ބޭންކް އޮގް މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި 365 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.

އެ ބޭންކުން މިއަދު އާންމު ކުރި 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ހިސާބުތައް ދައްކާގޮތުން އެ ބޭންކުން ވަނީ ހަރުދަނާ މާލީ ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ %10 އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ އާ އަޅާބާލާއިރު %11 ގެ ކުރިއެރުމެކެވެ.

އެ ބޭންކުން ބުނީ، ފަންޑިންގ ކޮސްޓް ބޮޑުވެފައިވީ ނަމަވެސް، ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން މާލީ ނަތީޖާ މިވަނީ ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައި ކަމަށެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ހިންގުމުން ލިބުނު ފައިދާ ވަނީ 2017 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %9 އިތުރުވެފައެވެ.

މި ވޭތުވެދިޔަ އަހަރުތަކުގައި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވެފައިވާ މިންގަޑާ އެއްގޮތަށް އުފެއްދުންތެރި ނޫން ލޯނުގެ އަދަދުވަނީ 40 މިލިއަން ރުފިޔާ ދަށްކުރެވިފައިވާކަމަށްވެސް އެ ބޭންކުން ބުންޏެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައެވެ.

އަދި މިއަހަރުގެ ތިންވަނަ ކުއާޓަރގައި ވަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށް 22 ސީއެސްއާރު ޕްރޮގްރާމް ހިންގުމާއި ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ.

އަދި މި ކުއާޓަރގައި މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ޚިދުމަތްތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފައެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު ބޭންކަށް ލިބުނު ފައިދާގެ %30 މުޖުތަމައަށާއި ޓެކްނޮލްޖީއަށް އިންވެސްޓްކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ދާކަންވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައިއޭމް

    ބީއެމްއެލްއަށް 269 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެމެން 2008 ގައި ވެރިކަމަށް އައިސް އަދި އެމެންގެ ވެރިކަން 2013 ގައި ނިމެންދެން ބީއެމްއެލް އަށް ދިޔާ ގެއްލުން ވަމުންނޭ އެކަމަކު މަމެން ޕިންކީންގެ ވެރިކަމުގައި ކޮންމެ ކްއާރޓަރ އެއްގައި ވެސް ބީއެމްއެލް އަށް ދަނީ ފައިދާ ވަމުންނޭ އައި އޭމް ސޯ ހެޕީ ޓު ހިއަރ ހެޕީ އިކޮން ނިއުސް އައި އޭމް ސޯ ހެޕީ އައި އޭމް ސޯ ހެޕީ އިން މައި ލައިފް އައި އޮންލީ ލިވް ފޯރ ސަޗް މޯމެންޓްސް...

  2. Miadhu

    ނިކަމެތި މީހާއަށް ދޫކުރާ ލޯނުގެ އިޓަރެސްޓް ރޭޓް ބޮޑުރަންފެނޭ

  3. ނެވަރޑިޑް

    ބީއެމްއެލް އަށް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ފައިދާ އެއް ލިބިގެން މިދިޔާ މަމެން ޕިންކީންގެ ވެރިކަމުގެ ފުރަތަމަ 5 އަހަރުގެ ޓާރމް ނިމެމުން ދަނިކޮށް. މަމެން ނަކީ މީ އިގްތިސާދީ ގޮތުން ދުނިޔޭގެ އެވޯރޑް ލިބިފައިވާ މީހުން ކަން މިފަދަ ކަންކަމުން ނޫންތޭ އެގިގެން ދަނީ ބޭންކް އަށް ފައިދާ ވުން މަމެން ވަރަށް އުފާ ވެއްޖެއޭ އައި އޭމް ސޯ ހެޕީ އައި އޭމް ސޯ ހެޕީ އައި އޭމް ސޯ ހެޕީ އިން މައި ލައިފް އައި ހޭވް ނެރަ ސީން ސަޗް އަ ހެޕީ މޯމެންޓް ނެވަރ ޑިޑް...

  4. އަސް

    ބީއެމްއެލްއަށް 269 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ ނަމަ އެލިބުނީ އެއީ މަމެން ޕިންކީންގެ ވެރިކަމުގައި ކަން ޔަގީންވެ ކަށަވަރޭ އެމެންގެ ވެރިކަމުގައި ގައުމީ ބޭންކް ވީ ބޭންކްރަޕްޓްއޭ ޑޮލަރުވެސް އަގު ބޮޑުކުރީއޭ ޑޮލަރު ކިއޫވެސް އެއް މީޓަރުން އެއް ކިލޯ މީޓަރަށް ދިގު ކުރީއޭ ނައު އައި ޑޯން ނޯ ވެއަރ އައި އޭމް އާއާއާ އާއާއާ އޫއޫއޫ އާއާއާއާ އާއާއާއާ އޫއޫއޫއޫ އޫއޫއޫއޫ މަމެން ޕިންކީންގެ ވެރިކަން ކިހިނެއްތޭ ކިހިނެއްތޭ ކިހިނެއްތޭ ވަޓް އެބައުޓް އަސް ވަޓް އެބައުޓް އަސް ވަޓް އެބައުޓް އަސް..

  5. ޅޮލ

    ލިބޭނެ ދޯ.. ނޮޓް އަ ސަޕްރައިސް... އެވަރަށް ރަތްޔިތުން ގެ އެކައުންޓް ތަކުން ކައި ވިޔަ

  6. ޝާން

    ކޮންމެ ސިކުންތަކު 2،032.76 ރުފިޔާ ސާފު ފައިދާ. އެކަމަކު އަދިވެސް ހައުސިންލޯން ދޫކޮށްފަ %9 އިންޓަރެސްޓް ނަގާފަ އިތުރުން އިދާރީ ފީއޭ ކިޔާފަ ނަގާ %1.5 އާއި އެކު %10.5 އިންޓަރެސްޓް ނަގާ. މިއީ ބޮޑުވަރު. ދިވެހިންގެ ބޭންކް ދިވެހިން ފެލާލަނީ.