ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޕްރިންޓުކުރަން އެމް-7 އަށް ދިނީ ވަގުތު ނެތުމުން އެނޫން ގޮތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވުމުން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މުނައްވަރު ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ރިޔާސީ އިންތިޚާބަށް ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް އެމް-7 އަށް ދިނީ ވޯޓުލާން އޮތް ތާރީޚުގެ ދެ ހަފްތާ ކުރިން ކަމަށެވެ. އަދި ވިދާޅުވީ ފިނޭންސް މިނިސްޓަރުގެ ޙައިޞިއްޔަތުން ޚާއްސަ ހުއްދައެއް ދޭންޖެހުނީ އިންތިޚާބު ފަދަ ރައްޔިތުންނާއި ގުޅުން ބޮޑު ކަމެއްގައި އެކަން ކުރުމުގެ ނިޔަތުގައި ކަމަށެވެ. އެއްވެސް ގޮތަކަށް އެކަމުގައި އިލެކްޝަނުން ކަމެއް ކުރިއާލާ ރާވައިގެން އުޅޭ ކަމެއް ނޭނގޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކުން ބުނަމުން އެބަދޭ ފިނޭންސް މިނިސްޓްރީ އިން ހާއްސަ ހުއްދައެއްގެ ދަށުންނޭ މިކަން ނިންމާފައި މިވަނީ. އެކަމަކު އަޅުގަނޑުމެން މީގެ ހަގީގަތް ރަނގަޅަށް ބަލާއިރު މިއީ ވަކި ފަރާތަކަށް ދިނުމަށް މަގުފަހިކުރުމަށްޓަކާ ކޮށްފައި އޮތް ކަމެއްގެ ގޮތުގައި (މިހާރު އެނގިފައި ވަނީ). އެއީ ފިނޭންސް މިނިސްޓްރީ އިން ހަގީގަތުގައި މި ޕްރޮޖެކްޓް އެބޭފުޅުންނަށް އެވޯޑުކޮށްފައިމިވަނީ ޚާއްސަ ހުއްދައެއްގެ ދަށުން. ހާއްސަ ހުއްދައަކީ ފިނޭންސް މިނިސްޓްރީ އިން ވަކި ހާއްސަ ހާލަތްތަކެއްގައި ދޭ އެއްޗެއް. އާންމުގޮތެއްގައި ޓެންޑާ ޕްރޮސެސްގައި ދެވޭ އެއްޗެއް ނޫން އެއީ. އެހެންވީމާ އަޅުގަނޑުމެންނަށް ދެ ހަފްތާއަށް ވީމާ އިލެކްޝަން ފަދަ މިނިވަން، އަޅުގަނޑުމެން އެންމެން އިތުބާރުކުރާ މުވައްސަސާއަކުން ރާއްޖޭގެ އިލެކްޝަން ބޭއްވުމަށްޓަކާ މިނޫން އެހެންގޮތެއް ނެތޭ ދެންނެވީމާ ފިނޭންސް މިނިސްޓަރަކަށް މަޖުބޫރުވާނެ އެވަގުތު އެކަން ކުރަން،" މިނިސްޓަރ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބްގެ ވޯޓުކަރުދާސް ޕްރިންޓްކުރުމަށް ދެ ބައެއް ބިޑްކުރުމަށްފަހު އެތަނުން އެންމެ އަގުބޮޑުކޮށް ބިޑް ހުށައަޅާ ބަޔަކަށް ދިނުމަށް އެންގިކަމަށްވެސް ފިނޭސްމިނިސްޓަ ވިދާޅުވިއެވެ. އެހެންމަވެސް އެކަން މިނިސްޓްރީން އިންކާރުކުރިކަމަށާއި ނަމަވެސް އިންތިޚާބަށް ކައިރިވެފއިވަނިކޮށް އެމް ސެވަންއަށް ވޯޓު ކަރުދާސްތައް ޕްރިންޓްކުރަން ހުއްދަދިނުމަށް އެންގިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަމުންވެސް ދޭހަވަނީ ވަކި ބަޔަކަށް ފައިދާވާގޮތަށް އިލެކްޝަނުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ބިޑުތަކަށް މާރކްސް ދެވެގެން ދިޔައިރު އެންމެ މަތިން މާރކްސް ލިބިފައިވަނީ ނޮވެލްޓީއަށް ކަމަށެވެ. ވޯޓު ކަރުދާހުގައި ހުންނަންޖެހެނީ އެންމެ ސެކިއުރިޓީ ފީޗަރއެއް ކަމަށް އިލެކްޝަނުން ކުރިން ބުނެފައިވާ ކަމަށާއި ނަމަވެސް ކުއްލިއަކަށް ފަސް ސެކިއުރިޓީ ފީޗަރ ބޭނުންވާކަމަށް އިލެކްޝަނުން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ޕްރިންޓް ކޮށް ނިންމަފައިވަނީ ތިން ސެކިއުރިޓީ ފީޗަރއަށްކަން މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙިޔާލު

    މައްސަލަ އަކީ ޔާމީން ބަލިވުން.ރައްޔިތުން އޭނަ ބަލައެއް ނުގަނެ.އެއީ ހަގީގަތަކީ

  2. ޖެނިފާ ޢަލީ

    ވޯޓުކަރުދާހުގެ ބައެއް ކަރުދާހުގައި ( ޚަބަރުލިބޭގޮތުގައި 30000 ކަރުދާސްކޮޅުގައި ) ކެނޑިޑޭޓް ނަމްބަރ 1 ގައި ފާހަގަލާގޮޅީގައި ފާހަގަލީމާ ހުންނަނީ ދެލިކެނޑިފައެވެ. އޭރު މާބޮޑުކަމެކޭ ހީނުކުރިޔަސް މިހާރު އެނގިގެންދަނީ އެ ގޮޅިގައި ލާ ފާހަގަ ވަގުތުކޮޅެއްގެތެރޭގައި ފޮހެވޭކަމެވެ. މި މަކަރަށް ބަލާއިރު ރައީސް ޔާމީންއަށް ދިން ވޯޓުން 30000 ވޯޓްވަނީ އަނެއްކޮޅަށް ގޮސްފައެވެ. ކޮންމެ ގޮތެއް ވިޔަސް އިންތިޚާބުވަނީ އޮޅުވާލާފައެވެ. ރަގަޅަށް ދިޔަނަމަ އިދިކޮޅަށް 104000 ވޯޓްުލިބޭއިރު ޔާމީނަށް 126000 ވޯޓް ލިބުނީހެވެ.

  3. ދަވޭ

    ރާ އަތޮޅު ގެ ދާއިރާ އެއް ތަމްސީލް ކުރަން ގދ. ގައްދޫ މީހަކަށް ލިބުނީ އެއީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި އޭނާ އެ ދާއިރާ އަށް ނެރެމުންނެވެ. އެއީ އޭނާ އަށް ރައްޔިތުން ދިން ވޯޓެއް ނޫނެވެ. އެއީ ސީދާ ޕީޕީއެމް އަށް ދިވެހިރައްޔިތުން ދިން ވޯޓެކެވެ. ދެން ޕީޕީއެމް އާއި ދެކޮޅަށް އިދިކޮޅު ބޮޑު ސޭޓް އަތުން ކަޓް ކާލައިގެން ނިކުތުން އެއީ ސީދާ ބަގާވާތް ކުރުމަކީ އެކަން އެއީ ބަގާވާތަކީ މީ މަމެން ދަންނަ ގޮތަކީ ތަމެން ތިޔާ ގެންގުޅޭ ދުނގެތިވަލު ސްޓޭންޑަރޑް އިން ނޫނޭ

  4. ޙައްގުބަސް

    މިގައުމުގައި އެެއްވެސް ބަޔަކަށް ރަގަނޅު ގޮތުގައި އިންސާފު ލިބޭނެ ކަމަކަށްވެސް އަދި ހޯދައިދެވޭނެ ކަމަކަށްވެސް ނުދެކެން!! އެއަށްވުރެން ބޮޑަށް މިގައުމުގެ ހުރިހާ މުއައްސަސާއެއްހެން މިވަނީ ނުފޫޒުތަކެއްގެ ތެރެއަށް ގެނބި ހުސްވެ އަދި ކޮރަޕްޝަންގެ ނުބައި ވަކިތަކުން ސަލާމަތްނުވެވޭ ހިސާބުގައި! ކިހިނެތް އިންސާފު ހޯދާނީ!! އިންސާފަކީ ބަދަލުވާއިރަށް ބަދަލުވާ އެއްޗަކަށް މިވަނީ ވެފަ!! ކޮރަޕްޝަނާ ނުފޫޒު އަދި ވަޒީފާގެ ބިރުވެރިކަން ނަޫން އެހެންކަމެއްނެތް!!

  5. ތިމަންނަ

    ކޮންމެ އެއްޗެއް ނުވަތަ ކޮންމެ ކަމެއްކޮށްގެން ވެސް ބަކަރި ކާލަން ޖެހެއެވެ. އެހެން ބަކަރި ކާލުމަށް ހުކުމް ކުރީމެވެ.

  6. ޢަބްދުﷲ

    ވޯޓުގެނަތީޖާ ޤަބޫލުކުރުމަށްފަހު ވޯޓުކަރުދާހުގެ މައްސަލަޖެއްސުމަކީ، އިޖުރާއީ ނުކުތާއެއްނަގައި މައްސަލަ ހުއްޓުވާފައި ބޭއްވޭނެކަމެއް

  7. ޢަބްދުﷲ

    އެމް 7 ގެ ވޯޓްކަރުދާސް އިލެކްޝަންސް ކޮމިޝަނުގައި ހުންނާނެއެވެ. އޭގެތެރޭގައި ވޯޓުލުމުގެ ތެރޭގައި ބޭނުންކޮށްފައިވާ ކަރުދާހާއި އަދި ބޭނުންނުކޮށް ހުރި ކަރުދާސް ހުންނާނެއެވެ. ވީމާ، ވޯޓްކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ބޭނުންކޮށްފައިވާ ކެމިކަލްގެ ސަބަބުން ތިޔަވިދާޅުވާ ޒާތުގެ މައްސަލައެއް ދިމާވެދާނެތޯ ބަލަން ބޭނުންވާ ބަޔަކަށް އިންފޮމޭޝަން ކޮމިޝަނުގެ ޤާނޫނުގެ ދަށުން މިހާރު އެކަން ކުރެވޭނެއެވެ.