އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ހުވާ ކުރައްވާނީ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައެވެ. އެހެންކަމުން ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާނީ ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިންނެވެ.

ރީކޯ މޫސަ މިއަދު ވަނީ ވެރިކަމުގެ ބާރުތައް ބަދަލު ކުރުމަށް އިބޫ އުފައްދަވާފައިވާ ކޮމެޓީގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާ އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މޫސަ ވިދާޅުވީ 11 ވަނަ ދުވަހު އިބޫ ހުވާ ކުރެއްވުމުގެ ކަންކަން ހަމަޖައްސައި ދެއްވުމަށް އެ ކޮމެޓީން އެދުނު ކަމަށާއި އެދުވަހު ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހޭނެ ކަމަށް އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށެވެ.

"ޖުމްހޫރީ ދުވަސް އެއީ. އަދި މި އަހަރުގެ އެ ދުވަސް މިވަނީ މިއީ ޖުމްހޫރިިއްޔަތަށް 50 އަހަރު ފުރޭ ދުވަހަށް. އަދި މިފަހަރު ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ވެސް މި ވަޑައިގަންނަވަނީ މަޖިލީހުގެ ދެ މެމްބަރެއް.އަޅުގަނޑު ވެސް ގަބޫލު ކުރަނީ އެ ދުވަހު ހުވާ ކުރެއްވުން ބޭއްވެން ވާނެ ކަމަށް. އެގޮތަށް އަޅުގަނޑު މަޖިލީހުގެ ރައީސަށް ލަފާ އަރުވާނަން." މޫސަ ވިދާޅުވި އެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓް ސުޕްރީމް ކޯޓުން ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމާއި އަދި ފަހުން ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ ކަންތައް ދިގުލައިގެން ގޮސް އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމީ ނޮވެމްބަރ 16 ވަނަ ދުވަހު އެވެ. އެހެންކަމުން ރައީސް ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރ 17 ގައެވެ.

ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މީލާދީ ފަސް އަހަރު ކަމަށް ބުނެފައި އޮންނާތީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރ 17 ގައި ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީންގެ ރިޔާސީ ދައުރު ނޮވެމްބަރ 11 ވަނަ ދުވަހު ހަމަވެ، އާރައީސަކު އެދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެއެވެ.

މޫސަ ވިދާޅުވީ 2013 ވަނަ އަހަރު ނޮވެމްބަރ 11 ވަނަ ދުވަހު ރައީސް ޔާމީނަށް ހުވާ ނުކުރެވުނު ނަމަވެސް މިފަހަރު އިބޫ އަށް ނޮވެމްބަރ 11 ވަނަ ދުވަހު ހުވާ ކުރެވެން ވާނެއެވެ.

"އޭރު ކަން ދިމާވި ގޮތުން އެ ތާރީޚުގައި އެކަން ނުކުރެވި ދިޔަޔަސް، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރު އެބަޖެހޭ އެ އުސޫލު އަނބުރާ ރުޖޫއަވާން. ސަބަބަކީ އެއީ އަޅުގަނޑުމެން ގާނޫނު އަސާސީ ހެދިއިރު އެކަން ލިޔުނު ގޮތް." މޫސަ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢަފްލާ

    ހާދަ އަވަހަކަށް ތިތެޅި ގަތީ އަނެއްކާ މޫސަޔަށް އިންސާފް ލިބުނީތޯ

  2. ޙުސްނާ

    ދިވެހިއެތައްރައްޔިތުން އެބައެދޭ އެމީހުންގެ ވޯޓައްވީގޮތްބަލަން އެކަންވީގޮތްބަލާފަ ނޫނީ ރަގަޅުކަމެއްނޫން ހުވާކުރާކަށް

  3. ކޮބާތޭ

    ކޮންމެހެން ގާނޫނީ ގޮތުން ނުޖެހޭނެ ރިޔާސީ ދައުރުގެ 5 އަހަރު ނިމެން 5 ދުވަސް ކުރިން ރިޔާސީ ދައުރު ނިންމަން 5 ދުވަހަކީ އެއީ ވަރަށް ގިނަ ދުވަހުއެވެ. ރާއްޖޭގެ ރައްޔިތުން 5 އަހަރުގެ ދައުރަކަށް ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވީ އެއީ 4 އަހަރާއި 11 މަހާއި 25 ދުވަހަށް ނޫނެވެ. އެއީ އެކަން އޮންނަން ޖެހޭނެ ގޮތް ދިސްވޭ އިޒް ދަވޭ. މަޖްލީހުގެ ދެމެމްބަރުން ރައީސް އާއި ނައިބްރައީސް އަށް ވުން ތިޔާއީ ބޮޑު ގޯހެކޭ މަޖްލީހުގެ މެމްބަރު ކަން ދޫކޮށްލަން ޖެހޭނީ އެމެން ރައީސް އާއި ނައިބް ރައީސް ކަމަށް ކުރިމަތި ލާން ޖެހޭނީ ވެސް މަޖްލީހުގެ މެމްބަރު ކަން ދޫކޮށްލުމަށް ފަހު އެވެ. މަޖްލީހުގެ މެމްބަރުން ކުރާ މަސައްކަތަކީ ކޮބާތޭ އެއީ މަމެން ކުރާ ސުވާލަކީ.

  4. މަރީ

    މޫސަ 11 ވަނަދުވަހު ހުވާކުރައްވަނީ ޔާމީނުތޯ މިހެން ބުނަންޖެހުނީ މޫސަ ވިދާޅުވީ އުކުޅު ބޭނުން ކޮއްގެން ވެރިކަން ހޯދާދޭން އިގޭކަމަށް އެހެންވެ އަޅުގަނޑު ހީކުރީ ރައީސް ޔާމީން ކަމަށް ހުވާކުރައްވަނީ އެހެންނޫން ދެއްތޯ ސޮރީ މިކަހަޅަ ފޮނި ކަޑާފަ ޔާމީން ސިކުޑިޔަށް ވަދެގެން ޔާމީން ޅައްވާ އާއިޅީމީހުން ޖަޅައް ޅާފަ މިތުރުން ޖަޅައް ޅާފަ ދެން އިންތިޙާބު ކާމިޔާބު ވާނެގޮތެއް ބުނެބަޅަ ޔާމީން ކާރީގަ ތިބީ އިޙުޅަާސްތެރިންނެއް ނޫން ކަން އެގިއްޖެ ދެއްތޯޅ ސަޅާމް

  5. ދައްޖާލު

    ކޮބާތަ ދެބަންދިހާރަވެފަ ހުންނަ މަސީހު!

  6. ޢިބުރަެ

    މޫސަ އެމްޑީފީން ބަލައިގަނެފިއްޔާ މިރަށް އެއްކޮށް އިދިކޮޅަށް އަރާނަްން ވަރަށްވާހަކަ

  7. Miadhu

    އަޅުގަނޑަށްފެންނަނީ މިފަހަރު ނޮވެމްބަރ 17 ހަދާފައި އައުސަރުކާރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުގައި ނޮވެމްބަރ 11 އަށް އެއީ 2023 ނޮވެމްބަރ 11 އަށް އަލުން ރުޖޫއަވާން

  8. Miadhu

    މަޖިލިސް އިންތިޚާބުގެ ކުރިން މޫސަ އެމްޑީޕީ އަށް ސޮއިކުރާނެދޯ

  9. ފަސްމާމުލު ފަސް ވަގުން

    އެއީ ކީއްކުރަން ނޮވެންބަރު 11 ގަ ހުވާ ކުރަނީ؟ މިހާރުވެސް ކުރަންވީނު. ހުވާ ކުރުމަކީ އެމީހަކު ބޭނުން އިރަކު ކުރެވިދާނެ އެއްޗެއްނު. މަނައެއް ނޫނެއްނު. އެހެނެް ނޫނަސް ވޯޓުވެސް ހޯދީ 2008 ގަވެސް ހޯދި ގޮތަށް ވައްކަން ކޮށްގެން ވަގަށް ނަގައިގެން ވިއްޔަ.

  10. ާއަހްމަދު

    ދިވެހިގާނޫނުއަސާސީގައޮންނަނީ ވެރިކަމުގެ ދައުރަކީ ފަސްއަހަރުގެ ދައުރެއްކަމަށް އެހެންއޮށްވާ ހަތަރުއަހަރާއެގާރަމަހާ ފަންސަވީސް ދުވަހަށް ރިއާސީ ދައުރު ހަނިކުރެވޭނެބާ އެހެންކަމަށް ވަންޏާ ގާނޫނުއަސާސީ ބަދަލުކުރަންޖެހޭނެ

  11. މަވެސް ތާއީދު

    ރަގަޅު ވާހަކަ އެއް

  12. ހާމާނު

    މޫސަ! ތީއެއްވެސް ކަމެއް ނޫނޭ. ގާނޫނުއަސާސީއަކީ އިންސާނުން ހަދާފައޮތް ކުޅޭކުޅޭ އެއްޗެއް. މިރޭ ދަންވަރު ޓިޕެކްސްފުޅިއެއް ހިފައިގެން މަޖިލީސް ހުޅުވާފަ ތަންތަނުގަ ޓިޕެކްސް ޖަހާލީމަ އެ ނިމުނީ. އޭރުން ދެން އޮންނާނީ "އެހެންނަމަވެސް" މިދައުރު ނިމޭނީ ނޮވެންބަރ އެގާރައިގައޭ. ސިންޕަލް!

  13. ޢަފްލާ

    ވަގު ވޯޓުން ވަގު ހުވައެއް ކޮއްގެން ވެރިކަމަށް އަންނަން ހެޔޮނުވާނެ ﷲ ހެކިކޮށް ވަގު ދޮގު ހުވައެް ކޮއްފިއްޔާ އެކަލާނގެ އކަން ދެނެވޮޑިގެންވާނެ އެއްގޮތަކަށްވެސް ވެރިކަމުގެ ހުވާ އިބޫ ލައްވާ ކުރުމަކީ ކޮއްގެން ވާނެ ކަމެއްނޫން އުއްތަމަ ފަނޑިޔާރަށް މިދަންނަވަނީ ބޮޑު ދޮގު ހުވައެއް އިބު ލައްވާ ނުކުރެއްވުމަށް

  14. ޢަބްދުﷲ

    މޫސަ އެބުނަނީ، ޤާނޫނުގައި ބުނެފައިވާ އެއްޗެއް ހަމައެގޮތަށް ނަމަވެސް، 2013 ގައި ޢަމަލުކޮށްފައިވާ ފަދައިން 2018 ގައި ޢަމަލުކުރައްވާނަމަ، ހުވާކުރައްވާނީ، 17 ނޮވެމްބަރުގައި،

  15. Anonymous

    މޫސަވެސްހުވައި ކުރަންވީ އެގެއެއްނޫންތަ؟ ހުވައި ކުރަން