މާލޭގައި މިއަދު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމާދީ ޒަޚަމްކޮށްލި މީހާއަށް މިހާރު އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިއެއްނުވެއެވެ.

މި މާރާމާރީއާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ފުލުުހުންނަށް ގުޅުމުން ފުލުހުން ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލް ލިބޭގޮތްވަނީ ނުވެފައެވެ.

ފަހަކަށް އައި މާލޭގައި މާރާމާތީތައް އިތުރުވެފައިވާއިރު، ފުލުހުން މީގެ ކުރިން ބުނެފައިވަނީ މިއީ ސިޔާސީ ކަމަކާއި ގުޅުން ހުރި މާރާމާރީތަކެއް ނޫން ކަމަށެވެ.

މާލޭގައި ހިންގަމުން އަންނަ ސިލްސިލާ މާރާމާރީ ތަކުގައި މިމަހު 11 ވަނަ ދުވަހު އުމުރުން 14 އަހަރުގެ ކުއްޖެއްގެ ގަޔަށްވެސް ވަޅި ހަރާވަނީ ޒަޚަމްކޮށްލާފައެވެ.