މިއަދު ރާއްޖެއަށް ބޭރުގެ އަސްކަރީ މަތިންދާ ބޯޓު އައީ ހުއްދަ ނަގައިގެން ކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މިއަދު ރާއްޖެއަށް އައީ އިނގިރޭސިވިލާތުގެ މަތިންދާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ރާއްޖެއަށް އައީ ޤަވާއިދުން ހުއްދަ ނަގައިގެން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"ސަރުކާރުގެ ކަމާއި ގުޅުންހުރި ވުޒާރާތަކުން ހުއްދަ ނަގައިގެން، ޔޫކޭގެ އަސްކަރީ މަތިންދާ ބޯޓު ރާއްޖެއަށް އައީ (ޑިޕްލޮމެޓިކް ކްލިއަރެންސް) ދީގެން،" އާޒިމް ވިދާޅުވިއެވެ.
އިނގިރޭސި ރޯޔަލް އެއާފޯސްގެ މަތިންދާ ބޯޓެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ މެންދުރުފަހުގެ ވަގުތެއްގައެވެ. އެ ބޯޓު އެއާޕޯޓަށް ޖެއްސީ ތެޔޮ އަޅަން ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، ބޯޓު ވަނީ އިރުއޮއްސި 6:41 ގައެވެ.
މި ބޯޓު ރައްޖެއަށް އައީ ހުއްދަ ނަގައިގެންކަން އެމްއެންޑީއެފުން ހާމަކޮށްފައި މިވަނީ، މިއީ ރާއްޖޭގައި މިވަގުތު ހިނގަމުންދާ ސިޔާސީ ކަންކަމާއި ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޮނުވި ބޯޓެއް ކަމަށް ދޭހަވާފަދަ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ މުޙައްމަދު މުސްތަފާ ކުރެއްވި އިންޒާރުގެ ޓްވީޓުތަކެއްއްގައި ވިދާޅުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
ނޫނޭ އެއީ ތިމަރަފުށީ ރިހާކުރު މުސްތަފާ އަންގައިގެން ރައީސް ޔާމީން ހައްޔަރުކުރަންވެގެން އައި ނައި ދިމާލެއްވެސް ނޭނގި އައިސް ޖެއްސި އެއްޗެކެވެ.?
ޠިޔަވާނީ ހަމަ މުސްޠަފާގެ އެންގު މަކަށް ޔާމީނު ހައްޔަރު ކުރަން އައި ބޯޓަކަށް ދުނިޔޭގެ ހުރިހާ ޢަސްކަރިއްޔާއެއްގެ ކޮންޓްރޯލް އޮންނަނީ މުސްޠަފާއަށް ކަމަށްވަނީ
މިކަލޭގެ އެކޮނަމިކުމިނިސްޓަރު ކަމުގައި ދިވެހިރައްޔިތުން ރަލުންފުރާލާނަން
ޖާބިރެއް މުސްތަފާއެއް، ކެލައެއް އުތީމެއް، ރޮށްޓެއް މަރޮށްޓެއް ވަކިނުވިޔަސް ކޮމެންޓު ކުރެވޭތޯ ބަލާތި!!!!
އެއީ މުސްތޮފާބޭ ހުއިފިލަނޑާކޮޅެއް އަންނިއަށް ފޮނުވަދޭންވެގެން ގެނައިބޯޓެއް
ތިމަރަފުށީ މުސްތަފާ ނުކިޔަފަނަންތަ. އަހްަރެންގެ ރަށަށްވެސް ހުރި ބޮޑު ދެ ލަދު ޝަރީފް އަދި މުސްތަފާއަކީ.