ސިނަމާލެ ބުރިޖު މަތީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެސައިކަލެއް ޖެހި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގީ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

އަނިޔާވި ތިން މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ބުނީ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 27 އަހަރުގެ ފިރިހެނަކަށާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ އަންހެނަކަށް ކަމަށެވެ.

ތިން މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 20:30 ހާއިރުއެވެ.

އެކްސިޑެންޓާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލިބެއްޔާާ

    ބަލައިގެން އުޅެންވެއްޖެ.

  2. ާއަލީ

    ތިކަމުގެޒިންމާ ޔާންޓޭ ނަގަންޖެހޭނެ

  3. ފައިސަލް

    އޯވަރޓޭކުކުރުމަކީ ބުރިޖު މަތިން ދުއްވާއިރު މަނާކަމެއް. ވީމާ 3 މީހުންގެ ބޭސްފަރުވާއަށް ޒިއްމާވާންޖެހޭނީ އޯވަރޓޭކުކުރި މީހާ. އަނެއް 2 މީހުންނަށް އާސަންދައިންކުރާ ޚަރަދު އޭނާ އަތުން ހޯދަންޖެހޭނެ.

  4. ބަކުުުޖު

    ކިކޭ މީހަކު މަރުވިއްޔޭ!

  5. ޙނ

    އޯވަރޓޭކް ކުރުން މަނާކުރޭ

  6. އެކަމަކުވާ

    ޔާމީނުގެ އަނިޔާވެރިކަން ހާދަހާ ބޮޑޭ.