށް ދާން ކޯލިޝަން ފަސްޖެހެނީ...

  15. ޑާޑާޑާޑާ

    އީސީން ނާޖާއިޒު ފައިދާ ތަކެއް ނެގިކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަ ވޯޓް ކަރުދާސް ތައް ޗާޕް ކުރުމުގެ ކުރިން އެމެން ހުންނާނީ މޭޒު ދަށުން ދަމާ ކުޅެގެން މިލިއަނުން ދަމާލާފައި ކަަމަށޭ މަމެން މި ދެކެނީ މަމެން އުއްމީދު ކުރަމޭ މިހާރު ސްޕްރީމް ކޯޓުގައި ވެއިޓް ލިސްޓް ކޮށްފައިވާ ވާރޑިކްޓްގެ ސަބަބުން ދެން ދާއިމަށް އިލެކްޝަންސް ކަމިޝަން ތެރޭން ކޮރަޕްޝަން ފުހެވިގެންދާނޭ ކަމަށް މަމެން ހޭޓް ކޮރަޕްޝަން ދޯ ޑާޑާޑާޑާ ޑާޑާޑާޑާ ހޭޓް ކޮރަޕްޝަންދޯ ގުޑްގުޑް.

  16. Anonymous

    އަހަރެން އަޒުމުކަނޑައަޅައިފިން ދެން ދުވަހަކުވެސް އެއްވެސް ފަރާތަކަށް ވޯޓެއް ނުދޭން، ކިއުގަ ޖެހިގެން ގަދައަވީގާ އެތައްއިރެއްވަންދެން ބުރާންތިވިފަހުން ވޯޓެއް އެޅޭވަރުވަނީ، މިހާ ބުރައުފުލައިގެންވެސް ވޯޓުއަޅަނީ ކޮންމެހެން ވަކިމީހަކަށް ވޯޓުދޭން ބޭނުންވާތީ، އެހެންނަމަވެސް އާޚިރު ނަތީޖާއަކީ އަހަރެންލީ ވޯޓުދެވުނީ އަހަރެން ވޯޓުދިން މީހާއަށްބާއޭ؟؟ ނޫންނަމަ އެވޯޓު ދިޔައީ އަހަރެން ވޯޓުދޭން ބޭނުންނުވާ މީހާއަށްބާއޭ؟؟؟ވީމާ އެއްވެސް ޔަގީންކަމެއް ނެތްކަމަކަށް ބުރައުފުލާކަށް ބޭނުމެއްނުވޭ،

  17. ސީނު

    މަވެސް ވޯޓްލިން. ސުވާލުތަކަށް ޖަވާބުދާރީވެދީ އީސީ، މީހެއްގެ ހައްގަކަށް އަރައިގަނެފިއްޔާ އޭގެ ސަޒާލިބޭނެ. ރަނގަޅުގޮތަކީ އެކަން ރަނގަޅުކޮށް މާފަށް އެދުން. ޖަވަބުދާރީ ނުވާހިނދަކު އަހަރެންގެ މާފެއް ނެތް

  18. ޕިންކީން

    ޕިންކީން ތިބީ އިލެކްޝަން ކޮމިޝަނުގައި.
    ޝަރީފު އަކީ ބޮޑު ޕިންކީ އެއް.
    ޕިންކީން މުޅި އެތި ކޮންޓްރޯލް ކުރީ.
    ރީދޫ މީހުން ކީ އެކައްޗެއްވެސް އަޑު ނާހާ ގަދަ ބަސް ބުނަމުން ދިޔައީ. އެންމެ ފަހުން ޖެހުނީ އިންސާފުން ވޯޓް ކަންތައް ގެންދަން.
    އާޚިރުގައި ޙައްގަށް ނަސްރު ލިބުނީ. އަލް ހަމްދުލިއްލާހި.
    މަރުހަބާ. މަރުހަބާ ޖަޒީރާ ރާއްޖެ.

  19. ާ

    ޥަރައް ރަގަޅު ވާހަކައެއް

  20. އަބްޅޯ

    ނުބަލާނެ މުޅި ގައުމު އެމް.ޑީ.ޕީން ފަސާދަކޮށްފި...

  21. ޑާޑާޑާޑާ

    އިލެކްޝަންސް ކޮމިޝަނުން ނާޖައިޒު ފައިދާތަކެއް ނެގި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވާނަމަ އޭސީސީ ކޮބައިތޭ އޭސީސީ އޮތީ ނިދާފައިތޭ ޕީޕީއެމްގެ އިސް މެމްބަރުން ތިބީ ނިދާފައިތޭ ކިއެއްވެތޭ މިމައްސަލަ ބަލާ ދިނުމަށް ޓަކައި އޭސީސީ އަށް މައްސަލަ ހުށަނާޅަންވީ ހުށައަޅަންވީ ނޫންތޭ ޕީޕީއެމް އިން މިމައްސަލަ ބަލާ ދިނުމަށް އޭސީސީ އަށް ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހުގައި މަކަރާއި ހީލަތްހަދާ ގޮތަށް އެކަން ކުރުން އެއީ ކެތްކުރެވޭނެ ކަމެއް ނޫނޭ ޑާޑާޑާޑާ ޑާޑާޑާޑާ..

  22. ނުރަބޯ

    ވަރަށް ރަގަޅު ބަޔާނެއް.

  23. ހުސެން

    ހައްގު އޮންނާނީ ވޯޓުން ވައްކަންކުރި މީހުނައް. އިންތިހާބީ ސަރުކާރުގެ ވިސްނުމަކީ ބަލިވިމީހުން ބަލިވިގޮތްބަލާކައް ނުޖެހެ. އެހާވެސް އިންސާފުން ކަންތައްކުރާ ބަޔަކު ވޯޓުން ވައްކަންކޮއްގެން މޮޅުވެފައެތީބީ. ވަގުންގެ ސަރުކާރު އޮޔާދާންފެސީމަ އިންސާފޭ ރައްޔިތުންނޭ ކިޔާފަ ނުގޮވާތި، ވައްކަން ކޮއްގެން ތިވެރިކަމުގަ އަބަދުތިބެވޭނެ ކަމައްހީކުރަންޔާ ތީވަގުންނައް ވިސްނޭ ވަރައްބޮޑު އޮޅުމެއް. ވޯޓުން ވައްކަން ކޮއްގެން ވެރިކަމައް ހުވާކުރާ ރައީސް ވާނީ ވަގުންގެ ރައީސްއައް.

  24. މެމްބަރު

    ކެނެރީގޭ މުޖުރިމު އަންނި އެމްޑީޕީ ގައި އުޅޭހާ ދުވަހަކު މިގައުމަށް ހަމަޖެހުމެއް ނެތް.

  25. އަސް

    ނޫސްވެރިޔާގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ސައުދީގެ 100 މިލިއަން ޑޮލަރު އެމެރިކާ އަށް ދީފިނަމަ މިއިން އެގިގެން ދަނީ އެމެރިކާ އާއި އިނގިރޭސިން ނޫސްވެރިޔާ ގެއްލިގެން ކަމަށް ބުނެ ފަތުރަނީ އެއީ ޕްރޮޕެގެންޑާ ކަމަށް ތިޔާ 100 މިލިއަން ޑޮލަރު ސައުދީ ދަމައިގަންނާނެއޭ ތެލުގެ އަގު ބޮޑު ކޮށްގެން ސައުދީ އާއި ނުކުޅެވޭނެއޭ މުޅި ދުނިޔެ ކުޅެލަން އުޅުނަސް އެތަނޭ މިހާރު ފެނިގެން ދަނީ ވަޓް އެބައުޓް ނައު ވަޓް އެބައުޓް ނައު ހޯއް ހޯއް ހޯއް

  26. އިބްރާ

    މީ ޖަޒީރާ ރާއްޖެ އެއް ނޫން ކޮއިފުޅާ، މީ ދިވެހި ރާއްޖެ.
    ޢިނގިރޭސި ބަހުން ކިޔަނީ މޯލްޑިވް އައިލެންޑްސް