ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުން އަންނަ އާދީއްތަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާދީއްތަ ދުވަހުގެ ޝަރީޢަތްތައް ކުރިއަށްދާ ގޮތުގެ ތާވަލް އަދި އާންމު ނުކުރި ނަމަވެސް އިންތިޚާބުގެ މައްސަލައިގައި އިދިކޮޅު ފަރާތްތައް ތަމްސީލް ކުރައްވާ ބައެއް ވަކީލުން ވަނީ އިންތިޚާބު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވަން އާދީއްތަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައެވެ.

ނަމަވެސް އަޑުއެހުން އޮންނާނެ ގަޑިއެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމާލާފައެވެ. އެހެންކަމުން ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުމެވެ.

މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން ވަނީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވެ ބަޔާންތަކުގައި ސޮއި ކޮށްފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ޖުމްލަ ތިން އަޑު އެހުމެއް ބާއްވާފައިވާއިރު، އެންމެ ފަހު އަޑުއެހުން ފައްޓަވަމުން ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކި ބަލައިނުގަތުމަށް ނިންމަވާފައެވެ.

އިންތިޚާބާއި ގުޅޭ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙައްގުބަސް

    މިގައުމުގައި އެެއްވެސް ބަޔަކަށް ރަގަނޅު ގޮތުގައި އިންސާފު ލިބޭނެ ކަމަކަށްވެސް އަދި ހޯދައިދެވޭނެ ކަމަކަށްވެސް ނުދެކެން!! އެއަށްވުރެން ބޮޑަށް މިގައުމުގެ ހުރިހާ މުއައްސަސާއެއްހެން މިވަނީ ނުފޫޒުތަކެއްގެ ތެރެއަށް ގެނބި ހުސްވެ އަދި ކޮރަޕްޝަންގެ ނުބައި ވަކިތަކުން ސަލާމަތްނުވެވޭ ހިސާބުގައި! ކިހިނެތް އިންސާފު ހޯދާނީ!! އިންސާފަކީ ބަދަލުވާއިރަށް ބަދަލުވާ އެއްޗަކަށް މިވަނީ ވެފަ!! ކޮރަޕްޝަނާ ނުފޫޒު އަދި ވަޒީފާގެ ބިރުވެރިކަން ނަޫން އެހެންކަމެއްނެތް!!

  2. ވިއުސް

    އިލެކްޝަންސް ކޮމިޝަނުން ނާޖައިޒު ފައިދާތަކެއް ނެގި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވާނަމަ އީސީން އެވަނީ ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އާއި އަދި 14 ވަނަ މާއްދާގައިވާ ކުށް ކޮށްފައިވޭތޯ ބެލުން އެއީ އޭސީސީން ކުރަން ޖެހޭ ޕްރައިމަރީ ޒިންމާ އަކީ އެކަމަކު އޭސީސީ ވެސް ދުވަނީ ހައުސިންގް މިނިސްޓްރީ ފަހަތުން ރައްޔިތުންނަށް ގޯއްޗެް ހައުސިންގް މިނިސްޓްރީ ދީފާނެތީވެ އެކަން ހުއްޓުވަންއޭ ކޮބާތޭ މިނިވަން މުވައްސަސާ ތަކުގެ ރިއަލީ ބޭނުނަކީ ނުފެނެއޭ ނުފެނެއޭ ބައްލަވާ ސްޕްރީމް ކޯޓް ހެޔޮ ނުވާނެ 96 ހާސް ރައްޔިތުންގެ އަޑު އަދި ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ އާދޭސް އަޑު އައްސަވާ ގައުމީ މަސްލަހަތު އިސްކުރައްވާނެ ކަމަށް މަމެން މިދެކެނީ..

  3. ޏޮޮޗް

    ދެން ލަލަލާ

  4. ކީއްވެތޭ

    ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އަދި 14 ވަނަ މާއްދާ ބަޔާން ކުރާ ގޮތުން ވަގުތު ކުޑަ ތަން ވެފައި ވަނި ކޮށް ނަމަވެސް އިލެކްޝަންސް ކަމިޝަނަށް ސަރުކާރުގެ ބިޑިންގް ގައިޑް ލައިންސް އާއި ޚިލާފަށް ވޯޓް ކަރުދާސް ތައް ޗާޕް ކުރަން އެމްސެވެން އަށް ޕްރިންޓް ކުރަން ނުދެވޭނެއޭ މިހާ ދުވަހު ވޯޓް ކަރުދާސް ތައް ޕްރިންޓް ކުރީ އެއީ ޔުޓިލިޓީން ކަމަށްވާއިރު ޔުޓިލިޓީ އަށް ބިޑް އިވޭލުއޭޝަން އިން އެންމެ މަތިން މާރކްސް ލިބިފައިވާއިރު ފިނޭންސް މިނިސްޓަރަށް ވެސް ނުދެވޭނެއޭ ބޮޑު އަގުގައި ވޯޓް ކަރުދާސް ތައް ޕްރިންޓް ކުރަން އެމް ސެވެން އަށް މިވޯޓް ކަރުދާސް ތައް ޖެހޭނީ ބާތިލް ކުރަންއޭ އަދި އޭގެ އިތުރުން ވޯޓް ކަރުދާސް ތަަަކަށް ވާ ފައިސާ އެއްފަހަރާ އެމްސެވެން އަށް ޕްރިންޓް ކުރަން ދިނުން އެއީ ވެސް ސަރުކާރުގެ ފައިސާ އާއި ބެހޭ ގަވާއިދާއި ޚިލާފަށް އެމެން ކުރިކަމެކޭ ކަން މިހެން ހުރުމުން މިކަމުގެ ފެށުމުގައި މިއޮތީ ވައްކަން ކުރަން މަގުފަހި ކޮށްފައޭ މިކަން ޖެހޭނެއޭ ބަލަން އޭސީީސީން ވެސް އޭސީސީ ނިދާފައި ހިމޭނުން އޮތީތޭ.

  5. ޢަބްދުﷲ

    ޕީޕީއެމުގެ ފަރާތުން ސުޕުރީމު ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ސީދާ ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށް ފަހުގަޔޭ ޕީޕީއެމުން ބުނެފައިވަނީ، ކަނޑައެޅިގެން މިރާއްޖޭގައި މިބާވަތުގެ މައްސަލަ ތަކުގައި ޢަމަލުކުރެވޭ އުޞޫލުތަކާއި ޚިލާފަށެވެ. އެހެނީ، އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް އެއްވެސް ޝަކުވާއެއް މައްސަލައެއް ހުށަހެޅިފައި އޮވެއްޖެނަމަ، އެ ޝަކުވާއެއްގައި އެ މައްސަލައެއްގައި ޢަމަލުކުރުމަށް ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބުނެފައިވާ ގޮތަކީ، ވޭތުވެދިޔަ ހުރިހާ އިންތިޚާބެއްގައިވެސް ޕާޓީތަކުންވެސް ޢަމަލުކޮށްފައިވާ އުޞޫލު ކަމުގައިވާއިރު، މިފަހަރުގެ އިންތިޚާބުގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ އެއްވެސް ޙައްޤެއް، ބާރެއް، އިޚްތިޔާރެއް ޕީޕީއެމަށް ލިބިދޭ ޤާނޫނަކީ، ނުވތަ ޤަވާޢިދަކީ، ކޮބައިތޯ ސުވާލުއުފެދޭއިރު، ތިޔަ މައްސަލަ ކޯޓާއި ހަމައަށް ގޮސްފައިވަނީ، ނުރަނގަޅު މިޞްރާބެއްގައި ދަތުރު ކޮށްފައި ކަމަށް ބެލޭނެއެވެ.

  6. Anonymous

    ތި ނިންމުން ޔަޤީން ނިމޭނީ އެމް.ޑީ.ޕީ ކޮޅަށްކަން. އިންސާފުވެރި ވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއްނެތް.

  7. ޖެހޭނެއޭ

    އީސީން ނާޖާއިޒު ފައިދާ ތަކެއް ނަގައިގެން ވޯޓް ކަރުދާސް ތައް ޗާޕް ކޮށްފައިވާ ނަމަ މިހާރު ޕީޕީއެމް އިން ދައްކަމުންދާ އޮޅުވާލި ވޯޓް ގައި ހަގީގަތެއް އެބަވާ ކަން ވަރަށް ރީއްޗަށް އެގިގެން ދެއޭ ދިވެހިރާއްޖޭގެ މިނިވަން ކަން ދިފާއު ކުރުމަށް ޓަކައި އިންޑިއާ އިން އިލެކްޝަންސް ކަމިޝަނަށް ބޭނިގަނެގެން އެމެން ރާއްޖޭގައި ލާފައިވާ ވޯޓާއި ކުޅެފައިވާ ކަން 96 ހާސް ރައްޔިތުން ގަބޫލުކުރާތީވެ އެކަން ބެލެން ޖެހޭނެ ޕޮލިސް މެދުވެރިކޮށް ބެލެން ޖެހޭނެއޭ ބެލެން ޖެހޭނެއޭ..

  8. ޙައްގުބަސް

    ނިންމުން ވަކި ގޮތަކަށް ނިންމަން ކޯޅޭޝަންއިން މިހާރުވެސް ހަތަރު މިލިއަން ރުފިޔާ ސ ކޯޓުގެ ފަނޑިޔާރަކަށް ދީފައިވާކަމުގެ އަޑުތައް އިވޭ!! އެ މީހަކީ އެހެން ކޯޓެއްގައި ކުރިން މަސައްކަތްކޮށްފައިވާ ދާދިފަހުން ސ. ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކޮށްފައިވާ ފަނޑިޔާރެއް!! އަޑެއް ކިއްޔާ ރެނދެއް ލާނެޔޭ ބުނެ އުޅޭ!!!

  9. ނީބުމަ

    ދެނަކާ ދެނެއްނެތެވެ މިރާއްޖޭގަބޭއްވިދަޔައިންތިހާބުގެސައްހަ ކަމެއްނެތެވެ. ތަކުރުގާތުމިހެން ބުނުމާއިއެކު ތަކުރު އެރީރަތަށެވެ އެހެނެއްހަމަހިލާއެހެންވެގެންނުވާނެތާއެވެ . ޕޕ އެކޭއމޑޕ އެކޭކިޔާވާހަކަތަކެއްދައްކާނެކަމެއްނެތެވެ . އެދެބައިމީހުންކުރެ ކޮންމެއެއްބަޔަކު ކޮންމެވެސް ގޯހެއްހަދައްޕެވެ. އެހެނީނަމަ ދެންމިކަންތައްގަނޑު ފަހެއެއްވެސް ކޮޅަކައް ނިންމައިދެވެން އޮވެއްޖެނަމަ ކަމަކުދާކަށް ނުއޮންނާނެއވެ. ސަބަބަކީ އެވެސް މީހުންނެވެ މިވެސްމީހުންނެވެ. ތަކުރަުބަސްހުއްޓިއްޖެވެ.

  10. ޢަފްލާ

    ނުބައި ހުވައެއް ކުރެވިގެންނުވާނެ އެފުރުސަތު އިބުއެަށް ދެވިގެއްނުވާނެ ވައްކަން ކޮހގެން ހޯދި ވޯޓެކޭ ވައްކަންކޮށްގެން ހޯދި ފައިސާއެކޭ ވާނީ އެއްވަރު ގައުމުގެ ވަލިއްޔުލް އަމްރު ކަމަށް ވަގު ވޯޓް ހޮވައިގެން އެރުމަކީ ކޮއްގެންވާނެ ކަމެއްނޫން ސްޕްރީމް ކޯޓުންވެސް މިފުރުސަތު ދީގެއްނުވާނެ އިބުއަށް މިވަރަށް މައްސަލަ ޖެހިފަ އޮއްވާ އިބު ހުވާކޮއްފިއްޔާ ވ ގޯސްވާނެ ކަންތައްތައް މުސްތަފާ ހުޅު ހުޅުން ވާގި ދޫވިޔަސް މިކަން ބެލޭނެ