ބޭރުގެ އަސްކަރީ ބާރުތައް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން ޖެހިދާނެ ކަމުގެ އިންޒާރު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަމުން ވަކިކޮށްފައިވާ މުޙައްމަދު މުސްތަފާ ދެއްވައިފިއެވެ.

މުސްތަފާ މިގޮތަށް ވިދާޅުވެ އިންޒާރު ދެއްވާފައި ވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މުސްތަފާ ވިދާޅުވީ، ރައްޔިތުންގެ ނިންމުން ޤަބޫލުނުކޮށްފި ނަމަ އެމެރިކާގެ އަސްކަރިއްޔާ މެދުވެރިކޮށް ރައީސް ޔާމީން ހައްޔަރުކުރަން ޖެހިދާނެ ކަމަށެވެ. އޭނާ ވަނީ ރައްޔިތުންގެ ނިންމުމަށް ތަބާވުމަށް ރައީސަށް ގޮވާލާފައެވެ.

"ރައްޔިތުންގެ ނިންމުން ޤަބޫލުނުކޮށް ރައްޔިތުންނަށް ގޮންޖައްސަވަންޏާ، ޔޫއެސްއޭ މިލިޓަރީ މެދުވެރިކޮށް ރައީސް ޔާމީން ހައްޔަރުކުރަން ޖެހިދާނެ..! އެހެން ނޫނީ މިހާރުން މިހާރަށް ތިޔަ ހިންގާ ނާތަހުޒީބު އަމަލުތައް ހުއްޓާލާ ހަމަޔާ އިންސާފަށް ރުޖޫއަވޭ..! ރައްޔިތުންގެ ނިންމުމަށް ތަބާވޭ..!" މުސްތަފާގެ ޓްވީޓުގައި ވެއެވެ.

މި ޓްވީޓުގައި މުސްތަފާ ވަނީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އިނގިރޭސި އަސްކަރީ މަތިންދާ ބޯޓެއްގެ ފޮޓޯތަކެއްވެސް ހިމަނާފައެވެ.

އެމެރިކާގެ އަސްކަރިއްޔާ މެދުވެރިކޮށް ރައީސް ހައްޔަރުކުރަން ޖެހިދާނެ ކަމަށް މުސްތަފާ ވިދާޅުވެފައި ވާއިރު، އޭނާ ވަނީ މިއަދު ރާއްޖެއަށް އައި އިނގިރޭސި އަސްކަރީ މަތިންދާ ބޯޓުގެ ފޮޓޯތައް ޢާންމުކުރައްވާ، އެއީ އެމެރިކާގެ އަސްކަރީ ބޯޓުތަކެއް ކަމަށް ކުރިން ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައި ވަނީ، އެއީ އެމެރިކާގެ އެއާފޯސް ކަމަށާއި، އެ ބޯޓު މާލޭ ވައިގެ ސަރަޙައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ރައީސް ޔާމީން "މާބޮޑަށް ތެޅެންޔާ މީގެ ބޯޓަކަށް ލާފަ ފުރުވާލަން ޖެހިދާނެ..!" ކަމަށާއި، ރާއްޖޭގެ ޖުޑީޝަރީއަށް ބިރު ނުދެއްކުމަށް މުސްތަފާ ވަނީ ގޮވާލާފައެވެ. މި ޓްވީޓުތައް މިއަދު މުސްތަފާ ކުރައްވަމުން މި ގެންދަވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ބޭރުގެ ސިފައިން އަންނަން އުޅޭކަމަށް ދޭހަވާ ފަދަ ގޮތަކަށް އޭނާ ގިނަ ޓްވީޓުތަކެއް ކުރައްވާފައި ވަނިކޮށެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކުން ނޭދޭފަދަ ގޮތަކަށް ރާއްޖޭގެ ސިޔާސީ ކަންކަން ކޮށްފިނަމަ، ބޭރުގެ އަސްކަރީ މަނަވަރުތަކާއި ޖެޓުތައް ތިބީ "ސްޓޭޑުބައި"ގައި ކަމަށް އޭނާ ކުރިން ވިދާޅުވެފައި ވެއެވެ. މުސްތަފާ އިއްޔެ ވިދާޅުވެފައިވާގޮތުގައި ބޭރުގެ ޤައުމުތަކަށް ރައީސް ޔާމީން ދަތުރުކުރައްވާ ފްލައިޓަކަށް ނުވަދެވޭނެކަންވެސް މިހާރު ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޢަލީ

    މުސްތަފާހައްޔަރުކުރޭ

  2. ބަަކަރި ރައޫފު

    ތިކަން ކުރަން މާ ލަސްވއްޖެ. މިމުސީބާތުން އެބަ އަރައިގަންނަން ޖެހޭ

  3. މުސްތަޕާ

    މަމީ ޔޫައެސް ކޮމާންޑަރު

  4. Anonymous

    ޚަލޭ މޮޔަވީތަ

  5. ޭލާރިބަނޑު

    ބަލަ ލަނޑަޔާ މީ 21ވަނަ ޤަރުނޭ. ބިރުދެއްކުމެއްވެސް ގެއްލުމެއް އެއްވެސް މީހަކަށް ދިނުމެއް އިސްލާމް ދީނަކުނޯވޭ. ނެނގޭ ކްރިޔަސްޓިޔަން ދީނުގަ އޮންނަ ގޮތެއް.

  6. އަހުމަދު

    ލަނޑާ މުސްތަފާ އަށް ކެނޑޭނީ އަނގަފޮނި

  7. ޓިނު

    ާތިބޯޓް ހިފަހައްޓަން ކޯޓުން އަމުރެއްނެރެންވީ ؟ އެއިރުން ބޯޓެއްލިބުނީ؟

  8. ޢަބްދުﷲ

    މިރާއްޖޭގެ ޙާލަތު އެހައި ދަށު ދަރަޖައިގެ ޙާލަތަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށް ޤަބޫލު ނުކުރެވެއެވެ.

  9. ޢީސީ

    މިހާދަ ބަލާބޮޑު މީހެކޭދޯ ބޭރުސިފައިން ގެނެސް ގެންވެސްވީ ކަލޭހައްޔަރުކުރަން

  10. ބޮޑު ދެލޯ

    ގޮނޑިގެއްލުނީމާ މޮޔަވީހެން ހީވަނީ. ޙޭޖެހޭ މީހުން ދައްކާކަހަލަ ވާހަކައެއްނޫން މިޙާރު މުއްތަފާބޭ ދައްކަނީކީ! މުއްތަފާބެއަށް ހެޔޮ ވިސްނުމާއި ރަޙްމަތް ލައްވާށި! އާމީން!

  11. ރހހ

    ކަލޯ މުސްތަފާ، މީ ތިމަރަފުއްޓައް ޔާމިން ގައްސާނުގޮވައިގެން ދިޔައީމަ ގުންޑާއިންނެރިގެން އޮއްގާއުކާ ނެރުމަތިބެއްދިޔަސް މިހާރު އެކަމެއްނުވާނެ. ރ.ޔާމީނަކި ރައްޔިތުންގެ ވޯޓުން ފަސްއަހަރު މުއްދަތައް ހޮވާފަހުރި ރައީސް. މޑޕ ވޯޓުވަގުން ކިތަންމެ ފުއްޕިއަސް އެއްކަމެއްވެސް ނުކުރެވޭނެ. ކިތަންމެގުންޑާއިން ގޮވައިގެން އުޅުނަސް ތިމަރަފުށީ ވޯޓުވަގު ސަރީފް ކުރިވައްކަން މާލަސްތަކެއްނުވެ ފަޅާއަރާނެ. އެކަމެއް ނުހުއްޓުވޭނެ.

  12. މަރިޔަމް މޫސާ

    ޓެރަރިޒަމްގެ ކުށުގައި މުސްޠަފާ ހައްޔަރުކުރަން ސިފައިންނަށް އަދިވެސް ލާޒިމު ނުވޭބާ!

  13. ަަްއަނީ

    މި ގައުމަށް ހިދުމަތްކުރާ އެންމެން ޖަލަށް ލާންވީނު

  14. ބިޒީ

    މީނާ އަށް ވެރިކަން ކުރެވެނީ އަބަދުވެސް މީހުންގެ އެހީއާއެކު. މިވަރު ބަލިކަށި ބައެއް ވެރިކަމަށް މިއައީ.

  15. ރޭގަ އިއްވި ޤަރާރު

    ތިވާނީ ރޭގައި ޕޕމ ގެ މުޒާހަރާގެ، ބިޔަ ލަޝްކަރުގެ އިއްތިފާޤުން މުޢާޒު ފާސް ކުރި ވަރުގަދަ، ޤަރާރުގެ ސަބަބުން މުޞްތަފާބެ ކޯފާވީ ކަމަށެވެ.

  16. ބަލާއެއްތާ

    މި މުސްތަފާ އަތުން ދިވެހި ރަށްވެހިކަން އަތުލާފަ އެމެރިކާ ރައްޔިތެއް ގޮތުގަ ޖަހާދީބަލަ. ރާއްޖެ ކަންކަން ނިންމަންވާނީ ރާއްޖޭ މީހުން. އެަމެރިކާ އަކުން ނޫން. ސިޔާސީގޮތުން ވެސް އަދި އެހެން ގޮތްގޮތުން ބަލާއިރުވެސް އެމެރިކާއޭ ދެނޭވާދޭތެރެ އަކުން ގޮވާފަތި އަރުވާ ފޮނު ވަރަށް ސޮޑު. ޔާމީނާ ދެކޮޅައް ހަމަ ގައިމުވެސް އެއްލައްކަ ވޯޓު އެޅި ކަމައް ނަތީޖާއިން ދައްކާ. ގޮތްގޮތް ހުންނާނެ އެމެރިކާ ނޫންވެސް. މުޅި ދުނިޔޭގަ ފަސާދަ އުފައްދަމުން ދުވާ ބައެއް އެމެރިކާތީ. އެވަރެއް ނެތިގެން އިންސާފު ގާއިމް ކުރަން އެމެރިކާ ގޮވަިގެން މި އަންނަނީއޭ ތި ގޮވަނީ. އަމުދުން އިސްލާމަކައް ވެ ހުރެ ލަދުގަންނަން ޖެހޭނެ ތިހެން ކިޔާފަ ފެލިއަރުވަން.

  17. ކުޑަކާށި

    ތިމަރަފުށީ ބޮޑު ސޯޅަ ، ހައްޔަރުކުރޭ..

  18. ރެކިފުތާ

    ކަލޯމެންނަށް ތަންދޮރު ނޭގެނީ ހަމަ. ޑިކްޓޭޓަރުންނަކީ ދުނިޔޭން އަބަދުވެސް ހަރުކަށި އަދަބު ދޭބަޔެއް. ޕެނަމާގެ ޑިކްޓޭޓަރުވެސް އެމެރިކާ ސިފައިންގެ މިކަހަލަ ބޯޓެއްއައިސް ހައްޔަރުކޮށްގެން ގެންދިޔައީ. ކަލޯމެން ކޮންދުނިޔެ އެއްގަ ތިއުޅެނީ. ޖާހިލުވީމާ ތަންދޮރުނޭގެނީ ދެން ގޮވާނީ ދީނޭ ގައުމުގެ ދާހިލީކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒް ފޯރުވަނީއޭ.

  19. މުސްތޮ

    ކަލޭ ތީ ކާކުތަ ހޭބަލި ނުވެބަލަ މުސްތަފާ، ކަލޭ ތީ ފެއްސެއް ރަތެއް ވަކި ނުވާ ބީތާ އެކޭ

  20. ތިމަރަ

    މުސްތަފާ މޮޔަފުޅު ވީތޯ؟ދެ ކަންފަތަަަައް ތިމަރަަ ބަރި އެލުވަން
    ވީތަ؟

  21. ޢަބްދުﷲ

    ހަމަޖެހުމާއި ހިމޭންކަމަކީ، އެބައެއްގެ ހިންމަތާއި މިންނަތުން ހޯދައި ލިބިގަނެވޭނެ ކަންކަމަށްވާއިރު، ނާމާންކަމާއި ބިރުވެރިކަމަކީ އެއްވެސް ބަޔަކު އިންތިޒާރު ކުރާނެ ކަންކަމެއްނޫނެވެ. ޞުލްޙަވެރި މުޒާހަރާތަކަށް ފުރުޞަތު ނުދެއްވުމުންވެސް ނާމާންކަމާއި ބިރުވެރިކަމަށް މަގުފަހިވެއެވެ. އިރާދަކުރެއްވިއްޔާ އިބޫގެ ސަރުކާރަކީ، ކަރުނަގޭހުގެ ސަރުކާރަކަށް ނުވާނެއެވެ.

  22. ޜިފާ

    ތީނައަށް ކުރެވޭނެކަމަކީ އޮޅިގެން ބަޓަނަށް އޮއްބާލުން،،،މުސްތަފާބޭ ހައްޔަރުކުރަންވީ،

  23. ކެރޭ އަބްދުﷲ

    މުސްތަފާބެ ގޮނޑި ގެއްލުނީމަ މޮޔަގޮވަނީ. މުސްތަފާބެ ހަޔަރު ކުރޭ. މުސްތަފާބެއަކީ ބޮޑު ޓެއިރިސްޓެ. އަހަރެން ގޮވާލަން މުސްތަފާބެ ވީހާވެސް އަވަހަކައް ހަޔަރު ކުރަން.

  24. ސަލީމް

    ބޭރު ސިފައިން މެދުވެރކޮށް ތިމަރަ އަޅަން ފެންނަނީ.