މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރީ-ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމް އިން ހުށަހެޅި ފޯމްތަކުގެ ތެރެއިން 15000 ފޯމް އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ކުދިކުދިކޮށް ވިދާލާފައިވާ ކަމަށް ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި ސިއްރު ބަޔާނެއް ދިން އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފަކު ބުނެފިއެވެ.
މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ސިއްރު ބަޔާންތަކުގެ ތެރެއިން ބަޔާނެއްގައި އޭނާ ބުނެފައި ވަނީ އޭނާ އަކީ 2016 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއް ކަމަށެވެ.
ރީ-ރަޖިސްޓްރޭޝަން ކުރިއަށް ދަނިކޮށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ނަޝާތު އޭނާ އާއި ރީ-ރެޖިސްޓްރޭޝަން ފޯމްތަކެއް ހަވާލު ކުރި ކަމަށާއި ނަމަވެސް އޭނާ މަސައްކަތް ކުރާ ޑިޕާޓްމަންޓަކީ ރީ-ރަޖިސްޓްރޭޝަނާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރަން ޖެހޭ ޑިޕާޓްމަންޓެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"ދެންނެވުނު ފޯމްތައް އަޅުގަނޑުމެންނާއި ހަވާލު ކުރުމަށް ފަހު އެފޯމްތައް ލިސްޓަކަށް އެޅުމަށް ވިދާޅުވިއެވެ. އެގޮތުން ފޯމްތަކުން ލިސްޓް ތައްޔާރުކޮށް ފޯމްތަކާއި ލިސްޓް އަޅުގަނޑު ހަވާލު ކުރީ ނަޝާތުއާ އެވެ. އޭގެ ފަހުން ރޭގަނޑުގެ ވަރަށް ދަންނަވަންދެން މެންބަރު ނަޝާތު އިލެކްޝަންސް ކޮމިޝަން އޮފީހުގައި މަސައްކަތް ކުރެއެވެ. ކުރަނީ ކޮން މަސައްކަތެއް ކަމެއް ސީދާ އަޅުގަނޑަކަށް ނޭނގެއެވެ.
ނަމަވެސް ކޮމިޝަންސްގެ (އުނިކޮށްފައި) ބުނެފައިވާ ގޮތުގައި މެންބަރު ނަޝާތު ކުރާ މަސައްކަތަކީ ޑީއެންއާރް ޑޭޓާބޭސްއަށް ބަދަލު ގެނައުމަށް ކުރާ މަސައްކަތެކެވެ." ބަޔާނުގައި ވެއެވެ.
އޭނާ ބުނީ އޭގެ ފަހުން ދުވަހަކު އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު ފޯމްތައް ޝްރެޑް ކުރަން މުވައްޒަފަކާއި ހަވާލު ކުރިކަން އެނގިފައިވާ ކަމަށެވެ. އެކަން އެނގުނީ އެކަމުގައި އެހީތެރިވުމަށް އެމުވައްޒަފު އެދުމުން ކަމަށް ބަޔާން ދިން މުވައްޒަފު ބުންޏެވެ.
ޝްރެޑް ކުރަން ދިން ފޯމްތަކަކީ ޕީޕީއެމްގެ ފޯމްތަކެއް ކަމަށާއި އެކަން އެނގުނީ ޕީޕީއެމްގެ ލޯގޯ ފޯމްތަކުގައި ޖަހާފައި ވާތީ ކަމަށް މުވައްޒަފު ބުންޏެވެ.
"ޖުމްލަ ގާތްގަނޑަކަށް 15000 ފޯމް މެންބަރުންގެ އެންގުމަށް މިދުވަހު ޝްރެޑްކޮށް ނައްތާލެވިފައި ވާނެއެވެ." ބަޔާނުގައި ވެއެވެ.
ބަޔާންދިން މުވައްޒަފު އިތުރަށް ބުނީ އިންތިޚާބު ބޭއްވި ދުވަހު އޭނާ މަސައްކަތް ކޮށްފައި ވާނީ ވަގުތީ ނަތީޖާ އިއުލާން ކުރަން ކަމަށެވެ. ވަގުތީ ނަތީޖާ ލިބެމުންދާ ވަރަކުން އެޝީޓްތައް ބަލައިގެން އިއުލާން ކުރުމަށް މެންބަރު ހަބީބް އެންގި ކަމަށާއި ނަމަވެސް މީގެ ކުރިން އިއުލާން ކުރަމުން ދަނީ ނަތީޖާ ޗެކް ކުރުމަށް ފަހު އިލެކްޝަންސްގެ ލެޓާހެޑްގައި އިއުލާނެއްގައި ސިފައިގައި ތައްޔާރުކޮށްގެން ކަމަށް އޭނާ ބުންޏެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި ހިލާފަށް ރިޔާސީ އިންތިޚާބުގައި ނަތީޖާ އިއުލާން ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމުން ސުވާލު އުފެދޭ ކަމަށް އޭނާ ބުންޏެވެ.
ރާއްޖެ އަކީ ޑިމޮރެޓިކް ހަޔާތުގައި އަދި އެންމެ 10 އަހަރުވެފައިވާ ގައުމެކޭ މިރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅޭ ބޮޑެތި މީހުން ނަކީ އެއީ ޕޮލިޓިކަލް ސައެންސްގެ އަލީގައި ބުނާނަމަ އަލިފުބާ ޖަހާ ކުދިންނޭ އެމެން ޕްރޮޕެގެންޑާ ފެތުރުން އެއީ ޕޮލިޓިކްސް އެއް ނޫނޭ އެއީ ގައުމުގެ ހަލާކޭ މިކަން ސްޕްރީމް ކޯޓަށް އަންޑަރސްޓޭންޑް ވާނެ ކަމަށޭ މަމެން މިދެކެނީ ކެއަރ އިނަފް ފޯރ ދަ ކްރައި އައުޓް އޮޕް ޕަބްލިކް މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން...
މިގައުމުގައި އެެއްވެސް ބަޔަކަށް ރަގަނޅު ގޮތުގައި އިންސާފު ލިބޭނެ ކަމަކަށްވެސް އަދި ހޯދައިދެވޭނެ ކަމަކަށްވެސް ނުދެކެން!! އެއަށްވުރެން ބޮޑަށް މިގައުމުގެ ހުރިހާ މުއައްސަސާއެއްހެން މިވަނީ ނުފޫޒުތަކެއްގެ ތެރެއަށް ގެނބި ހުސްވެ އަދި ކޮރަޕްޝަންގެ ނުބައި ވަކިތަކުން ސަލާމަތްނުވެވޭ ހިސާބުގައި! ކިހިނެތް އިންސާފު ހޯދާނީ!! އިންސާފަކީ ބަދަލުވާއިރަށް ބަދަލުވާ އެއްޗަކަށް މިވަނީ ވެފަ!! ކޮރަޕްޝަނާ ނުފޫޒު އަދި ވަޒީފާގެ ބިރުވެރިކަން ނަޫން އެހެންކަމެއްނެތް!!
އީސީން ނާޖާއިޒު ގޮތުގައި ފައިދާ ނެގި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވާނަމަ މަމެން އެއްގޮތަކަށް ވެސް ތިޔާ އެމްސެވެން އިން ޕްރިންޓް ކުރި ވޯޓް ކަރުދާސް ތަކަށް އިތުބާރު ނުކުރަމޭ ސަބަބަކީ މިހާރު އިންޓަރނެޓް ގައި ވައިރަލް ވެފައިވާ ވޯޓް ކަރުދާހުގެ ނަމްބަރު 1 ގައި ޖަހާ ފާހަގަ އަނގޮޓި ތަކެއްގެ އެހީގައި ފުހެވި ނަމްބަރު 2 ގައި ޖަހާފައިވާ ފާހަގަ އެބަ ފާޅުވެއޭ މިހާރު އިލެކްޝަންސް ކަމިޝަން އިން ތިޔާ ވޯޓް ކަރުދާސް ތައް އޮޅުވާނުލާ ކަމަށް ވެސް ނޭގެއޭ ހެޔޮނުވާނެއޭ ސްޕްރީމް ކޯޓު މިކަން ހިނގާފައިވާ ގޮތް އީސީގެ ބެއްލެވުމުގެ ދަށުން ތަހްގީގް ކޮށްދެއްވާތޯ ތިޔާ މޫރިތި 5 ފަނޑިޔާރުން ހުކުމް ކުރައްވާނެ ކަމަށޭ މަމެންެގެ ދުއާ އަކީ މަމެންގެ މިދުއާ އިޖާބަ ކުރައްވާނެ ކަމަށޭ މަމެން މިދުއާ ކުރަނީ އޯނޯ އައި އޭމް ގޮނާ ނީޑް ސަމްކައިންޑް އޮފް އަ ގުޑް ޖަޖްމެންޓް ފޯރ ދިސް އޯނޯ އޯނޯ އޯނޯ އައި އޭމް ހޮޕިންގް އިޓް...
ނުކޮށް ތިބީމާ ހަމަ ރަންގަޅުވާނެ.
ތިޔަބަޔާން ދިން މީހަކު ކުރިން ކީއްވެހޭ ތިވާހަކަތަށް ނުދެއްކީ.
ލައްބަ
ބަލަގަ ބަޔާން ދޭން ނުޖެހޭތީއޭ. ބަޔާން ދޭނީ ބަޔާން ދޭން ޖެހުނީނައޭ.
ކުރިން ސިއްރު ހެކިދޭން އުޅުނީ. މިހާރު ސިއްރު ހެކި ބަލައި ނުގަތީމަ އެވާހަކަ ދައްކަނީ
ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ރައްޔިތުންގެ ވޯޓަކުން ކަނޑައެޅުމަށް ޓަކައި އެކަން މަތިކޮށްފައިވާ އިލެކްޝަންސް ކަމިޝަން އިން ނާޖާއިޒު ފައިދާ ނެގޭނެ އުސޫލުން އެމެން ވޯޓް ކަރުދާސް ތައް ޗާޕް ކުރަން ވަކި ބަޔަކަށް ހަވާލު ކުރަން އެފަދަ ސިނާރިއޯ އެއް ކްރިއޭޓް ކޮށްގެން އެކަން ކުރުމުން އެފަދަ ވޯޓް ކަރުދާހުގައި ލާ ފާހަގަ އިން ވައްކަން ކުރުން އެއީ އެކަށީގެންވާ ކަމެކޭ އެކަން ބަލަން ފުރުސަތު ފުލުހުންނަށް ދިނުމަށް ފަހު އޭ މިކަން ނިމެން ޖެހޭނީ..
ނުޖެހޭނެ. ވޯޓުލީ އެންމެންގެ ކުރިމަތީގައި. ވޯޓު ގުނީ ތަމެންގެ ކުރިމަތީގައި. ވޯޓޫ އިއުލާން ކުރީ ތަމެންގެ މީހުން.
އީސީން ނާޖާއިޒު ފައިދާ ތަކެއް ނަގައިގެން ވޯޓް ކަރުދާސް ތައް ޕްރިންޓް ކުރަން އިދިކޮޅު ފަރާތް ތަކުގެ މަސްލަހަތު އޮންނަ ކުންފުންނަކަށް ދީފިނަމަ އެކަން ޖެހޭނެއޭ ބެލެން އެންމެ ކުަޑަ ވެގެން މިރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަންކަން ހިނގާފައިވާ ގޮތް އިންވެސްޓިގޭޓް ކުރަން ސަރުކާރުގެ ހައިސިއްޔަތުންނާއި އަދި ކުރިމަތިލި އެއް ކެންޑިޑޭޓްގެ ހައިސިއްޔަތުން އެދުމުން އޭގައި ވޯޓް އިންސާފުވެރި ގޮތެއްގައި ނިންމޭނީ މިކަން އިންވެސްޓިގޭޓް ކޮށްގެން ކަމަށޭ މަމެން މިދެެކެނީ ނީޑް އޯލް ދަ ތިންގްސް އޮފް ދިސް ޕްރޮސެސް ޓު ބީ އިންވެސްޓިގޭޓެޑް ޔޫ ނޯ މައިފްރެންޑްސް އެން ދެއަރ ފްރެންޑްސް ސޭ ސޭމް ތިންގް...
ތިހާ ސާފްކޮށް އޮތްކަމެއްވިއްޔާ ކީއްކުރަން ސިއްރުން ހެކިދެނީ
މީހަކު ބުނާއިރަށް ކީއްކުރަން ވަޒީފާގެ މަސްއޫލިއްޔަތުގައި ނުހިމެނޭ ކަންތައްތައް ކުރަނީ
ޢަނެއްކާ ބޮލުގައި ބަޑި ޖައްސާފަތަ ބުނީ
ޥ.ހީވޭ ބޮޑު މަގާމަކަށް ދަހިވެތިވާހެން
ކަލޭމެންގެ ނުބައިކަން ބޮޑުކަމުން ކަލޭމެންގެ ނުރައްކަލުން އާއިލާ ރައްކާތެރި ކުރަން ސިއްރު ހެކިބަސް ދެނީ. ސާފު؟
ހަމަ ދޮގު ހަދަންވެގެން. ބަލާ ދައްކާފައި އޮތްވާހަކަ. އޮއްޓަރެއްނެތް. ސިއްރުން ނަގާވަަރުގެ އެއްވެސް ވާހަކައެއްނެތް.
ވަގު ވޓުން ވަގު ހުވައެއް ކޮއްގެން ވެރިކަމަށް އަޔަސް ނުކުރެވޭނެ ވެރިކަމެއް ވޯޓް ވަގު
އިލެކްޝަންސް ކޮމިޝަނުން ނާޖައިޒު ފައިދާތަކެއް ނެގި ކަމަށް ފިނޭންސް މިނިސްޓަރު އެބަވިދާޅުވޭ އަދި އިލެކްޝަންސް ގެ މުވައްޒަފުންގެ ސިއްރު ހެކިންގެ ފަރާތުން އެބަދޭހަވޭ އެއީ އިލެކްޝަންސް އިން ޕީޕީއެމްގެ 15 ހާސް ރިރަޖިސްޓްރޭޝަން ފޯރމްސް ތައް ވީދާލިއޭ ދެން މިއަދު މިހާލަތުގައި މިކަން ތަހްގީގީ އިދާރާ ތައް މެދުވެރިކޮށް ބައްލަވާ ދެއްވަން ސްޕްރީމް ކޯޓުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަދި އެއްފަރާތުން ބައިވެރިވި ކެންޑިޑޭޓް އެދިލެއްވުމުން ގައުމަށް ޓަކައި ނަމަވެސް ސްޕްރީމް ކޯޓުގެ 5 ޖަޖުން ތެދުވެރިވާނެ ކަމަށޭ މަމެން މިދެކެނީ މިހުކުމް ސްޕްރީމް ކޯޓުން ނެރޭއިރު އިދިކޮޅު ފަރާތް ތަކުން އެމެން ބޭނުންވާ ގޮތަށް ހުކުމް ނެރެދޭން މިލިއަނުން އޮފަރ ކުރާނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އެހުރިހާ އެއްޗަކަށް ފުރަގަސް ދީ ރައްޔިތުންނަށް އިންޑިއާގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތް ކޮށް ރާއްޖޭގެ މިނިވަން ކަން ސްޕްރީމް ކޯޓުން ދިފާއު ކޮށްދެއްވާނެ ކަމަށް ހެޔޮނުވާނެއޭ ސްޕްރީމް ކޯޓު ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާނުލާ ވިއްކާނުލާ ތިބާ މެން ވެސް ނުތިބޭނެ ސްޕްރީމް ކޯޓަކު ވެސް އަދި ރާއްޖެ އަކު ވެސް ހެޔޮނުވާނެއޭ މިކަން ވިސްނާށޭ ބައްލަވާ ޔަމަން އަށް ވީގޮތް ބައްލަވާ ލީބިޔާ މިހާރު އޮތް ހާލަތު ބައްލަވާ ބައްލަވާ އަމިއްލަ އެދުން އެއްފަރާތް ކުރާށޭ ކުރާށޭ ކޮށް ފައި ގައުމީ މަސްލަހަތު އިސްކުރާށޭ އިސްކުރާށޭ ހެޔޮނުވާނެއޭ...
ޢެ 15000 މީހުންނަށް ވޯޓްލެވުނުތޯ ނުވަތަ ނުލެވޭތޯ ބަލަންވީ
ހިނގަމުން ދާ ސަރުކާރަކާއި އަދި ކުރިން ރާއްޖޭގެ ރައީސް ކަން ކޮށްފައިނުވާ އަދި ޕާރޓީއެއްގެ ލީޑަރަކަށް ނުވާ ކެންޑިޑޭޓަކާއި ރިޔާސީ އިންތިޚާބުގައި ވާދަ ކުރާއިރު އެއްގޮތަކަށް ވެސް ބުއްދި އަށް ގަބޫލެއް ނުކުރެވޭ 38 ހާސް ވޯޓްގެ ފަރަގަކުން އިދިކޮޅު ކެންޑިޑޭޓް މޮޅުވާނެ ކަމަށް އެއްގޮތަަކަށް ވެސް ހިސާބު އިލްމް އިން ވެސް އަދި ޕޮލިޓިކަލް ސައެންސް ގެ އަލީގައި ވެސް ފެނިގެން ނުދެއޭ މަމެންނަށް މިތަން ފެނިގެން ދެއޭ ވަރަށް ރީއްޗަށް ވޯޓް ގައި މަކަރާއި ހީލަތް އިންތިހާ އަށޭ އޮތީ މީ އެއްގޮތަކަށް ވެސް ޕޮލިހުން މެދުވެރިކޮށް އިންވެސްޓިގޭޓް ނުކުރަންވީ ކަމެއް ނޫނޭ މިކަން ކުރަން ޖެހޭނެއޭ މިހާރުން މިހާރަށް މަމެން އުއްމީދު ކުރަމޭ ސްޕްރީމް ކޯޓުން މިކަން ތަހްގީގް ކުރަން ހުކުމެއް ނެރެދެއްވާނެ ކަމަށް އަދި ސްޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުން މިކަން ރަނގަޅަށް ބައްލަވާ ދެއްވާނެ ކަމަށް.
އެއްވެސް މީހަކު ކައިރީގައި ނުބުނެ މެންބަރު އަމިއްލަފުޅު ކޮޓަރީގައި އަމިއްލަފުޅަށް ކުރެވެން ހުރި ތިޔަޒާތުގެ ވިޔާނުދާ އެއްވެސް ކަމެއްގައި އެހެން މީހަކު ބައިވެރި ކުރާނެކަމަށް ސަލާމަތް ބުއްދި ޤަބޫލެއް ނުކުރާނެއެވެ. އެހެނީ، ސަރުކާރުގެ ރަސްމީ ލިޔުމެއް ނައްތާލުމަކީ، ޖިނާއީ ކުށަކަށްވާއިރު، ތިޔަބުނާ މީހާ އެބުނަނީ އޭނާ އެފަދަކަމެއް ކޮށްފައިވާކަމަށެވެ. އެހެންކަމަށްވާނަމަ، މެންބަރު އެކަމަށް އެއްބަސް ނުވިނަމަވެސް އެކަމަށް އެއްބަސްވެފައިވާ މީހާގެ މައްޗަށް އަދަބު ކަނޑައެޅޭނެއެވެ. ޔަޢުނީ، އެމީހަކު އެދެނީ ހެކިބަހެއް ނޫނެވެ އެކަމަކު އެމީހަކު އެވަނީ އިޢުތިރާފެކެވެ. ޕީޕީއެމުން ފޮނުވާފައިވާ 15000 ފޯމު ވީދާލާފައިވާ ކަމަށް އެއްބަސްވާނަމަ، އެއީ ޤާނޫނީ ކުށެކެވެ.
ހުސް ދޮގު؟
ކުރިން އަދި ފަހުން ބުންޏަސް މިހާރު ގަބޫލެއް ނުކުރާނެ،ސިއްރު ހެކިބަސް ނެގިތަ؟މީ ހައްތާވެސް ސުވާލު....
1. އެވާހަކަ ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާ ނުކުރެވި އޮތުމުން ތިޔަ މުވައްޒަފުގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދޭ. ޢަދި އަދަބު ލިބެންޖެހޭ.
2. ރީރަޖިސްޓްރީ ނުވެގެން ވޯޓު ނުދީ ތިބީ ހުސް ޕީޕީ މީހުންތޯބެލުން. ރީރަޖިސްޓްރީ ވާން ހުށަހެޅިފަ އެކަން ނުވެގެން 15000 މީހުނގެ ޝަކުވާއައިތޯ.
ތިބުނާ ޙަބީބަކީ އެޑިއުކޭޭޝަން މިނިސްޓްރީގައި ހުރިއިރު އޭނާގެ ތިމާގެ ކުއްޖަކު ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވިއަހަރު އިމްތިހާނުގެ ކުރިން ޖީސީޕޭފަރުަތައް އެކުއްޖާއަށް ފޮނުވިމީހާކަމަށް މީހުން ބުނެއުޅޭ، އެމައްސަލާގައްޔޯ އޭނާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަކިކުރީ
މާ ދިގުކޮށް ކޮމެންޓް ލީފަ އެހެރީ ހަމަ އެކަކު އެކި ނަންނަމުގަ. ހެހެހެހެ. އަހަރުމެންނަށް ވެސް އެނގޭ އެވަރު
ޢެޑިޔުކޭޝަން މިނިސްޓްރީން ތިހާވަރަށް މަކަރު ހެދި މީހަކުނަމަ ކީއްކުރަންތޯ އިލެކްޝަން ކޮމިޝަނަށް ލަނީ
އެކެއްގެ ގޮޅީގައި އޮފްކަމުން ފާހަޖަހަން އުދަގު ގަލަމު ކުލަ ނުހިފުމުން ފޮށީގެ ވެރިއާއާއި ސުވާލު ކުމުން ގަލަން ޗެކުކުރި އެހެން ކަރުދާހުގައި ލިޔާއިރު މައްސަލައެއް ނެތް އެކެއްގައި ފާހަގަ ލެވުނީ ވަރަށް އުދަގުލުންކަން ފާހަގަ ކުރެވުނު އެހެން މީހުނަށްވެސް މިމައްސަލަ ދިމާވެފައި އެބަހުރި
ތިވަރުގެ ބޮޑެތި ކަންތައްތަކެއް ވެރިއަކު އެންގިނަމަވެސް މުއައްޒަފަކު ކުރުމަކީ ގާނޫނީ ކުށެއްކަން ތިބޭފުޅާއަށް އެގޭތޯ. ސިއްރުހެކި ނުނެގިނަމަވެސް ތިބޭފުޅާ ތިހުރީ ޖަލަށް ދާންޖެހިފަ. ދެން އަންނަ ސަރުކާރެއްގަ ތިޔަކަހަލަ ހުރިހާ އަމިއްލަ އެދުމުގެ މީހުންގެ މައްސަލަ ބަލާ ފިޔަވަޅު އަޅަން ޖެހޭނެ.
ކުދިކޮށް ކޮށާލީއޭ ޖެހިނަމަ މާ ރަނގަޅުވިސް، ޝްރެޑަރުން ކޮށާނީ
ހުރިހާ ކުދިންނޭ އަވަހަށް ތައުބާވޭ.
ސަރުކާރުގެ ޕްރޮކިއުމެންޓް ސިސްޓަމް ގައި ހިމެނޭ ފައިނޭންޝަލް ރެގިއުލޭޝަންސް އާއި ޚިލާފަށް އީސީން ވޯޓް ޗާޕް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް އަދި އެމަސައްކަތް ހަވާލު ކުރީ އެމްސެވެން އާއި އަދި އެކަން އެގޮތަށް އެއްވެސް ސިޗުއޭޝަން އެއް ގައި ނުކުރެވޭނެއޭ މިއުޅެނީ ގުދުރަތީ ކާރިސާ އެއް މެދުވެރި ވެގެން ނޫނޭ އެކަން ޖެހޭނެއޭ ބެލެން މަމެން އުއްމީދު ކުރަމޭ ދެން އަންނަ ހުކުމް ގައި މިފަދަ ހުރިހާ ކަންކަން ބެލޭނެ ކަަމަށް ރާއްޖޭގެ ރިޔާސީ އިންތިޚާބަކީ ވަގުވޯޓް އިން ވަގުވޯޓް ރައީސް އަކު ހޮވަން ޖެހޭނެ އެއްޗެއް ނޫނޭ...
ކޫސަނިވާހަކަ ދައްކަން ނޫޅޭ
އިންތިޚާބު ބާތިލު ކުރަން ޖެހޭ.
ސުބްޙާނަﷲ. މިވަރުންވެސް އިދިކޮޅު ބައިގަނޑު ބުނާނަންދޯ މިއީ ރައްޔިތުންގެ ނިންމުމޭ އޭނ....؟ މިއޮތީ ރައްޔިތުންނަށް ފުރައްސާރަކޮށް ހަރާންކޯރު ވެފައެއްނު....؟؟؟
ޙަބީބް އަކީޕޭޕަރ ލީކް ކޮށްގެން ޖަލުގަ 9މަސްދުވަސް ވަންދެން އޮތް ކަޅުވަގެއް އޭނަ އަކީ ދައުލަތުގެ މުވައްސަސާއެއްގެ ވެރިއަކަށް ބަހައްޓަން ހެއުވާވަރުގެ މީހެއްނޫން އެއަށް ވުރެ ރިޝްވަތަށް ދެވި ހިފާފަ ދަހުވެތި ވެފަ ހުންނަ ދައުލަތަށް ޢައްދާރު މީހެއް
ދައްކާ ގަޅި ވާހަކަ، އެންމެ މީހަކަށްވެސް ނަން ނެތިގެން ވޯޓް ނުލެވުން ވާހަކައެއް އަޑެއް ނީވޭ... ތީވާނީ ޕީޕީއެމް އިން ދެފޮށްޓަށް ވޯޓްލީ މީހުން ކޮޅު ކަމަށް.. އެވަރުންވެސް ނުހޮވުން... ???
އީސީގެ ކުދިން ހަދަންވީ ގޮތަކީ ނުރަނގަޅު ކަންކަން ރަނގަޅު ކުރުމެވެ.
މިއީ ރީ ރަޖިސްޓޫރީ ނުކުރެވިގެން ޕީޕީއެމް އަށް ވޯޓު ނުލެވިގެން ގިނަ ސަކުވާ ތަކެއް ކޮއް ކާމިޔާބު ނުވިމީހެއް.މިރަށުގައި 9 މީހުން އެބަތިބި .